އިންޑިއާގެ ވިސްތާރާއިން ދިއްލީ އާއި ރާއްޖެއާ ދެމެދު ކޮންމެ ދުވަހަކު ދަތުރު ބާއްވަނީ

ވިސްތާރާ އެއާލައިންގެ ބޯޓެއް ވީއައިއޭ ރަންވޭގައި. އޮކްޓޯބަރުން ފެށިގެން ދިއްލީއިން ރާއްޖެއަށް ދަތުރު ފަށަން އެއާލައިނުން ވަނީ ނިންމާފައި---ފޮޓޯ: އެމްއޭސީއެލް

ވިސްތާރާ އެއާލައިންގެ ބޯޓެއް ވީއައިއޭ ރަންވޭގައި. އޮކްޓޯބަރުން ފެށިގެން ދިއްލީއިން ރާއްޖެއަށް ދަތުރު ފަށަން އެއާލައިނުން ވަނީ ނިންމާފައި---ފޮޓޯ: އެމްއޭސީއެލް

އިންޑިއާގެ ވިސްތާރާ އެއާލައިންސް އިން ރާއްޖެ އާއި އެގައުމުގެ ވެރިރަށް ނިއުދިއްލާއާ ދެމެދު ސީދާ ދަތުރުތައް ފަށަން ނިންމައިފި އެވެ.

އިންޑިއާގެ ޓާޓާ ކުންފުންޏާއި ސިންގަޕޯ އެއާލައިންގެ ޖޮއިންޓްވެންޗާއަކުން އުފައްދާފައިވާ ވިސްތާރާ އެއާލައިން އިން މިހާރު ވެސް އަންނަނީ އިންޑިއާގެ މުމްބާއީ އާއި ރާއްޖެއާ ދެމެދު ސީދާ ދަތުރުތައް ބާއްވަމުންނެވެ.

އަދި އެ އެއާލައިންގެ ބައިނަލްއަގުވާމީ ނެޓްވޯކަށް އާ ރޫޓެއް އިތުރުކުރުމުގެ ގޮތުން ދިއްލީ އިން ރާއްޖެއަށް ދަތަރުފަށަން ތައްޔާރުވަމުންދާ ކަން މިއަދު ވަނީ އިއުލާނުކޮށްފަ އެވެ.

ވިސްތާރާއިން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވާގޮތުން ދިއްލީ އާއި ރާއްޖެއާ ދެމެދު ދަތުރުތައް ފަށާނީ އޮކްޓޫބަރު މަހުން ފެށިގެންނެވެ. އަދި މި ދަތުރުތަކުގައި އޭ320ނިއޯ މަތިންދާބޯޓު އޮޕަރޭޓް ކުރާއިރު، އެ މަތިންދާބޯޓުގައި އިކޮނޮމީ، ޕްރިމިއަމް އަދި އަދި ބިޒްނަޒް ކުލާހުގެ ކޮންފިގްރޭޝަން ހުރެ އެވެ.

އޭގެ ތެރެއިން އިކޮނޮމިކް ކުލާހުގެ ދެކޮޅު ޓިކެޓުގެ އަގުތައް ފެށޭނީ 5,036ރ (26،999ރުޕީސް) އިންނެވެ. އަދި ޕްރިމިއަމް ކުލާހުގެ ދެކޮޅު ޓިކެޓުގެ އަގު 6,529ރ (34،999ރުޕީސް) އިން ފެށޭއިރު ބިޒްނަސް ކްލާހުގެ ދެކޮޅު ޓިކެޓުގެ އަގުތައް ފެށޭނީ 15,484ރ (82،999ރުޕީސް) އިންނެވެ.

ވިސްތާރާގެ ޗީފް އެގްޒެކެޓިވް އޮފިސަރު ވިނޯދް ކަންނަން ވިދާޅުވީ ދިއްލީން ރާއްޖެއަށް ދަތުރުތައް ފެށުމުން އެގައުމުގެ ފަތުރުވެރިން ރާއްޖެ އަންނަ ނަންބަރުތައް އިތުރުވާނެ ކަމަށެވެ. އަދި މި ދަތުރުތަކުގެ ސަބަބުން ދެގައުމުގެ ގުޅުން އިތުރަށް ހަރުދަނާވާނެ ކަމަށް ގަބޫލުކުރާ ކަމަށް ވިދާޅުވި އެވެ.

އިންޑިއާއަކީ މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ދެވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަމުންދާ ގައުމެވެ. އެގޮތުން މި އަހަރުގެ މިހާތަނަށް އިންޑިއާ އިން 131،926 ޓޫރިސްޓުން ރާއްޖެ އައިސްފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

Newsletter

Get the latest news delivered straight to your inbox