ނަޝީދު ވިދާޅުވަނީ މުއިއްޒުގެ ވެރިކަމެއްގައި ރާއްޖެ "ހައްދުފަހަނައަޅާނެ" ކަމަށް!

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދަ ޑިމޮކްރެޓްސްގެ ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަނީ. ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދަ ޑިމޮކްރެޓްސްގެ ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަނީ. ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ބޮޑެތި ތުހުމަތުތަކެއް ކުރައްވައިފި އެވެ.

ސެޕްޓެމްބަރު 9، ގައި ބާއްވާ ރިޔާސީ އިންތިހާބަށް ނަޝީދުގެ ދަ ޑިމޮކްރެޓްސް އިން ނެރެފައިވާ ކެންޑިޑޭޓް އިލްޔާސް ލަބީބަށް ކެމްޕެއިންކުރަން ގއ. ކޮލަމާފުށީގައި މިއަދު ބޭއްވި ޖަލްސާއެއްގައި ނަޝީދު ވިދާޅުވީ މުއިއްޒު ވެރިކަމަށް ވަޑައިގެންފި ނަމަ ޕީޕީއެމް/ޕީއެންސީގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ޖެހިވަޑައިގަންނަވާނީ ހުދު ނަޝީދަށް ވެސް ޖެހިވަޑައިގެންނެވި ހާލުކޮޅު ކަމަށެވެ.

ވެރިކަމުގެ އެއްވެސް ކަމަކަށް ހިޔާލު ދެއްވުމުގެ ފުރުސަތު ޔާމީނަށް އޭރުން ނޯންނާނެ ކަަމަށާއި ޔާމީނުގެ ފުރާނަފުޅަށް ނުރައްކާވާ ހާލަަތަށް ކަންތައްތައް ދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

Advertisement

"މުއިއްޒުގެ ސަރުކާރެއް އުފެދިއްޖެ ނަމަ، ދެން އޭގެ މިސާލު އިތުރަށް ދުރަކަަށް ދާކަށް ނުޖެހޭނެ މިހިރީ. ދެން ރައީސް ޔާމީނަށް ވާނެ ގޮތް. ބާކީކުރުން، ވެރިކަމުގެ ކަންކަމުން ދުރުކުރުން، އެންމެ ފަހުން އައިސް މަރުގެ ތުންފަތް މައްޗަށް އައުން،" ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ތުހުމަތުކުރެއްވި ގޮތުގައި މުއިއްޒުގެ ސަރުކާރެއްގައި ގެއްލުން ވާނީ ހަމަ އެކަނި ރައީސް ޔާމީނަކަށް ނޫނެވެ. މުޅި ރާއްޖެއަށް ވެސް އޭގެ ގެއްލުންވާނެ ކަމަށް އެމަނިކުފާނު ތުހުމަތުކުރެއްވި އެވެ.

"އަދި އަޅުގަނޑުމެން އަތުން ދިވެހި ރާއްޖެ ބީވެގެންދާ މިންވަރަށް ރާއްޖޭގެ ކަންކަން ހައްދުފަހަނައަޅައި ދިއުން. މިމަގަށް އަޅުގަނޑުމެން ދީލާލުން،" ނަޝީދު ވިދާޅުވި އެވެ.

މުއިއްޒަށް ކުރެއްވި ތުހުމަތުތަކާ އެކު ޕީޕީއެމްގެ މެމްބަރުންނަށް ނަޝީދު ގޮވައިލެއްވީ ރިޔާސީ އިންތިހާބުގައި ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބަށް ތާއީދުކުރުމަށެވެ. ޕީޕީއެމްގެ ވޯޓް ހޯއްދަވަން އެމަނިކުފާނު މީގެ ކުރިން ވެސް އެތައް ވާހަކަފުޅެއް ދައްކަވައިފަ އެވެ. މި ކެމްޕޭނުގައި ވަޑަައިގަންނަވާ ގިނަ ރަށްރަށުގައި ޕީޕީއެމްގެ މެމްބަރުން ތިބޭ ތަންތަނަށް އެމަނިކުފާނު ޒިޔާރަތްވެސް ކުރައްވަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދ. މީދޫއިން ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުރަސްއަޅައިފި

ދ. މީދޫގައި ރާއްޖެ ޓީވީގެ "ހާލު ކިހިނެއް" ޕްރޮގްރާމް ޝޫޓްކުރަމުން ދަނިކޮށް، ޕީއެންސީގެ ބަޔަކާއި ރައީސްގެ އަނބިކަނބަލުންގެ އާއިލާގެ ބޭފުޅަކު ނޫސްވެރިންނަށް ހުރަސްއަޅައި ހަޅޭއްލަވައި މާރާމާރީ ހިންގައިފިއެވެ. މާރާމާރީ ހިނގާފައިވަނީ ނޫސްވެރިންނާއެކު ތިބި އެ ރަށުގެ ބައެއް ރައްޔިތުންނާ އެވެ.

ސޯސަން މަގު އެކްސިޑެންޓުގައި އަނިޔާވި މީހާ ނިޔާވެއްޖެ

މާލޭ ސޯސަން މަގުގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި އުމުރުން 26 އަހަރުގެ އަންހެން މީހާ ވަނީ ނިޔާވެފައެވެ. މި ހާދިސާއާ ގުޅިގެން 21 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ޖަހާފައެވެ.

ރަސްމާލެ ޑީލަކީ ބޭރުމީހުންނަށް ބިން ވިއްކުމުގެ ފެށުން: ޒަރިޔަންދު

އޭނާ ތުހުމަތުކުރެއްވި ގޮތުގައި މި މަޝްރޫއުގެ ސަބަބުން ޒަޔޮނިސްޓުންނަށް ރާއްޖޭގައި އާބާދުވެ، 99 އަހަރަށް ދިގު މުއްދަތަކަށް ދިރިއުޅުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.

އާސަންދަ ލިމިޓުކުރަން ހަފުތާއެއް، އެއްވެސް ތަފުސީލެއް ނުދިން

މަހަކު 60،000 ރުފިޔާއަށްވުރެ ގިނައިން އާމްދަނީ ލިބޭ މީހުންނަށް އާސަންދަ ލިމިޓުކުރުމުގެ ސިޔާސަތު ތަންފީޒުކުރަން ފަށަން ކުޑަދުވަސްކޮޅަކަށް ވެފައިވާއިރު، އެ ސިޔާސަތު ތަންފީޒުކުރަން ފަށާ ތާރިހު ހިމެނޭހެން އެއްވެސް ތަފުސީލެއް އާސަންދައިން ނުދޭ.

އީގަލް ހިލްސްގެ ފްލެޓުތައް ވެސް ހިލޭ ނޫން

އީގަލް ހިލްސްއިން ހުޅުމާލޭގައި އަޅާ 5،000 ހައުސިން ޔުނިޓަކީ ދައުލަތުގެ ބަޖެޓުން ފައިސާ ދައްކަން ނުޖެހޭ އަދި ސޮވެރިން ގެރެންޓީއެއް ދޭން ނުޖެހޭ މަޝްރޫއެއް. ނަމަވެސް، މިއީ ހިލޭ ލިބޭ ފްލެޓުތަކެއް ނޫން ކަމަށާއި، މީގެ އަގު އަދާކުރާނީ ރަސްމާލެ މަޝްރޫއުން ސަރުކާރަށް ލިބޭ އާމްދަނީގެ 10 އިންސައްތައިން ކަމަށް މުއްތަލިބު ވަނީ ހާމަކުރައްވާފަ.

ރަސްމާލެ ޑީލު ދެން އަންނަ ސަރުކާރުން ބާތިލުކުރާނެ: ޔާމީން

ރަސްމާލެ މަޝްރޫއުގެ ބޮޑު ބައެއް ޔޫއޭއީގެ ކުންފުންޏަކަށް 99 އަހަރަށް ދިނުމަކީ ދިވެހިންގެ މުސްތަގުބަލުން ކުރާ ވައްކަމެއް ކަމަށާއި، އެއީ ގާނޫނާ ހިލާފު އެއްބަސްވުމެއް ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެެ. އެމަނިކުފާނު ވިދާޅުވީ މި އެއްބަސްވުމަށް ދެން އަންނަ ސަރުކާރަކުން އިހުތިރާމް ކުރަން ނުޖެހޭނެ ކަމަށް.

ހުލާސާކޮށް އިއްޔެ: އީގަލް ހިލްސްއަށް ބިން ދެނީ ހިލޭ

ރަސްމާލޭ މަޝްރޫއު ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް 99 އަހަރަށް ހިލޭ ބިން ދޫކުރަން ނިންމާފައިވާއިރު، އިންޑިއާގެ 500 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިން މިހާރު ވަނީ އެކްޓިވްވެފައެވެ. މީގެ އިތުރުން ތިލަފުށީ ބަނދަރު ތަރައްގީކުރުމަށް އައު ކުންފުންޏެއް އުފައްދާފައިވާއިރު، ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމަށް ކުރާ ތުހުމަތުތައް އެމަނިކުފާނުގެ އާއިލާއިން ވަނީ ދޮގުކޮށްފައެވެ. ތިން މިނިސްޓްރީއެއްގައި ހިނގި އަލިފާނުގެ ހާދިސާއަކީ ކަރަންޓު ޝޯޓެއްގެ ސަބަބުން ހިނގި ކަމެއްކަން ފުލުހުންގެ ތަހުގީގަށް ވަނީ ހާމަވެފައެވެ.

Newsletter

Get the latest news delivered straight to your inbox