އެއްމިލިއަން ވަނަ އަށް ވުމަށް ފަހު އުއްމީދަކީ ދެމިލިއަން ވަނަ: އެންޓޮން

އެއް މިލިއަން ފަތުރުވެރިޔާ އެންޓޮން ޕަވްލޯ އަދި އޭނާގެ އާއިލާ -- ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ

އެއް މިލިއަން ފަތުރުވެރިޔާ އެންޓޮން ޕަވްލޯ އަދި އޭނާގެ އާއިލާ -- ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ

މިދިޔަ އާދީއްތަ ދުވަހު ރާއްޖެއައި މިއަހަރުގެ އެއް މިލިއަން ފަތުރުވެރިޔާ، އެންޓޮން ޕަވްލޯ ވަނީ އޭނާގެ އުންމީދަކީ އަންނަ އަހަރު ދެ މިލިއަން ވަނަ ފަތުރުވެރިޔާގެ ގޮތުގައި ރާއްޖެ އައުން ކަމަށް އެވެ.

އެއް މިލިއަން ވަނަ ފަތުރުވެރިޔާ މަރުހަބާ ކިޔުމުގެ ގޮތުން ވެލާނާ އިންޓާނޭޝަނަލް އެއާޕޯޓުގައި އޮތް ރަސްމިއްޔާތުގައި ނޫސްވެރިންނާއި ވާހަކަދައްކަމުން އެންޓޮން ބުނީ، އާއިލާއާއިއެކު ރާއްޖެއައި އިރު މިފަދަ އެއްވެސް ކަމެއް ހިޔާލަށް ވެސް ގެނެވިފައި ނުވާ ކަމަށެވެ.

"ވަރަށް އުފާވެއްޖެ. އެއްގޮތަކަށް ވެސް އުންމީދުކުރި ކަމެއް ނޫން މީ. ރާއްޖެއިން ކީ ހޫނު މަރުހަބާއަށް ޝުކުރިއްޔާ. މިއީ ރާއްޖެ އައި ފުރަތަމަ ފަހަރު،" އުފާވެފައި އެންޓޮން ބުންޏެވެ.

އަންނަ އަހަރު ވެސް ރާއްޖެއަށް އަންނަން ބޭނުންވާކަން ފާހަގަކުރަމުން އެންޓޮން ބުނީ އަންނަ އުންމީދަކީ އަންނަ އަހަރުގެ ދެ މިލިއަން ވަނަ ފަތުރުވެރިޔާގެ ގޮތުގައި ރާއްޖެ އައުން ކަމަށެވެ.

"އަންނަ އަހަރު ވެސް ރާއްޖެ އަންނަން މިހާރު ވެސް ބޭނުން. އަންނަ އަހަރު ރާއްޖެ އަންނަ ދެ މިލިއަން ވަނަ ފަތުރުވެރިޔާގެ ގޮތުގައި،" އެންޓޮން ބުންޏެވެ.

އާދީއްދަ ދުވަހުގެ ހެދުނު ބްރިޓިޝް އެއާވޭސް ގެ ފްލައިޓަކުން ރާއްޖެ އައި ރަޝިޔާގެ އެންޓޮން ޕަވްލޯ އަށް މަރުހަބާ ދެންނެވީ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް އަދި މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު އެވެ.

ޕަވްލޯ އާއެކު އޭނާގެ ބައިވެރިޔާ އަނަސްތަޝިޔާ ކްލިންސްކީ އަދި އޭނާގެ ދަރިފުޅުވެސް އާދީއްތަ ދުވަހު ރާއްޖެ އަށް އައެވެ. އެ އާއިލާއިން ރާއްޖޭގައި ޗުއްޓީ ހޭދަކުރާނީ ވައްކަރު މޯލްޑިވްސް ރިސޯޓުގަ އެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކުރާ ތަފާސްހިސާބުތަކަށް ބަލާއިރު މި އަހަރު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ އަވަށްޓެރި އިންޑިއާއިންނެވެ. އިންޑިއާގެ ފަހަތުން އުޅެނީ ރަޝިއާ އަދި އިނގިރޭސިވިލާތާއި ޗައިނާ އެވެ.

މި މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ފަތުރުވެރިން އައިސްފައިވާ އަދަދު:

  1. އިންޑިއާ - 115،837
  2. ރަޝިއާ - 115،334
  3. އިނގިރޭސިވިލާތް - 83،942
  4. ޗައިނާ - 74،348
  5. ޖަރުމަނު - 68،484
  6. އިޓަލީ - 66،007
  7. އެމެރިކާ - 41،072
  8. ފްރާންސް -30،916
  9. ސްވިޓްޒަލޭންޑް - 20،624
  10. އޮސްޓްރޭލިއާ - 18،088

މިދިޔަ އަހަރާ އަޅާ ބަލާއިރު ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އުޅެނީ 13.6 އިންސައްތަ ކުރީގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox