ޖޫން މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ލައްކައަކާ ގާތްކޮށްފި އެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު މި މަހުގެ އެކަކުން 21 ވަނަ ދުވަހުގެ ނިޔަލަށް 95000 އަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ. ހުޅަނގު މޫސުމާ ދިމާވާތީ، ޖޫން މަހާއި ޖުލައިމަހަކީ ރާއްޖޭގެ ޓޫރިޒަމްގައި އާއްމު ގޮތެއްގައި "އޯފްސީޒަން" ކަމަށްއ ބަލާ ދުވަސްވަރަށް ވާތީ މިއީ ނިސްބަތުން ބޮޑު އަދަދެެކެވެ.
ތަފާސްހިސާބުތައް ދައްކާ ގޮތުގައި, މިދިޔަ އަހަރުގެ ޖޫން 21, އާ ހަމައަށް ރާއްޖެއަށް ޒިޔާރަތް ކުރީ 45،958 ފަތުރުވެރިންނެވެ. އޭގެ ކުރީ އަަހަރުގެ އެ މުއްދަތުގައި 92،519 ފަތުރުވެރިން ޒިޔާރަތް ކުރި އެވެ.
މިއަހަރުގެ ޖޫން މަހުގެ 14، އާ ހަމައަށް ރާއްޖެ ފަތުރުވެރިންގެ އަދަދަކީ މިދިޔަ އަހަރާ އަޅާބަލާއިރު 3.5 ޕަސަންޓުގެ ކުރިއެރުމެކެވެ.
ފުރަތަމަ ހަ މަހު ރާއްޖެ ޒިޔާރަތް ކުރި ފަތުރުވެރިންގެ ޖުމްލަ އަދަދު މިހާރު ވަނީ ނުވަ ލައްކައާ ގާތް ކޮށްފަ އެވެ.

މީގެ ކުރިން ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓުގެ އެންމެ ކުރީގައި އޮންނަ އެއް ގައުމު ކަމަށްވާ ޗައިނާ ހުޅުވާލައި، އެ ގައުމުން ސީދާ ފްލައިޓުތައް ރާއްޖެއަށް ދަތުރުކުރަންް ފެށުމާއެކު ވަނީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ދަތުރުކުރާ 10 ގައުމުގެ ލިސްޓުގެ ހަ ވަނައިން ޖާގަ ހޯދާފަ އެވެ.
ކޮވިޑުގެ ކުރިން ރާއްޖޭގެ ފަތުރުވެރިކަން ހުރި މިންވަރަށް އިއާދަވެފައިވާއިރު، މިއަހަރު ރާއްޖޭގެ މާކެޓްގެ އެންމެ ބޮޑު ހިއްސާއެއް އޮތީ އިންޑިއާގަ އެވެ. އެއަށްފަހު ރަޝިޔާ، ޔޫކޭ, ޖަރުމަނު އަދި އިޓަލީން ވެސް ގިނަ އަދަދަކަށް ފަތުރުވެރިން އާދެ އެވެ.
މި އަހަރު ރާއްޖެ މާކެޓް އެންމެ ބޮޑު ހިއްސާއެއް އޮތް އިންޑިއާއިން މިހާތަނަށް ރާއްޖެއަށް 101,348 ފަތުރުވެރިން އައިސްފައިވެ އެވެ. އަދި ދެ ވަނަގައި އޮތް އިޓަލީން މިއަހަރު 100,593 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ.
ފަތުރުވެރިކަން ދުވަހަކަށްވުރެ ދުވަހެއް ރަނގަޅުވަމުން އަންނައިރު، ރާއްޖޭގައި އޮޕަރޭޝަނަލް ކެޕޭސިޓީގައި 60,818 އެނދު އެބަހުއްޓެވެ. އޭގެ ތެރޭގައި 170 ރިސޯޓުގެ 41،263 އެނދާއި 13 ހޮޓެލެއްގެ 1640 އެނދާއި 901 ގެސްޓްހައުސްއެއްގެ 14,790 އެނދު އަދި 160 ސަފާރީއެއްގެ 3,125 އެނދު ހިމެނެ އެވެ.











