ޑިމޮކްްރެޓުންނާއި ޕީޕީއެމް އެކުގައި ސަރުކާރާ ދެކޮޅަށް އަޑުއުފުލަން މުޒާހަރާގައި

މިރޭ ކުރިއަށްގެންދިޔަ އިހުތިޖާޖުގެ ތެރެއިން. މިއީ ދެ ޕާޓީން އެކުގައި މުޒާހަރާ ކުރި ފުރަތަމަ ފަހަރު ----

މިރޭ ކުރިއަށްގެންދިޔަ އިހުތިޖާޖުގެ ތެރެއިން. މިއީ ދެ ޕާޓީން އެކުގައި މުޒާހަރާ ކުރި ފުރަތަމަ ފަހަރު ----

އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނާ އެކު ވެރިކަންްކުރާ އެމްޑީޕީގެ ތެރޭގައި އުފެދުނު ހަމަނުޖެހުންތަކަށް ފަހު އެޕާޓީގެ ކުރީ ސަފުގައި އުޅުއްވި ބޭފުޅުންްތަކެއް އިސްވެ އުފައްދާ "ދަ ޑިމޮކްރެޓްސް" ގެ މެމްބަރުން ސަރުކާރާ ދެކޮޅަށް މިރޭ އަޑުއުފުލަން ފަށައިފި އެވެ.

މީގެ ކުރިން އިދިކޮޅު ކޯލިޝަނުގެ އެއްވުންތަކުގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނަށް ނިސްބަތްވި މެމްބަރުން ބައިވެރިވެފައި ނުވެ އެވެ. އެހެން ނަމަވެސް, އެމްޑީޕީގެ ތެރޭގައި އުފެދުނު ހިޔާލު ތަފާތުވުންތަކަށް ފަހު ޕާޓީ ބައިބައިވެ ސަރުކާރުން ވަކިވި ފަހުން "ފިކުރެއްގެ ދިރުން" އިން ގެންދަނީ އިދިކޮޅާ އެކު މަސައްކަތް ކުރަމުންނެވެ.

މިއީ, ފުރަތަމަ ފަހަރަށް މުޒާހަރާއެއްގައި އިދިކޮޅާ އެކު ޑިމޮކްރެޓުން ބައިވެރިވި ފުރަތަމަ ފަހަރެވެ. ކުރީގެ އެމްޑީޕީގެ ހަރުގެ އަދި މިހާރު ޑިމޮކްރެޓުން ބޭނުންކުރާ ހަރުގެ ކުރިމަތީގައި މިރޭ ދެ ޕާޓީގެ ސަޕޯޓަރުން ވެސް ސަރުކާރާ ދެކޮޅަށް އަޑުއުފުލާފައިވެ އެވެ.

އެގޮތުން, ޕީޕީއެމްގެ ލީޑާޝިޕާއި ޑިމޮކްރެޓްސްގެ ލީޑާޝިޕް ވަނީ ސަލާންކޮށް އެއް ބަޔަކު އަނެއް ބަޔަކަށް މަރުހަބާ ކިޔާފަ އެވެ. ދެ ޕާޓީގެ މަޖިލިސް މެމްބަރުން މަޖިލީހުގައި ވެސް މިހާރު ހަރަކާތްތެރިވަމުން ދަނީ އެއްކޮށެވެ. އެ ސަރަހައްދުން މީހުން ފޮނުވާލުމަށް ފުލުހުން ވެސް ހަރަކާތްތެރިވި އެވެ.

މިރޭގެ މުޒާހަރާގެ ތެރެއިން ބައެއް މީހުން ހައްޔަރުކުރި މަންޒަރު ފެނުނު ނަމަވެސް މިހާތަނަށް ހައްޔަރުކުރި މީހުންގެ އަދަދު ފުލުހުން ހާމަކޮށްފައި ނުވާތީ ކަށަވަރު ކުރެވިފައި ނުވެ އެވެ.

ޑިމޮކްރެޓުން އުފެއްދުމަށް އިސްކޮށް ހަރަކާތްތެރިވާ ބޭފުޅުންނާއި އެ ޕާޓީގެ މެމްބަރުން އިހުތިޖާޖު ކުރަމުންދަނީ ޕާޓީ އުފެއްދުމަށް ބާއްވާ ޖަލްސާއަށް ހުއްދަ ނުދީގެންނެވެ.

ސިޔާސީ ޕާޓީ އުފެއްދުމަށް ބޭނުންވާ އަދަދަށް ފޯމު ހަމަކޮށް އީސީއަށް ހުށަހެޅި ނަމަވެސް އީސީގެ ބައްދަލުވުމުގައި ޑިމޮކްރެޓުންނަށް ހުއްދަ ދޭން ފާސްވެފައި ނުވެ އެވެ. ހަތަރު މެމްބަރުން ބައިވެރިވި ބައްދަލުވުމުގައި ކޮންމެ ކޮޅަކަށް ދެ ވޯޓު ލިބި ވަނީ އެއްވަރުވެފަ އެވެ.

ޑިމޮކްރެޓުން ތުހުމަތުކުރާ ގޮތުގައި ސަރުކާރުން ދަނީ އެ ޕާޓީ އުފެއްދުން ހުއްޓުވުމަށް މަސައްކަތް ކުރަމުންނެވެ. އޭގެ ތެރެއިން އީސީއަށް ނުފޫޒު ފޯރުވައި ރެޖިސްޓްރޭޝަން މުއްދަތު ދަންމާލައި އިންތިހާބަށް ކެންޑިޑޭޓަކު ނެރުމުގެ ފުރުސަތު ނަގާލުމަށް މަސައްކަތް ކުރާ ކަމަށް ޑިމޮކްރެޓުން ތުހުމަތު ކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިކުއިޓީ ހިލޭ ކުރާ ޕްރޮގްރާމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

އެ ޕްރޮގްރާމުގެ ދަށުން މާލޭގައި ގެދޮރު އިމާރާތް ކުރަން ބޭނުންވާ ނަމަ އެއް މިލިއަން ރުފިޔާއާ ހަމައަށް ސަރުކާރުން ހިލޭ ފައިސާ ދޭނެ އެވެ. އަދި ރަށެއްގައި ނަމަ ދެ ލައްކަ ރުފިޔާއާ ހަމައަށް ހިލޭ ފައިސާ ދޭނެ އެވެ.

ބީއެމްއެލްގެ ހައުސިން ލޯނުގެ އިކުއިޓީ ކުޑަކޮށްފި

ތިން މިލިއަން ރުފިޔާ ނުވަތަ އެއަށް ވުރެ ދަށުގެ ލޯނުތަކަށް ނަގާ އިކުއިޓީ ފަސް ޕަސެންޓަށް ކުޑަކުރުމުގެ އިތުރުން ލޯނު ދޫކުރާއިރު ރަހުނެއް ވެސް ބަހައްޓާކަށް ނުޖެހޭނެ އެވެ. މީގެ ކުރިން އިކުއިޓީއަށް ލޯނުގެ 20 ޕަސެންޓު ނަގަ އެވެ.

ރަސްމާލެ ހާއްސަ ވެފައި އޮންނަންވާނީ ދިވެހިންނަށް: ޔާމީން

ރަސްމާލެ މަޝްރޫއަކީ ދިވެހިންގެ ބޯހިޔާވަހިކަމަށް އަމާޒުކޮށްފައިވާ ކަމަކަށްވާތީ، އެ ބިންތައް ބޭރުގެ ފަރާތްތަކަށް ވިއްކާލުމާ ކުރީގެ ރައީސް ޔާމީން ދެކޮޅު ހައްދަވައި ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދިވެހިންގެ ފައިސާއިން ހިންގާ މަޝްރޫއަކުން ބޭރު ބަޔަކަށް ފުރުސަތު ދިނުމަކީ ދިވެހިން ދެވަނަ ދަރަޖައިގެ ރައްޔިތުންނަށް ވެގެންދާނެ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރަސްމާލެއިން ބޮޑު ސަރަހައްދެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމަށް ޔާމީން ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

މިއަހަރު ސަބްސިޑީއަށް ޖެހީ 2.9 ބިލިއަން، މިހާރު 4.3 ހަރަދުވެއްޖެ

"އެގޮތުން އަޅުގަނޑުމެން މި އަހަރަށް ބަޖެޓުކޮށްފައި ވަނީ 2.9 ބިލިއަން. އެހެން ނަމަވެސް މިހާތަނަށް 4.3 ބިލިއަން ސަބްސިޑީޒްގެ ގޮތުގައި އަޅުގަނޑުމެންނަށް ހަރަދު ކުރަންޖެހިފައިވޭ،" ޒަރީރު ވިދާޅުވި އެވެ.

ސުކޫކަށް ފައިސާ ދެއްކި ގޮތުގެ ތަފްސީލު މިނިސްޓަރު ހާމަކޮށްފި

"އަޅުގަނޑުމެން ސުކޫކަށް ފައިސާ ދެއްކުމަށް މި ބޭނުން ކުރީ 350 މިލިއަން ޑޮލަރު ސޮވަރިން ޑިވެލޮޕްމަންޓް ފަންޑުގެ ތެރެއިން. އަދި ހަމަ އެއާއެކު ދައުލަތުގެ ރިޒާވުން 175 މިލިއަން ޑޮލަރު އެކަމުގައި ބޭނުން ކުރެވިފައިވޭ،" ޒަރީރު ވިދާޅުވި އެވެ.

ރައީސްގެ ދަތުރުގައި ބޮޑުވަޒީރު ޝެހެބާޒްއާ ބައްދަލު ކުރައްވާނެ

ރައީސް އޮފީހުން ބުނީ ރައީސް މުއިއްޒު ޕާކިސްތާނަށް ކުރައްވާ ދަތުރަކީ ބޮޑުވަޒީރު ޝެހެބާޒްގެ ދައުވަތަކަށް ކުރައްވާ ދަތުރެއް ކަމަށެވެ. ޕާކިސްތާނުގެ ރައީސް އާއި ބޮޑުވަޒީރުގެ އިތުރުން އެ ގައުމުގެ އިސް އެހެން ބައެއް އޮފިޝަލުންނާ ވެސް މުއިއްޒު ބައްދަލު ކުރައްވާނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލަންޖެހޭ ކަމަށް ދިރާސާގައި ބުނެފި

"ގާނޫނީ ގޮތުން މި ޕްރޮޖެކްޓު މަޑުޖައްސާލުމުގެ ބާރު ސަރުކާރަށް އަދިވެސް އެބަ އޮތް. އަދި މި ޕްރޮޖެކްޓު މަޑުޖައްސާލުމަކީ ސަރުކާރަށް ގާނޫނީ ގޮތުން ލާޒިމް ކަމެއް. ޕްރޮޖެކްޓު އިތުރަށް ކުރިއަށްގެންދަންޖެހޭނީ އަލުން ނެގޯޝިއޭޓްކޮށްގެން،" އެ ދިރާސާގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox