މި އަހަރު ލިބުނު ބައިނަލްއަގުވާމީ މެޗުތަކާ އެކު އަންހެން ވޮލީ ޓީމަށް އިތުބާރު

Aug 25, 2023, 4:25 AM
ލަންކާއާ ދެކޮޅަށް ކުޅުނު މެޗެއްގެ ތެރެއިން ގައުމީ އަންހެން ވޮލީ ޓީމުގެ ކުޅުންތެރިން ފޮޓޯ އަކަށް ހުއްޓިލައިގެން.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ލަންކާއާ ދެކޮޅަށް ކުޅުނު މެޗެއްގެ ތެރެއިން ގައުމީ އަންހެން ވޮލީ ޓީމުގެ ކުޅުންތެރިން ފޮޓޯ އަކަށް ހުއްޓިލައިގެން.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

މިއަދު މަޑަގަސްކަރާގައި ފަށާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް އަންހެން ވޮލީ ޓީމުން، ތައިލެންޑްގެ ކޯޗު ވިޗީޕޮން ފޯންޗާޓްޔިންޗީޕްއާ އެކު ތައްޔާރީތައް ކުރިއަށް ގެންގޮސްފައިވާއިރު، އަންހެން ވޮލީ ޓީމުގެ އަމާޒަކީ ރަނގަޅު ކާމިޔާބީއެއް ހޯދުން ކަމަށް ބުނެފި އެވެ.

ކޯޗު ވިޗީޕޮންއާ އެކު އަންހެން ވޮލީ ޓީމުން މި މުބާރާތައް ފަރިތަކުރުންތައް ފެށީ މީގެ ފަސް މަސް ކުރިންނެވެ. އަދި މުބާރާތުގެ ކުރިން އަންހެން ޓީމުން ވަނީ ސެންޓްރަލް ޒޯން ވޮލީ މުބާރާތުގައިވެސް ވާދަކޮށްފަ އެވެ. އެ މުބާރާތަކީ، ވިޗީޕޮން އަށް ކުޅުންތެރިން ދެނެ ގަންނަން ލިބުނު ބޮޑު ފުރުސަތެކެވެ. އޭގެ ފަހުން އައިއޯއައިޖީގެ ކުރިން އަންހެން ވޮލީ ޓީމުން ވަނީ ތައިލެންޑުގައި ޓްރެއިނިންގް ކޭމްޕެއް ފުރިހަމަކޮށްފައެވެ. އަދި މުބާރާތުގެ ކުރިން ރާއްޖޭގައި ސްރީ ލަންކާއާ ދެކޮޅަށް ރަހުމަތްތެރިކަމުގެ ތިން މެޗު ވަނީ ކުޅެފަ އެވެ.

އައިއޯއައިޖީގެ ކުރިން ޓީމް މޯލްޑިވްސް މީޑިއާ އާއި ވާހަކަ ދައްކަމުން ޓީމުގެ މުހިންމު ތިން ކުޅުންތެރިން ކަމަށްވާ ހައްވާ ރާޝިދާ (ހައްވަ)، ޖޫޒާން ޒަރީރު އަދި ރިޔާާޝާ ބުނީ އަބަދުވެސް އަމާޒަކީ މެޑަލް ހޯދުން ކަމަށާއި، ސީޝެލްސް ފަދަ ގައުމުތަކުގެ ކުޅުން ފެނިފައި ހުރި ކަމަަށާއި، އެގައުމަތަކާއި ދެކޮޅަށް ރަނގަޅު ފައިޓެއް ދެވޭނެ ކަމަށެވެ.

އަންހެން ވޮލީ ޓީމުގެ ކުޅުންތެރިން އިތުރަށް ބުނީ، އައިއޯއައިޖީއަށް ކުޅުންތެރިން ތިބީ މެންޓަލީ އަދި ފިޒިކަލީ ވަރަށް ފިޓުކޮށް ކަމަށާއި، އެންމެ ފަހުން ބޭއްވި އައިއޯއައިޖީ މުބާރާތުން އެނގިގެންދިޔައީ ރާއްޖޭގެ އަންހެން ވޮލީ ޓީމަށް މި މުބާރާތުގައި މެޑަލްއެއް ހޯދިދާނެކަން ކަމަށެވެ.

މުބާރާތުގެ ކުރިން ސްރީ ލަންކާއާ ދެކޮޅަށް ކުޅުނު މެޗުތަކުގައި ކުޅުންތެރިންގެ ފަރާތުން ފެނިގެންދިޔަ ކުޅުން ރަނގަޅު ކަމަށާއި، ވޮލީއަށް މިހާތަނަށް އައިއޯއައިޖީގައި މެޑަލްއެއް ލިބިފައިވަނީ ބީޗް ވޮލީގައި އެކަނި ކަމުން މި މުބާރާތައް އަންހެން ވޮލީ ޓީމުން ދަނީ އެކަން ބަދަލުކޮށްލަން ކަމަށް އަންހެން ވޮލީ ޓީމުގެ ކުޅުންތެރިން ވަނީ ބުނެފަ އެވެ.

ސެންޓްރަލް ޒޯން މުބާރާތަށް ފަހު، ވިޗީޕޮން ދިން އިންޓަވިއުއެއްގައި ވަނީ ޓީމަށް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށާއި ކުޅުމާއި ހުރިހާ ކަމަކަށް ބަލާއިރު، ރަނގަޅު ކުރެވޭނެ ގިނަ ކަންތައްތަކެއް ފާހަގަކުރެވި، އެ އަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ގައުމީ އަންހެން ޓީމަށް މީގެ ކުރިން އެކި ފަހަރު މަތިން ކޯޗުކޮށްދީފައިވާ އަހުމަދު އަދީލް (ބޭބެ) މި ވަގުތު އެސިސްޓަންޓް ކޯޗަކަށް ހުރީ ހެޑް ކޯޗު ވިޗީޕޯން އަށް އެހީތެރިވުމުގެ ގޮތުންނެވެ. ބޭބެ ބުނީ ތައްޔާރީތައް ދިޔަ ގޮތަށް ބަލާއިރު، ވަރަށް ހިތްހަމަޖެހޭ ކަމަށާއި އޮތް ގްރޫޕްގެ ގޮތުން ވެސް ރަނގަޅު ކުޅުމަކާ އެކު ކުރިއަށް ދެވޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށެވެ.

އަންހެން ވޮލީގައި ރާއްޖެ ހިމެނެނީ ސީޝެލްސް އާއި މޮރިޝަސްއާ އެއް ގްރޫޕެއްގަ އެވެ.

titledesc

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox