ރިޔާސީ އިންތިހާބަށް އެމްއާރުއެމްއިން ކެންޑިޑޭޓަކު ނުނެރެވޭނޭ ސީދާ ބުނަން ނޭނގޭ: އީސީ

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް : ރިޔާސީ އިންތިހާބަށް އެމްއާރުއެމްއިން ކެންޑިޑޭޓަކު ނުނެރެވޭނޭ ސީދާ ބުނަން ނޭނގޭ ކަމަށް އީސީއިން ބުނެފި - ފޮޓޯ: ރައީސް އޮފީސް

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް : ރިޔާސީ އިންތިހާބަށް އެމްއާރުއެމްއިން ކެންޑިޑޭޓަކު ނުނެރެވޭނޭ ސީދާ ބުނަން ނޭނގޭ ކަމަށް އީސީއިން ބުނެފި - ފޮޓޯ: ރައީސް އޮފީސް

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ އެމްއާރުއެމް އިން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ކެންޑިޑޭޓަކު ނުނެރެވޭނެ ކަމަށް ސީދާ ބުނަން ނޭނގޭ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

ގާނޫނުން ލާޒިމްކުރާ މެންބަރުންގެ އަދަދު ހަމަނުވުމުން، އުވާލުމަށް ނިންމާފައިވާ އެމްއާރުއެމުން ރިޔާސީ ކެންޑިޑޭޓަކު ނެރުމަށް މަސައްކަތް ކުރަމުންދާ މި ދަނޑިވަޅުގައި، "އަދަދު" އިން ސުވާލު ކުރުމުން އީސީގެ ސެކެޓްރީ ޖެނެރަލް ހަސަން ޒަކަރިއްޔާ ވިދާޅުވީ، މި ހާލަތުގައި އެމްއާރުއެމްގެ ކެންޑިޑޭޓަކަށް ވާދަކުރެވޭނެކަން ނުވަތަ ނޫންކަން ދަންްނަވަން ދަތި ކަމަށެވެ.

"އެމްއާރުއެމް އިން އެބަވޭ އެ ޕާޓީ އުވާލުމަށް ކޮމިޝަނުން ނިންމި ނިންމުން ގަބޫލުނުކުރާނެ ކަމަށް ބުނެ ކޯޓަށް މައްސަލަ ހުށަހަޅާފަ، އެހެންވީމަ ދެން ކޯޓުން ގޮތެއް ނުނިމެނީސް [ރިޔާސީ ކެންޑިޑޭޓަކަށް] ވާދަކުރެވޭނެއޭ، ނުކުރެވޭނެއޭ މިވަގުތު ބުނަން ދަތި،" ޒަކަރިއްޔާ ވިދާޅުވި އެވެ.

އެމްއާރުއެމް އުވާލި މައްސަލާގައި މައުމޫނާއި އެމަނިކުފާނުގެ ދަރިކަލުން އަދި ޕާޓީގެ ރައީސް އަހްމަދު ފާރިސް މައުމޫން ވަނީ މިއީ އީސީގެ ނިންމުމަކީ ގާނޫނާ ހިލާފު ނިންމުމެއް ކަމަށް ބުނެ ފާޑުވިދާޅުވެފަ އެވެ. އެމްއާރުއެމުން ބުނާ ގޮތުގައި އީސީއިން 3،000 މެމްބަރުން ހަމަކުރުމަށް ދިން މުއްދަތުގައި އެ އަދަދަށް އެ ޕާޓީން ވަނީ ފޯމު ހުށަހަޅައިފަ އެވެ.

އީސީގެ ނިންމުން ބާތިލުކުރުމަށް އެދި ކުރިއަށް އޮތް 30 ދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް މައްސަލައެއް ހުށަހެޅުމަށް މަސައްކަތް ކުރަމުންދާ ކަމަށް ކޯޓުގައި ބުނެފައިވާތީ، ސިވިލް ކޯޓުގެ އަމުރު ނެރެދީފައިވަނީ 30 ދުވަހަށެވެ. އެ އަމުރު ނެރުނީ މިދިޔަ މޭމަހުގެ 28 ގަ އެވެ. އެ އަމުރު މުރާޖައާ ކުރުމަށް އެދި އީސީއިން ދެފަހަރެއްގެ މަތިން ހުށަހެޅުމުންވެސް ކޯޓުން ނިންމީ މުރާޖައާ ކުރެވެން ނެތް ކަމަށެވެ.

އެމްއާރުއެމުން ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި އެ ޕާޓީގެ ރައީސް ފާރިސް މައުމޫން ނެރުމަށް ވާންޖެހޭ ތައްޔާރީތައް އެ ޕާޓީގެ އެކްސޯ މެންބަރުން ކުރަމުންދާކަން، އެމްއާރުއެމްގެ އިސް އޮފިޝަލަކު ވަނީ "އަދަދު" އަށް ކަށަވަރުކޮށްދީފަ އެވެ.

އެ އޮފިޝަލު ވިދާޅުވީ، ކޯޓުގައި މިހާރު އޮތް މައްސަލައަށް ގޮތެއް ނުނިމުނަސް، ރިޔާސީ އިންތިހާބުގެ ކަންކަމުގައި ބައިވެރިކުރުވުމަށް އެދި އީސީއަށް މިހާރު ސިޓީއެއް ފޮނުވާފައިވާނެ ކަމަށެވެ. އީސީގެ އެސްޖީ، ޒަކަރިއްޔާ ވިދާޅުވީ އިންތިހާބުގެ ކަންކަމުގައި، ހާއްސަކޮށް އިންތިހާބަށް ލަފާދޭ ކޮމިޓީގައި އެމްއާރުއެމް ނުހިމެނީ އެ ޕާޓީ އުވާލުމަށް އީސީއިން ނިންމާފައިވާތީ ކަމަށެވެ.

އެމްއާރުއެމް އަކީވެސް މި ސަރުކާރު ހިންގާ ކޯލިޝަނުގެ ބައިވެރިޔެކެވެ. ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީއާއެކު ކޯލިޝަން ހެދުމަށްވެސް އެމްއާރުއެމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދައުވަތު އެރުވި އެވެ. ނަމަވެސް، އެ ޕާޓީން މިހާތަނަށް އެ ދައުވަތަށް ރަސްމީ ޖަވާބެއް ދީފައެއް ނުވެ އެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް އެދި ކެންޑިޑެސީ ފޯމު ހުށަހެޅުމުގެ ފުރުސަތު އިއްޔެ ހުޅުވާލާފައިވާއިރު، އެ މުއްދަތު ހަމަވާނީ އޮގަސްޓު ފަސް ވަނަ ދުވަހުގެ މެންދުރުފަހު 2:00 އަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox