ސަމާސާ ބޭސްވެރިކަން

-- އާޓްވޯކް: ރައްޔާން މުހައްމަދު/އަދަދު

-- އާޓްވޯކް: ރައްޔާން މުހައްމަދު/އަދަދު

ގޭތެރޭގައި މީހަކު ދަތެއްގައި ރިއްސާތީ އުޅުނު ދުވަހެކެވެ. އޭނާގެ ޙާލަތު ގޭތެރޭގެ މީހުން ގާތު ބުނެދޭ އިރަށް، ކޮންމެ މީހަކުވެސް އެ ތަދަށް ލުޔެއް ލިބޭތޯ ކުރެވިދާނޭ ކޮންމެވެސް ކަމެއް ކިޔައިދެމުންދިޔައެވެ. މިހެން ގޮސް ދޮންކާފަޔާ ހިސާބަށް ދިޔަތަނާ، މޫނުމަތީގެ ކުލަވަރަށް ބަދަލެއްވެސް ނުގެނެސް ބުނީ މިހެންނެވެ.

"ދަތުގައި ރިހޭނަމަ ހަދާ ބޭސް މުޖައްރިބު. ދަތްކުރަނދުފަތު ދިޔައިގައި ދަތްދަގަނޑު ގާނާފައި ދައްޖާލުގެ ބުރަކަށީގައި ވަށާންވީ"

މޭޒުދޮށުގައި ތިބި އެއްބަޔަކަށް މި ކީ އެއްޗެއް ފަހުމު ނުވެގެން އުޅެނިކޮށް، ދެންތިބި މީހުން ޕަކަ ޕަކަ އަޅާފައި ހޭންފަށައިފިއެވެ. އެހެންޏާ އެ ބުނީ ދަތްކުރަނދު ފަތު ދިޔައިގައި ދަތްދަގަނޑު ގާނާފައި އަދި އެ ގެންގޮސް ދައްޖާލުގެ ބުރަކަށީގައި ހާކާށޭ ވިއްޔާއެވެ.

Advertisement

ބުނެވޭ ގޮތުގައި މި ފަދަ ސަމާސާ "ބޭސްފަރުވާ" ކިޔައިދިނުމަކީ އިހުގައި ޢާއްމު ކަމެކެވެ. ޚާއްޞަކޮށް، ކުޑަކުއްޖަކު، ރިހޭ ކޮންމެވެސް ތަނެއްގެ ޝަކުވާ ބަންނަން އަތުވެއްޖެނަމަ އެކުއްޖާ ލޮއްސައި ހެއްވާލުމަށް، މި ފަދަ ސަމާސާ ޢިބާރާތްތައް ކިޔައި އުޅެއެވެ. މިއަދު އަޅުގަނޑު މި ގަސްދުކުރަނީ މި ފަދަ ދެތިން ޢިބާރާތެއްގެ މައްޗަށް ނަޒަރު ހިންގާލާށެވެ.

ފުރަތަމަ، އިސްވެދިޔަ ޢިބާރާތްކޮޅު ބާރަށް ކިޔާލަމާ ހިނގާށެވެ. އަޑުހަރުކޮށް ކިޔާލުމުން ފާހަގަކުރެވޭ އެއް ސިފައަކީ ތަކުރާރުވާ އަޑުތަކެއް ހުރި ކަމެވެ. "ދަތް" މި ލަފުޒު ތަކުރާރުކޮށްފައިވާ ހުނަރުވެރި ގޮތެވެ. "ދަތްދަގަނޑު" އަދި "ދަތްކުރަނދުފަތް" ކިޔާއިރު އެ އަޑު ތަކުރާރުވެއެވެ. އަދި މި ބުނުން ބޭނުންކުރާއިރު ދައްޖާލުގެ ނަންވެސް ކިޔާކަމަށްވަނީ "ދަތްޖާލު" މި ގޮތަށެވެ. މި ގޮތަށް އެއް ޢިބާރާތެއްގައި އެއް އަޑުތަކެއް ތަކުރާރުކުރުމަކީ އެ ޢިބާރާތެއް ހިތަށް ނަގައިގަންނަން ފަސޭހަކުރަން ބޭނުންކުރެވޭ މުޖައްރިބު އުކުޅެކެވެ.

މިހާ ހިސާބުން މި ބުނާ އެއްޗެއްގެ މާނައާމެދު ވިސްނާލަމާ ހިނގާށެވެ. ދަތްކުރަނދަކީ ރީނދޫކުލައިގެ މަލެއް އަޅާ ގަހެކެވެ. މިއީ ފަތްބޯ، ދެތިން ފޫޓައް ވުރެ ދިގު ނުވާ ގަހެކެވެ. ދަތްދަގަނޑަކީ މޮހޮރު ނެގުމަށާއި އެއްޗިހި މަތާލުމަށް ފަތިކޮށް، ދެކަފިވެފައި ހުންނަ ގޮތަށް ދަގަނޑުން ހަދާފައި ހުންނަ އެއްޗެކެވެ. އެންމެ ފަސޭހައިން ސިފަކުރެވޭނީ މަރުތޭލުގައި ދެ ކޮޅު އޮންނައިރު، މޮހޮރު ޖަހަން ޖަހާކޮޅު ނޫން އަނެއްކޮޅު ސިފަކޮށްލުމުންނެވެ. ކޮންމެއަކަސް މި ބުނުމުގައި މި ބުނަނީ ދަތްކުރަނދުފަތުގެ ދިޔައިގައި އެކަހަލަ ދަތްދަގަނޑެއް ގާނާށޭއެވެ. އަދި އެވަރުން ނިމުނީކީ ނޫނެވެ. އެ އުނގުޅާން މި ޖެހެނީ ރިހޭ ދަތުގައެއް ނޫނެވެ. ދައްޖާލުގެ ބުރަކަށީގައެވެ. ހައްތަހާވެސް ނުކުރެވޭނޭ ކަންކަމެވެ.

އެހެން ބުނުމެކެވެ. މި ފަހަރު ކަރުގައި ރިހޭނަމަ ކަން ކުރާންވީ ގޮތެވެ.

"ކަރުގައިރިހޭނަމަ ހަދާބޭސް މުޖައްރިބު. ކަރުކާށިތެލުގައި ކަރުދާސް ގާނާފައި ސަރުދާރުގޭ ބޮޑު ދޮރޯށީގައި ވަށާންވީ."

މި ފަހަރުވެސް އެއް ބަހަވީ އުކުޅުތަކެކެވެ. ޅެމެއް ނޫނެއް ކަމަކު "ކަރުކާށިތެޔޮ"، "ކަރުދާސް" އަދި "ސަރުދާރު" މި ލަފުޒުތަކުގައި ބަނޑުވައްއަކުރާއި ކާފިޔާ ވަނީ ހަމަކޮށްފައެވެ. އަނެއްކާވެސް ނުކުރާނޭ ކަހަލަ ކަންކަމެވެ. އަދި ކުރިއަސް އެއަކުން އެ ރިހޭ ކަރަކަށް އެއްވެސް އަސަރެއް ކުރާނޭ ކަންކަމެއް ނޫނެވެ.

އެހެން ފަރުވާއެކެވެ. މި ފަހަރު އަދި ކުރަން މާ އުނދަގޫ ކަންތައްތަކެވެ. މި ފަހަރު މި ރިހެނީކީވެސް އާދައިގެ ތަންތަނުގައެއް ނޫނެވެ. ތުރާ ތަންތަނުގައެވެ. ބުނެ އުޅުނު ކަމަށް ވެއެވެ.

"ތުރާ ތަންތަނުގައި ރިހޭ ނަމަ ހަދާ ބޭސް މުޖައްރިބު. މުރާކިފަތު ދިޔައިގައި ކުރާވައްގަނޑު ގާނާފައި ފުރާދުއްވާ ތަކެތީގައި ވަށާންވީ."

މިފަހަރު ތަކުރާރުވަނީ އުބުފިއްޔާއި އާބާފިއްޔެވެ. "ތުރާ"، "މުރާކި" އަދި "ފުރާ" ކިޔާއިރު ކާފިޔާ ހަމަވެފައި އޮތުމުގެ އިތުރުން ބަނޑުވައްއަކުރުގެ އަޑު ތަކުރާރުވާތީ މި ޢިބާރާތްތައް ފަސޭހައިން ހިތަށް ނަގައިގަނެވޭ ގޮތެއް ހުރެއެވެ. މި ފަހަރު ބޭސްހަދަން މި ޖެހެނީ މުރާކިފަތު ދިޔައިގައި ސައިކުރަލުގައި ފެން އޮއްސުމަށް ހަރުކޮށްފައި ހުންނަ ވައްގަނޑު ގާނައިގެންނެވެ. ދެން މި އުނގުޅަން މި ޖެހުނީ ފުރާދުއްވާ އުޅަނދުފަހަރުގައެވެ. އޭރުން ތުރާ ތަންތަނުގެ ރިހުން ކެނޑޭނެޔޯލައެވެ. މި "ފަރުވާ"އިން ގައިގައި ހުރި ރިހުމެއް ނުކެނޑުނަސް، މޫނުމައްޗަށް ހިނިތުންވުމެއް ގެނުވާނެކަން ގައިމެވެ.

ދެން މި އޮތީ ތަންކޮޅެއް ތަފާތު ކަމަކަށެވެ. އެހެންނަމަވެސް ކުޑަކުދިން ކުޅެން އުޅޭއިރު ވަރަށް ގިނައިން އަޑުއިވޭ ޝަކުވާއެކެވެ. ތަނަކުން ވެއްޓި ކަށިމަތި މަށައިގެން ދާ ވާހަކައެވެ. ބުނެ އުޅުނު ކަމަށްވެއެވެ.

"ތޮށިމަތީގައި ދުވަނިކޮށް ތޮށިމައްޗަށް ވެއްޓި ކަށިމަތި ހަލާކުވެއްޖެނަމަ ހަދާބޭސް މުޖައްރިބު. ބަޑިފަނު ދިޔައިގައި ތަށިމުށި ގާނާފައި އަށިއޮޅީގައި ވަށާނީ."

މި ފަހަރު ތަކުރާރުވަނީ އަބަފިއްޔާއި އުބުފިލީގެ ކާފިޔާއަކާއި، "ށި" މި އަޑެވެ. "ތޮށި"، "ތަށި" އަދި "އަށި" މި ލަފުޒުތަކުގައި އަކުރާއި ފިލީގެ އަޑު އެއްގޮތްވުމުން، މި ސަމާސާ ހަނދާނުގައި ބަހައްޓަން ފަސޭހަކޮށްދެއެވެ. ބަޑިފަނަކީ ފުޅަފުގައްޔާއި ދޯނިފަހަރުގައި ޖަހާ ފަނެކެވެ. މި ސަމާސާގައި މި ބުނަނީ އެފަދަ ފަނެއްގެ ފަންވަތްތަކުން ދިޔަ ފެލައިގެން، ގޭގޭގެ ތަޅުންގަނޑާއި ބިތްބިތުގައި ޖަހާ ތަށިމުށި އޭގައި ގޭނުމަށެވެ. ދެން އެ ވަށަންވީ އަށިއޮޅީގަޔޯލައެވެ.

މި ބުނުންތަކުގެ އިތުރުންވެސް، އެކި ހިސާބުގަނޑުގައި ކިޔައި އުޅޭ މި ފަދަ އެތައް ބުނުމެއް ހުންނާނޭކަން ގައިމެވެ. މި ބުނުންތައް ލިޔުމުގައިވެސް ކުށް ހުރުން އެކަށީގެންވެއެވެ. ތުންތުންމަތިން ކިޔައި އުޅޭ މި ފަދަ "ވަރބަލް ފޯކްލޯރަކީ" އޭގައި ތަފާތު ހުންނާނޭ އެއްޗެކެވެ. ކުށެއް ވާނަމަ އިސްލާޙުކޮށްދެއްވައްޗެވެ. ތިޔަ ކިޔުންތެރިން ދަންނަ މި ފަދަ ބުނުންތައް ހިއްސާވެސް ކޮށްދެއްވައްޗެވެ. ދިވެހި އާދަކާދައިގައި ހިމެނޭ މި ފަދަ ކުދި ކުދި ކަންތައްތަކަކީވެސް ދިވެހި ޘަޤާފަތައް އިތުރު މުއްސަނދިކަން ގެނުވައި، ބަހަށް ދިރުން ގެނެސްދޭ ކަންތައްތަކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ކޮލަމް: ރައީސް މުއިއްޒު ހުވަޔާ ހިލާފުވެވަޑައިގެންފި

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ކުރެއްވި ހުވަޔާ ޚިލާފުވެ، ގައުމުގެ މިސްރާބު ހަލާކުގެ ތެރެއަށް އުކާލާފައިވާ ކަމަށް މި ލިޔުމުގައި ތުހުމަތުކޮށްފައިވެއެވެ. ވަކިން ހާއްސަކޮށް، ސަމޯއާ އެގްރީމެންޓުގައި ސޮއިކުރުމާއި ޒަޔަނިސްޓުންނަށް ފުރުސަތު ދިނުން ފަދަ ކަންކަމަކީ އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމުގެ ހުވަޔާ ކަނޑައެޅިގެން ޚިލާފު އަމަލުތަކެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ.

ވިކެމުންދާ ގޮފަޅުން ގިނަވެއްޖެނަމަ، ދީނެއް ގައުމެއް ނުއޮންނާނެ!

ދިވެހިރާއްޖޭގެ ނާޒުކު ކުޑަކުޑަ އެހެނަސް އަގުހުރި ބިމުގެ ފައްސަތޭކަ ހެކްޓަރު ޔަހޫދީންގެ މިތުރަކަށް ދިނުމަށްވުރެ ވަކީން ބޮޑީ ކޮން ޚިޔާނާތެއްތޯ އެވެ؟ އަދި އެޔަށްވުރެ ދަށު ދަރަޖައިގެ އެހެން އަމަލަކީ ވެސް ކޮބާތޯ އެވެ؟ ޒަޔަނިސްޓުންނާ އެޔަށްވުރެ ކައިރިއަށް އެޅޭނެ އެހެން ފިޔަވަޅަކީ ވެސް ފަހެ ކޮބާތޯ އެވ

ރަސްމާލެ މައްސަލަ؛ ގައުމީ ސަލާމަތަށް ނުރައްކަލަކަށް

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ޓެރަރިޒަމްގެ އަމަލެއް ހިންގަން ގޮވާލި މީހަކު ހައްޔަރުކުރުމާ ގުޅިގެން، މި މަޝްރޫއާ މެދު އޮތް ހިތްހަމަނުޖެހުންތައް އަނިޔާވެރި އަމަލުތަކަކަށް ބަދަލުވުމުގެ ބިރު ވަނީ ބޮޑުވެފައެވެ. ސަރުކާރުގެ ނިންމުންތަކާ މެދު އޮތް ސިޔާސީ ހިޔާލުތަފާތުވުންތައް، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ހަރުކަށި ފިކުރުގެ އަމަލުތަކަށް މަގުފަހިވެދާނެތީ އެކަމަށް ސަމާލުވާން ޖެހެއެވެ.

ރަސްކަމުގައި ދެމިހުރުމަށް ކުޅުނު ނުރައްކާތެރި ސިޔާސީ ކުޅިގަނޑު

އިންޑިއާ ކަނޑުތެރޭ ފެތުރިފައިވާ ނާޒުކު މުރަކަ ފަރުތަކުގެ ނަލަ ނަލަ ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ މި ގައުމަކީ އެޒަމާނުގައި މުހިންމު ބޭނުންތައް ހިފޭ ވަރަށް އަގުހުރި ތަކެތި ލިބޭ އުފެއްދުންތެރި ޖަޒީރާތަކެކެވެ.

އަނިޔާގެ ވާހަކަތައް ސިއްރުކުރުމުގެ ސަގާފަތް ހުއްޓާލަން ޖެހޭ

ހުވަދު އަތޮޅުގެ ރަށެއްގައި އަންހެނަކަށް ދިން ލާއިންސާނީ އަނިޔާތަކާ ގުޅިގެން ނުވަ މީހަކު ހައްޔަރުކޮށްފައިވާއިރު، މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި އަނިޔާ ލިބުނު މީހާ ކުށްވެރިކޮށް ފާޑުކިޔުން ވަނީ އިތުރުވެފައެވެ. ޖިންސީ އަނިޔާގެ ޒިންމާ އަނިޔާ ލިބޭ މީހާގެ ބޮލުގައި އެޅުވުމުގެ މި ނުރައްކާތެރި ސަގާފަތް ހުއްޓާލައި، ކުށް ކުރާ މީހުން ޒިންމާދާރުކުރުވުމަށް އިސްކަންދޭން ޖެހެއެވެ.

މުއިއްޒުގެ ޝަހުސިއްޔަތާއި، ނަފުސިއްޔަތު އަދި ޒާތީ މައްސަލަތައް

މި ލިޔުމުގައި އަލިއަޅުވާލާފައިވަނީ ރައީސް މުއިއްޒުގެ ވެރިކަމުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ނުފޫޒު އިންތިހާއަށް ގަދަވެފައިވާ ކަމަށާއި، މިއީ ގައުމަށް އޮތް ގޮންޖެހުމެއް ކަމަށެވެ. އަދި ރައީސްގެ ކިބައިގައި ހިކުމަތްތެރިކަމާއި ސިޔާސީ ގާބިލުކަން ކުޑަވުމުގެ ސަބަބުން، ފަސްޓް ލޭޑީގެ ދައުރު އޮންނަންޖެހޭ މިންވަރަށް ވުރެ ބޮޑުވެ، ދައުލަތުގެ ކަންކަމުގެ ތެރެއަށް ނުފޫޒު ފޯރުވަމުންދާކަން މި ލިޔުމުގައި ފާހަގަކޮށްފައިވެއެވެ.

ޖަމިއްޔަތުއްސަލަފުގެ ބަޔާން ލަސްވަނީ ކީއްވެތޯ އެވެ؟

ޖަމިއްޔަތުއްސަލަފް ބަދަލުވެފައިވާ މިންވަރަށް ބަލާއިރު، ރަސްމާލެ ޕްރޮޖެކްޓާމެދު އައު ތަނަވަސް ވިސްނުމެއް އޮތުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް އެކަން ހާމަކުރުމުގެ ޒިންމާ އަދާކުރުމުގައި ފަހަތަށް ޖެހެނީ ކީއްވެތޯ އެވެ؟

Newsletter

Get the latest news delivered straight to your inbox