އައިއޯއައިޖީ: ކާމިޔާބު ތަކުރާރުކުރަން ޓީޓީ ކުޅުންތެރިން ވަރުގަދަ ޖޯޝެއްގައި

Aug 21, 2023, 6:35 AM
އައިއޯއައިޖީ: ކާމިޔާބު ތަކުރާރުކުރަން ޓީޓީ ކުޅުންތެރިން ވަރުގަދަ ޖޯޝެއްގައި

މި މަހު 25 ގައި މަޑަގަސްކަރާގައި ފަށާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި ވާދަކުރާ ގައުމީ ޓޭބަލް ޓެނިސް ޓީމުން އެންމެ ފަހުން 2019 ވަނަ އަހަރު މޮރިޝަސްގައި ކުރިއަށްދިޔަ އައިއޯއައިޖީގައި ހޯދި ކާމިޔާބު ތަކުރާރުކުރަން ޓީޓީ ޓީމުގެ ކުޅުންތެރިން އަމާޒުހިފައިފި އެވެ.

އެންމެ ފަހުން، 2019 ވަނަ އަހަރު ބޭއްވި އައިއޯއައިޖީގައި ޓީޓީ އަންހެން ޓީމުން ވަނީ ގިނަ މެޑަލްތަކެއް ހޯދައިފަ އެވެ. އެގޮތުުން އަންހެން ސިންގަލްސް ރަން މެޑަލް އަދި ރިހި މެޑަލްގެ އިތުރުން ޑަބަލްސް އިވެންޓްގެ ރަން މެޑަލް އާއި ޓީމް އިވެންޓްގެ ރަން މެޑަލް ވަނީ ހޯދައިފަ އެވެ.

ގައުމީ ޓީޓީ ޓީމުގެ ކުޅުންތެރިން ވަނީ އެކި ސްކޮލާޝިޕްތަކުގެ ދަށުން ރާއްޖެއިން ބޭރުގެ އެކި ގައުމުތަކުން ތަމްރީނުތައް ފުރިހަމަކޮށްފަ އެވެ. އެއާއެކު، ކުޅުންތެރިންގެ ފެންވަރު އިތުރަށް ރަނގަޅުވެއްޖެ ކަމަށް ކުޅުންތެރިން ވަނީ ބުނެފަ އެވެ.

"މިދިޔަ ފަހަރު ވެސް ދިޔައީ ގޯލްޑަށް އެސްޕެކްޓް ކޮށްގެން، ދެން ވަރަށް މޯޓިވޭޓްވި ރާއްޖޭގެ ކޮންޓީޖެންޓް ސަޕޯޓުކުރަން ތިބީމަ. މިހާރު ގޯލްޑް ލިބިފައި އިނީމަ އެސްޕެކްޓޭޝަން މަތިވާނެ. އެނގޭނެ ޕްރެޝާއެއްގެ ގޮތުގައި، މޯޓިވޭޝަންއެއްގެ ގޮތުގައިވެސް ދެން ރަފާމެން އުންމީދު މިކުރަނީ ކުރީގެ ސަޕޯޓް މިފަހަރުވެސް ލިބޭނެ ކަމަށް. ދެން އޭތި މޯޓިވޭޝަންއެއްގެ ގޮތުގައި ބަލާ ގޯލްޑަށް އެއިމް ކޮށްގެން ރަފާމެން މިދަނީ" ގައުމީ ޓީޓީ ޓީމުގެ ތަރި ރަފާ ބުންޏެވެ.

ގައުމީ ޓީޓީ ޓީމުން އައިއޯއައިޖީގެ ކުރިން ވަނީ ކްރޮއޭޝިއާގައި ޓްރެއިނިންގް ކޭމްޕެއް ކުރިއަށް ގެންގޮސްފަ އެވެ.

މިދިޔަ ފަހަރުގެ އައިއޯއައިޖީގައި ރާއްޖެއަށް އެންމެ ގިނަ ރަން މެޑަލް ހޯދައިދިން ކުޅުންތެރިޔާ ފާތިމަތު ދީމާ އަލީ ބުނީ، އޭނާގެ މި ފަހަރުގެ އަމާޒަކީ މިދިޔަ ފަހަރު ހޯދި ކާމިޔާބީ ތަކުރާރުކޮށް މިކްސް ޑަބަލްސް އިވެންޓުން ވެސް ކާމިޔާބު ހޯދުން ކަމަށެވެ.

އެންމެ ފަހުން 2019 ވަނަ އަހަރު ކުރިއަށްދިޔަ އައިއޯއައިޖީ މުބާރާތުގައި ރާއްޖޭގެ އަންހެން ޓީޓީ ޓީމަށް ހަމައެކަނި ނާކާމިޔާބުވީ މިކްސް ޑަބަލްސް އިވެންޓެވެ.

ރާއްޖޭގެ ޓީޓީ ސްކޮޑްގައި ހިމެނެނީ ހަ އަންހެން ކުޅުންތެރިންނާއި ހަ ފިރިހެން ކުޅުންތެރިންނާ އެކު ޖުމްލަ 12 ކުޅުންތެރިންނެވެ. އަންހެން ކުޅުންތެރިންނަކީ ފާތިމަތު ދީމާ އަލީ، އައިޝަތު ރަފާ ނާޒިމް، މިޝްކާ މުހައްމަދު އިބްރާހިމް، ލައިސާ ފަތުހުﷲ، ފާތިމަތު ޖުމާނާ ނިމާލް އަދި އައިމިނަތު ޝިއުރާ ޝަރީފް އެވެ.

ފިރިހެން ހަ ކުޅުންތެރިންނަކީ މުހައްމަދު ޝައްފާން އިސްމާއިލް، މޫސާ މުންސިފް އަހުމަދު، މުހައްމަދު ޒީސްތު ނަސީމް، އަޚްޔާރު އަހުމަދް، އަހުމަދު ތާބިން ޝުޖާއު އަދި ޒީކް ހަސަން ލަތީފް އެވެ.

ޓީޓީ ޓީމުގެ ކުޅުންތެރިން ބުނީ އައިއޯއައިޖީ އަށް ތައްޔާރުވުމަށް ލިބުނު ވަގުތާމެދު ހިތްހަމަ ޖެހޭ ކަމަށާއި، ފަރިތަކުރުންތައް ކުރިއާލާ ފަށާ މިހާރު މުބާރާތައް ޓީޓީ ޓީމުން އޮތީ ވަރަށް ރަނގަޅަށް ތައްޔާރުވެފައި ކަމަށް ކުޅުންތެރިން ބުންޏެވެ.

titledesc

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox