މުސާރަ ނުދޭތީ އެފްއޭއެމްގެ ބައެއް މުވައްޒަފުން ވަޒީފާ އަކަށް ނުނިކުމޭ

މުސާރަ ނުދޭތީ އެފްއޭއެމްގެ ބައެއް މުވައްޒަފުން ވަޒީފާ އަކަށް ނުނިކުމޭ

ރާއްޖޭގެ އެންމެ ބޮޑު ކުޅިވަރު އެސޯސިއޭޝަން، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ މުވައްޒަފުންނަށް މުސާރަ ނުލިބޭތާ ގިނަ މަސްތަކެއް ވެފައިވާތީ ވަޒީފާ އަށް ނުކުންނަން ދެކޮޮޅު ހަދައިފި އެވެ.

އީދު ބަންދަށް ފަހު އެފްއޭއެމްގެ މަސައްކަތްތައް ފެށުމަށް އެ އެސޯސިއޭޝަނުން ކުރަމުން އަންނަ މަަސައްކަތަށް އެކަށޭނެ ކުރިއެރުމެއް މިހާތަނަށް ލިބިފައިނުވަނީ މުވައްޒަފުންނަށް މުސާރަ ނުދޭތާ ފަސް ވަރަކަށް މަސް ވެފައިވާއިރު، އެ އަށް އެކަށޭނެ ހައްލެއް އައިސްފައިނުވާތީކަން "އަދަދު" އަށް ވަނީ އެނގިފަ އެވެ.

މުސާރަ މައްސަލަައިގައި ވަޒީފާ އަށް ނުނިކުންނަ ފަރާތްތަކުގެ ތެރޭގައި އިދާރީ ހިންގުމުގެ މުހިންމު ޒިންމާއާ ހަވާލުވެފައިވާ ފަރާތްތަކާއި އެކި ޑިޕާޓްމަންޓްގެ އިސް ފަރާތްތައް ވެސް ހިމެނޭކަން އެކަމުގެ މައުލޫމާތު އެނގޭ ފަރާތެއް ވަނީ "އަދަދު" އަށް ހާލަތު ކިޔައިދީފަ އެވެ.

އެފްއޭއެމްގެ މީޑިއާ ވަޓްސަޕް ގްރޫޕްގައި މި ކަމާ ގުޅޭ ގޮތުން އަމާޒުވާ ސުވާލުތަކަށް ޖަވާބެއް ލިބިފައިނުވެ އެވެ.

އެފްއޭއެމްގެ މާލީ މުއާމަލާތްތައް ގޯސްވެ، އެ އެސޯސިއޭޝަން ނުރަނގަޅު ފައްތަރަަކަށް ގޮސްފައިވާ ކަމަށް ބުނެ، އެ ކަމާ ގުޅޭ ގިނަ ކަންތައްތަކެއް މިދިޔަ ދޮޅު އަހަރެއްހާ ދުވަސްތެރޭ މީޑިއާގައި ހާމަވަމުންދިޔަ އެވެ. އެފްއޭއެމަށް މާލީ ގޮތުން ގިނަ ގޮންޖެހުންތަކެއް މިދިޔަ އަހަރު ކުރިމަތިވި ކަމަށް އެ އެސޯސިއޭޝަންގެ ރައީސް ބައްސާމް އަދީލް ޖަލީލް ވަނީ މީޑިއާ އިންޓަވިއުއެއްގައި ވިދާޅުވެފަ އެވެ.

ގައުމީ ޓީމުގެ ކޯޗިން ސްޓާފުންނަށް މުސާރަ ނުދޭތާ އަށް ވަރަކަށް މަސް ވެފައިވާ ކަމަށް މީޑިއާގައި ވާހަަކަ ދެކެވިފައިވާއިރު، އެއީ ހަގީގަތެއްތޯ އޮޅުންފިލުވުމަށް ތަކުރާރުކޮށް މީޑިއާ އިން ކުރި ސުވާލުތަކަށް ވެސް އެކަށޭނެ ޖަވާބެއް ނުލިބެ އެވެ.

ސާފް ޗެމްޕިއަންޝިޕްގެ ގްރޫޕް ސްޓޭޖުގައި ރާއްޖޭން ކުޅުނު ފަހު މެޗުގައި ލެބަނަންއާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން، އެފްއޭއެމް ވަޓްސަޕް ގްރޫޕްގައި އެ އެސޯސިއޭޝަން ރައީސް ބައްސާމް ލިޔުއްވި މެސެޖެއްގައި ވަނީ މި މަހުގެ 15 ވަނަ ދުވަހު މީޑިއާގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ޕްރެސް ކޮންފަރެންސެއް ބާއްވާނެ ކަމަށް ވިދާޅުވެފަ އެވެ.

އެފްއޭއެމާ ގުޅުން ހުރި ފައިސާގެ ގިނަ ކަންތައްތަކެއް ކޮޅެއްގައި ނުޖެހި

މަޝްހޫރު ވިޔަފާރިވެރިޔާ، މުހައްމަދު މޫސާ (އުއްޗު)ގެ ހާއްސަ ދައުވަތަކަށް ކުރެއްދޫ ރިސޯޓްގައި ގާއިމްކޮށްފައިވާ ފުޓްބޯޅަ ދަނޑުގައި 2021 ވަަނަ އަހަރުގެ އޮކްޓޫބަރު މަހު ގައުމީ ފުޓްބޯޅަ ޓީމުން ކުރެއްދޫ ޓީމަކާ ދެކޮޅަށް ކުޅުނު އެކްސިބިޝަން މެޗުގެ ޖުމްލަ އަގަކީ 1.2 މިލިއަން ރުފިޔާ އެވެ.

އެ މެޗުން ކުރެއްދޫ ޓީމު އަތުން ގައުމީ ޓީމު މޮޅުވެގެން ލިބުނު ފައިސާ އުއްޗުގެ ފަރާތުން އެފްއޭއެމާ ހަވާލުކުރި ނަމަވެސް މިއަދާ ހަމައަށް ވެސް ގައުމީ ޓީމުގެ ހުރިހާ ކުޅުންތެރިންނަށް އެ ފައިސާ ލިބިފައިނުވެ އެވެ. އެފްއޭއެމް އިން އެ ފައިސާ ދީފައިވަނީ ބައެއް ކުޅުންތެރިންނަށެވެ. ފައިސާ ދޭން ބުނިތާ އެތައް މުހުލަތެއް ވަނީ ނިމި ގޮސްފަ އެވެ.

މީގެ އިތުރުން، ސަރުކާރުން ފުޓްބޯޅަ ކްލަބްތަކަށް، ސަރުކާރު ހިއްސާވާ ކުންފުނިތައް މެދުވެރިކޮށް ދެމުން އައި ތިން މިލިއަން ރުފިޔާ (އެސްއޯއީ ސަބްސިޑީ) ނުދޭން 2019 ވަނަ އަހަރު މި ސަރުކާރުން ނިންމުމާ އެކު، އެފްއޭއެމުން ނިންމީ އެ ފައިސާ އެ އެސޯސިއޭޝަނަށް ލިބޭ ސްޕޮންސަ ފައިސާއިން ހަމަޖައްސައިދޭށެވެ. އެކަމަކު، މިދިޔަ ތިން އަހަރު ކްލަބްތަކަށް އެ ފައިސާ ދޭން އެއްބަސްވި ގޮތަށް ގަވާއިދުން ނުލިބޭތީ، ކުޅުންތެރިންނަށް މުސާރަ ނުދެވެ އެވެ.

އެހެންވެ، ކޮންމެ ސީޒަނެއް ނިންމާފައި ވެސް ކްލަބްތައް ގޮވައިގެން ނުލިބޭ މުސާރަ ހޯދަން ކުޅުންތެރިން އަންނަނީ އެފްއޭއެމް ޕްލޭޔާ ސްޓޭޓަސް ކޮމިޓީ އަށް މައްސަލަ ހުށަހަޅަމުންނެވެ. އެ ގޮތުން މިދިޔަ ސީޒަނުގައި ކުޅުންތެރިންނަށް ނުލިބި ހުރި މުސާރަ މައްސަލަ އެފްއޭއެމް ޕްލޭޔާ ސްޓޭޓަސް ކޮމިޓީ އަށް ހުށަހެޅުމުން އެ އެސޯސިއޭޝަނުގެ ޖަވާބަކީ، ކްލަބްތަކަށް ދޭ ސަބްސިޑީ ތެރެއިން އެކަން ހަމަޖައްސައިދޭނެ ކަމަށެވެ.

އެކަމަކު، މިހާތަނަށް އެއްވެސް ކުޅުންތެރިއަކަށް އެ ފައިސާ ލިބިފައިނުވެ އެވެ.

ސާފް ޗެމްޕިިއަންޝިޕަށް، ދިވެހި ޕްރިމިއާ ލީގު މެދުކަނޑާލާފައިވާއިރު، އަލުން ފަށަން ނިންމާފައިވަނީ މި މަހު 14 ވަނަ ދުވަހު އެވެ. އެކަމަކު، އެ ތާރީހުގައި އަލުން ލީގު ފަށަން ކިޔާއިރު، ގިނަ ޓީމުތައް އަންނަނީ މާލީ ގޮންޖެހުންތަކުގެ ސަބަބުން އުނދަގޫ ވަގުތުތަކެއް ގުނަމުންނެވެ.

ރާއްޖޭގެ ފުޓްބޯޅަ ހާލަތާ މެދު ކަންބޮޑުވުންފާޅުކޮށް، ފުޓްބޯޅަ ރިފޯމްކުރަން ޖެހޭ ކަމަށް ބުނެ، ސޭވް އެފްއޭއެމްގެ ނަމުގައި ވަނީ ހަރަކާތެއް ފަށައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox