ޓެރަރިޒަމްގެ ރިޕޯޓާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ލިބޭނެ ގެއްލުން ބެލުމަށް ގަރާރެއް

ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް -- ފޮޓޯ: މަޖިލިސް

ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް -- ފޮޓޯ: މަޖިލިސް

ރާއްޖޭގައި ޓެރަރިޒަމަށް ފަންޑުކުރާ މީހުންނާއި ޓެރަރިސްޓުން ތިބިކަމަށް ބުނެ އެމެރިކާއިން ނެރުނު ރިޕޯޓުގެ ސަބަބުން ދިވެހި އިގްތިސާދަށް ގެއްލުންވާނެ މިންވަރު ބެލުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.

ރިޔާސީ އިންތިހާބުގައި ވެސް ވާދަކުރައްވާނެކަން އިއުލާނުކުރައްވާފައިވާ ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ހުށަހެޅި ގަރާރުގައި ޔޫއެސް ޑިޕާޓްމަންޓް އޮފް ޓްރެޝަރީޒް އޮފީސް އެންޑް ފޮރިން އެސެޓްސް (އޯފެކް)ގެ ރިޕޯޓުގައި 20 ދިވެއްސަކަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައި އޮތުމުން ރާއްޖޭގެ އިގްތިސާދަށް ކުރާނެ ނޭދެވޭ އަސަރު ރައްޔިތުންގެ މަޖިލީހުން ބެލުމަށް ގޮވާލާފައި ވެއެވެ.

ނާޒިމް ހުށަހެޅި ގަރާރުގައި ބުނެފައި ވަނީ އެމެރިކާގެ ރިޕޯޓުގައި ރިކޮމެންޑޭޝަންތަކެއް ހުރި ނަމަވެސް އެ ރިކޮމެންޑޭޝަންތަކާއި ގުޅިގެން އަމަލުކޮށްފައިވާ މިންވަރު ސަރުކާރުން ހާމަކުރުން މުހިންމު ކަމަށެވެ. އަދި, އެމެރިކާގެ ރިޕޯޓުގައި ބުނާ ކަންކަމަކީ ދިވެހިންނާއި އިގްތިސާދަށް ވެސް ގެއްލުން ހުރި ކަންކަން ކަމަށް ވާތީ ޓެރަރިޒަމް ރާއްޖޭގައި އޮތް މިންވަރު ދިރާސާކުރުން މުހިންމު ކަމަށް ވެސް ބުނެފައި ވެއެވެ.

އެގަރާރުގައި ވަނީ އެމެރިކާގެ ރިޕޯޓާ ގުޅިގެން ސަރުކާރުން އެއްވެސް ވާހަކައެއް ދައްކާފައި ނުވާތީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ޓެރަރިޒަމުގައި ބައިވެރިވުން އޮތް ކަމަށް ބުނެ 20 މީހަކާއި އެމީހުންގެ ހިއްސާ އޮތް 29 ކުންފުންޏަކަށް އެމެރިކާއިން ފިޔަވަޅު އެޅި އެވެ.

ފިޔަވަޅު އެޅި ފަރުދުން

  1. ޖުނާއު ނަސީމް - އައްޑޫގައި ހުންނަ އައިސިސް އަށް ސަޕޯޓުކުރާ އެންމެ އިސް މީހެއްގެ ގޮތަށް ތުހުމަތުކުރާ ނަސީމް، އައިސިސް-ކޭ އާ ސީދާ މުއާލަމާތްކޮށް، އަދި މީހުން ރެކްރޫޓުކުރަން ފައިނޭންސް ކުރާ ކަމަށް ތުހުމަތު ކުރޭ
  2. މުހައްމަދު ތަސްލީމް - ނަޝީދު މަރާލުމުގެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި
  3. ފާރިސް މުހައްމަދު ދީދީ
  4. އަލީ ނިހާދު
  5. މުހައްމަދު ނައުޝާދު ޝަރީފު
  6. އަހުމަދު ރައޫފު
  7. މުހައްމަދު އިންތިފު ރައޫފު
  8. އިބްރާހިމް އަލީފު ރައޫފު
  9. އަބްދުﷲ އަލި މަނިކު
  10. މޫސާ އިނާސް
  11. އަބްދުﷲ ޝަރީފު
  12. ހުސައިން ޝާމިލް
  13. އަހުމަދު މުބީން
  14. އަމީން މުހައްމަދު
  15. ޔޫސުފު ޝަހީދު
  16. އަހުމަދު އަފްރާހު
  17. މުހައްމަދު މާތިއު އަބްދުއްރައްޒާގު
  18. އަލީ ޝާފިއު
  19. އަހުމަދު އަގީލް
  20. އަލީ ޝިޔާމް

ފިޔަވަޅު އެޅި ކުންފުނިތައް

  1. ސްކައި ނޯވާ އިންވެސްޓުމެންޓު - ނައުޝާދު ޝަރީފުގެ ވިޔަފާރި
  2. ނިއު ސަން އިންވެސްޓްމެންޓު - ނައުޝާދު ޝަރީފުގެ ވިޔަފާރި
  3. ސްޓްރީޓު އިންވެސްޓްމެންޓް - އާލިފުގެ ވިޔަފާރި
  4. ސްޓްރީޓު މޮޓޯ ސާވިސް، - އާލިފުގެ ވިޔަފާރި
  5. ވައިޓް ބީޗް ވޯޓާ ސްޕޯޓްސް - އާލިފުގެ ވިޔަފާރި
  6. ބައުން ޕްރައިވެޓް ލިމިޓެޑް - އިންތިފް ވިޔަފާރި
  7. މާރޮކް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑް - އިންތިފް ވިޔަފާރި
  8. މަލްޓި ކޮންސްޓްރަކްޝަން - އަބްދުﷲ ޝަރީފުގެ ކުންފުންޏެއް
  9. ލަރޯސާ - ޝާމިލްގެ ވިޔަފާރި
  10. އަލް އަތުމާރު - ޝާމިލްގެ ވިޔަފާރި
  11. 3ޒެޑް އިންވެސްޓްމެންޓު, - މުބީންގެ ވިޔަފާރި
  12. އިންނާ މޯލްޑިވްސް - އަމީން އަހުމަދުގެ ވިޔަފާރި
  13. ޖަޒީރަތު އަލްމަލްދީފް - އަމީން އަހުމަދުގެ ވިޔަފާރި
  14. ދާވީ ޕްރައިވެޓް ލިމިޓެޑް - ޝަހީދު އާއި އަހުމަދު އަފުރާހުގެ ވިޔަފާރި
  15. ސިއަސް އިންވެސްޓްމެންޓު - އަފުރާހުގެ ވިޔަފާރި
  16. ފްރުޓު ޕްލަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް - އަފުރާހުގެ ވިޔަފާރި
  17. ކޯޑް އަ ޕާޓްނާޝިޕް - އަފުރާހު އާއި އަމީންގެ ވިޔަފާރި
  18. ގްރީން ބާޑު - މާތިއުގެ ވިޔަފާރި
  19. ޕެންޑާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް - ޝާފިއުގެ ވިޔަފާރި
  20. ފުރަހަ ކޮންސްޓްރަކްޝަން - އަގީލްގެ ވިޔަފާރި
  21. ޑިޒައިނާ ގަރާޖު - އަގީލްގެ ވިޔަފާރި
  22. ސަދާން ސްޓާލިއަންސް - އަގީލްގެ ވިޔަފާރި
  23. ގޯލްޑަން ވޮރިއާސް އިންވެސްޓްމެންޓް - އަލީ ޝިޔާމްގެ ވިޔަފާރި
  24. ވާލީ ބްރަދާސް ޕްރައިވެޓް ލިމިޓެޑް - އަލީ ޝިޔާމްގެ ވިޔަފާރި
  25. ސިސްކޮން ޕްރައިވެޓް ލިމިޓެޑް - އަލީ ޝިޔާމްގެ ވިޔަފާރި
  26. އެރިޔަދޫ އިންވެސްޓްމެންޓު - އަލީ ޝިޔާމްގެ ވިޔަފާރި
  27. ޖަޒީރާ ޕްރޮޕަޓީޒް - އަލީ ޝިޔާމްގެ ވިޔަފާރި
  28. ވިޝަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް - އަލީ ޝިޔާމްގެ ވިޔަފާރި
  29. ސައިން އެކްސް ޕްރައިވެޓް ލިމިޓެޑް - އަލީ ޝިޔާމްގެ ވިޔަފާރި

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޑީލަކީ ހިޔާނާތެއް: އާޒިމް

ރަސްމާލެއިން 500 ހެކްޓަރުގެ ބިން ބޭރުގެ ކުންފުންޏަކަށް 99 އަހަރަށް ދިނުމަކީ ގައުމަށް ވެވޭ ބޮޑު ހިޔާނާތެއް ކަމަށް ވިދާޅުވެ، އެ އެއްބަސްވުން ބާތިލުކުރުމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ގޮވާލައްވައިފިއެވެ. އާޒިމް ވިދާޅުވީ މިއީ ދިވެހިންގެ މުސްތަގުބަލު ގެއްލޭ ގޮތަށް، ރައްޔިތުންނަށް އެ ބިން އަނބުރާ ނުލިބޭނެ ފަދަ ގޮތަކަށް ކޮށްފައިވާ ނުރައްކާތެރި ކަމެއް ކަމަށެވެ.

ރަސްމާލެ ދިނަސް ބޯހިޔާވަހިކަމަށް ހުރަސް ނޭޅޭނެ: މުއިއްޒު

ރަސްމާލެއިން ބޮޑު ބިމެއް އީގަލް ހިލްސް ކުންފުންޏަށް ދޫކުރި ނަމަވެސް، ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް އެއްވެސް ހުރަހެއް ނޭޅޭނެ ކަމުގެ ޔަގީންކަން ރައީސް މުއިއްޒު ދެއްވައިފިއެވެ. ނަމަވެސް، ބިދޭސީންނަށް ޚާއްސަކޮށްގެން ހިންގާ މި މަޝްރޫއަށް ބޮޑު ބިމެއް ދިނުމުން، ސަރުކާރުން ވައުދުވި ގޯއްޗާއި ފްލެޓްތައް އެޅުމަށް ބޭނުންވާ ޖާގައާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރިޒާވު ދަށް، އެކަމަކު ހަ މަސް ތެރޭގައި ރަނގަޅު ވާނެ: މުއިއްޒު

ހަ މަސްދުވަހުގެ ތެރޭގައި ރިޒާވް ރަނގަޅުވާނެ ކަމުގެ ޔަގީންކަންމުއިއްޒު ދެއްވިއިރު، ރިޒާވް އިތުރުކުރުމަށްޓަކައި ޑޮލަރު މާރުކުރާ މިންވަރު އިތުރުކުރުމާއި މެލޭޝިއާއިން ކަރަންސީ ސްވޮޕް ފެސިލިޓީ ހޯދުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުން. ސަރުކާރުން ބުނަނީ ރިޒާވު ދަށް ވަނީ ދަރަނި ދައްކަން ޖެހޭތީ އާއި ތެޔޮ އިމްޕޯޓުކުރުމުގެ ހަރަދު ބޮޑުވީމަ ކަމަށް.

އީގަލް ހިލްސްއަށް ރަސްމާލެ ދިނުމާ ދެކޮޅު ހަދަންޖެހޭ: ފަޒްލޫން

ރަސްމާލެ މަޝްރޫއު ހިންގަން އީގަލް ހިލްސް ކުންފުންޏަށް ބިން ދިނުމަކީ ރާއްޖޭގައި ޒަޔަނިސްޓުން ވަޒަންވެރިކުރުވައި، ގައުމުގެ އިސްތިގުލާލަށް ނުރައްކާވެދާނެ ކަމެއް ކަމަށް ޝެއިހް ފަޒްލޫން ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި މި މަޝްރޫއުގެ ދަށުން ދޫކުރާ ތަންތަން 99 އަހަރުގެ މުއްދަތަށް، ނިމުމެއް ނެތް ސިލްސިލާއެއްގެ ގޮތުގައި ދެވޭނެ.

ރ. މަޑުއްވަރީގައި ބިދޭސީއެއް އަތުން ފޭރުނު މައްސަލައެއް ބަލަނީ

ރ. މަޑުއްވަރީގައި ބިދޭސީ އަންހެނެއް އަތުން ފޭރި މާރާމާރީ ހިންގި މައްސަލައެއް ފުލުހުން ބަލަން ފަށާފައިވާއިރު، މި އަމަލު ހިންގާފައިވަނީ ބަންގްލަދޭޝް ފިރިހެނެއްކަން ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯއިން އެނގޭ. މި މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުނޭ.

ސަލާމަތީ މަޖިލީހުން ސިޑްސްއަށް ދާއިމީ ގޮނޑިއެއް ދޭން ގޮވާލައިފި

އދ. ގެ އާންމު މަޖިލީހުގައި ވާހަކަދައްކަވަމުން ނައިބު ރައީސް ވަނީ ވީޓޯގެ ބާރު އުވާލުމަށާއި، 2033-2034 ވަނަ އަހަރަށް ސަލާމަތީ މަޖިލީހުގެ ގޮނޑިއަކަށް ރާއްޖެއިން ކުރާ މަސައްކަތަށް ތާއީދުކޮށްދިނުމަށް އެދިވަޑައިގެންފަ

ކޮވިޑުގެ ސަބަބުން ރާއްޖެ 15 އަހަރު ފަހަތަށް ސޮއްސާލި: އިރުތިޝާމް

ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިގްތިސާދީ އުފެއްދުންތެރިކަމުގެ ތިންބައިކުޅަ އެއްބައި ގެއްލި، ތަރައްގީގައި 15 އަހަރު ފަހަތަށް ސޮއްސާލާފައިވާ ކަމަށް ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވި. ވެކްސިނާއި ބޭހާއި ބަލި ދެނެގަންނަ ވަސީލަތްތައް ފޯރުކޮށްދެވޭނެ ވަރުގަދަ ނިޒާމުތަކެއް ބޭނުންވާކަން އިރުތިޝާމް ފާހަގަކުރެއްވި.

Newsletter

Get the latest news delivered straight to your inbox