ފަލަސްތީނުގެ ޖެނިން ސިޓީއަށް އިޒްރޭލުން ހަމަލާދީ އަށް މީހުން މަރާލައިފި

އިޒްރޭލުގެ ހާހަކަށް ވުރެ ގިނަ ސިފައިން އެ އޮޕަރޭޝަނުގައި ބައިވެރިވޭ. -- ފޮޓޯ: އޭއެފްޕީ

އިޒްރޭލުގެ ހާހަކަށް ވުރެ ގިނަ ސިފައިން އެ އޮޕަރޭޝަނުގައި ބައިވެރިވޭ. -- ފޮޓޯ: އޭއެފްޕީ

އިޒްރޭލުން ގާނޫނާ ހިލާފަށް ވެރިކޮށްގެން އުޅޭ ހުޅަނގު އައްސޭރީގެ ޖެނިން ސިޓީގައި ހޯމަ ދުވަހު ފެށި އަސްކަރީ އޮޕަރޭޝަނެއްގައި ފަލަސްތީނުގެ އަށް މީހުން މަރާލައިފި އެވެ.

އެ ސިޓީގެ އިމާރާތްތަކަށް ވައިގެ ހަމަލާދީ، އަސްކަރީ އުޅަނދުތައް މަގުތަކަށް ނެރިގެން ފެށި އޮޕަރޭޝަނުގައި މަރުވި މީހުންގެ ތެރޭގައި ތިން ކުޑަކުދިން ވެސް ހިމެނެ އެވެ.

ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނީ 50 މީހުންނަށް އަނިޔާވި ކަމަށެވެ. އަނިޔާވި ބައެއް މީހުންގެ ހާލު ގޯސްކަމުން މަރުވާ މީހުންގެ އަދަަދު އިތުރުވާނެ ކަމަށް ބެލެވެ އެވެ.

Advertisement

އޭގެ އިތުރުން ސިއްހީ ފަރުވާދޭ ޕެރެމެޑިކްސްއަށް ވެސް ބައެއް ހިސާބުތަކަށް ދަތުރު ކުރުމަށް އިޒްރޭލް ސިފައިން ހުރަސް އަޅާތީ ފަރުވާ ލަސްވެގެން މީހުން މަރުވުން ވެސް އެކަށީގެންވެ އެވެ.

ޖެނިން ގަވަމަންޓް ހޮސްޕިޓަލްގެ އޮފިޝަލަކު ބުނީ 2002 ވަނަ އަހަރުގެ ފަހުން މިހާ ގިނަ އަދަދެއްގެ ބަޔަކަށް ސީރިއަސް އަނިޔާވެގެން އެއް ފަހަރާ ގެނެސްފައި ނުވާ ކަމަށެވެ.

އިޒްރޭލުގެ ސިފައިން ޕެރެމެޑިކްސްއަށް އަމާޒުކޮށް ބަޑި ޖެހި ކަމަށް ފަލަސްތީނުގެ ރެޑް ކްރެސެންޓުން ބުނާ އިރު، އަލް އަރަބީ ޓީވީން ބުނީ ނޫސްވެރިންނަށް އަމާޒުކޮށް ބަޑި ޖަހައި ތަކެއްޗަށް ގެއްލުންދީފައިވާ ކަމަށެވެ.

ހޯމަ ދުވަަހު ހެނދުނު އިޒްރޭލް ސިފައިން ނެރުނު ބަޔާނެއްގައި ބުނީ ޖެނިން ސަރަހައްދުގައި ބޮޑު އޮޕަރޭޝަނެއް ހިންގަނީ ހާހަކަށް ވުރެ ގިނަ ސިފައިންގެ ބައިވެރިވުމާ އެކު ކަމަށެވެ.

ޖެނިންގައި އުޅޭ އެންމެ ބޮޑު އަސްކަރީ ގްރޫޕަކީ 2021 ގައި އުފެދުނު ޖެނިން ބްރިގޭޑްސް އެވެ. އެ ގްރޫޕުން ބުނީ އިޒްރޭލް ސިފައިންނަށް ރައްދު ދޭނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓްރަމްޕްގެ ތާއީދާއެކު ޖެންސަން ހުއަންގް އަލުން ސީއީއޯގެ މަގާމަށް

ހުއަންގް މަގާމުން އިސްތިއުފާ ދެއްވީ މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން، އޭނާގެ އަމިއްލަ ދިރިއުޅުމާ ގުޅޭ ސީރިއަސް ތުހުމަތުތަކެއް ފެންމަތިވުމާ ގުޅިގެންނެވެ. އޭގެ ތެރޭގައި ޗައިނާގެ ޖާސޫސީ އިދާރާއަކާ ގުޅުން އޮތް ކަމަށް އެމެރިކާގެ އިންޓެލިޖެންސުން ތުހުމަތުކުރާ އަންހެނަކާ އެކު ބޭއްވި ގުޅުމެއް ހިމެނެއެވެ.

ދެކުނު ކޮރެއާގެ އެޑިއުކޭޝަން މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ދެކުނު ކޮރެއާގެ ޔުނިވާސިޓީތަކަށް ވަނުމަށް ބާއްވާ އިމްތިހާނުގައި އޭއައި ބޭނުންކޮށްގެން މަކަރުހެދި މައްސަލައެއް ފެންމަތިވުމާ ގުޅިގެން، އެ ގައުމުގެ އެޑިއުކޭޝަން މިނިސްޓަރު މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. މި ހާދިސާއާ ގުޅިގެން މަކަރުހެދުން ހުއްޓުވުމަށް ސަރުކާރުން ވަނީ ކާރިސާތަކުގައި ބޭނުންކުރާ އެލާޓް ނިޒާމު މެދުވެރިކޮށް ކުއްލި ފިޔަވަޅުތަކެއް އަޅާފައެވެ. މިނިސްޓަރު އިސްތިއުފާ ދެއްވީ އިމްތިހާނުގެ ކަންކަން ރޭވުމުގައި ފެއިލްވެފައިވާ ކަމަށް އަމާޒުވި ފާޑުކިޔުންތަކުގެ ޒިންމާ ނެންގެވުމުގެ ގޮތުންނެވެ.

ރަޝިއާގެ މަނަވަރަކަށް ޑްރޯން ހަމަލާއެއް ދީ ފައްތާލައިފި

ލީބިޔާގެ ބެންގާޒީ ބަނދަރުގައި އޮތް ރަޝިއާގެ އަސްކަރީ މަނަވަރަކަށް ޑްރޯން ހަމަލާއެއްދީ ފައްތާލުމާ ގުޅިގެން، އެ ގައުމުގެ އިރުމަތީ ސަރުކާރުން އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ. މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވި ނަމަވެސް، މިއީ ލީބިޔާގެ އިސްތިގުލާލަށް އަރައިގަތުން ކަމަށް އެ ސަރުކާރުން ވަނީ ސިފަކޮށްފައެވެ.

ކޮޕް31 ނާކާމިޔާބުވެ، މޫސުމީ ރައްކާތެރިކަމުގެ އުންމީދު ފަނޑުވެއްޖެ

ތުރުކީވިލާތުގައި ބޭއްވި ކޮޕް31 ބައްދަލުވުން، ތެލާއި ގޭސް ބޭނުންކުރުމާ މެދު އުފެދުނު ހިޔާލުތަފާތުވުންތަކާއި މާލީ އެހީގެ މައްސަލައިގައި އެއްބަސްވުމަކަށް ނާދެވި ނާކާމިޔާބުވެއްޖެއެވެ. މިއީ 2009 ވަނަ އަހަރަށްފަހު މިފަދަ ސިޔާސީ އެއްބަސްވުމެއް ފޭލްވި ފުރަތަމަ ފަހަރު ކަމަށްވާއިރު، މީގެ ސަބަބުން މޫސުމީ ރައްކާތެރިކަމަށް ކުރާ އުންމީދުތަކަށް ވަނީ ބޮޑު ހުރަހެއް އެޅިފައެވެ.

އެއްބަސްވުމަކަށް ނާދެވި ކޮޕް31 ގެ މަޝްވަރާތައް ހުއްޓުމަކަށް

ތުރުކީވިލާތުގައި ކުރިއަށްދާ ކޮޕް31 ސަމިޓުގައި ފޮސިލް ފިއުލް ބޭނުންކުރުން މަދުކުރުމާއި މޫސުމީ އެހީގެ ފައިސާއާ މެދު ގައުމުތަކުގެ މެދުގައި އުފެދުނު ހިޔާލުތަފާތުވުންތަކާ ހުރެ، އެއްބަސްވުމަކަށް ނާދެވި މަޝްވަރާތައް ވަނީ ހުއްޓުމަކަށް އައިސްފައެވެ. ކަނޑައެޅިފައިވާ ވަގުތަށް ވުރެ އިތުރަށް މަޝްވަރާތައް ދިގުލައިގެން ގޮސްފައިވާއިރު، ހުރިހާ ގައުމަކުން އިއްތިފާގުވާ އެއްބަސްވުމަކަށް ނާދެވިއްޖެނަމަ އެއްވެސް ނަތީޖާއެއް ނުނެރެ ސަމިޓް ނިންމާލަން ޖެހިދާނެއެވެ.

އެފްބީއައިގެ މައި ޑޭޓާބޭސްއެއް ހެކްކޮށްފި

އެމެރިކާގެ ތަހުގީގީ އިދާރާ އެފްބީއައިގެ ކުށްވެރިންގެ މައުލޫމާތު ރައްކާކުރާ މައި ޑޭޓާބޭސްއަށް ހެކަރުން ވަދެފައިވާ ކަމަށް ބެލެވޭ މައްސަލައެއް އެ އިދާރާއިން ތަހުގީގު ކުރަން ފަށައިފިއެވެ. މި ހާދިސާއާ ގުޅިގެން ވައިޓް ހައުސްގެ ނޭޝަނަލް ސައިބާ ޑައިރެކްޓަރު މަގާމުން ވަކިކޮށްފައިވާއިރު، މިއީ އެފްބީއައިގެ ނިޒާމުތަކަށް ހެކަރުންގެ ހަމަލާއެއް އަމާޒުވި ފުރަތަމަ ފަހަރެއް ނޫނެވެ.

ވޮޝިންގްޓަންގެ އިސްތަށިކޮޅެއް 4،000 ޑޮލަރަށް ވިއްކާލައިފި

އެމެރިކާގެ ފުރަތަމަ ރައީސް ޖޯޖް ވޮޝިންގްޓަންގެ އިސްތަށިކޮޅެއް ނީލަމެއްގައި 4،000 ޑޮލަރަށް ވިއްކާލައިފިއެވެ. މި އިސްތަށިކޮޅަކީ 1799 ވަނަ އަހަރު އޭނާ އަވަހާރަވުމުގެ ކުޑަދުވަސްކޮޅެއް ކުރިން އެކުވެރިއަކަށް ދެއްވި ތާރީޚީ އާސާރީ އެއްޗެކެވެ. މީގެ ކުރިންވެސް ވޮޝިންގްޓަންގެ އިސްތަށިކޮޅުތަކާއި އޭނާއާ ގުޅުންހުރި ތަކެތި ނީލަމުގައި ބޮޑު އަގުގައި ވިއްކާފައިވެއެވެ.

Newsletter

Get the latest news delivered straight to your inbox