ދިރާސާގެ ބޭނުންތަކަށާއި އިޖުތިމާއި ބޭނުންތަކަށް ފަޅު ރަށްތައް ކުއްޔަށް ދެނީ

ބ. އަތޮޅު މަތިން ނަގާފައިވާ މަންޒަރެއް: -- ފޮޓޯ/ސީ ފްރޮމް ދަ ސްކައި

ބ. އަތޮޅު މަތިން ނަގާފައިވާ މަންޒަރެއް: -- ފޮޓޯ/ސީ ފްރޮމް ދަ ސްކައި

ދިރާސާ ކުރުމަށާއި އިޖުތިމާއީ ބޭނުންތަކަށް ފަޅު ރަށްތައް ކުއްޔަށް ދޫކުރެވޭ ގޮތަށް "މަސްވެރިކަމާއި ދަނޑުވެރިކަމާއި އިގުތިސޯދީ ބޭނުންތައް ފިޔަވައި އެ ނޫން ބޭނުންތަކަށް ފަޅު ރަށްރަށް ދޫކުރުމާ ބެހޭ ގަވާއިދު" ޕްލޭނިން މިނިސްޓްރީން އިއްޔެ ގެޒެޓުކޮށްފި އެވެ.

ޕްލޭނިން މިނިސްޓްރީގެ ގަވާއިދުގައިވާ ގޮތުގައި ވަރުވާއަށް ލިޔެދޭ ފަޅު ރަށްރަށާއި، މަސްވެރިކަމާއި ދަނޑުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކުރެވޭ ފަޅު ރަށްރަށުގެ އިތުރުން ސިނާއީ ރަށްރަށާއި ޓޫރިޒަމް ނޫން ބޭނުންތަކަށް ރަށްތައް ދޫކުރަނީ އެ ގަވާއިދުގެ ދަށުންނެވެ.

މިގޮތަށް ދޫކުރާ ރަށްތަކުގެ ތެރެއިން ކައުންސިލްތަކުގެ އިހުތިސާސްގައި ނުހިމެނޭ ރަށްތަކުގެ ތެރެއިން ދޫކުރެވޭ ފަޅު ރަށްރަށް ކަނޑައަޅާނީ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީގެ ލަފާގެ މަތިން، ރައީސުލްޖުމްހޫރިއްޔާ އެވެ. މި ރަށްތައް ދޫކުރުމުގެ ޕްލޭނިން މިނިސްޓްރީއަށް ދީފައިވާއިރު ކައުންސިލްތަކުގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ރަށްތައް ކުއްޔަށް ދޫކުރަނީ އެ ރަށެއް ނިސްބަތްވާ ކައުންސިލުންނެވެ.

މި ގަވާއިދުގެ ދަށުން ފަޅު ރަށްތައް ދޫކުރެވެނީ ތިން ގޮތަކަށެވެ. އެއީ:

  • ބީލަން އުސޫލުން އިއުލާން ކޮށްގެން
  • ރަށުގައި ކުރަން ބޭނުންވާ ކަމަކާބެހޭ ތަފުސީލު ރިޕޯޓަކާއެކު ހުށަހެޅުމުން
  • ސަރުކާރުގެ އިސްނެގުމަށް، ފަޅުރަށެއް ބަލަހައްޓަން ކައުންސިލަކާ ހަވާލުކުރުން

އިގުތިސޯދީ ނޫން ބޭނުންތަކަށް ދޫކުރާ ފަޅު ރަށްތައް ދޫކުރެވެނީ ގިނަވެގެން 21 އަހަރަށެވެ. އެހެން ނަމަވެސް މުއްދަތު އިތުރުކުރަން ހުށަހަޅައިފި ހާލަތެއްގައި ވަކި ޝަރުތުތަކެއް ފުރިހަމަވާނަމަ ކުލީގެ މުއްދަތު 50 އަހަރަށް އިިތުރުކުރެވެ އެވެ. ހަމަ އެގޮތަށް، ގަވާއިދުގައި އެކަމަށް ކަނޑައަޅާފައިވާ ޝަރުތުތައް ފުރިހަމަ ވާނަމަ، ސަބްލީސްކުރުމާއި ރަށުގެ ލީސް ރަހުނުކުރެވެ އެވެ.

މި ގަވާއިދުން ފަހިވެގެންދާ ކަންކަމުގެ ތެރޭގައި ރަށްރަށަށް ޕިކްނިކް އައިލެންޑްތައް ކަނޑައެޅުން ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2027 ދެބައިވުމުގެ ކުރިން ރަސްމާލެއިން ގޯތި ދޫކުރުމުގެ އުންމީދެއް

މި މަޝްރޫއުގެ މާސްޓާ ޕްލޭން އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، ގޯއްޗަށް އެދި ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ އެންމެންނަށް ގޯތި ދިނުމަކީ ސަރުކާރުގެ އަމާޒެކެވެ.

ހޫތީން ކުށްވެރިކޮށް ރާއްޖެއިން އަނެއްކާ ވެސް ބަޔާނެއް ނެރެފި

ސައުދީ އަރަބިއްޔާގެ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށާއި އިގްތިސާދީ މަރުކަޒުތަކަށް އަމާޒުކޮށް ހޫތީން ދެމުންގެންދާ ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.

އިމާރާތެއްގައި ޖަހައިފައި ހުރި ސޭފްޓީ ބިތްގަނޑެއް ވެއްޓިއްޖެ

މި ހާދިސާގައި ބައެއް އުޅަނދުތަކަށް ގެއްލުންވެ، ބައެއް މީހުންނަށް ކުދި އަނިޔާ ލިބުނު ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެއެވެ. ފުލުހުން ދަނީ ކަމާގުޅޭ އިދާރާތަކާ ގުޅިގެން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އިންޖީނުގެތަކަށް ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދެނީ

މާލެ އާއި އައްޑޫގެ އިންޖީނުގެތައް އަޕްގްރޭޑް ކުރުމަށް ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދިނުމަށް އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ހިމަނާފަ. މީގެ އިތުރުން ފެނަކަ ސްޓެލްކޯގެ ދަށަށް ބަދަލުކުރާތީ، ކަރަންޓު ސަބްސިޑީގެ ގޮތުގައި އަންނަ އަހަރު 743.2 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދިނުމަށް ވެސް ވަނީ ހިމަނާފަ.

ތިލަފުށީ ބަނދަރަށް ލޯނު ދެނީ ސަރުކާރުން

މި މަޝްރޫއުގެ ބޮޑު ބައެއް ފައިނޭންސް ކުރަނީ ދައުލަތުގެ ބަޖެޓުން އެމްޕީއެލްއަށް ދޫކުރާ 2.3 ބިލިއަން ރުފިޔާގެ ލޯނަކުން. މި ލޯނު ދޫކުރުމަށް ބަޖެޓުގައި ހިމަނާފައިވަނީ 2028 އަދި 2029 ވަނަ އަހަރަށް ކަމަށްވާތީ، އަންނަ އަހަރު ބަނދަރުގެ ހިދުމަތް ފަށާނެ ކަމަށް ސަރުކާރުން ބުނާ މުއްދަތަށް ބޭނުންވާ ފައިސާ ހަމަޖައްސަނީ ކިހިނެއް ކަމެއް ސާފެއް ނުވޭ.

ލޯ ޑިގްރީ ހަދާ ކުދިންނަށް އޮންލައިން ޓެސްޓެ ނެގޭނެ ގޮތެއް ހަދަނީ

ގާނޫނީ ދާއިރާއިން މިހާރު ޑިގްރީއަށް ކިޔަވަމުންދާ ދަރިވަރުންނަށް އޮންލައިންކޮށް އިމްތިހާނު ހެދޭނެ އިންތިޒާމު ހަމަޖެއްސުމަށް ބާ ކައުންސިލަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފާސްކޮށްފިއެވެ.

ނަފުސާނީ ފަރުވާ ދިނުމާބެހޭ ގާނޫނެއް ހަދަނީ

މި ބިލުގެ ދަށުން ނަފުސާނީ ސިއްހަތުގެ ގައުމީ ސިޔާސަތެއް ކަނޑައަޅައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަރުވާދޭ މަރުކަޒުތަކާއި 24 ގަޑިއިރު ހިދުމަތްދޭ ހެލްޕްލައިނެއް ގާއިމުކުރުމަށް ވަނީ ހިމަނާފައެވެ.

Newsletter

Get the latest news delivered straight to your inbox