ފުރަތަމަ ހަ މަހު 860,000 ފަތުރުވެރިން ރާއްޖެ އައިސްފި

ރާއްޖެއައި ފަތުރުވެރިންތަކެއް އެއާޕޯޓް ރެޕަކާއެކު އެއާޕޯޓު ސަރަހައްދުގައި -- މިއަހަރު ރާއްޖެއައި ފަތުރުވެރިންގެ އަދަދު 860,000 އިން މައްޗަށް ވަނީ އަރާފައި -- ފައިލް ފޮޓޯ: އިޔާން/ އަދަދު

ރާއްޖެއައި ފަތުރުވެރިންތަކެއް އެއާޕޯޓް ރެޕަކާއެކު އެއާޕޯޓު ސަރަހައްދުގައި -- މިއަހަރު ރާއްޖެއައި ފަތުރުވެރިންގެ އަދަދު 860,000 އިން މައްޗަށް ވަނީ އަރާފައި -- ފައިލް ފޮޓޯ: އިޔާން/ އަދަދު

މިއަހަރުގެ ފުރަތަމަ ހަ މަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 860,000 އަށްވުރެ މައްޗަށް އަރައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި, މިދިޔަ އަހަރުގެ ޖޫން 14, އާ ހަމައަށް ރާއްޖެއަށް ޒިޔާރަތް ކުރީ 754,301 ފަތުރުވެރިންނެވެ. އޭގެ ކުރީ އަަހަރުގެ އެ މުއްދަތުގައި 479,597 ފަތުރުވެރިން ޒިޔާރަތް ކުރި އެވެ.

ނަމަވެސް، މިއަހަރުގެ އެ މުއްދަތުގައި 861,167 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފަ އެވެ. މިއަހަރުގެ ޖޫން މަހުގެ 14، އާ ހަމައަށް ރާއްޖެ ފަތުރުވެރިންގެ އަދަދަކީ މިދިޔަ އަހަރާ އަޅާބަލާއިރު 14.2 ޕަސަންޓުގެ ކުރިއެރުމެކެވެ.

Advertisement

މީގެ ކުރިން ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓުގެ އެންމެ ކުރީގައި އޮންނަ އެއް ގައުމު ކަމަށްވާ ޗައިނާ ހުޅުވާލައި، އެ ގައުމުން ސީދާ ފްލައިޓުތައް ރާއްޖެއަށް ދަތުރުކުރަންް ފެށުމާއެކު ވަނީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ދަތުރުކުރާ 10 ގައުމުގެ ލިސްޓުގެ ހަ ވަނައިން ޖާގަ ހޯދާފަ އެވެ.

ކޮވިޑުގެ ކުރިން ރާއްޖޭގެ ފަތުރުވެރިކަން ހުރި މިންވަރަށް އިއާދަވެފައިވާއިރު، މިއަހަރު ރާއްޖޭގެ މާކެޓްގެ އެންމެ ބޮޑު ހިއްސާއެއް އޮތީ އިންޑިއާގަ އެވެ. އެއަށްފަހު ރަޝިޔާ، ޔޫކޭ, ޖަރުމަނު އަދި އިޓަލީން ވެސް ގިނަ އަދަދަކަށް ފަތުރުވެރިން އާދެ އެވެ.

މި އަހަރު ރާއްޖެ މާކެޓް އެންމެ ބޮޑު ހިއްސާއެއް އޮތް އިންޑިއާއިން މިހާތަނަށް ރާއްޖެއަށް 101,348 ފަތުރުވެރިން އައިސްފައިވެ އެވެ. އަދި ދެ ވަނަގައި އޮތް އިޓަލީން މިއަހަރު 100,593 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ.

ފަތުރުވެރިކަން ދުވަހަކަށްވުރެ ދުވަހެއް ރަނގަޅުވަމުން އަންނައިރު، ރާއްޖޭގައި އޮޕަރޭޝަނަލް ކެޕޭސިޓީގައި 60,818 އެނދު އެބަހުއްޓެވެ. އޭގެ ތެރޭގައި 170 ރިސޯޓުގެ 41،263 އެނދާއި 13 ހޮޓެލެއްގެ 1640 އެނދާއި 901 ގެސްޓްހައުސްއެއްގެ 14,790 އެނދު އަދި 160 ސަފާރީއެއްގެ 3,125 އެނދު ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއުގެ ދެފުށް ފެންނާކަށް ނެތް: ނަޝީދު

ގައުމިއްޔަތުގެ ނަމުގައި ރައްޔިތުންނަށް އޮޅުވާލައިގެން ގައުމު ވިއްކާނުލެވޭނެ ކަމަށާއި، މި މަޝްރޫއުގެ އެއްވެސް ތަފްސީލެއް މަޖިލީހަށާއި ރައްޔިތުންނަށް އެނގެން ނެތްކަމަށް ނަޝީދު ވިދާޅުވި އެވެ.

ގުޅީފަޅު ތަރައްގީކުރި ނަމަ ތިލަމާލެ ބްރިޖުން ފައިދާ ނުކުތީސް

ރަސްމާލެ ހިއްކުމަށް ކުރާ ހަރަދުން ގުޅީފަޅާއި ގިރާވަރުފަޅު ތަރައްގީކުރި ނަމަ، ތިލަމާލެ ބްރިޖުގެ ފައިދާ ރައްޔިތުންނަށް ކުރާނެ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ފައިސަލް ވަނީ ގުޅީފަޅާއި ގިރާވަރުފަޅުގައި އަސާސީ ހިދުމަތްތައް ގާއިމުނުކޮށް ރަސްމާލެ މަޝްރޫއު ކުރިއަށްގެންދާތީ އެކަމަށް ފާޑުވިދާޅުވެފައެވެ.

ފަހި ފްލެޓުތަކުގެ ދެ ޔުނިޓުގެ އެގްރީމެންޓު ބާތިލުކޮށްފި

ގަވާއިދުން ކުލި ނުދައްކާތީ ހުޅުމާލޭގެ ފަހި ދިރިއުޅުން ފްލެޓުތަކުގެ ދެ ޔުނިޓެއްގެ އެއްބަސްވުން ބާތިލުކޮށް، 15 ދުވަހުގެ ތެރޭގައި ތަން ހުސްކުރަން އެ ކޯޕަރޭޝަނުން ވަނީ އަންގައިފައެވެ. އެފްޑީސީން ބުނި ގޮތުގައި މި ފިޔަވަޅު އެޅީ ފައިސާ ދެއްކުމަށް ތަކުރާރުކޮށް ފުރުސަތު ދިނުމަށްފަހު، ކަނޑައެޅިފައިވާ މުއްދަތުގައި ފައިސާ ނުދެއްކުމުންނެވެ.

ދިރާގު ގޭމަރސް ގިލްޑްއިން އައިފޯން 18 ޕްރޯ މެކްސް ހޯދޭ

ދިރާގު ގޭމަރސް ގިލްޑް (ޑީ.ޖީ.ޖީ) އަށް ސަބްސްކްރައިބްކޮށް، ޕްރޮފައިލް ވެރިފައިކުރާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް އައިފޯން 18 ޕްރޯ މެކްސްއެއް ހޯދުމުގެ ފުރުސަތު 31 ޑިސެންބަރު 2026 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. މި ހަރަކާތަކީ ރާއްޖޭގެ ގޭމިންގ މުޖުތަމައު ކުރިއަރުވައި، ގޭމް ކުޅުންތެރިންނަށް އެކި މުބާރާތްތަކުގައި ބައިވެރިވެ ހުނަރު ދައްކާލުމަށް މަގުފަހިކޮށްދިނުމަށް ދިރާގުން ކުރިއަށްގެންދާ މަސައްކަތެކެވެ.

ހަފުތާއެއްފަހުން ޓްރެފިކް އަދަބު ޑިޖިޓަލްކޮށް ދޭން ފަށަނީ

މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން ޓްރެފިކް ގަވާއިދާ ހިލާފުވާ ފަރާތްތަކަށް ޑިޖިޓަލްކޮށް ފިޔަވަޅު އަޅައި، އެސްއެމްއެސް ނުވަތަ އީމެއިލް މެދުވެރިކޮށް ޖޫރިމަނާގެ މައުލޫމާތު ފޮނުވަން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ނިންމާފައެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަފީފް ވަކިކޮށްފި

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މުހައްމަދު އަފީފް މިއަދު ވަކިކޮށްފިއެވެ. އޭނާ މަގާމުން ވަކިކުރި ސަބަބު ހާމަކޮށްފައި ނުވާއިރު، މިއީ މި ސަރުކާރުގައި އެ މަގާމަށް އައްޔަންކުރި ތިންވަނަ ބޭފުޅާއެވެ. އަފީފް ވަކިކޮށްފައި މިވަނީ ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ގޮތުން ފެނަކަ އުވާލައި، އެ ކުންފުނީގެ ހިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ކަނޑުއޮޅިތައް ބަލަހައްޓަން ބޭރުގެ އެހީއަށް ނޭދޭނަން: ސަރުކާރު

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ބޭރުގެ އެހީތެރިކަން ހޯދުމަށް ކުރީގެ ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުތަކަށް ސަރުކާރުން ވަނީ ރައްދު ދީފައެވެ. ސަރުކާރުން ބުނެފައިވަނީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރުމަށްޓަކައި، ކަނޑުއޮޅިތައް ބެލެހެއްޓުމަށް ބޭރުގެ އެއްވެސް ފަރާތެއްގެ އެހީއަށް ނޭދޭނެ ކަމަށެވެ.

Newsletter

Get the latest news delivered straight to your inbox