އެގްޒެކެޓިވް ބިއުރޯގެ ދަރަނި ނުދައްކައިގެން ޕީއެސްއެމްގެ މާލީ މުއާމަލާތްތައް ހުއްޓާލަން އަންގައިފި

ޕަބްލިކް ސާވިސް މީޑިއާގެ އިމާރާތެއް: ދަރަންޏެއް ނުދައްކައިގެން އެ ކުންފުނީގެ މާލީ މުއާމަލާތައް ހުއްޓާލަން ވަނީ އަންގާފައި --- ފޮޓޯ: އަބްދުالله އިޔާން/އަދަދު

ޕަބްލިކް ސާވިސް މީޑިއާގެ އިމާރާތެއް: ދަރަންޏެއް ނުދައްކައިގެން އެ ކުންފުނީގެ މާލީ މުއާމަލާތައް ހުއްޓާލަން ވަނީ އަންގާފައި --- ފޮޓޯ: އަބްދުالله އިޔާން/އަދަދު

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ އެގްޒެކެޓިވް ބިއުރޯ ހަދަން މަސައްކަތުގެ އަގު ނުދީގެން އާޓިސަން ޕްރައިވެޓް ލިމިޓެޑުން ދައުވާ ކުރި މައްސަލައިގައި ޕީއެސްއެމްއިން އެ ކުންފުންޏަށް ދައްކަން ހުކުމް ކުރި 4.5 މިލިއަން ރުފިޔާ ދެއްކެންދެން ޕީއެސްއެމްއިން މާލީ މުއާމަލާތްތައް މަޑުޖައްސާލަން ސިވިލް ކޯޓުން އަމުރުކޮށްފި އެވެ.

ޕީއެސްއެމްގެ ބިލްޑިންގައި 2018 ވަނަ އަހަރު އެގްޒެކެޓިވް ބިއުރޯއެއް ހަދަން އާޓިސަން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށް އެ މަސައްކަތް ނިމުމުން އެ ކުންފުނިން ފޮނުވި އިންވޮއިސްއަށް ޕީއެސްއެމްއިން ފައިސާ ނުދައްކާ ކަމަށް ބުނެ އެ ކުންފުނިން ދައުވާ ކުރި މައްސަލައިގައި ސިވިލް ކޯޓުން ހުކުމް ކުރީ އެ ކުންފުންޏަށް 4.5 މިލިއަން ރުފިޔާ ދިނުމަށެވެ.

އެ ހުކުމާ އެއްގޮތަށް ފައިސާ ނުދައްކާ ކަމަށް ބުނެ އާޓިސަންއިން ވަނީ ސިވިލް ކޯޓަށް ހުކުމް ތަންފީޒު ކުރުމުގެ މައްސަލައެއް ހުށަހަޅައިފަ އެވެ.

ސިވިލް ކޯޓުގެ އަމުރުގައި ވަނީ ކޮންމެ މަހަކު ޕީއެސްއެމް ހިންގުމަށް 8،000،000ރ. ހަރަދުވާ ކަމަށް ޕީއެސްއެމްއިން ކޯޓަށް ފޮނުވި ސިޓީގައި ބަޔާންކޮށްފައިވާ ކަމަށެވެ. އެހެންނަމަވެސް، ކޯޓުން ބެލި ބެލުމުން އެ އަދަދާ ގާތްކުރާ އަދަދަށް ވެސް ޕީއެސްއެމްގެ ބޭންކް އެކައުންޓްތަކުގައި ފައިސާ ނެތް ކަމަށް އަމުރުގައިވެ އެވެ.

އެ ހަރަދުތައް ކުރުމަށް ޕީއެސްއެމްއަށް ފައިސާ ލިބޭނީ ކޮން ފަރާތްތަކުން ކަމާއި އެ ފައިސާ ލިބެނީ ކޮން ވަސީލަތްތަކެއް މެދުވެރިކޮށް ކޮން ގޮތަކުން ކަމާއި މާލީ ހާލަތުގެ ތަފްސީލުތައް ވަޒަންކުރުމަށްފަހު އަންނަ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން ކޯޓަށް ފޮނުވުމަށް އަމުރުކޮށްފައިވެ އެވެ.

އެ މައްސަލައިގައި ދަރަނި ހަލާސްކުރެވެންދެން ނުވަތަ ކޯޓުން އެހެން ގޮތެއް އަންގަންދެން ޕީއެސްއެމްގެ މިލްކިއްޔާތުގައި ހުރި އެއްވެސް މުދަލެއް ޝަރީއަތުގެ ހުއްދަނެތި ނުވިއްކުމަަށާއި އެ މުދަލެއް ތިންވަނަ ފަރާތަކަށް ބަދަލުވެދާނެ ފަދަ އެއްވެސް މުއާމަލާތެއް ނުކުރުމަށް އަންގާފައިވެ އެވެ.

ޕީއެސްއެމްއިން އާޓިސަންއަށް ފައިސާ ދައްކަން ދެކޮޅު ހެދީ އެ ކުންފުނިން ފޮނުވި އިންވޮއިސްތަކަކީ ކުރި މަސައްކަތާ އެކަށީގެންނުވާ ވަރުގެ ބޮޑު އަގުތަކެއް ކަމަށް ބުނެ އެވެ. އަދި އެކަން އޮޑިޓުން ވެސް ދައްކާ ކަމަށް ވެސް ކުރިން ބުނެފައިވެ އެވެ. އޭގެ އިތުރުން، އެ މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ ވެސް އޭރު ޕްރޮކިއުމަންޓް އުސޫލުތަކާ ހިލާފަށް ކަމަށް ވެސް ބުނެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު އަލީ ނިޔާވެއްޖެ

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު ޑރ. މުހައްމަދު އަލީ، އައިޖީއެމްއެޗްގައި ފަރުވާ ހޯއްދަވަމުން ދަނިކޮށް މިއަދު ވަނީ ނިޔާވެފައެވެ. އުމުރުން 67 އަހަރުގައި ނިޔާވި މުހައްމަދު އަލީއަކީ އިމިގްރޭޝަން ކޮންޓްރޯލަރުގެ އިތުރުން ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމުވެސް ފުރުއްވާފައިވާ ބޭފުޅެކެވެ.

ޓޫރިޒަމް ހީނަރުވުމުން އިގުތިސޯދީ ހަރަކާތް މަޑުޖެހޭނެ: ފައްޔާޒު

ސަރުކާރުން ޓެކްސް ގާނޫނުތަކަށާއި ބޭރު ފައިސާ މާރުކުރުމުގެ ގަވާއިދަށް ގެނައި ކުއްލި ބަދަލުތަކުގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތަށް ބޮޑު ހީނަރުކަމެއް އަތުވެދާނެ ކަމަށް ކުރީގެ މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ. މި ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް އޮތް އިންވެސްޓަރުންގެ އިތުބާރު ގެއްލި، ވިޔަފާރިތައް ހުއްޓި މުޅި ގައުމުގެ އިގުތިސޯދު މަޑުޖެހުމުގެ ބިރު އޮތްކަން އޭނާ ފާހަގަކުރެއްވިއެވެ.

ޕްލާސްޓިކް ހޮޅި ހުއްދަކުރީ ކަރުދާސް ހޮޅި ބޭނުންކުރަން ދަތިވުމުން

ކަރުދާސް ހޮޅި ބޭނުންކުރުމުގައި ހުރި ދަތިތަކާއި ސިއްހީ ކަންބޮޑުވުންތަކާ ގުޅިގެން، ރާއްޖެއަށް ޕްލާސްޓިކް ހޮޅި އެތެރެކުރުން މަނާކުރާ ތާރީހު 2031 ވަނަ އަހަރަށް ސަރުކާރުން ފަސްކޮށްފިއެވެ. އެންވާރަމަންޓް މިނިސްޓްރީން ބުނީ މި ބަދަލު ގެނައީ ކަރުދާސް ހޮޅި ފޫދުމުގެ މައްސަލައާއި އޭގެ ސަބަބުން މައިކްރޯ ޕްލާސްޓިކް އުފެދުމުގެ ފުރުސަތު އޮތުމުން ކަމަށެވެ. މީގެ ކުރިން 2023 ގެ ނިޔަލަށް ޕްލާސްޓިކް ހޮޅި މަނާކުރަން ނިންމާފައި އޮތް ނަމަވެސް، މި ނިންމުމާއެކު އެ ތާރީހު ވަނީ ވަރަށް ބޮޑަށް ފަސްވެފައެވެ.

ހިރިމަރަދޫއަށް ދެ ޕޮލިޓިކަލް ޑިރެކްޓަރުން އައްޔަނުކޮށްފި

ފަޅުރަށެއްގެ ގޮތުގައި ކަނޑައަޅައި ކައުންސިލް އުވާލާފައިވާ ހދ. ހިރިމަރަދޫގައި ވަޒީފާ އަދާކުރާ ގޮތަށް، ޔޫތު މިނިސްޓްރީގެ ދެ ޕޮލިޓިކަލް ޑިރެކްޓަރުން ސަރުކާރުން އައްޔަނުކޮށްފިއެވެ. މަހަކު 20،000 ރުފިޔާގެ މުސާރަ ލިބޭ މި މަގާމުތަކަށް އައްޔަނުކުރި ޕީއެންސީގެ ދެ އެކްޓިވިސްޓުންގެ އިތުރުން، އެ ރަށުގެ ތިންވަނަ މީހަކަށްވެސް ސިޔާސީ މަގާމެއް ދީފައިވާކަން ވަނީ އެނގިފައެވެ.

ދަބަހުގައި ބޮމެއް އޮތް ކަމަށް ބުނި މީހަކު ހައްޔަރުކޮށްފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުރެ ދަބަހެއްގައި ބޮމެއް އޮތް ކަމަށް ބުނެ ސަމާސާކުރި މިސްރުގެ ރައްޔިތަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް ކޯޓުން ފަސް ދުވަސް ޖަހައިފިއެވެ. އޭނާ އެއީ ސަމާސާއަކަށް ދެއްކި ވާހަކައެއް ކަމަށް ބުނެ މައާފަށް އެދުނު ނަމަވެސް، މުޖުތަމައުގެ ސަލާމަތަށްޓަކައި އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ނުގަވައިދުން ބިމެއް ދިނުމުން ކޮރަޕްޝަންގެ ދައުވާކުރަނީ

ގަވާއިދާ ހިލާފަށް އަމިއްލަ ކުންފުންޏަކަށް ބީލަމަކަށް ނުލައި ބިންތަކެއް ދޫކުރި މައްސަލައިގައި، ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީ އާއި ތިން ކައުންސިލަރެއްގެ މައްޗަށް ދައުވާކުރަން އޭސީސީން ޕީޖީއަށް ފޮނުވައިފިއެވެ. މި ބޭފުޅުންގެ މައްޗަށް ދައުވާކުރަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދިން ކަމަށް ތުހުމަތުކުރެވޭތީއެވެ.

ރައީސް އޮފީހުގެ ކުރީގެ މުވައްޒަފަކަށް މިނިސްޓަރެއްގެ އިންޒާރު

"އައިޝާ" ޑޮކިއުމެންޓްރީ ނެރުމުގެ ކުރިން، އެއްވެސް މައުލޫމާތެއް ލީކުނުކުރުމަށް ބުނެ މިހާރުގެ ކެބިނެޓް މިނިސްޓަރަކު އިންޒާރުދިން ކަމަށް ރައީސް އޮފީހުގެ ކުރީގެ މުވައްޒަފަކު ތުހުމަތުކޮށްފިއެވެ. މީގެ އިތުރުން، ޖިނާއީ ތަހުގީގަކަށް އޭނާގެ ޕާސްޕޯޓު ވެސް މިހާރު ވަނީ ހިފަހައްޓާފައެވެ.

Newsletter

Get the latest news delivered straight to your inbox