ފައިވް ނޭޝަންސް ޗެމްޕިއަންޝިޕް: ފަހު ވަގުތު ޕާކިސްތާން އަތުން ރާއްޖެ ބަލިވީ ދެ ޕޮއިންޓުން

ރާއްޖޭގެ ހުވޭ (ކ) ސްކޯ ކުރާ ކުރާ ޕޮއިންޓެއް ހުއްޓުވަން ޕާކިސްތާން ކުޅުންތެރިން މަސައްކަތް ކުރަނީ...-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ރާއްޖޭގެ ހުވޭ (ކ) ސްކޯ ކުރާ ކުރާ ޕޮއިންޓެއް ހުއްޓުވަން ޕާކިސްތާން ކުޅުންތެރިން މަސައްކަތް ކުރަނީ...-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ފައިވް ނޭޝަންސް ޗެމްޕިއަންޝިޕް ބާސްކެޓްބޯޅަ މުބާރާތުގައި މިރޭ ޕާކިސްތާން އަތުން ކުޑަ ތަފާތަކުން ރާއްޖެ ބަލިވެއްޖެ އެވެ.

ސަރަހައްދީ ވާދަވެރި ޓީމްތަކާ އެކު މާލޭގައި ކުރިއަށްދާ ފައިވް ނޭޝަންސް ޗެމްޕިއަންޝިޕްގައި ޕާކިސްތާން އަތުން ރާއްޖެ ބަލިވީ 65-63 އިންނެވެ. މިއީ، މި މުބާރާތުގައި ރާއްޖެއިން ބަލިވި ތިން ވަނަ މެޗެވެ. ރާއްޖޭގެ ޓީމް މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ބަންގްލަދޭޝް އަތުން ބަލިވިއިރު ދެ ވަނަ މެޗުގައި ބޫޓާން އަތުންވެސް ވަނީ ބަލިވެފަ އެވެ.

ތިން މެޗުން ބަލިވުމުން ރާއްޖެ އަށް ސެމީ ފައިނަލުގެ ފުރުސަތު ލިބެން އޮތީ ނޭޕާލް މާދަމާ ކުޅޭ މެޗުން ބަންގްލަދޭޝް އަތުން ބަލިވެ، ނޭޕާލާ ދެކޮޅަށް ރާއްޖެ ކުޅޭ މެޗުން ރާއްޖެ މޮޅުވެގެންނެވެ.

މިރޭގެ މެޗުގައި އެއްކޮށް ކަހަލަ ގޮތަކަށް ލީޑުގައި އޮވެ ކުޅުނީ ޕާކިސްތާނެވެ. ރާއްޖެ އަށް މެޗުގައި ލީޑު ލިބުނީ ފެށިއިރު ސްކޯކުރި ބާސްކެޓުންނެވެ. މެޗުގެ ފުރަތަމަ ކުއާޓާގައި ރާއްޖެ އަށް ގިނަ ސްކޯތަކެއް ނުކުރެވުނުއިރު، ޕާކިސްތާންގެ ޒައިނުލްހާން ފެނުނީ ފޯމުގައި ކުޅެ ގިނަ ބާސްކެޓްތަކެއް ކުރި ތަނެވެ. ފުރަތަމަ ކުއާޓާ ނިމުނީ 22-15 އިން ޕާކިސްތާން ކުރީގައި އޮވެގެންނެވެ.

ދެ ވަނަ ކުއާޓާގެ ފަހު ދެ މިނެޓާ ހަމައަށް ޕާކިސްތާން އޮތީ 15 ޕޮއިންޓުގެ ލީޑެއްގަ އެވެ. ނަމަވެސް ފަހު ވަގުތުކޮޅު ފުލުފުލުގައި ރާއްޖެއިން ކުރި ސްކޯތަކާ އެކު މި ކުއާޓާ ނިމުނުއިރު، ސްކޯގެ ފަރަގު ރާއްޖެ އިން ހަ ޕޮއިންޓަށް ކުޑަކުރި އެވެ. ޕާކިސްތާން މި ކުއާޓާ ނިމުނުއިރު ކުރީގައި އޮތީ 40-34 އިންނެވެ.

ރާއްޖޭގެ ޒަބީ (ކ) ވެއްޓިގެންފައި ޕާކިސްތާން ކުޅުންތެރިއަކު އަތުން ބޯޅަ ހޯދަން މަސައްކަތް ކުރަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މެޗުގެ ތިން ވަނަ ކުއާޓާގައި ރާއްޖެއިން ޑިފެންސްގައި މޮޅަށް ކުޅުނެވެ. މި ގޮތުން ޕާކިސްތާންގެ އެންމެ މުހިންމު ކުޅުންތެރިޔާ ޒައިނުލް ހަސަން އަށް ސްކޯކުރަން ފުރުސަތުނުދީ ރަނގަޅު ޑިފެންސްތަކެއް ކުރި އެވެ. މި ކުއާޓާގައި ރާއްޖެއިން އެއް ޕޮއިންޓަށް ސްކޯ ކައިރިވެސް ކުރި އެވެ. ނަމަވެސް ލީޑު ހޯދަން ލިބުނު ތިން ފުރުސަތުގެ ބޭނުން ނުކުރެވި ޕާކިސްތާނުން މި ކުއާޓާ ނިންމާލީ 50-45 އިން ލީޑުގައި އޮވެ އެވެ.

ފަހު ކުއާޓާގެ ފުރަތަމަ ފަސް މިނެޓަށް ބަލާއިރު ޕާކިސްތާނުން ރަނގަޅު ލީޑުގައި އޮތެވެ. އެ ޓީމުގެ މުހިންމު ދެ ކުޅުންތެރިންކަމަށްވާ ޒައިނުލް ހަސަން އަދި މުހައްމަދު އުމައިރު ފަސް ފައުލްވެ ފައިބަން ޖެހުނު ދަނޑިވަޅުގައި ރާއްޖެއިން އަނެއްކާވެސް ހިތްވަރު ހޯދި އެވެ.

ގާތް ގާތުގައި މުހައްމަދު ހުވައިލިދު އަލީ (ހުވޭ) ސްކޯކުރި ޕޮއިންޓްތަކުން ދެ ޕޮއިންޓަށް ސްކޯ ކައިރިކުރި އެވެ. ނަމަވެސް ފަހު ސިކުންތުކޮޅުގައި ސްކޯނުކުރެވި 65-63 އިން ރާއްޖެ ބަލިވީ އެވެ.

މެޗަށް ފަހު ދިވެހި ޓީމުގެ ކުޅުންތެރިން ކޯޓު މަތީގައި އިށީނދެގެން ތިބިއިރު، ޕާކިސްތާން ކުޅުންތެރިން އުފާފާޅުކުރަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ރާއްޖެއިން މި މެޗުގައި އެންމެ ރަނގަޅަށް ކުޅުނީ ކެޕްޓަން އަހުމަދު ޒަބީރު (ޒަބީ) އެވެ. އޭނާ ވަނީ މެޗުގައި 10 ޕޮއިންޓް ސްކޯކޮށްދީ ފަސް ސްޓީލް ކޮށްފަ އެވެ. ރާއްޖެއަށް އެންމެ ގިނަ ސްކޯކޮށްދިނީ 13 ޕޮއިންޓް ސްކޯކޮށްދިން ހުވައިލިދު އެވެ. އޭގެ ތެރެއިން، 10 ޕޮއިންޓަކީ އޭނާ ފަހު ހާފުގައި ކުރި ސްކޯތަކެވެ. މީގެ އިތުރުން ރާއްޖޭގެ އަބްދުﷲ އަމްޒަރު މުހައްމަދު މި މެޗުގައި ރާއްޖެ އަށް 12 ޕޮއިންޓް ސްކޯކޮށްދިނެވެ. ސްކޯއެއް ނުކުރެވުނު ކަމުގައިވިޔަސް މި މެޗުގައިވެސް ރާއްޖޭގެ ވިލްދާން މޮޅަށް ކުޅުނެވެ. އެ ގޮތުން އަށް ރީބައުންޑް ނަގައި 10 ސްޓީލް ކުރި އެވެ.

ޕާކިސްތާން ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 22 ޕޮއިންޓް އެއްކޮށްދިން ޒައިން އެވެ. މީގެ އިތުރުން ފަހު ދެ ކުއާޓާގައި މޮޅަށް ކުޅުނު ޒިއާއުރަހުމާން 15 ޕޮއިންޓް އަދި އަހުމަދު އިމާދު 13 ޕޮއިންޓް ސްކޯކޮށްދިނެވެ.

މުބާރާތުގައި ރާއްޖޭން ލީގު ބުރުގައި ކުޅޭ ފަހު މެޗުގައި އަންނަ އާދިއްތަ ދުވަހުގެ ރޭ ނުކުންނާނީ ނޭޕާލާ ދެކޮޅަށެވެ. ޕާކިސްތާން މާދަމާ ހަވީރު ނިކުންނާނީ ބޫޓާނާ ދެކޮޅަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިއްދޫ ކައިރިން އީގަލްސް އަށް ލިބުނީ ޕޮއިންޓެއް

ދިވެހި ޕްރިމިއާ ލީގުގައި ދިއްދޫއާ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ތާވަލުގެ އެއްވަނައަށް އެރުމަށް ލިބުނު ފުރުސަތު އީގަލްސް އަށް ވަނީ ގެއްލިފައި. މި ނަތީޖާއާއެކު އީގަލްސް ތާވަލުގެ ދެވަނައިގައި އޮތީ އެއްވަނައިގައިވާ ވިކްޓަރީއާ އެއް އަދަދަކަށް ޕޮއިންޓް ލިބި، ލަނޑުގެ ތަފާތުން ފަހަތަށް ޖެހިގެން

ފީފާގެ ރައީސަކަށް ޔުއެފާގެ ކެންޑިޑޭޓަކީ ވެންގާ؟

ފީފާގެ މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އިން ނެރޭ ކެންޑިޑޭޓަކީ މަޝްހޫރު ކޯޗު އާސެން ވެންގާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި. އަންނަ އަހަރު ބާއްވާ އިންތިހާބަށް ވެންގާ ނެރުމާ ގުޅޭގޮތުން ޔުއެފާގެ އިސް އޮފިޝަލުން މަޝްވަރާ ކުރަމުންދާއިރު، އިންފަންޓީނޯ ވަނީ ހަތަރު ވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން އިއުލާނުކުރައްވާފައި

ފީފާ ކައުންސިލް ބައްދަލުވުމުގައި ނޭޕާލަށް ލުޔެއް ނެތް

ފީފާގެ އެންގުންތަކަށް ބޯނުލެނބުމުގެ ސަބަބުން ނޭޕާލަށް ކުރި ސަސްޕެންޝަން، އެންމެ ފަހުން ބޭއްވި ފީފާ ކައުންސިލް ބައްދަލުވުމުގައި ވެސް އުވާލާފައެއް ނުވޭ. މި ސަސްޕެންޝަނާ ގުޅިގެން، އަންނަ މަހު ބާއްވާ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު ނޭޕާލަށް ވަނީ ގެއްލިފައި

ރިސޯޓް ސުޕަ ލީގުގައި އޮޅުވެލި އަށް ބަރޮސް އަތުން ތަފާތު މޮޅެއް

ރިސޯޓް ސުޕަ ލީގުގައި ބަރޮސް އަތުން 7-2 ގެ އެގްރިގޭޓް ނަތީޖާއަކުން މޮޅުވެ، ސަން ސިޔާމް އޮޅުވެލިން ތަފާތު ބޮޑު ކާމިޔާބީއެއް ހޯދައިފި. މި މުބާރާތުގެ ކުރިއަށް ހުރި މެޗުތަކަށްފަހު އެގްރިގޭޓުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމުތަކުގެ މެދުގައި ސެމީ ފައިނަލާއި ފައިނަލް މެޗުތައް މި މަހުގެ ފަހުކޮޅު ކުޅުމަށް ވަނީ ތާވަލުކުރެވިފައި

ޔުނައިޓެޑްގެ ވެރިންނަށް ފާޑުކިޔުމުން މާޓިނޭޒް ހޫނު ފެނަށް

މެންޗެސްޓާ ޔުނައިޓެޑްގެ މެނޭޖްމަންޓަށް ފާޑުކިޔައި އިންޓަވިއު ދިނުމާ ގުޅިގެން، ލިސަންޑްރޯ މާޓިނޭޒްއަށް ފިޔަވަޅު އަޅަން ނިންމައި އޭނާ ކްލަބުން ދޫކޮށްލުމުގެ ވިސްނުން ގެންގުޅެން ފަށައިފި. މާޓިނޭޒް ފަހުން އެކަމަށް މައާފަށް އެދުނު ނަމަވެސް، ކްލަބްގެ ކޯޗުން ބަދަލުކުރުމާއި ސްކޮޑުގެ ފެންވަރާ މެދު އޭނާ ދެއްކި ވާހަކަތަކުގެ ސަބަބުން ހާލަތު ވަނީ ގޯސްވެފައި

މައާފަށް އެދުމުން ވެސް އިންފަންޓީނޯ އަށް ތާއީދެއް ނެތް!

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް ހެދުނު ގޯސްތަކަށް މައާފަށް އެދިވަޑައިގެންނެވި ނަމަވެސް، އޭނާ ފީފާ ލީޑުކުރުމަށް ކައުންސިލްގެ ގިނަ މެމްބަރުންގެ ތާއީދެއް ނެތް. މީގެ މައިގަނޑު ސަބަބަކީ މަޝްވަރާނުކޮށް ވޯލްޑް ކަޕްގެ ރައިޓްސް ވިއްކާލަން އުޅުމާއި، ސިޔާސީ ނުފޫޒުން ކުޅުންތެރިއެއްގެ ސަސްޕެންޝަނަށް ލުއިދިނުން

ދިއްދޫ އާއި ގައްދޫ އަށް އެފްއޭއެމް ދާއިމީ މެމްބަރުކަން ދީފި

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ހއ. ދިއްދޫ އަދި ގދ. ގައްދޫ ފުޓްބޯޅަ ޓީމަށް އެފްއޭއެމްގެ ދާއިމީ މެމްބަރުކަން ދިނުމަށް އެ އެސޯސިއޭޝަނުގެ ކޮންގްރެސްއިން އިއްތިފާގުން ފާސްކޮށްފި. މިއީ ރާއްޖޭގެ ފުޓްބޯޅަ ލާމަރުކަޒީކޮށް އަތޮޅުތަކުގެ ޓީމުތަކަށް ފުރުސަތު ފަހިކޮށްދިނުމަށް އެޅުނު ފިޔަވަޅެއް ކަމަށް

Newsletter

Get the latest news delivered straight to your inbox