ކޭޕާކު މައްސަލަ: ޕާސްޕޯޓު ދޫކޮށްލައި މަމްދޫހު ރާއްޖޭން ބޭރަށް ދިޔުމަށް 45 ދުވަހުގެ ހުއްދައެއް ދީފި

ހަމްބޯ މޯލްޑިވްސްގެ މައިނޯރިޓީ ހިއްސާދާރު މަމްދޫހު (ވ) ; ރާއްޖޭން ބޭރަށް ދިޔުމަށް 45 ދުވަހުގެ ހުއްދައެއް ކޯޓުން ދޫކޮށްފި - ފޮޓޯ: ކޭޕާކު ފޭސްބުކް

ހަމްބޯ މޯލްޑިވްސްގެ މައިނޯރިޓީ ހިއްސާދާރު މަމްދޫހު (ވ) ; ރާއްޖޭން ބޭރަށް ދިޔުމަށް 45 ދުވަހުގެ ހުއްދައެއް ކޯޓުން ދޫކޮށްފި - ފޮޓޯ: ކޭޕާކު ފޭސްބުކް

ހަމްބޯ ކޮރެއާއިން ހުޅުމާލޭގައި އިމާރާތްކުރަމުން އަންނަ ކޭޕާކް ރެސިޑެންސް ވިއްކުމުގެ ތެރެއިން މަކަރު ހަދައި އޮޅުވާލި މައްސަލާގައި ތުހުމަތުކުރެވޭ ހަމްބޯ ކުންފުނީގެ މައިނޯރިޓީ ހިއްސާދާރު ހަސަން މަމްދޫހުގެ ޕާސްޕޯޓު ދޫކޮށް އޭނާ ރާއްޖޭން ބޭރަށް ދިޔުމަށް ކްރިމިނަލް ކޯޓުން 45 ދުވަހުގެ ހުއްދައެއް ދީފި އެވެ.

ކްރިމިނަލް ކޯޓުން ކުރިން އޮތީ، ފުލުހުން އެދިގެން މަމްދޫހުގެ ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރެއް ނެރެދީފަ އެވެ. އެ އަމުރު މުރާޖައާ ކޮށްދިނުމަށް އެދި މަމްދޫހުގެ ފަރާތުން އެދުނީ، ރާއްޖޭން ބޭރުގައި ހުރި އޭނާގެ އާއިލާއާ ބައްދަލުކޮށް އާއިލާގެ ބައެއް ޒަރޫރީ ކަންކަން ހަމަޖައްސަން އޮތުމުން ކަމަށް ބުނެ އެވެ.

ކްރިމިނަލް ކޯޓުގެ ރަޖިސްޓްރާ ސެކްޝަންގެ ލީގަލް އޮފިސަރު އާމިނަތު ނަސްފާ "އަދަދު" ނޫހަށް ވިދާޅުވީ ޒަރޫރީ ހާލަތަށް ރާއްޖޭން ބޭރަށް ފުރުމުގެ ހުއްދަ ކޯޓުން ދިން ނަމަވެސް އެ ޓްރެވެލް ޑޮކިއުމަންޓް ދޫކުރަން ވާނީ 45 ދުވަހުގެ މުއްދަތަކަށް ކަމަށް ކޯޓު އަމުރުގައި ބަޔާންކޮށްފައިވާ ކަމަށެވެ.

"45 ދުވަސް ވުމުގެ ކުރިން، އެ ދަތުރު ނިންމުމަށް ފަހު، ރާއްޖެ އައިސް، ކޯޓަށް އެންގުމަށް އަމުރުކޮށްފައި ވާނެ،" ނަސްފާ ވިދާޅުވި އެވެ.

މަމްދޫހުގެ ޕާސްޕޯޓު ހިފަހައްޓަން ނެރުނު އަމުރު ބާތިލު ކުރި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކުރުމަށް އެދޭނެ ކަމަށް ފުލުހުން ބުންޏެވެ.

ކޭޕާކު ޕްރޮޖެކްޓުގެ މަސައްކަތް ކުރަނީ ކޮރެއާގެ ހަމްބޯ ކުންފުންޏާ ގުޅިގެން އުފެއްދި ހަންބޯ މޯލްޑިވްސްއިންނެވެ. އެ ކުންފުނީގެ 95 ޕަސެންޓު ހިއްސާ އޮންނަނީ ޗައިނާ ރައްޔިތެއް ކަމަށްވާ ޖިން ޝީ ހޫގެ އަތުގަ އެވެ. މަމްދޫހުގެ އޮންނަނީ ކުންފުނީގެ ފަސް ޕަސެންޓު ހިއްސާ އެވެ.

ހަންބޯ ކޮރެއާ އިން ނެރުނު ބަޔާނުގައި ފުލެޓުތައް ގަނެވިއްކުމުގެ އެއްބަސްވުމުގައި މަމްދޫހު ސޮއިކޮށްފައި ވަނީ، މައި ހިއްސާދާރު ޖިން ޝިހޫގެ ސޮއި ފޯޖުކޮށްގެން މަމްދޫހުގެ ވިޔަފާރި ޕާޓްނަރު ޖައިޝަން ސައީދަށް ދިން ކަމަށް ބުނާ ގަރާރެއް ބޭނުންކޮށްގެން ކަމަށް ތުހުމަތުކޮށްފައިވެ އެވެ.

ރައްދުގައި މަމްދޫހު ވެސް ބަޔާނެއް ނެރުނެވެ. އޭގައި މައި ހިއްސާދާރަށް އެތައް ތުހުމަތެއް އޭނާ ކޮށްފައިވެ އެވެ. މަޝްރޫއު ހިންގާފައިވަނީ މީހުން އަތުން ނެގި ފައިސާއިން ކަމަށާއި، މަކަރާއި ހިލާތް ހެދީ މައި ހިއްސާދާރު ކަމަށެވެ. ނަމަވެސް ސޮއި ފޯޖުކުރުމުގެ ތުހުމަތަށް މަމްދޫހުގެ ބަޔާނުގައި ޖަވާބުދީފައެއްނުވެ އެވެ.

ކޯޓު އަމުރަކާއެކު އިމިގްރޭޝަނުން މަމްދޫހުގެ ޕާސްޕޯޓު ހިފަހައްޓައި، މައްސަލައިގެ ތަހުގީގު ފުލުހުން ފަށާފައިވަނީ ހަންބޯ ކޮރެއާގެ ބަޔާނަށް ފަހުގައި އެ މައްސަލަ ތަހުގީގު ކޮށްދިނުމަށް އާބަންކޯއިން ފުލުހުގައި އެދުމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox