މިހާރު އަދާލަތުގެ އަމާޒަކީ އިސްލާމީ އުސޫލުން ހިންގާ ވެރިކަމުގެ ނިޒާމެއް އުފެއްދުން

Jun 17, 2023, 1:26 AM
އަދާލަތު ޕާޓީގެ މެންބަރުންނާއެކު ރޭ ބޭއްވި ބައްދަލުވުމުގައި އެ ޕާޓީގެ ރައީސް، އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވާހަކަ ދައްކަވަނީ. -- ފޮޓޯ: އަދާލަތު ޕާޓީ

އަދާލަތު ޕާޓީގެ މެންބަރުންނާއެކު ރޭ ބޭއްވި ބައްދަލުވުމުގައި އެ ޕާޓީގެ ރައީސް، އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވާހަކަ ދައްކަވަނީ. -- ފޮޓޯ: އަދާލަތު ޕާޓީ

ކުރިން މަސައްކަތް ކުރީ "ގައުމު އިސްލާހުކުރުމުގައި" ކަމަށާއި މިހާރު އަދާލަތު ޕާޓީގެ އަމާޒަކީ އިސްލާމީ އުސޫލުން ހިންގާ ވެރިކަމުގެ ނިޒާމެއް އުފެއްދުން ކަމަށް އެ ޕާޓީގެ ލީޑަރު އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ރޭ ވިދާޅުވެއްޖެ އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއިދުކޮށްފައިވާ އަދާލަތު ޕާޓީން ރިޔާސީ އިންތިހާބުގެ ކެމްޕެއިން ފެށުމަށްޓަކައި އެ ޕާޓީގެ އާންމު މެންބަރުންނާ މަޝްވަރާކުރަން ސޮލައިޓް ކެފޭގައި ރޭ ބޭއްވި ބައްދަލުވުމުގައި އިމްރާން ވިދާޅުވީ ޕާޓީ އުފެދުނު އިރު ފުރަތަމަ ވިސްނުމަކީ ބަޔަކު ވެރިކަމުން ބޭލުމާއި ބަޔަކު ވެރިކަމަށް ގެނައުން ނޫން ކަމަށާއި އަދި ވެރިކަން ވެސް ކުރުމެއް ވެސް ނޫން ކަމަށެވެ. އެ ޕާޓީން ކުރިން މަސައްކަތް ކުރީ ގައުމު އިސްލާހު ކުރުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް މިހާރު ބޭނުން ވަނީ އިސްލާމީ އުސޫލުތަކާއި ހަމަތަކުގެ މަތިން ވެރިކަން ހިންގުމުގެ ނިޒާމެއް ރާއްޖޭގައި އުފެއްދުން ކަމަށް އިމްރާން ވިދާޅުވި އެވެ.

"އެކަން ކުރަން ކުރަހާފައިވާ މަގު ވަރަށް ސާފު،" އެ ޕާޓީން އެކުލަވާލާފައިވާ ސްޓްރެޓިކް ޕްލޭނުގެ ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވި އެވެ.

"އެ މަގާ ހަމައަށް ދަތުރު ކުރެވޭނީ މިއަދުއްސުރެ ފެށިގެން އެ މަގުން ދަތުރުކުރުމުގައި އަޅަންޖެހޭ ފިޔަވަޅުތައް ސާބިތުކަމާއި ހަމަކަމާއެކު އަޅައިގެން ކުރިއަށް ގެންގޮސްގެން. އަޅުގަނޑުމެން މި ތިބީ އެ ދަތުރުގެ މުހިންމު މަރުހަލާއެއްގައި."

އަދާލަތު ޕާޓީ 2005 ވަނަ އަހަރު އުފެއްދިއިރު ތަސައްވުރު ނުކުރާ މިންވަރަށް މިހާރު ޕާޓީ އައިސްފައިވާކަން ފާހަގަ ކުރައްވަމުން އިމްރާން ވިދާޅުވީ ގޮންޖެހުންތަކާއި ހުރަސްތައް ގިރާކޮށް ޕާޓީއަށް އެހާ ހިސާބަށް އާދެވުނީ މުހިންމު އަސާސްތަކެއް ގެންގުޅުމުން ކަމަށެވެ.

ރޭގެ ބައްދަލުވުމުގައި ބައިވެރިވި އަދާލަތުގެ މެންބަރުން.
ރޭގެ ބައްދަލުވުމުގައި ބައިވެރިވި އަދާލަތުގެ މެންބަރުން.

ރޭގެ ބައްދަލުވުމުގައި ބައިވެރިވި އަދާލަތުގެ މެންބަރުން.

އެއީ އިހުލާސްތެރި ނިޔަތާއި ރާއްޖެ އިސްލާހުރުމުގެ ހެޔޮ ވިސްނުމާއި މާތްވެގެންވާ އިސްލާމްދީނާއި ގައުމަށް ހިދުމަތް ކުރުމުގެ ވަރުގަދަ އަޒުމު ކަމަށް އިމްރާން ވިދާޅުވި އެވެ.

ވޭތުވެދިޔަ މުއްދަތުގައި ތަޖުރިބާކުރި ގޮންޖެހުންތަކުން އަރައިގަނެ ޕާޓީ މިއަދު މިހާ ހިސާބަށް އައިސްފައިވާއިރު، ކުރިއަށް އޮތީ ވެސް މުހިންމު މަސައްކަތެއް ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ. މިއަދު އެ ޕާޓީ އާއި ގައުމު ވެސް އަނެއްކާ ހުރަސްކުރަމުންދާ މަރުހަލާތަކުގެ ތެރެއިން އައިސްފައި ވަނީ ކޯރެއްގެ އައްސޭރިއަށް ކަމަށާއި "ކުރިމަތީގައި އޮތީ ފުން ކޯރެއް، ނުވަތަ ކަނޑެއް" ކަމަށެވެ. ނަމަވެސް ސާދާ ބަހުން އެކަމުގެ ތަފްސީލެއް ނުދެއްވަ އެވެ.

އަދާލަތު ޕާޓީން ކޮންމެ ރިޔާސީ އިންތިހާބެއްގެ ތެރޭގައި ވިސްނުން ބައްޓަންކުރީ އެ ޕާޓީގެ ގޯލަށް ވާސިލުވުމަށް އެ ވަގުތަކު އަދާކުރެވެން އޮތް ދައުރު އެންމެ ފުޅާ ގޮތެއްގައި އަދާކުރެވޭނެ މަގު ކޮށުމަށްކަން ފާހަގަ ކުރައްވަމުން އިމްރާން ވިދާޅުވީ "އަޅުގަނޑުމެން އިސްލާހީ މަސައްކަތް ކުރުމަށް މަގު ހޯދައި ކޮށުމަކީ އެންމެ މުހިންމު ކަމަކަށް ހަދަން ޖެހޭނެ" ކަމަށެވެ.

އިމްރާން އިތުރަށް ވިދާޅުވީ ދުނިޔެއާ އެކަހެރިކޮށް ދިވެހިންނަށް ނޫޅެވޭނެ ކަމަށާއި އިސްލާމީ ގައުމުތަކުގައި އިސްލާމީ ދުނިޔޭގައި، ސިޔާސީ ހަރަކާތްތަކާއި ސިޔާސީ ޕާޓީތައް މަސައްކަތްކުރާ ގޮތާއި ކުރިއަރާ ގޮތާއި އެ ޕާޓީތަކުގެ ވިސްނުން ބައްޓާކުރާ ގޮތުން ރަނގަޅު ދަރުސްތަކާއި އިބުރަތް ލިބި މަސައްކަތް ބައްޓަންކުރަންޖެހޭ ކަމަށެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބަކީ އަދާލަތު ޕާޓީ އާއި އިލްމުވެރިންގެ މަސައްކަތުގެ ދުވެލި އެތައް ގުނަޔަށް އިތުރުކުރުމަށް ފުރުސަތު ލިބިގެންދާނެ ކަމަށާއި އެންމެންގެ މަސައްކަތުން ރިޔާސީ އިންތިހާބު ރައީސް ސޯލިހަށް ކާމިޔާބު ކުރެވި، ކުރިއަށް އޮތް ފަސްއަހަރުގެ ތެރޭގައި ﷲގެ ރަހުމަތާއެކު ރާއްޖެ އިސްލާހުކޮށް ހެޔޮ ބަދަލު ގެނައުމަށް އެތައް ފުރުސަތެއް ލިބިގެންދާނެ ކަމަށް އިމްރާން ވިދާޅުވި އެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި ރިޔާސީ އިންތިހާބުގެ ކެމްޕެއިން ފޯރީގައި ކުރިއަށް ގެންދެވޭނެ ކަމަށާއި ރައީސް ސޯލިހުގެ ޓީމް ވަނީ އެހެން ކެންޑިޑޭޓުންނަށް ވުރެ ފުރިހަމައަށް ތައްޔާރުވެފައިކަން ފާހަގަ ކުރެއްވެވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox