ރ. ކުޑަކުރަތުގައި ތަރައްގީކޮށްފައިވާ ފަސް ތަރީގެ ލަގްޒަރީ ރިސޯޓު، އަމާރީ ރާޔާ މޯލްޑިވްސް ހުޅުވައިފި އެވެ.
އަމާރީ ރާޔާ މޯލްޑިވްސްއަކީ ބޭރުގެ ފަސް ކުންފުންޏަކުން ހިއްސާވާ ކުޑަކުރަތު އައިލެންޑް ރިސޯޓު ޕްރައިވެޓް ލިމިޓެޑުން ތަރައްގީކުރި ރިސޯޓެކެވެ.
މި ރިސޯޓު ހިންގުން ހަވާލުކުރީ، އަމާރީ ބްރޭންޑިންގައި ހިންގާ އަމާރީ ހަވޮއްޑާ މޯލްޑިވްސް ވެސް މެނޭޖުކުރާ ތައިލެންޑުގެ އޮނިކްސް ހޮސްޕިޓާލިޓީ ގްރޫޕާ އެވެ.
އަމާރީ ރާޔާގައި ބީޗު ވިލާތަކާއި މޫދު ކޮޓަރިތައް ހިމެނޭ ގޮތަށް، 187 ވިލާ ހުރެ އެވެ. އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ރަހަތަކަށް ހާއްސަ ރެސްޓޯރަންޓުތައް ހިމެނޭހެން އަށް ފުޑް އެންޑް ބެވަރޭޖް އައުޓްލެޓް ހުރެ އެވެ.
މިއީ ރާއްޖޭގައި ހުޅުވި 171 ވަނަ، އަދި ރ. އަތޮޅުގައި ހުޅުވި 14 ވަނަ ރިސޯޓެވެ.










