ހޭންޑްބޯޅައިގެ ޓާގެޓަކީ މެޑަލް: އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ ފިޓްނަސް ބޮޑުތަނުން ރަނގަޅުވުން

Aug 17, 2023, 8:53 AM
2019 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގައި ގައުމީ ހޭންޑްބޯޅަ ޓީމު ކުޅުނު މެޗެއްގެ ތެރެއިން.--- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ

2019 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގައި ގައުމީ ހޭންޑްބޯޅަ ޓީމު ކުޅުނު މެޗެއްގެ ތެރެއިން.--- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ

މި މަހުގެ 25 ވަނަ ދުވަހުން އަންނަ މަހުގެ ހަތަރުވަނަ ދުވަހުގެ ނިޔަލަށް މަޑަގަސްކަރައިގައި އޮންނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް ތައްޔާރުވުމަށް ގައުމީ ޓީމުތަކުން އަންނަނީ ބުރަކޮށް މަސައްކަތް ކުރަމުންނެވެ.

މިފަހަރުގެ ގޭމްސްގައި ވާދަކުރާ ހުރިހާ ކުޅިވަރުތަކަކުންވެސް ގައުމީ ޓީމުތަކުގެ ސްކޮޑުތަކާއެކު ބުރަކޮށް މަސައްކަތް ކުރަމުންދާ އިރު، ހޭންޑްބޯޅައިގެ އަންހެން އަދި ފިރިހެން ޓީމުންވެސް ދަނީ މެޑެއްޔެއެއްގެ އަމާޒުގައި ރަނގަޅު ތަމްރީނުތަކެއް ފުރިހަމަ ކުރަމުންނެވެ. މިމަހުގެ ހަތަރުވަނަ ދުވަހުގެ ރޭ އަންހެން އަދި ފިރިހެން ހޭންޑްބޯޅަ ޓީމުވެސް ތައިލެންޑަށް ފުރާފައިވާ އިރު، އައިއޯއައިޖީގެ މެޑެއްޔަކަށް ކޯޗުންގެ ވިސްނުން ފުޅައެވެ.

ގައުމީ ފިރިހެން ޓީމަށް މިވަގުތު އިރުޝާދު ދެމުންދާ ސާބިއާގެ ބްރަޓިސްލާވް ސްޓޮމެނޮވިޗް، ރާއްޖޭގެ ގައުމީ ޓީމާއެކު އަނެއްކާވެސް މަސައްކަތް ކުރަމުން އަންނަ އިރު، އޭނާ އެންމެ ބޮޑަށް އިސްކަމެއް ދީގެން އައިއޯއައިޖީ އަށް ރަނގަޅުކުރަމުންދަނީ ފިޓްނަސްއަށް ކަމަށް ވަނީ ބުނެފަ އެވެ.

"ގިނަ ދުވަސްތަކަކަށްފަހު އަހަރެން އަނެއްކާވެސް ރާއްޖޭގެ ޓީމާ ހަވާލުވެ، ފަރިތަކުރުންތައް މި ކުރިއަށް ގެންދަނީ. ފުރަތަމަ އައިސް ތަމްރީނުތަށް ފެށިއިރު ފިޒިކަލް ކޮންޑިޝަނާއި ކުޅުންތެރިން ތިބި ފިޓްނަސް ލެވެލްއާމެދު އެހާ ބޮޑަށް ހިތްހަމައެއް ނުޖެހޭ. އެކަމަކު މިހާރު އަހަރެން މިހުރީ ހިތްހަމަޖެހިފައި. ފިރިހެން ޓީމާއި އަންހެން ޓީމުގައިވެސް ތަފާތު މަސައްކަތްތަކެއް ކުރެވިއްޖެ،" މީގެ ކުރިން 2019 ވަނަ އަހަރު ގައުމީ ހޭންޑްބޯޅަ ޓީމަށް އިރުޝާދު ދީފައިވާ ސްޓޮމެނޮވިޗް ބުންޏެވެ.

އޭނާގެ ނަޒަރުގައި މިހާރު މިއޮތް ފެންވަރުން، އަނިޔާގެ މައްސަލަތަކެއް ކުރިމަތި ނުވެ ގޭމްސްއަށް ދެވިއްޖެނަމަ، މެޑަލް ހޯދުމުގެ އުންމީދު ބޮޑެވެ. އެހެންނަމަވެސް، އެކަމަށް ޔަގީންކަން ނުދޭނެ ކަމަށާއި، އެކަމަށް ކުރާނީ މަސައްކަތް ކަމަށް ސްޓޮމެނޮވިޗް ބުންޏެވެ.

ސްޓޮމެނޮވިޗް ރާއްޖެއަށް އައިސްފައި ވަނީ ފިޓްނަސްއަށް ހާއްސަ ސްލޮވޭނިއާގެ އެސިސްޓެންޓް ކޯޗަކާ އެކުގައެވެ. މިހާތަނަށް ދެމަހެއްހާ ދުވަހު، ކުޅުންތެރިންނަށް ރިލީސް ހަމަޖެހިގެން ގައުމީ ފިރިހެން އަދި އަންހެން ޓީމުންވެސް މަސައްކަތް ކުރަމުން އައިސްފައިވާ އިރު، ކޯޗު ސްޓޮމެނޮވިޗްގެ ނަޒަރުގައި ޔޫރަޕްގެ ހޭންޑްބޯޅަ އަށް ފިރިހެން ޓީމު މަޑުމަޑުން ހާނުވަން މަސައްކަތް ކުރެވެއެވެ.

"އަހަރެމެން ފުރަތަމަވެސް އައިސް ކުޅުންތެރިންނަށް ހާއްސަ ޓެސްޓްތަކެއް ފުރިހަމަ ކުރުވިން. އަދި ކަންތައްތަކެއް ބެލިން. އެއީ ޔޫރަޕާއި މި ސަރަހައްދުގެ ހޭންޑް ބޯޅަވެސް ތަފާތުވުމާއެކު. އެހިސާބުން ފެށިގެން އާ ކަންތައްތަކެއް، އާ މައުލޫމާތުތަކެއް ކުޅުންތެރިންނަށް ފޯރުކޮށްދެމުން މި އަންނަނީ. ޔޫރަޕްގައި މަސައްކަތްތަކެއް ކުރާ ގޮތަށްވެސް ހޭނުމަށްވެސް މަސައްކަތް ކުރެވިއްޖެ،" ސްޓޮމެނޮވިޗް ބުންޏެވެ.

ސްޓޮމެނޮވިޗް ފާހަގަކުރީ އިންޑޯގައި ފަރިތަކުރުންތައް ކުރިއަށް ނުގެންދެވުމަކީ ޗެލެންޖެއް، އަދި މައްސަލައެއް ނަމަވެސް، ވިސްނާނީ ރަނގަޅު ނަތީޖާއަކަށް ކަމަށެވެ. އަދި އިދިކޮޅު ޓީމުތަކުގެ މައުލޫމާތުވެސް ލިބެމުންދާ މިންވަރަކުން ހޯދަމުންދާ ކަމަށްވެސް ސްޓޮމެނޮވިޗް ބުންޏެވެ.

"ފްރާންސްގެ ކުޅުންތެރިންގެ މައުލޫމާތު ވަރަށް ރަނގަޅަށް އަހަންނަށް އެނގޭނެ. އެ ސްޓައިލްވެސް. އެހެންވިޔަސް، އައިއޯއައިޖީގައި ވާދަކުރަން ޖެހޭ ޓީމުތަކާ ގުޅޭ ގޮތުން އެނގެނީ ކުޑަ މިންވަރެއް. އަހަރެން ޓީމުގައި މިތިބީ ވަރަށް އާ ޒުވާން ކުޅުންތެރިންތަކެއް. ފަސް ވަރަކަށް ކުޅުންތެރިން ފިރިހެން ޓީމުގައިވެސް އެބަތިބި އާ ކުޅުންތެރިންގެ ގޮތުގައިވެސް. އެއީ ޗެލެންޖަކަށް ވާނެ ކަމެއް. މިހާރު މިކުޅޭ ކުޅުމުގައި ޕާފޯމް ކުރެވުނު ނަމަވެސް ބޮޑެތި މުބާރާތްތަކުގައި އަދި މެންޓަލީ ޗެލެންޖުތަކަކާ ކުރިމަތިލާން ޖެހިދާނެ. އެކަމަކު އެކަމަށް ޓީމު ރަނގަޅަށް ހާނާ، ކަންކަމާ ވާހަކަ ދައްކަމުން ދަނީ،" ސްޓޮމެނޮވިޗް ޓީމާ ގުޅޭ ގޮތުން ފާހަގަކުރިއެވެ.

ޓީމުގެ ކުޅުންތެރިންގެ ނަޒަރުގައިވެސް އެންމެ ބޮޑަށް ރަނގަޅު ކުރެވުނީ ފިޓްނަސްއެވެ. އޭގެ އިތުރުންވެސް ގިނަ ދުވަސްތަކެއް ލިބުމަކީ ހިތްހަމަ ޖެހުމެއް ކަމަށްވެސް ގިނަ ކުޅުންތެރިން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން މިފަހަރު ގިނަ ދުވަސްތަކެއް ވަންދެން އެއްކޮށް ފަރިތަކޮށްލަން ލިބުމުން، ޓީމު އެކުވެފައިވާ ކަމަށްވެސް ކުޅުންތެރިން ފާހަގަކުރިއެވެ.

އަންހެން ޓީމުންވެސް ކުޅުންތެރިންގެ ރިލީސްއާއެކު ދެ މަހެއްހާ ދުވަހު ރާއްޖޭގައި ފަރިތަކޮށް، މިހާރު ތައިލެންޑްގެ ކޭމްޕްގައި މަސައްކަތް ކުރަމުންދާ އިރު، ކޯޗު ހުސެން އައްޒާމްގެ ނަޒަރުގައި ގައުމީ ހޭންޑްބޯޅަ ދާ މިސްރާބުން ނަތީޖާ ރަނގަޅު ކުރެވޭނެ ޖާގަ ބޮޑެވެ.

އައްޒާމް ފާހަގަކުރީ ހޭންޑްބޯޅަ ކުޅޭ ކުދިން ގިނަވުމާއެކު ރަނގަޅު ކަންތައްތަކެއް ފެންނަމުންދާ ކަމަށެވެ. އެގޮތުން ގައުމީ ޓީމަށް އެރުމަށް ކުރާ މަސައްކަތް ބޮޑުމާއެކު ކުޅުންތެރިންގެ ހުނަރު ތަފާތު ރޭޓެއްގައި ކުރިއަރާތަން ފެނުމުގެ އިތުރުން ކޯޗުންނަށް ކުދިން ނަގަން ގިނަ ކުޅުންތެރިންތަކެއް ހިމެނޭ ޕޫލެއް ލިބޭ ކަމަށްވެސް އައްޒާމް ފާހަގަކުރިއެވެ. އައްޒާމް އިތުރަށް ބުނީ އޭނާ ގަބޫލުކުރާ ގޮތުގައި އަންހެން ޓީމަކީ، މިވަގުތު ރާއްޖެއިން ނެގެން އޮތް އެންމެ ރަނގަޅު ޓީމުކަމަށް ވަރަށް ބޮޑަށް ޔަގީން ކަމަށެވެ.

ކޯޗު ފާހަގަކުރީ ޓީމު އޮތީ ބަދަލުވަމުންދާ މިސްރާބެއްގައި ކަމަށްވުމުން، ރަނގަޅު ތަޖުރިބާއަކާއެކު ނަތީޖާ ނެރުމަށް ވިސްނާފައިވާ ކަމަށެވެ.

"މިހާރު އަންހެން ޓީމު މިއޮތީ ޓްރާންސިޝަން ޕީރިއަޑެއްގެ ތެރޭގައި. އެއީ މިހާރު މިއޮތް ސްކޮޑަކީ ޒުވާން ކުޅުންތެރިންތަކަކާއެކު ހަމަ ތަޖުރިބާހުރި ކުޅުންތެރިންނާއެކު އެކުލަވާލެވިފައި އޮތް ސްކޮޑެއް. އެހެންވީމަ ޓާގެޓް ކުރަނީ މެޗަކަށްފަހު މެޗެއް ރަނގަޅުކޮށް، ޒުވާން ކުޅުންތެރިންނަށް ތަޖުރިބާއެއް ހޯދައިދެވުމާއެކު ނަތީޖާއެއް ނެރުން،" އައްޒާމް ބުންޏެވެ.

އަންހެން ޓީމުގެ ކުޅުންތެރިންވެސް ފާހަގަކުރީ ފަރިތަކުރުންތަކުން އެންމެ ބޮޑަށް ރަނގަޅުކުރެވުނު އެއް ކަމަކީ ފިޓްނަސް ކަމަށެވެ. އެގޮތުން ފުރަތަމަ ފަރިތަކުރުންތައް ފެށިއިރާއި މިހާރާ އަޅާ ބަލާއިރު، ކުޅުންތެރިންގެ ފިޒިކަލް ހާލަތު ވަރަށް ބޮޑަށް ރަނގަޅުވެފައިވާ ކަމަށްވެސް އަންހެން ޓީމުގެ ކުޅުންތެރިން ފާހަގަކޮށްފައިވެ އެވެ.

ނޯޓް: މިއީ މި މަހު 25 އިން އަންނަ މަހުގެ ހަތަރަކަށް މަޑަގަސްކަރާގައި ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އަށް މޯލްޑިވްސް މީޑިއާ އިން ތައްޔާރުކޮށްފައިވާ އާޓިކަލް އެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox