ދިލަފޮށީގެ ހަގީގަތް

ދިލަފޮށި

ދިލަފޮށި

ކުރީގެ ބަޔާ ގުޅޭ

ކުލަ ބަދަލުކުރުން

ބޯވަޔާއި ބޯވަދިލަމަހަކީ ކުލަ ބަދަލުކުރާ ތަކެތީގެ ތެރެއިން ހައްދެއް ހުދޫދެއް ނެތް މިންވަރަށް ކުލަ ބަދަލުކުރުމުގެ ކުޅަދާނަކަން ލިބިފައިވާ އެއްޗެކެވެ. އަދި ބޯވައަށް ވުރެވެސް މާ އަވަސް އަވަހަށް ކުއްލި ކުއްލިއަށް ބޯވަދިލަމަސް، އޭގެ މަހައުލުގެ ވަށައިގެންވާ ކުލަތައް ދެނެގަނެ އެ ކުލަތަކަށް ހަށިގަނޑު ބަދަލު ކުރެއެވެ. ތަފާތު ޓެކްސްޗާއަށް ހަންގަނޑު ބަދަލުކުރުމާއި ބައެއް ހާލަތްތައް މެދުވެރިވުމުން ހީބިހި ނަގައޭ މިކިޔާ ގޮތަށް މީގެ ހަންގަނޑުން މުރަކަ ކުރި ގޮތަށް ގޮފިފަޅުވާ ސިފަ ބަދަލުކޮށް ދުސްމަނުން ބިރުގަންނަވާ އުޅެ އެވެ. ކުލަ ބަދަލު ކޮށްލުމަށްޓަކައި ބޯވަދިލަމަހުގެ ހަންގަނޑުގައި ތިން ފަށަލައެއް ވެއެވެ. އަދި ކަޓްލްފިޝްއަށް ލިބިފައިވާ ފަދަ ހަންގަނޑެއް އެއްވެސް ޖަނަވާރަކަށް ލިބިފައެއް ނުވެ އެވެ. ހަންގަނޑުގައި ކުލަޔާ ބެހޭ 20 މިލިޔަން ސެލް އެކުލެވިގެންވެ އެވެ. މި ސަބަބުތަކާއި ހުރެ ކަޓްލްފިޝްއަށް ކެމަފުލާޖުގެ ރަސްގެފާނުގެ ނަމުން ނަން ދީފައި ވެއެވެ.

ލޯ

ބޯވަދިލަމަހުގެ ލޮލަކީވެސް ލޯތަކުގެ ތެރެއިން ތަފާތު ލޮލެކެވެ. މި ގޮތުން މިސޮރުމެންގެ ލޮލުގެ ކޮއި ހުންނަނީ ޑަބްލިޔޫ އަކުރެއް ސިފަކުރެވޭ ގޮތަށެވެ. މީގެ ސަބަބުން ވަރަށް ރަނގަޅަށް ބޯވަދިލަމަށް ފެންނަކަމުގައިވެ އެވެ. އަދި ކުލަ ބަދަލުކުރުމަށްޓަކައި ލޮލުން ފެންނަ ތަކެތި ސިކުނޑިން ހަންގަނޑުގައިވާ ސެލްތަކަށް ފޮނުވާލައި އޭގެ ވަށައިގެން ވާ މާހައުލާ އެއްގޮތަށް ކުލަ ބަދަލު ކޮށްލައެވެ. މިކަމުގެ އަވަސްކަމުގެ ސަބަބުން މީގެ ހަންގަނޑަށް އިލެކްޓްރިކް ސްކިންއޭ ކިޔަ އެވެ. މި ގޮތަށް ބަދަލުކޮށް އުޅޭ ކުލަތަކުން އެކަތި އަނެކަތި މުއާމަލާތް ކުރުމާއި ބައިވެރިޔާ ހޯދުމާއި ކާނާ ހޯދުމުގައި ބޭނުން ކުރެއެވެ.

ސިކުނޑި

މަންމަލި ޖަނަވާރުންގެ ތެރެއިން އިންސާނުންނަކީ ހަށިގަނޑުގެ ރޭޝީއޯއިން ބަލާއިރު އެންމެ ސިކުނޑި ބޮޑު ޖަނަވާރެވެ. ހަމަ މިގޮތަށް މައިކަށިނެތް ޖަނަވާރުންގެ ތެރެއިން ކަޓްލްފިޝް އާއި ބޯވައަކީ އެންމެ ބޮޑު ސިކުނޑިއެއް ލިބިފައިވާ ޖަނަވާރެވެ.

ދަރިމައިވުން

ކުރީގައި ބުނެފައިވާނޭ ފަދައިން ބޯވަދިލަމަސް ބައިވެރިޔާ ހޯދުމުގައިވެސް އެންމެ މުހިންމު ރޯލެއް ކުޅެނީ ބޯވަދިލަމަހުގެ ކުލަތަކުންނެވެ. އަންހެން މަސް ބައިވެރިޔަކު އިހުތިޔާރު ކުރުމުގައި ބޮޑެތި ވަރުގަދަ ބައިވެރިޔާ އިހުތިޔާރު ކުރެއެވެ. ނަމަވެސް ގުޅުން ހިންގާ ދުވަސްވަރު އެތައް އެއްޗަކާ ގުޅުން ހިންގަ އެވެ. ކުރިން ބެލެވިފައި އޮތީ ގިނަ ބައިވެރިންނާއެކު ގުޅުން ހިންގިކަމުގައި ވިޔަސް, ދަރިފަނި ބޭނުންކުރަނީ އެންމެ ބައިވެރިއެއްގެ ފަނި ކަމުގަ އެވެ. ނަމަވެސް ވިހާ ދަރިންގެ ޑީއެންއޭ ހެދުމުން އެނގުނީ ވަރަށް ގިނަ ބައިވެރިންގެ ދަރިން ވިހާކަމުގަ އެވެ.

ބޯވަދިލަމަސް ވެސް ބިސްއަޅަނީ ބޯވަފަދައިން ގާގަލުގެ ދަށުގައި ބިސްތައް އެލުވާފައި ހުންނަ ގޮތަކަށެވެ. ބިސްއަޅާ ފަހަރުތަކުގައި 100 އަށް ވުރެގިނަ ބިސްއަޅާ އުޅެ އެވެ. ދަރިމައިވެ ބިސްތައް ވިހަނީ ތިން މަހާއި ފަސް މަހާ ދޭތެރޭގެ މުއްދަތެއްގަ އެވެ. މި ބާވަތުގެ ބޯވަދިލަމަހެއްގެ އުމުރަކީ 18 މަހާއި 2 އަހަރާ ދެމެދުގެ މުއްދަތެކެވެ. ބޯވަދިލަމަސް މަރުވުމުން އޭގެ ހަށިގަނޑުގެ ތެރޭގައި އޮންނަ ދިލަފޮށި މަހާވަކިވެ މައްޗަށްއަރާ އޮޔާވައިގެ އެހީގައި އަޅުގަނޑުމެންނަށް ފެންނަ ހިސާބަށް ގޮނޑުދޮށަށް ގެނެސްދެ އެވެ.

ބޯވަދިލަމަހަކީ ހުރިހާ ޖަނަވާރަކަށްވެސް ވަރަށް މީރު އެއްޗެއްގެ ގޮތުގައި ވަނީ ފާހަގަ ކުރެވިފަ އެވެ. ކަށި ނެތް މި މަސްގަނޑަކީ ވަރަށް ބޮޑަށް ޕްރޮޓީނުން މުއްސަނދި ވެފައިވާ މަހެކެވެ. އެހެންކަމުން ކާނާގެ ގޮތުގައި އަހަރަކު ތިން މިލިޔަން ޓަނުގެ ބޯވަދިލަމަސް އެކި ގޮތްގޮތުން ހިފާކަމުގައި ރެކޯޑުތަކުން ދައްކަ އެވެ. ބޯވަދިލަމަހުގެ ތެރެއިން އެންމެ ވައްތަރެއް ފިޔަވާ ހުރިހާ ވައްތަރަކީ ކާން ރަނގަޅު ބާވަތެއް ކަމުގައިވެ އެވެ. އިންސާނުން ކެއުމުން ވިހަވާ ބާވަތަކީ ފެނުގެ އަޑީގައި ގިނައިން ހިނގާފައި އުޅޭ ވައްތަރެއްކަމުގައިވާ ފުލޭމްބޮއިން ކަޓްލްފިޝް އެވެ.

ބޯވަދިލަމަސް ދުޝްމަނުންގެ ކިބައިން ސަލާމަތް ވުމަށްޓަކައި ލިބިފައިވާ ހާއްސަ ހަތިޔާރަކީ އެއަށް ލިބިފައިވާ ދެލި ނުވަތަ ކުލަ އެވެ. ސަލާމަތް ނުވެވޭވަރުގެ ކަމެއް ދިމާވުމުން އެންމެ ފަހުގެ ހަތިޔާރަކަށް ކަޅު ކުލައިގެ ދެލި ދޫކޮށްލައި ހަމަލާދޭ ދުޝްމަނާއި ބޯވަދިލަމަހާ ދިލަމަހާ ދެމެދުގައި ލެވޭ ދިފާއީ ފާރަކަށް އެ ހަދާލަ އެވެ. އެއަށް ފަހު އެތަނުން އެ ސޮރުމެން އަވަހަށް ފިލައެވެ.

ދިލަފޮށީގެ ވާހަކަ ދައްކާތާކު ބޯވަދިލަމަހުގެ ވާހަކަ ނުދައްކާ ފަރުޖެހެން ނެތުމުގެ ސަބަބުން ލައްކަ ދުރުގައި އުޅުމަށްފަހު ދިލަފޮށީގެ ވާހަކައާއިގެން ކުރިޔަށް ދާނަމެވެ. ނަމަވެސް ދިލޮފޮށީގެ މާގިނަ ވާހަކައެއް ނެތެވެ. ވާހަކައަކަށް އޮތީ ހަމަ ބޯވަދިލަމަހުގެ ވާހަކަ އެވެ.

ދިލަފޮށި ހެދިފައި ވަނީ ކޮން އެއްޗަކުން؟

މިހާ ހިސާބުން މައުލޫއާއިގެން ކުރިޔަށް ދާނަމެވެ. ތިލަފޮށްޓަކީ ބޯވަދިލަމަސް ފެނުގެ ތެރޭގައި ބެލޭންސް ކުރަން ނުވަތަ އެއްވަރެއްގައި ހިފެހެއްޓުމަށްޓަކައި އޭގެ ހަށިގަނަޑުތެރޭގައި އޮންނަ އެއްޗެކެވެ. މަސްތަކުގެ ތެރެއިން ފަރުމަހުގެ ބަނޑުގެ ތެރޭގައި މިކަމަށް ވައި ރައްކާކުރާނެ ބޮޔެއް އޮވެ އެވެ. އަދި މިޔަރުގައި މި މަސައްކަތް ކުރުމަށްޓަކައި އޮންނަނީ އޭގެ ބިޔަ ތެޔޮ މޭގަނޑެވެ. ބޯވަދިލަމަހުގެ ތެރޭގައި އޮންނަ ދިލަފޮށްޓަކީ މަހާއެކު ބޮޑުވަމުން އަންނަ އެއްޗެކެވެ. އަދި މިއީ މީގެ ކަށިގަނޑެވެ.

ދިލަފޮށީގެ މަތީފަރާތުގައި ވަނީ ހުދުކުލައިގެ ހަރުގައު ފަދަ ފަށަކެވެ. މިއީ ދިލަފޮށީގެ ބުރަކަށި މައްޗެވެ. އެއްކޮޅުގައި ކަށްޓެއް ހުރެ އެވެ. އަދި ވަށައިގެން ތުނި ފަށެއް އެކުލެވިގެންވެ އެވެ. ދަށްފަރާތުގައި ހުންނަނީ ހުދުކުލައިގެ މަޑު އެއްޗެއް ކަމުގައިވާ އަރަގޮނައިޓެވެ. އޭގެ ތެރޭގައިވަނީ ވަނީ ގޭސް ނުވަތަ ވައި ރައްކާކުރެވޭނެ ހުސްޖާގަތަކެވެ. އެތަންތަނުގެ މިންވަރާއި ސައިޒު ގުޅިފައިވަނީ ބޯވަދިލަމަހުގެ ވައްތަރުތަކާއެވެ. އާންމު ގޮތެއްގައި ދިލަފޮއްޓެއްގެ ބަރުދަނުގެ 40 އިންސައްތައަކީ ކެލްސިއަމް ކާބަނޭޓް އެވެ. މީގެ އިތުރުން ޕޮޓޭސިއަމް އާއި އަޔަން އަދި ޒިންކު އެކުލެވިގެން ވެއެވެ.

ބޭނުން

ދުނިޔޭގެ އެކި ހިސާބުތަކުގައި ދިލަފޮށިން ތަފާތު ބޭނުންތައް ކޮށްއުޅެއެވެ. މިގޮތުން މީގެ ކުނޑިން އެއްޗެހި އޮމާންކުރަން ބޭނުން ކުރުމާއި ދަތްއުނގުޅަން ބޭނުން ކުރުމާއި ތިލޭރުން މީގެ ކުނޑިއާއި ދަތްއުނުގުޅާ ބޭސް އެއްކޮށްގެން ތަކެތި އޮމާންކުރުމާއި އަދި ބޭސް ފަރުވާގައިވެސް ބޭނުންކުރެ އެވެ. އަދި މީގެ އިތުރުން 19 ގަރުނާއި 20 ވަނަ ގަރުނުގައި އާޓުގެ މަސައްކަތްކުރި މީހުން ކަނޑާނެގުމަށް ބޭނުން ކޮށްއުޅުނެވެ. އަޅުގަނޑުމެން ކުޑައިރު ތިލޭރުންނާއި އަތްތެރި މަސައްކަތްކުރާ މީހުންނާއި ކަނބުރުންނާއި އަދި މަސްވެރިންވެސް ދިލަފޮށީގައި އެކިއެކި ބޭނުންކުރާ ތަން ފެނެ އެވެ. ހާއްސަކޮށް މަސްވެރިން ބަރިއަޅަން ތައްގަނޑު ހަދައިގެން ބަރިއަޅާ ތަން ފެނެ އެވެ. މިއީ މަޑު އެއްޗެއްކަމުން ބޭނުންވާ އެއްޗެއްގެ މައިދިރި ނަގަން ފަސޭހަވުމާއި އަދި ގަދަ ހޫނު ހިފަހައްޓާ އެއްޗަކަށް ވުމުން ބޭނުން ކޮށްލަން ފަސޭހަ އެވެ. ފެށުމުގައި ބުނެފައިވާނޭ ފަދައިން ވާލާއި މީދާ ބިރު ގެންނެވުމަށް އަދި ފަންޑިތަވެރިކަމުގައި ބޭނުންކޮށް އުޅެ އެވެ.

މިޒަމާނުގައި އާންމު ގޮތެއްގައި ދިލަފޮށި ބޭނުން ކޮށްއުޅެނީ ޖަނަވާރު ގެންގުޅޭ މީހުން އެތަކެއްޗަށް ކާންދިނުމުގެ ބޭނުމުގަ އެވެ. މި ގޮތުން ދޫންޏާއި ފިނިހަކައިގެ ބާވަތްތަކާއި ޑިނގައާއި ވެލާ ކަހަނބު ގެންގުޅޭ މީހުން އެ ސޮރުމެންނަށް ކާންދޭން ބޭނުން ކުރެ އެވެ. އެއީ މީގައިވާ ކެލްސިއަމްގެ ސަބަބުން ކައްޓާއި ތުންގަނޑު ވަރުގަދަ ކުރުމުގެ ބޭނުމުގަ އެވެ. އަޅުގަނޑުމެންނަށް ގޮނޑުދޮށުން ފަސޭހައިން ދިލަފޮށި ލިބުނުކަމުގައި ވިޔަސް ގިނަބަޔަކަށް ދިލަފޮށި ލިބެނީ ޖަނަވާރު ގެންގުޅޭ ފިހާރަތަކުން ގަނެގެންނެވެ.

ދިރާސާވެރިން ދެކޭ ގޮތުގައި ވިސްނޫން ތޫނު މި ޖަނަވާރާއި ބެހޭ ގޮތުން އަދި ހޯދިފައިވަނީ ވަރަށް ކުޑަ މިންވަރެކެވެ. އެހެން ކަމުން ކުރިޔަށް އޮތްތަނުގައި އިތުރު އެތައް ކަންތައްތަކެއް ބޯވަދިލަމަހާއި ދިލަފޮށިން އެނގިދާނެކަމުގައި އުއްމީދު ކުރަމެވެ.

މަޢުލޫމާތު ނެގީ:

https://www.psittacology.com/what-is-cuttlebone/https://acquariofilia.org/english-articles/cuttlefish-bone

ކޮމެންޓް

ފަހުގެ ޚަބަރު

ކޮލަމް: ރައީސް މުއިއްޒު ހުވަޔާ ހިލާފުވެވަޑައިގެންފި

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ކުރެއްވި ހުވަޔާ ޚިލާފުވެ، ގައުމުގެ މިސްރާބު ހަލާކުގެ ތެރެއަށް އުކާލާފައިވާ ކަމަށް މި ލިޔުމުގައި ތުހުމަތުކޮށްފައިވެއެވެ. ވަކިން ހާއްސަކޮށް، ސަމޯއާ އެގްރީމެންޓުގައި ސޮއިކުރުމާއި ޒަޔަނިސްޓުންނަށް ފުރުސަތު ދިނުން ފަދަ ކަންކަމަކީ އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމުގެ ހުވަޔާ ކަނޑައެޅިގެން ޚިލާފު އަމަލުތަކެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ.

ވިކެމުންދާ ގޮފަޅުން ގިނަވެއްޖެނަމަ، ދީނެއް ގައުމެއް ނުއޮންނާނެ!

ދިވެހިރާއްޖޭގެ ނާޒުކު ކުޑަކުޑަ އެހެނަސް އަގުހުރި ބިމުގެ ފައްސަތޭކަ ހެކްޓަރު ޔަހޫދީންގެ މިތުރަކަށް ދިނުމަށްވުރެ ވަކީން ބޮޑީ ކޮން ޚިޔާނާތެއްތޯ އެވެ؟ އަދި އެޔަށްވުރެ ދަށު ދަރަޖައިގެ އެހެން އަމަލަކީ ވެސް ކޮބާތޯ އެވެ؟ ޒަޔަނިސްޓުންނާ އެޔަށްވުރެ ކައިރިއަށް އެޅޭނެ އެހެން ފިޔަވަޅަކީ ވެސް ފަހެ ކޮބާތޯ އެވ

ރަސްމާލެ މައްސަލަ؛ ގައުމީ ސަލާމަތަށް ނުރައްކަލަކަށް

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ޓެރަރިޒަމްގެ އަމަލެއް ހިންގަން ގޮވާލި މީހަކު ހައްޔަރުކުރުމާ ގުޅިގެން، މި މަޝްރޫއާ މެދު އޮތް ހިތްހަމަނުޖެހުންތައް އަނިޔާވެރި އަމަލުތަކަކަށް ބަދަލުވުމުގެ ބިރު ވަނީ ބޮޑުވެފައެވެ. ސަރުކާރުގެ ނިންމުންތަކާ މެދު އޮތް ސިޔާސީ ހިޔާލުތަފާތުވުންތައް، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ހަރުކަށި ފިކުރުގެ އަމަލުތަކަށް މަގުފަހިވެދާނެތީ އެކަމަށް ސަމާލުވާން ޖެހެއެވެ.

ރަސްކަމުގައި ދެމިހުރުމަށް ކުޅުނު ނުރައްކާތެރި ސިޔާސީ ކުޅިގަނޑު

އިންޑިއާ ކަނޑުތެރޭ ފެތުރިފައިވާ ނާޒުކު މުރަކަ ފަރުތަކުގެ ނަލަ ނަލަ ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ މި ގައުމަކީ އެޒަމާނުގައި މުހިންމު ބޭނުންތައް ހިފޭ ވަރަށް އަގުހުރި ތަކެތި ލިބޭ އުފެއްދުންތެރި ޖަޒީރާތަކެކެވެ.

އަނިޔާގެ ވާހަކަތައް ސިއްރުކުރުމުގެ ސަގާފަތް ހުއްޓާލަން ޖެހޭ

ހުވަދު އަތޮޅުގެ ރަށެއްގައި އަންހެނަކަށް ދިން ލާއިންސާނީ އަނިޔާތަކާ ގުޅިގެން ނުވަ މީހަކު ހައްޔަރުކޮށްފައިވާއިރު، މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި އަނިޔާ ލިބުނު މީހާ ކުށްވެރިކޮށް ފާޑުކިޔުން ވަނީ އިތުރުވެފައެވެ. ޖިންސީ އަނިޔާގެ ޒިންމާ އަނިޔާ ލިބޭ މީހާގެ ބޮލުގައި އެޅުވުމުގެ މި ނުރައްކާތެރި ސަގާފަތް ހުއްޓާލައި، ކުށް ކުރާ މީހުން ޒިންމާދާރުކުރުވުމަށް އިސްކަންދޭން ޖެހެއެވެ.

މުއިއްޒުގެ ޝަހުސިއްޔަތާއި، ނަފުސިއްޔަތު އަދި ޒާތީ މައްސަލަތައް

މި ލިޔުމުގައި އަލިއަޅުވާލާފައިވަނީ ރައީސް މުއިއްޒުގެ ވެރިކަމުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ނުފޫޒު އިންތިހާއަށް ގަދަވެފައިވާ ކަމަށާއި، މިއީ ގައުމަށް އޮތް ގޮންޖެހުމެއް ކަމަށެވެ. އަދި ރައީސްގެ ކިބައިގައި ހިކުމަތްތެރިކަމާއި ސިޔާސީ ގާބިލުކަން ކުޑަވުމުގެ ސަބަބުން، ފަސްޓް ލޭޑީގެ ދައުރު އޮންނަންޖެހޭ މިންވަރަށް ވުރެ ބޮޑުވެ، ދައުލަތުގެ ކަންކަމުގެ ތެރެއަށް ނުފޫޒު ފޯރުވަމުންދާކަން މި ލިޔުމުގައި ފާހަގަކޮށްފައިވެއެވެ.

ޖަމިއްޔަތުއްސަލަފުގެ ބަޔާން ލަސްވަނީ ކީއްވެތޯ އެވެ؟

ޖަމިއްޔަތުއްސަލަފް ބަދަލުވެފައިވާ މިންވަރަށް ބަލާއިރު، ރަސްމާލެ ޕްރޮޖެކްޓާމެދު އައު ތަނަވަސް ވިސްނުމެއް އޮތުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް އެކަން ހާމަކުރުމުގެ ޒިންމާ އަދާކުރުމުގައި ފަހަތަށް ޖެހެނީ ކީއްވެތޯ އެވެ؟

Newsletter

Get the latest news delivered straight to your inbox