އަމީނީމަގު ގައި ނުގަވައިދުން ޕާކުކޮށްފައި ހުރި ވެހިކަލްތައް ނަގަން ތިން ދުވަހުގެ މުހުލަތެއް ދީފި

އަމީނީ މަގުގައި އަލަށް ތަރައްގީކުރި ސަރަހައްދުން އުޅަނދުތައް ދަތުރުކުރަނީ - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

އަމީނީ މަގުގައި އަލަށް ތަރައްގީކުރި ސަރަހައްދުން އުޅަނދުތައް ދަތުރުކުރަނީ - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

އަލަށް ތަރައްގީކޮށް ހުޅުވާފައިވާ އަމީނީ މަގުގެ ސަރަހައްދުތަކުގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުރި ވެހިކަލްތައް އެތަނުން ނަގަން ތިން ދުވަހުގެ މުހުލަތެއް ދިނުމަށް ފަހު ޓޯކުރަން ފަށާނެ ކަމުގެ އިންޒާރު ފުލުހުން ދީފި އެވެ.

ފުލުހުން ބުނީ އަމީނީ މަގުގައި ގަވާއިދާ ހިލާފަށް އުޅަނދުތައް ޕާކުކޮށްފައި ހުރުމުގެ ސަބަބުން ޓްރެފިކް ތޮއްޖެހި އެ މަގުން ހިނގާ މީހުުންނަށާއި ދުއްވާ އުޅަނދުފަހަރަށް ދަތިވާކަން ފާހަގަވެފައިވާ ކަމަށެވެ.

އެ ކަން ހައްލުކުރުމުގެ ގޮތުން މިއަދުން ފެށިގެން ތިން ދުވަހުގެ މުއްދަތަކަށް ބެލުމަށްފަހު އުޅަނދުތައް ޓޯކުރުމުގެ މަސައްކަތް ފަށާނެ ކަމަށް މިއަދު ކުރި ޓްވީޓެއްގައި ފުލުހުން ބުންޏެވެ.

Advertisement

އަމީނީ މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން އެ މަގުގެ ބޮޑު ބައެއްގައި ތާރު އަޅާ މިހާރު ވަނީ އާންމުންނަށް ހުޅުވާލާފަ އެވެ. އެއާއެކު ހުޅުވި ސަރަހައްދުގެ އެއް ލޭނުގައި ހަތަރު ފުރޮޅުލީ އަދި ދެ ފުރޮޅުލީ އުޅަނދުތައް ޕާކުކުރަން ފެށިކަން ވަނީ ފާހަގަވެފަ އެވެ. އެއާއެކު އާންމުން ދަނީ އެފަދައިން ޕާކުކުރާ ފަރާތްތަކަށް ފާޑުކިޔުން އަމާޒުކުރަމުންނެވެ.

އަމީނީ މަގު ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ ގޮތުން ތާރު އަޅައިގެން އެ މަގު ހެދުމުގެ މަސައްކަތް އާރުޑީސީން ފެށީ މިދިޔަ އަހަރު އޯގަސްޓު، 30، ގަ އެވެ. މި މަސައްކަތް އެ ކުންފުންޏާ ހަވާލު ކުރީ 210 ދުވަސް ތެރޭގައި ނިންމާ ގޮތަށެވެ. އެހެންކަމުން މެއި 28، 2023 އަށް އެ މުއްދަތު ހަމަވާނެ އެވެ.

ނަމަވެސް, އެ މުއްދަތަށް މަސައްކަތް ނުނިމޭނެ ކަމަށް ވިދާޅުވެ ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މިދިޔަ މަހު މަޖިލީހުގައި ވިދާޅުވީ އަމީނީ މަގުގެ މަސައްކަތް ނިމޭނެ ކަމަށް މިހާރު ބެލެވޭ ތާރީހަކީ އަންނަ ސެޕްޓެމްބަރު މަހުގެ 27 އަށް ކަމަށެވެ.

މިހާތަނަށް ތާރު އަޅާ, އާންމުންނަށް ހުޅުވާލާފައި ވަނީ ފުރަތަމަ ތިން ސެގްމެންޓު އެކަންޏެވެ. އެ މަސައްކަތް އަވަސް ކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްގެން ތާރު އެޅުމަށްފަހު އާންމުންނަށް ހުޅުވާލީ މިދިޔަ މާޗް ހަ ވަނަ ދުވަހު އެވެ. އެއީ ސްޓެލްކޯއާ ހަމައަށެވެ.

އެއަށްފަހު ދެން އޮތީ ރޯދައިގެ ކުރިން އިމާދުއްދީން ސްކޫލާ ހަމައަށް ތާރު އަޅާ ނިންމާލާ ގޮތަށެވެ. ނަމަވެސް, އެ މަސައްކަތް ލަސްވެ, އޭޕްރީލް މަސް ތެރޭގައި ނިންމާލާނެ ކަމަށް ކަމަށް ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވި އެވެ.

ޖުމްލަ 15 ސެގްމަންޓަކަށް ބަހާލައިގެން އަމީނީ މަގު ހެދުމަށް އާރުޑީސީއާ ހަވާލުކޮށްފައި ވަނީ 84 މިލިއަން ރުފިޔާއަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox