ސައުންޑް އިކުއިޕްމެންޓް ފޯރުކޮށްދިން ކުންފުންޏަށް 752،000ރ. ދައްކަން ޕީއެސްއެމްގެ މައްޗަށް ހުކުމްކޮށްފި

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ހިންގާ އިމާރާތް: އެ ކުންފުންޏަށް ސައުންޑް އިކުއިޕްމެންޓް ދިން ކުންފުންޏަަކަށް 752،000ރ. ދެއްކުމަށް ސިވިލް ކޯޓުން ވަނީ ހުކުމްކޮށްފަައި

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ހިންގާ އިމާރާތް: އެ ކުންފުންޏަށް ސައުންޑް އިކުއިޕްމެންޓް ދިން ކުންފުންޏަަކަށް 752،000ރ. ދެއްކުމަށް ސިވިލް ކޯޓުން ވަނީ ހުކުމްކޮށްފަައި

ސައުންޑް އިކުއިޕްމެންޓްތަކެއް ސަޕްލައިކޮށްދިން އަމިއްލަ ކުންފުންޏަކަށް ޕީއެސްއެމްއިން ނުދައްކައި އޮތް 752،000ރ. އެއް މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް މިދިޔަ ހޯމަ ދުވަހު ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

އިންޑޯ އަދި އައުޓްޑޯ ޝޫޓިންތަކުގައި ސައުންޑް ހެދުމަށް ބޭނުންވާ އިކުއިޕްމެންޓް ހޯދުމަށް ޕީއެސްއެމްއިން މެއި 24، 2021 ގައި ހުޅުވާލި ބީލަން ކާމިޔާބު ކުރި ބްރިލިއަންޓް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކުންނެވެ. އެ ކުންފުނިން ސަޕްލައިކޮށްދިން މުދަލަށް ޕީއެސްއެމްއިން ދައްކަން އެއްބަސްވީ 1،129،224ރ. އެވެ.

ޕީއެސްއެމްއިން އެއްބަސްވުން ހަދާފައި އޮތީ އެ ފައިސާ ތިން ޕޭމަންޓަކަށް ބަހާލައިގެން ދެއްކުމަށެވެ. އެކަމަކު، އޭގެ ތެރެއިން ދެ ޕޭމަންޓެއް ދައްކާފައިނުވާއިރު، ނުދައްކައިވާ ފައިސާގެ އަދަދަކީ 752،816ރ. އެވެ.

އެހެންވެ، ސެޕްޓެމްބަރު 20، 2022 ގައި ބްރިލިއަންޓް ކޮމްޕެނީން ސިވިލް ކޯޓުގައި ދައުވާ ކުރީ، އެ ފައިސާ ދެއްކުމަށް އެންގުމަށާއި އެ ފައިސާ ނުދައްކައި ލަސްކުރުމުގެ ސަބަބުން މާލީ ގޮތުން ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުގައި 450،000ރ. އާއި ގާނޫނީ ވަކީލަކު ހަމަޖައްސަން ހަރަދުވި 25،000ރ. ނަގައިދޭން އެދި އެވެ.

އެ މައްސަލައިގައި ކުރި ދައުވާއަށް ޖަވާބުދާރީވާން އޮތް މުއްދަތުގެ ތެރޭގައި ޕީއެސްއެމްގެ ފަރާތުން ސިވިލް ކޯޓުގައި ޖަވާބުދާރީވެފައި ނުވެ އެވެ.

އެހެންވެ، އެ ކޯޓުން މިދިޔަ ހޯމަ ދުވަހު އެ ކުންފުނީގެ ޣައިރުހާޒިރުގައި ގާޒީ އަލީ އަބްދުﷲ ހުކުމް ކުރީ ބްރިލިއަންޓް ކޮމްޕެނީއިން ސަޕްލައިކޮށްދިން ތަކެއްޗަށް ނުދައްކައިވާ 752،816ރ. އެއް މަސް ދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް ދައްކައި ހަލާސްކުރުމަށެވެ.

ގެއްލުމުގެ ބަދަލެއްގެ ގޮތުގައި، 450،000ރ. ނަގައިދިނުމަށް އެދުނު ނަމަވެސް، އެ ގެއްލުން ލިބުނު ގޮތާއި އެ ގެއްލުން ސާބިތުކުރުމަށް އެއްވެސް ލިޔުމެއް ހުށަހަޅާފައި ނުވާތީ ކޯޓުން ނިންމީ އެ ފައިސާ ނަގައިދެވޭނެ ތަނެއް ނެތް ކަމަށެވެ. އަދި ވަކީލަށް ކުރި ހަރަދުގެ ލިޔުންތައް ވެސް ހުށަހަޅާފައިނުވާއިރު، އެ ފައިސާ ނަގައިދެވޭނެ ތަނެއް ނެތް ކަމަށް ވެސް ކޯޓުން ނިންމި އެވެ.

ޕީއެސްއެމް ބިލްޑިންގައި އެގްޒެކެޓިވް ބިއުރޯއެއް ހަދަން 2018 ވަނަ އަހަރު ކުރި މަސައްކަތުގެ އަގު ނުދީގެން އާޓިސަން ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކުން ދައުވާ ކުރި މައްސަލައިގައި ޕީއެސްއެމްއިން އެ ކުންފުންޏަށް ދައްކަން ހުކުމް ކުރި 4.5 މިލިއަން ރުފިޔާ ދެއްކެންދެން ޕީއެސްއެމްއިން މާލީ މުއާމަލާތްތައް މަޑުޖައްސާލަން ވެސް ސިވިލް ކޯޓުން މި މަހުގެ 17 ވަނަ ދުވަހު އަމުރުކޮށްފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox