ހަނު ހުންނެވީ ފުލުހުން ފުރައްސާރަ ކުރާތީ ކަމަށް ޔާމީން ވިދާޅުވެއްޖެ

ރައީސް އަަބްދުﷲ ޔާމީން ޝަރީއަތަކަށް ހާޒިރުވާން މާލެ ގެންނެވުމަށް ފަހު އަނބުރާ ޖަލަށް ގެންދަވަން ލޯންޗަށް އަރުއްވަނީ - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ރައީސް އަަބްދުﷲ ޔާމީން ޝަރީއަތަކަށް ހާޒިރުވާން މާލެ ގެންނެވުމަށް ފަހު އަނބުރާ ޖަލަށް ގެންދަވަން ލޯންޗަށް އަރުއްވަނީ - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ވ. އާރަށް ކުއްޔަށް ދޫކުރުމުގެ ތެރެއިން ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލާގައި، ފުލުހުންގެ ތަހުގީގުގައި ޖަވާބުދާރީނުވެ ފަހުން ޝަރީއަތުގައި ޖަވާބުދާރީވާނެ ކަމަށް ފުލުހުންނަށް އެންގެވީ އެ މުއައްސަސާގެ ފަރާތުން ފުރައްސާރަ ކުރަމުން ދިޔުމުން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު ހައި ކޯޓުގައި ވިދާޅުވެއްޖެ އެވެ.

ޔާމީނުގެ ވެރިކަމުގައި ހިނގި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ތެރެއިން ހިނގި އެ މުއާމަލާތުގެ މައްސަލާގައި، ކުށް ސާބިތުވާ ކަމަށް ކަނޑައެޅުމަށް ފަހު ކްރިމިނަލް ކޯޓުން ވަނީ އެމަނިކުފާނުގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމަކާއި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާ ދެއްކުމަށް ހުކުމްކޮށް އެވެ.

ކްރިމިނަލް ކޯޓުގެ އޭރުގެ އިސް ގާޒީ މުހައްމަދު ޝަކީލް ނެރުއްވި ހުކުމުގައި ފާހަގަ ކުރައްވާފައިވަނީ، ޔާމީނާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޔޫސުފް ނައީމާ ދެމެދު ހިނގީ ޑޮލަރު ގަތުމުގެ "މައުސޫމު" މުއާމަލާތެއް ނަމަ ކުރިއާލާ ތަހުގީގު މަރުހަލާގައި އެ ހެކިތައް ހާމަކުރާނެ ކަމަށެވެ.

Advertisement

ހައި ކޯޓުގައި އެ ހުކުމް އިސްތިއުނާފުކޮށްފައިވާ މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމުގައި ޔާމީން ވިދާޅުވީ އެންމެ ފުރަތަމަ އާރަށު މައްސަލައާއި ފުއްގިރި ކުއްޔަށް ދޫކުރުމުގައި ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލާގައި ވެސް އެންމެ ފުރަތަމަ ފުލުހުންނަށް އެއްބާރުލުން ދެއްވަމުން ގެންދެވި ކަމަށެވެ.

"...އެކަމަކު އިރުކޮޅުކޮޅާ ބަޔާން ބަދަލުކޮށްފައި އިތުރު ސުވާލުކުރަން ފުލުހުން އަޅުގަނޑު ހާޒިރުކުރާތީ އަޅުގަނޑު ދެން ދެންނެވިން، މިހާރު ތި ކުރަނީ ހެރޭސް (ފުރައްސާރަ) އޭ، އެހެންވެގެން ދެން އަޅުގަނޑު ދެންނެވީ އިތުރަށް ޖަވާބުދާރީވާނީ ޝަރީއަތުގައި،" ޔާމީން ކިޔައިދެއްވި އެވެ.

ތަހުގީގުގެ ބޭނުމަށް ފުލުހަށް ހާޒިރުކޮށް އެ ދެ މައްސަލައިގައި ވެސް ސުވާލުކުރަމުން ދިޔަ ދުވަސްވަރަކީ ގއ. ވޮޑަމުލާ ކުއްޔަށް ދޫކުރުމުގައި ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލާގައި ޔާމީން ޖަލު ހުކުމް ތަންފީޒުކުރައްވަމުން ގެންދެވި ދުވަސްވަރުކަން ވެސް ޔާމީން ފާހަގަ ކުރެއްވި އެވެ.

"އެހާ ވެސް ދަތި އުނދަގޫ ދުވަސްވަރެއްގައި އެއީ،" އިދިކޮޅު ޕީޕީއެމް/ޕީއެންސީ އިއްތިހާދުގެ ލީޑަރު ޔާމީން ވިދާޅުވި އެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 47 ވަނަ މާއްދާގެ (ބ) ގައި ވަނީ ހަނުހުރުމުގެ ހައްގު ހިފެހެއްޓޭނޭ ހާލަތުތައް ބަޔާންކޮށްދީފަ އެވެ. އެ މާއްދާގައި އޮންނަނީ، ބައެއް ބާވަތުގެ ޖިނާއީ މައްސަލަތަކުގައި، އެ މީހަކު ތަހުގީގަށް ދޭ މައުލޫމާތަކީ އޭނާއާ އެއްކޮޅަށް ބޭނުން ކުރެވޭނެ މައުލޫމާތެއް ނަމަ އެކަން ގާނޫނު ތަންފީޒުކުރާ އިދާރާއަކަށް ހާމަކުރަން ވާނެ ކަމަށާއި އެ ހާލަތުގައި ހަނު ހުރުމުގެ ހައްގު ބޭނުން ނުކުރެވޭނެ ކަމަށެވެ.

މިއަދު މެންދުރުފަހު 2:00 އިން ފެށިގެން ހަވީރު 5:15 ވަން ދެން ކުރިއަށް ދިޔަ އެ އަޑުއެހުމުގައި ފަނޑިޔާރުން ސާފުކުރި ގިނަ ކަންކަމަށް ޔާމީނުގެ ވަކީލުންގެ އިތުރަށް ސީދާ އެމަނިކުފާނު ވެސް ޖަވާބު ދެއްވަމުން ގެންދެވި އެވެ.

އެ ގޮތުން ޔާމީނަށް ލިބުނު ފައިސާއަކީ ޑޮލަރު މާރުކޮށްގެން ލިބުނު ފައިސާއެއް ކަމަށް ޝަރީއަތުގައި ބުނުމުގެ ކުރިން ކެމްޕެއިނަށް ޔޫސުފް ނައީމްގެ ފަރާތުން ލިބުނު ފައިސާ ކަމަށް ވިދާޅުވެ އެމަނިކުފާނު ބޭންކަށް ފޮނުވި ސިޓީއަކާ ގުޅޭ ގޮތުން ފަނޑިޔާރުން ސުވާލުކުރެއްވި އެވެ.

ދައުލަތުން ދަށު ކޯޓުގައި ހެއްކެއްގެ ގޮތުގައި ހުށަހެޅި އެ ސިޓީއަކީ ސައްހަ ސިޓީއެއް ނޫން ކަމަށް ޔާމީން ވިދާޅުވި އެވެ. އެ ސިޓީގެ އެއްބައި ޓައިޕްކޮށްފައިވާއިރު އަނެއް ބައިގައި އަތު ލިޔުމެއް ހިމެނޭތީ ވެސް ޔާމީން ވަނީ އެ ސިޓީގެ ސައްހަކަމާ މެދު ސުވާލު އުފައްދަވައިފަ އެވެ.

އާރަށް މައްސަލައިގެ ފަސްފަހަތް؛

ދައުލަތުން ކުރާ ދައުވާގައިވާ ގޮތުން ވ. އާރަށް ޓޫރިޒަމް މިނިސްޓްރީއަށް ބަދަލުކުރީ އޮގަސްޓް 9، 2015 ގަ އެވެ. ޔޫސުފް ނައީމްގެ (އެ މައްސަލައިގައި ދައުވާ ލިބޭ އަނެއް ފަރާތް) 99 ޕަސަންޓު ހިއްސާ އޮންނަ ގޮތަށް ޓޫޖީ ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ކުންފުންޏެއް އުފެއްދީ އޮގަސްޓް 13، 2015 ގަ އެވެ.

ސެޕްޓެމްބަރު 8، 2015 ގައި ޓޫޖީ ޕްރައިވެޓް ލިމިޓެޑްގެ 99 ޕަސަންޓު ހިއްސާ އެލްއޭ ރިސޯޓްސް ޕްރައިވެޓް ލިމިޓެޑްއަށް ވިއްކާލީކަމުގަ އެވެ.

ސެޕްޓެމްބަރު 9، 2015 ގައި އެމްއެމްޕީއާރުސީން ޓޫޖީ ޕްރައިވެޓް ލިމިޓެޑް ކުންފުންޏަށް ވ. އާރަށް ހަވާލުކުރިއިރު އެލްއޭއިން އެމްއެމްޕީއާރުސީއަށް ރަށުގެ ލީޒް އެކުއިޒިޝަން ކޮސްޓްއަށް އެއް މިލިއަން ޑޮލަރު އަދި ޔޫސުފް ނައީމަށް ވެސް އެއް މިލިއަން ޑޮލަރުގެ ޗެކެއް ދީފައިވެ އެވެ.

ސެޕްޓެމްބަރު 13، 2015 ގައި ޔޫސުފް ނައީމްގެ އެކައުންޓަށް އެ ފައިސާ ޖަމާވުމުން ސެޕްޓެމްބަރު 15، 2015 ގައި ޔޫސުފް ނައީމްގެ އެކައުންޓުން ޔާމީނަށް އެއް މިލިއަން ޑޮލަރުގެ ޗެކެއް ދީފައިވެ އެވެ. އޭގެ ދެ ދުވަސް ފަހުން އެ ފައިސާ އެޗްއެސްބީސީގައި ޔާމީންގެ ނަމުގައި ހުޅުވާފައިވާ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށް ދައުލަތުގެ ދައުވާގައިވެ އެވެ.

ޔާމީނާއި ޔޫސުފް ނައީމް ވެސް މި ދައުވާތަކަށް އިންކާރު ކުރެއްވި އެވެ. ދެ ބޭފުޅުން ވެސް ވިދާޅުވާ ގޮތުން އެއީ ދެމެދުގައި ހިނގާފައިވަނީ ދިވެހި ރުފިޔާއިން ޑޮލަރު ގަތް މުއާމަލާތެކެވެ. އަދި އާރަށް ކުއްޔަށް ދޫކުރުމުގައި ހިނގީ ވަކި އެހެން މުއާމަލާތެއް ކަމަށެވެ. އަދި ހިޔާނާތުގެ އެއްވެސް އަމަލެއް ހިންގަވާފައިނުވާނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިރާގު ރޯޑް ރޭސް 5،500އަށްވުރެ ގިނަ ދުވުންތެރިންނާއެކު ބާއްވައިފި

ދިރާގު މޯލްޑިވްސް ރޯޑް ރޭހުގެ 17 ވަނަ އެޑިޝަން 5،500 އަށްވުރެ ގިނަ ދުވުންތެރިންނާއެކު ހުޅުމާލެ ސެންޓްރަލް ޕާކުގައި ވަނީ ބާއްވާފައެވެ. މި ދުވުމުގެ ލައިވް އަޕްޑޭޓްތަކާއި، ނަތީޖާ އަދި ދުވުންތެރިންގެ ރޭންކިންގ ބަލައިލުމުގެ ފުރުސަތު ދިރާގުން ވަނީ ޚާއްޞަ މޮބައިލް އެޕްލިކޭޝަނެއް މެދުވެރިކޮށް ފަހިކޮށްދީފައެވެ.

ޕީއެންސީގެ މެންބަރުންގެ އަދަދު ލައްކައަކަށްވުރެ ދަށަށް

ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އެރިތާ 24 ގަޑިއިރު ނުވަނީސް، އަލުން އެ އަދަދު ލައްކައަކަށް ވުރެ ދަށަށް ގޮސްފިއެވެ. އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި މި އަދަދު ހަމަކުރުމަށްޓަކައި ވަޒީފާގެ ބިރުދެއްކުމާއި ރިޝްވަތުގެ ގޮތުގައި ފައިސާ ބޭނުންކޮށްފައިވެއެވެ. އީސީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެ ޕާޓީގެ މެންބަރުންގެ އަދަދު މިހާރު ވަނީ 99,930 އަށް ތިރިވެފައެވެ.

ރަސްމާލޭގެ ޑީލުގައި ސޮއިނުކުރަން އެދި އަލައްބާރަށް ސިޓީއެއް

ރަސްމާލެ މަޝްރޫއުގެ މިހާރުގެ ޝަރުތުތަކާއި ގާނޫނުއަސާސީއާ ފުށުއެރުންތަކެއް ހުރި ކަމަށާއި، އެކަމުގައި އެކަށީގެންވާ ގޮތެއްގައި ރައްޔިތުންގެ ހިޔާލު ހޯދާފައި ނުވާތީ، ދެން އަންނަ ސަރުކާރަކުން ވެސް މި މަޝްރޫއުގެ އެއްބަސްވުން އަލުން މުރާޖައާކުރުމަށް ނުވަތަ އެއްކޮށް ބާތިލުކުރުމުގެ ފުރުސަތު އޮތް ކަމަށް އެ ސިޓީގައި ބުނެފައިވޭ.

"ރަސްމާލެ މައްސަލައިގައި މުއިއްޒު ވަނީ އަނގަވަތަށް ވެއްޓިފައި"

ރަސްމާލެ މަޝްރޫއަކީ ރާއްޖޭގެ ސިޔާދަތަށް އުނިކަންލިބޭ، ބޭރުގެ ފަރާތްތަކަށް ބިން ދިނުމަށް ހިންގާ ހީލަތްތެރި ރޭވުމެއް ކަމަށް ވިދާޅުވެ ކުރީގެ ރައީސް ޔާމީން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. މި މަޝްރޫއުގެ ސަބަބުން ރައީސް މުއިއްޒު ރައްޔިތުންގެ ކުރިމަތީގައި ބޭޒާރުވެފައިވާ ކަމަށާއި، މި ސަރުކާރަށް ދެވަނަ ދައުރެއް ރައްޔިތުން ނުދޭނެ ކަމަށް ޔާމީން ވިދާޅުވިއެވެ.

ރަސްމާލެ ދޫކޮށްލުމާ ދެކޮޅުވެރިކަމެއް ނެތްކަމުގެ އިޝާރާތެއް

ރަސްމާލެއިން ބައެއް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމާ ދެކޮޅު ހަދަނީ މަދު ބަޔަކު ކަމަށާއި، ދިވެހިން އަބަދުވެސް އިސްކުރަނީ ގައުމީ ތަރައްގީކަން މުއިއްޒު ފާހަގަކުރެއްވި. މީގެކުރިންވެސް ރާއްޖެއަށް އައި ބޮޑެތި ބަދަލުތަކާ ބައެއް މީހުން ދެކޮޅު ހެދި ނަމަވެސް، ގިނަ ރައްޔިތުން ތާއީދުކުރީ ގައުމީ ކުރިއެރުމަށްކަން އެމަނިކުފާނު ބަޔާންކޮށްދެއްވި.

ހުލާސާކޮށް އިއްޔެ: ސިޔާސީ ޕާޓީތަކުގެ ދަފްތަރަށް އައި ބޮޑު ބަދަލު

ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އެރުމާއެކު، ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ ފަދަ ދުވަސްވީ ޕާޓީތަކުން ގިނަ އަދަދެއްގެ މެންބަރުންނާއި އިސް ބޭފުޅުން ވަނީ ވަކިވެފައެވެ. މީގެ އިތުރުން، ރަސްމީ ޖަލްސާތަކުގެ ޕްރޮޓޮކޯލަށް ބަދަލުތަކެއް ގެނެސްފައިވާއިރު، ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން އިލްމުވެރިންނާއި ސިޔާސީ ފަރާތްތަކުގެ މެދުގައި ވަނީ ޚިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

ވަޒީފާގެ ބިރުދައްކައިގެން އެއްލައްކަ މެންބަރުން ހަމަކޮށްފި

ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އަރާފައިވާއިރު، މިއީ ވަޒީފާގެ ބިރުދައްކައިގެންނާއި ރިޝްވަތު ދީގެން ހޯދި އަދަދެއް ކަމަށް ވަނީ ތުހުމަތުކުރެވިފައި. އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ދައްކާގޮތުގައި މިދިޔަ އަހަރާ އަޅާބަލާއިރު އެ ޕާޓީގެ މެންބަރުންގެ އަދަދު ވަނީ 26،000 އަށްވުރެ އިތުރުވެފައި.

Newsletter

Get the latest news delivered straight to your inbox