އިންތިހާބު ކަވަރު ކުރަން ނޫސްވެރިން ތަމްރީނެއް ހަދަން ނުޖެހޭ ގޮތް ހަދައިފި

އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއީލް ހަބީބް. އޭނާ މިއަދު ވިދާޅުވީ އިންތިހާބު ކަވަކުރަން ނޫސްވެރިން ތަމްރީނެއް ހަދަން ނުޖެހޭ ކަމަށް. ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއީލް ހަބީބް. އޭނާ މިއަދު ވިދާޅުވީ އިންތިހާބު ކަވަކުރަން ނޫސްވެރިން ތަމްރީނެއް ހަދަން ނުޖެހޭ ކަމަށް. ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

އަންނަ ސެޕްޓެމްބަރު މަހު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިހާބު ކަވަކުރާ ނޫސްވެރިންނާއި މޮނިޓަރުން، އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކުރިއަށް ގެންދާ ހޭލުންތެރިކުރުމުގެ ސެޝަނެއް ފުރިހަމަކުރަން ޖެހޭ ގޮތަށް އެކޮމިޝަނުން ހެދި އުސޫލު ބަދަލުކޮށްފި އެވެ.

ރިޔާސީ އިންތިހާބާ ބެހޭ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ ނޫސްވެރިންނާއި މޮނިޓަރުންނަށް ތަމްރީނެއް ދޭ ވާހަކަ ކުރިން ބުނި ނަމަވެސް އެއީ ހޭލުންތެރިކުރުމުގެ އެންމެ ސެޝަނެއް ކަމަށެވެ. އެހެން ނަމަވެސް, އެއީ ތަމްރީނެއް ކަމަށް ކުރިން ވިދާޅުވެވުމުން އެކަން ބޮޑު މައްސަލަކަށް ވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ގާނޫނަށް ގެނައި އިސްލާހުގައި [އިސްލާހުގެ ބިލުގައި] އެބައި ބޮޑަށް ހިމަނާފައި މި އޮތީ. އެހެންވީމާ އެ އިސްލާހު ފާހެއް ވެސް ނުވި. ދެން މަޖިލިސް މިހާރު ޗުއްޓީގައި މިއޮތީ. މިހާރު އަޅުގަނޑުމެންގެ ގަވާއިދަށް އަޅުގަނޑުމެން ގެނައި ބަދަލަކީ ނޫސްވެރިންގެ ގޮތުގައި އޮބްޒާވަރުންގެ ގޮތުގައި ކުރިމަތިލައްވާ ފަރާތްތަކުން ސުލޫކީ މިންގަނޑު އެބޭފުޅުންނަށް އެނގިވަޑައިގަންނަވާ ކަމަށް އެބޭފުޅުން އިގުރާރުވެވަޑައިގަތީމާ އެބޭފުޅުންނަށް ހުއްދަދޭނީ. އެގޮތަށް މި ނިންމީ،" ހަބީބް ވިދާޅުވި އެވެ.

އެއީ އޭނާ ވިދާޅުވި ގޮތުގައި ނޫސްވެރިންނާއި އޮބްޒާވަރުންނަށް ލިބޭ ވަރަށް ބޮޑު ލުޔަކަށް ވާނެ އެވެ.

ނޫސްވެރިންނާއި އޮބްޒާވަރުން އަދި ކެންޑިޑޭޓުންގެ މަންދޫބުންނަށް ފަސޭހަތްކޮށްދޭން އީސީން ގެނައި އަނެއް ބަދަލަކީ އެކަންކަމަށް ކުރިމަތިލާން ފިޒިކަލް ފޯމުލާން ޖެހޭ ގޮތަށް އޮތް އޮތުން ބަދަލުކުރުމެވެ. ހަބީބް ވިދާޅުވީ މިހާރު އެ ހުރިހާ ކަމަކަށް ވެސް އޮންލައިންކޮށް ފޯމް ފުރޭނެ ކަމަށެވެ.

ކޮމިޝަނުން ބޭނުން ވަނީ އިންތިހާބުގެ ކަންތައްތައް ހިނގާ ނުހިނގާ ގޮތް ބެލުމުގައި ނޫސްވެރިންނާއި އޮބްޒާވަރުންގެ ދައުރު ވަރަށް ފުޅާކޮށް އޮންނަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިންތިހާބުތައް ކަވަކުރާ ނޫސްވެރިންނާއި މޮނިޓަރުން އީސީން ކުރިއަށް ގެންދާ ތަމްރީނެއް ފުރިހަމަކުރާ ގޮތަށް ގާނޫނަށް ބަދަލު ގެންނަން އީސީން އުޅުމުން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން އޭރު އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތުގައި 3 ބިދޭސީން ބަންދަށް

ހުއްދަނެތި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ އަތުލައިގަނެފަ. މި މީހުން އަތުލައިގަތީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން.

ޖަރުމަނު ކޮންސުލޭޓު ބަންދުކުރީ ސަރުކާރާ ހެދި: ނަޝީދު

ނަޝީދު ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖަރުމަނު ސަރުކާރުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓް ބަންދުކުރީ، އޮނަރަރީ ކޮންސުލްގެ މަގާމަށް ވަކި މީހަކު އައްޔަންކުރުން ދިވެހި ސަރުކާރުން ނުފޫޒު ފޯރުވުމުން.

ޔާމީނަށް ހުކުމް އިއްވުން މި މަހު 29 އަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައިފި. ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅަމުން ވަކީލުން ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ކުށް ސާބިތުވާވަރުގެ ހަރުދަނާ ހެއްކެއް ނެތް ކަމަށް.

މީހުންގެ އަގުވައްޓާލަން އޭސީސީއަށް ހުށަހެޅުން ހުއްޓުވަން އުސޫލެއް

އޭސީސީން ބުނީ އަސާސެއް ނެތް ކަންކަމުގައި މީހުންގެ އަގުވައްޓާލުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް. އީޔޫގެ އެހީތެރިކަމާއެކީ އެކުލަވާލާ މި ސްޓްރެޓެޖީގެ ސަބަބުން ނުބައި ނިޔަތުގައި ހުށަހަޅާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނި.

ގަވާއިދާ ހިލާފަށް ވަދެ އުޅުނު ތިން މަސް ބޯޓު ހިފަހައްޓައިފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި. އަރިއަތޮޅުގެ ހުޅަނގުން އަތުލައިގަތް މި ބޯޓުތައް މިހާރު މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

ގޯތި ދޫކުރުމުގެ އުސޫލު ބަދަލުކޮށް ކުރިމަތިލާން ހުޅުވާލައިފި

ކ. ހުރާއިން 150 ގޯތި ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އަލުން ވަނީ ހުޅުވާލައިފި. އައު އުސޫލުގެ ދަށުން ރަށުގައި ދިރިއުޅޭ އާއިލާތަކަށާއި އުފަން ރަށްވެހިންނަށް އިސްކަންދޭ ގޮތަށް ޕޮއިންޓް ދިނުމުގެ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި.

ރަސްމާލޭގެ ތަންތަން ދާއިމީކުރުމުގެ ފުރުސަތެއް ނެތް: މުއްތަލިބު

ރަސްމާލެ މަޝްރޫއަކީ އިޒްރޭލު މީހުން ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، މުއްތަލިބު ވިދާޅުވީ ބިންތައް އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް. އަދި، މި ޝަހަރުގައި ދިވެހިންގެ ނިސްބަތް ގިނަ ކުރަން ތަންތަން ވިއްކާއިރު ދިވެހިންނަށް އިސްކަން ދޭން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox