އެމްއާރުއެމް ގެ ރިޔާސީ ޕްރައިމަރީގައި ފާރިސް ވާދަކުރައްވަނީ

އެމްއާރުއެމްގެ ޕްރައިމަރީގައި ވާދަކުރައްވަން އެ ޕާޓީގެ ރައީސްގެ މަގާމުގައި ހުންނެވި ފާރިސް މައުމޫން ވާދަކުރައްވަން ފޯމު ހުށަހަޅުއްވަނީ - ފޮޓޯ: އެމްއާރުއެމް

އެމްއާރުއެމްގެ ޕްރައިމަރީގައި ވާދަކުރައްވަން އެ ޕާޓީގެ ރައީސްގެ މަގާމުގައި ހުންނެވި ފާރިސް މައުމޫން ވާދަކުރައްވަން ފޯމު ހުށަހަޅުއްވަނީ - ފޮޓޯ: އެމްއާރުއެމް

މެމްބަރުންގެ އަދަދު ހަމަނުވެގެން އިލެކްޝަންސް ކޮމިޝަނުން އުވާލަން ނިންމާފައި އޮތް މޯލްޑިވްސް ރިފޯމް މޫވްމަންޓުން ރިޔާސީ ކެންޑިޑޭޓަކު ނެރެން ބާއްވާ ޕްރައިމަރީގައި އެ ޕާޓީގެ ރައީސްގެ މަގާމުގައި ހުންނެވި ފާރިސް މައުމޫން ވާދަކުރައްވަން ފޯމު ހުށަހަޅުއްވައިފި އެވެ.

އެމްއާރުއެމްގެ ޕްރައިމަރީގައި ފާރިސް ވާދަކުރައްވާނެކަން އިއުލާންކުރެއްވީ އެ ޕާޓީން މިއަދު ކުރި ޓުވީޓެއްގަ އެވެ. ފާރިސް ފިޔަވާ އެ ޕްރައިމަރީގައި އެހެން ބޭފުޅަކު ވާދަކުރައްވާކަން އަދި އެނގިފައެއް ނެތެވެ.

އެމްއާރްއެމްގެ ޓިކެޓުގައި ރިޔާސީ އިންތިހާބަށް ވާދަކުރަން ހުށަހަޅާ ފަރާތްތަކުގެ ހުންނަން ޖެހޭ ޝަރުތުތަކަކީ, ޕާޓީގެ މެމްބަރެއްގެ ގޮތުގައި އެއް އަހަރުވުން, ޕާޓީގެ އިގުރާރުގައި ސޮއިކޮށް ހުށަހެޅުން އަދި އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ޝަރުތުތައް ފުރިހަމަވުމެވެ.

Advertisement

އެމްއާރްއެމްގެ ޕްރައިމަރީގައި ވާދަކުރަން ހުށަހަޅަންޖެހެނީ އެމްއާރްއެމްގެ ޓިކެޓުގައި އިންތިހާބަށް ކުރިމަތިލުމަށް އެދޭ ފޯމެވެ. އެ ޕާޓީން ބުނިގޮތުގައި ޕްރައިމަރީ ބާއްވާނީ އަންނަ ހޯމަ ދުވަހު އެވެ. އަދި ވޯޓުލުން ކުރިއަށް ދާނީ އޮންލައިންކޮށެވެ.

އެމްއާރުއެމުން ރިޔާސީ ޕްރައިމަރީއަށް ހުޅުވާލުމަށްފަހު މިއަދު ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އެމްޑީޕީއާއެކު ކޯލިޝަން ހެދުމަށް ފޮނުއްވި ދައުވަތު ގަބޫލުނުކުރަން ނިންމިކަން އިއުލާންކޮށްފަ އެވެ.

ޕްރައިމަރީއަށް ހުޅުވާލުމުގެ ކުރިން އިންތިހާބަށް އަމިއްލަގޮތުން ކުރިމަތިލުމަށް ބޭނުންވާ ތާއީދު ސޮއިގެ އަދަދު ހަމަކުރުމަށް ފާރިސް މަސައްކަތް ކުރެއްވިކަން "އަދަދު" އަށް ވަނީ ކަށަވަރުވެފަ އެވެ. ބެލެވޭ ގޮތުގައި އެއީ އެމްއާރުއެމަށް އިންތިހާބުގައި ވާދަނުކުރެވޭ ހާލަތަކަށް ތައްޔާރުވުމުގެ ގޮތުން ކުރެއްވި ކަމެކެވެ.

ގާނޫނުން ލާޒިމްކުރާ މެންބަރުންގެ އަދަދު ހަމަނުވުމުން، އުވާލުމަށް ނިންމާފައިވާ އެމްއާރުއެމުން ރިޔާސީ ކެންޑިޑޭޓަކު ނެރުމަށް މަސައްކަތް ކުރަމުންދާއިރު, ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ކެންޑިޑޭޓަކު ނުނެރެވޭނެ ކަމަށް ސީދާ ބުނަން ނޭނގޭ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.

"އެމްއާރުއެމް އިން އެބަވޭ އެ ޕާޓީ އުވާލުމަށް ކޮމިޝަނުން ނިންމި ނިންމުން ގަބޫލުނުކުރާނެ ކަމަށް ބުނެ ކޯޓަށް މައްސަލަ ހުށަހަޅާފަ، އެހެންވީމަ ދެން ކޯޓުން ގޮތެއް ނުނިމެނީސް [ރިޔާސީ ކެންޑިޑޭޓަކަށް] ވާދަކުރެވޭނެއޭ، ނުކުރެވޭނެއޭ މިވަގުތު ބުނަން ދަތި،" އީސީގެ ސެކެޓްރީ ޖެނެރަލް ހަސަން ޒަކަރިއްޔާ ވިދާޅުވި އެވެ.

އެމްއާރުއެމް އުވާލި މައްސަލާގައި މައުމޫނާއި އެމަނިކުފާނުގެ ދަރިކަލުން އަދި ޕާޓީގެ ރައީސް އަހްމަދު ފާރިސް މައުމޫން ވަނީ މިއީ އީސީގެ ނިންމުމަކީ ގާނޫނާ ހިލާފު ނިންމުމެއް ކަމަށް ބުނެ ފާޑުވިދާޅުވެފަ އެވެ. އެމްއާރުއެމުން ބުނާ ގޮތުގައި އީސީއިން 3،000 މެމްބަރުން ހަމަކުރުމަށް ދިން މުއްދަތުގައި އެ އަދަދަށް އެ ޕާޓީން ވަނީ ފޯމު ހުށަހަޅައިފަ އެވެ.

އީސީގެ ނިންމުން ބާތިލުކުރުމަށް އެދި ކުރިއަށް އޮތް 30 ދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް މައްސަލައެއް ހުށަހެޅުމަށް މަސައްކަތް ކުރަމުންދާ ކަމަށް ކޯޓުގައި ބުނެފައިވާތީ، ސިވިލް ކޯޓުގެ އަމުރު ނެރެދީފައިވަނީ 30 ދުވަހަށެވެ. އެ އަމުރު ނެރުނީ މިދިޔަ މޭމަހުގެ 28 ގަ އެވެ. އެ އަމުރު މުރާޖައާ ކުރުމަށް އެދި އީސީއިން ދެފަހަރެއްގެ މަތިން ހުށަހެޅުމުންވެސް ކޯޓުން ނިންމީ މުރާޖައާ ކުރެވެން ނެތް ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިރާގު ރޯޑް ރޭސް 5،500އަށްވުރެ ގިނަ ދުވުންތެރިންނާއެކު ބާއްވައިފި

ދިރާގު މޯލްޑިވްސް ރޯޑް ރޭހުގެ 17 ވަނަ އެޑިޝަން 5،500 އަށްވުރެ ގިނަ ދުވުންތެރިންނާއެކު ހުޅުމާލެ ސެންޓްރަލް ޕާކުގައި ވަނީ ބާއްވާފައެވެ. މި ދުވުމުގެ ލައިވް އަޕްޑޭޓްތަކާއި، ނަތީޖާ އަދި ދުވުންތެރިންގެ ރޭންކިންގ ބަލައިލުމުގެ ފުރުސަތު ދިރާގުން ވަނީ ޚާއްޞަ މޮބައިލް އެޕްލިކޭޝަނެއް މެދުވެރިކޮށް ފަހިކޮށްދީފައެވެ.

ޕީއެންސީގެ މެންބަރުންގެ އަދަދު ލައްކައަކަށްވުރެ ދަށަށް

ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އެރިތާ 24 ގަޑިއިރު ނުވަނީސް، އަލުން އެ އަދަދު ލައްކައަކަށް ވުރެ ދަށަށް ގޮސްފިއެވެ. އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި މި އަދަދު ހަމަކުރުމަށްޓަކައި ވަޒީފާގެ ބިރުދެއްކުމާއި ރިޝްވަތުގެ ގޮތުގައި ފައިސާ ބޭނުންކޮށްފައިވެއެވެ. އީސީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެ ޕާޓީގެ މެންބަރުންގެ އަދަދު މިހާރު ވަނީ 99,930 އަށް ތިރިވެފައެވެ.

ރަސްމާލޭގެ ޑީލުގައި ސޮއިނުކުރަން އެދި އަލައްބާރަށް ސިޓީއެއް

ރަސްމާލެ މަޝްރޫއުގެ މިހާރުގެ ޝަރުތުތަކާއި ގާނޫނުއަސާސީއާ ފުށުއެރުންތަކެއް ހުރި ކަމަށާއި، އެކަމުގައި އެކަށީގެންވާ ގޮތެއްގައި ރައްޔިތުންގެ ހިޔާލު ހޯދާފައި ނުވާތީ، ދެން އަންނަ ސަރުކާރަކުން ވެސް މި މަޝްރޫއުގެ އެއްބަސްވުން އަލުން މުރާޖައާކުރުމަށް ނުވަތަ އެއްކޮށް ބާތިލުކުރުމުގެ ފުރުސަތު އޮތް ކަމަށް އެ ސިޓީގައި ބުނެފައިވޭ.

"ރަސްމާލެ މައްސަލައިގައި މުއިއްޒު ވަނީ އަނގަވަތަށް ވެއްޓިފައި"

ރަސްމާލެ މަޝްރޫއަކީ ރާއްޖޭގެ ސިޔާދަތަށް އުނިކަންލިބޭ، ބޭރުގެ ފަރާތްތަކަށް ބިން ދިނުމަށް ހިންގާ ހީލަތްތެރި ރޭވުމެއް ކަމަށް ވިދާޅުވެ ކުރީގެ ރައީސް ޔާމީން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. މި މަޝްރޫއުގެ ސަބަބުން ރައީސް މުއިއްޒު ރައްޔިތުންގެ ކުރިމަތީގައި ބޭޒާރުވެފައިވާ ކަމަށާއި، މި ސަރުކާރަށް ދެވަނަ ދައުރެއް ރައްޔިތުން ނުދޭނެ ކަމަށް ޔާމީން ވިދާޅުވިއެވެ.

ރަސްމާލެ ދޫކޮށްލުމާ ދެކޮޅުވެރިކަމެއް ނެތްކަމުގެ އިޝާރާތެއް

ރަސްމާލެއިން ބައެއް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމާ ދެކޮޅު ހަދަނީ މަދު ބަޔަކު ކަމަށާއި، ދިވެހިން އަބަދުވެސް އިސްކުރަނީ ގައުމީ ތަރައްގީކަން މުއިއްޒު ފާހަގަކުރެއްވި. މީގެކުރިންވެސް ރާއްޖެއަށް އައި ބޮޑެތި ބަދަލުތަކާ ބައެއް މީހުން ދެކޮޅު ހެދި ނަމަވެސް، ގިނަ ރައްޔިތުން ތާއީދުކުރީ ގައުމީ ކުރިއެރުމަށްކަން އެމަނިކުފާނު ބަޔާންކޮށްދެއްވި.

ހުލާސާކޮށް އިއްޔެ: ސިޔާސީ ޕާޓީތަކުގެ ދަފްތަރަށް އައި ބޮޑު ބަދަލު

ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އެރުމާއެކު، ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ ފަދަ ދުވަސްވީ ޕާޓީތަކުން ގިނަ އަދަދެއްގެ މެންބަރުންނާއި އިސް ބޭފުޅުން ވަނީ ވަކިވެފައެވެ. މީގެ އިތުރުން، ރަސްމީ ޖަލްސާތަކުގެ ޕްރޮޓޮކޯލަށް ބަދަލުތަކެއް ގެނެސްފައިވާއިރު، ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން އިލްމުވެރިންނާއި ސިޔާސީ ފަރާތްތަކުގެ މެދުގައި ވަނީ ޚިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

ވަޒީފާގެ ބިރުދައްކައިގެން އެއްލައްކަ މެންބަރުން ހަމަކޮށްފި

ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އަރާފައިވާއިރު، މިއީ ވަޒީފާގެ ބިރުދައްކައިގެންނާއި ރިޝްވަތު ދީގެން ހޯދި އަދަދެއް ކަމަށް ވަނީ ތުހުމަތުކުރެވިފައި. އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ދައްކާގޮތުގައި މިދިޔަ އަހަރާ އަޅާބަލާއިރު އެ ޕާޓީގެ މެންބަރުންގެ އަދަދު ވަނީ 26،000 އަށްވުރެ އިތުރުވެފައި.

Newsletter

Get the latest news delivered straight to your inbox