ޓެރަރިޒަމަށް ފައިނޭންސް ކުރާތީ ވީބީ އައްޔައާއެކު 30 ކުންފުންޏަކާ ދެކޮޅަށް އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު!

Jul 31, 2023, 7:45 PM
މާލޭގައި ފުލުހުންނާއި ސިފައިން ހިންގި އޮޕަރޭޝަނެއް ފޮޓޯއެއް

މާލޭގައި ފުލުހުންނާއި ސިފައިން ހިންގި އޮޕަރޭޝަނެއް ފޮޓޯއެއް

ޓެރަރިޒަމަށް ފައިނޭންސް ކުރާތީ ވާލީ ބްރަދާސް، އެރިޔަދޫ އިންވެސްޓްމެންޓްސް ހިމެނޭ ގޮތަށް އަލީ ޝިޔާމް (ވީބީ އައްޔަ) ގެ ވިޔަފާރިތަކާ ދެކޮޅަށް އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އަޅައިފި އެވެ.

ނޫސްވެރިޔާ އަހްމަދު ރިލްވާން އަބްދުالله ގެއްލުވާލައި، މަރާލި މައްސަލައިގައި ވެސް ހިމެނޭ އަލީ ޝިޔާމަކީ ޓެރަރިޒަމަށް ފައިނޭންސް ކުރާ މީހެއް ކަމަށް ކަނޑައެޅީ ޔޫއެސް ޑިޕާޓްމަންޓް އޮފް ޓްރެޝަރީޒް އޮފީސް އެންޑ ފޮރެއިން އެސެޓްސް (އޯފެކް) އިންނެވެ.

ޝިޔާމުގެ ޖުމްލަ ހަތް ކުންފުންޏަކާ ދެކޮޅަށް އެމެރިކާއިން ވަނީ ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިފަ އެވެ. އޭގެ ތެރޭގައި އޭނާގެ އާއިލީ ކުންފުނިތައް ވެސް ހިމެނެ އެވެ. އޭގެ ތެރޭގައި ރާއްޖެއަށް މަޝްހޫރު ބޮޑެތި ވިޔަފާރިތައް ވެސް ހިމެނެ އެވެ. ފިޔަވަޅު އެޅީ:

  • ވާލީ ބްރަދާސް ޕްރައިވެޓް ލިމިޓެޑް
  • ގޯލްޑަން ވޯރިއާސް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް
  • ޝައިން އެކްސް އިންވެސްޓްމެންޓްސް ޕްރައިވެޓް ލިމިޓެޑް
  • އެރިޔަދޫ އިންވެސްޓްމެންޓްސް ޕްރައިވެޓް ލިމިޓެޑް
  • ޖަޒީރާ ޕްރޮޕެޓީސް ޕްރައިވެޓް ލިމިޓެޑް
  • ވިޝަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް

ޝީޔާމަކީ ދިވެހި ޓެރަރިސްޓެއް ކަމަށް ސަރުކާރުން ބުނާ އަހުމަދު އަގްލީލް (ކިޑޫ) އާ ގުޅުން އޮންނަ މީހެއް ކަމަށް ވެސް އެމެރިކާއިން ބުނެ އެވެ. އަގްލީލުގެ ތިން ކުންފުންޏަކަށް ވެސް އެމެރިކާއިން ވަނީ ފިޔަވަޅު އަޅައިފަ އެވެ. އެއީ ފުރަހަ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި ޑިޒައިނާ ގަރާޖް އާއި ސަދަން ސްޓޭލިއަންސް ޕްރައިވެޓް ލިމިޓެޑެވެ.

އެމެރިކާއިން ވަނީ ޖުމްލަ ދިވެހި 30 ކުންފުންޏަކާ ދެކޮޅަށް ފިޔަވަޅު އަޅައިފަ އެވެ. އޭގެ ތެރޭގައި ކުޑަހެންވެއިރު ގޭންގުގެ ތިން ބެއިން ހިންގާ ހަތް ފަސް ވިޔަފާރިއެއް ހިމެނެ އެވެ. އެއީ ސްޓްރީޓްސް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާއި ސްޓްރީޓް މޮޓޯ ސާވިސް އާއި ވައިޓް ބީޗް ވޯޓާސްޕޯޓްސް ޕްރައިވެޓް ލިމިޓެޑާއި ބައުމް ޕްރައިވެޓް ލިމިޓެޑް އާއި މާކޯ އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑެވެ.

titledesc

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޑީލަކީ ހިޔާނާތެއް: އާޒިމް

ރަސްމާލެއިން 500 ހެކްޓަރުގެ ބިން ބޭރުގެ ކުންފުންޏަކަށް 99 އަހަރަށް ދިނުމަކީ ގައުމަށް ވެވޭ ބޮޑު ހިޔާނާތެއް ކަމަށް ވިދާޅުވެ، އެ އެއްބަސްވުން ބާތިލުކުރުމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ގޮވާލައްވައިފިއެވެ. އާޒިމް ވިދާޅުވީ މިއީ ދިވެހިންގެ މުސްތަގުބަލު ގެއްލޭ ގޮތަށް، ރައްޔިތުންނަށް އެ ބިން އަނބުރާ ނުލިބޭނެ ފަދަ ގޮތަކަށް ކޮށްފައިވާ ނުރައްކާތެރި ކަމެއް ކަމަށެވެ.

ރަސްމާލެ ދިނަސް ބޯހިޔާވަހިކަމަށް ހުރަސް ނޭޅޭނެ: މުއިއްޒު

ރަސްމާލެއިން ބޮޑު ބިމެއް އީގަލް ހިލްސް ކުންފުންޏަށް ދޫކުރި ނަމަވެސް، ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް އެއްވެސް ހުރަހެއް ނޭޅޭނެ ކަމުގެ ޔަގީންކަން ރައީސް މުއިއްޒު ދެއްވައިފިއެވެ. ނަމަވެސް، ބިދޭސީންނަށް ޚާއްސަކޮށްގެން ހިންގާ މި މަޝްރޫއަށް ބޮޑު ބިމެއް ދިނުމުން، ސަރުކާރުން ވައުދުވި ގޯއްޗާއި ފްލެޓްތައް އެޅުމަށް ބޭނުންވާ ޖާގައާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރިޒާވު ދަށް، އެކަމަކު ހަ މަސް ތެރޭގައި ރަނގަޅު ވާނެ: މުއިއްޒު

ހަ މަސްދުވަހުގެ ތެރޭގައި ރިޒާވް ރަނގަޅުވާނެ ކަމުގެ ޔަގީންކަންމުއިއްޒު ދެއްވިއިރު، ރިޒާވް އިތުރުކުރުމަށްޓަކައި ޑޮލަރު މާރުކުރާ މިންވަރު އިތުރުކުރުމާއި މެލޭޝިއާއިން ކަރަންސީ ސްވޮޕް ފެސިލިޓީ ހޯދުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުން. ސަރުކާރުން ބުނަނީ ރިޒާވު ދަށް ވަނީ ދަރަނި ދައްކަން ޖެހޭތީ އާއި ތެޔޮ އިމްޕޯޓުކުރުމުގެ ހަރަދު ބޮޑުވީމަ ކަމަށް.

އީގަލް ހިލްސްއަށް ރަސްމާލެ ދިނުމާ ދެކޮޅު ހަދަންޖެހޭ: ފަޒްލޫން

ރަސްމާލެ މަޝްރޫއު ހިންގަން އީގަލް ހިލްސް ކުންފުންޏަށް ބިން ދިނުމަކީ ރާއްޖޭގައި ޒަޔަނިސްޓުން ވަޒަންވެރިކުރުވައި، ގައުމުގެ އިސްތިގުލާލަށް ނުރައްކާވެދާނެ ކަމެއް ކަމަށް ޝެއިހް ފަޒްލޫން ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި މި މަޝްރޫއުގެ ދަށުން ދޫކުރާ ތަންތަން 99 އަހަރުގެ މުއްދަތަށް، ނިމުމެއް ނެތް ސިލްސިލާއެއްގެ ގޮތުގައި ދެވޭނެ.

ރ. މަޑުއްވަރީގައި ބިދޭސީއެއް އަތުން ފޭރުނު މައްސަލައެއް ބަލަނީ

ރ. މަޑުއްވަރީގައި ބިދޭސީ އަންހެނެއް އަތުން ފޭރި މާރާމާރީ ހިންގި މައްސަލައެއް ފުލުހުން ބަލަން ފަށާފައިވާއިރު، މި އަމަލު ހިންގާފައިވަނީ ބަންގްލަދޭޝް ފިރިހެނެއްކަން ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯއިން އެނގޭ. މި މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުނޭ.

ސަލާމަތީ މަޖިލީހުން ސިޑްސްއަށް ދާއިމީ ގޮނޑިއެއް ދޭން ގޮވާލައިފި

އދ. ގެ އާންމު މަޖިލީހުގައި ވާހަކަދައްކަވަމުން ނައިބު ރައީސް ވަނީ ވީޓޯގެ ބާރު އުވާލުމަށާއި، 2033-2034 ވަނަ އަހަރަށް ސަލާމަތީ މަޖިލީހުގެ ގޮނޑިއަކަށް ރާއްޖެއިން ކުރާ މަސައްކަތަށް ތާއީދުކޮށްދިނުމަށް އެދިވަޑައިގެންފަ

ކޮވިޑުގެ ސަބަބުން ރާއްޖެ 15 އަހަރު ފަހަތަށް ސޮއްސާލި: އިރުތިޝާމް

ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިގްތިސާދީ އުފެއްދުންތެރިކަމުގެ ތިންބައިކުޅަ އެއްބައި ގެއްލި، ތަރައްގީގައި 15 އަހަރު ފަހަތަށް ސޮއްސާލާފައިވާ ކަމަށް ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވި. ވެކްސިނާއި ބޭހާއި ބަލި ދެނެގަންނަ ވަސީލަތްތައް ފޯރުކޮށްދެވޭނެ ވަރުގަދަ ނިޒާމުތަކެއް ބޭނުންވާކަން އިރުތިޝާމް ފާހަގަކުރެއްވި.

Newsletter

Get the latest news delivered straight to your inbox