ނަތަންޔާހޫގެ ކޮރަޕްޝަން ޝަރީއަތުގައި ކުރީގެ ބޮޑު ވަޒީރު ހެކިބަސް ދީފި

ކުރީގެ ބޮޑު ވަޒީރު ޔެއާ ލަޕީދް. -- ފޮޓޯ: އޭއެފްޕީ

ކުރީގެ ބޮޑު ވަޒީރު ޔެއާ ލަޕީދް. -- ފޮޓޯ: އޭއެފްޕީ

ގުދުސް (ޖޫން 12) - އިޒްރޭލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫގެ ކޮރަޕްޝަން ޝަރީއަތުގައި ހޯމަ ދުވަހު ކުރީގެ ބޮޑު ވަޒީރު އަދި އިދިކޮޅު ލީޑަރު ޔެއާ ލަޕީދް ހެކިބަސް ދެއްވައިފި އެވެ.

މަކަަރާއި ހީލަތް ހެދުމާއި އިތުބާރު ގެއްލޭ ފަދަ އަމަލެއް ކުރުމުގެ ތުހުމަތު ނަތަންޔާހޫއަށް ކުރެވެނީ ހޮލީވުޑްގެ ޕްރޮޑިއުސަރު އާނޮން މިލްޗަން އާއި އެހެން މަހުޖަނުންނާ އެކު އޮންނަ ގުޅުމުގެ ސަބަބުންނެވެ.

ޕްރޮސެކިއުޓަރުން ބުނާ ގޮތުގައު 2007 އިން 2016 އަށް ނަތަންޔާހޫއަށް ވަނީ 195،000 ޑޮލަރުގެ ހަދިޔާގެ ގޮތުގައި ފޮށިފޮށީގައި ސުއްޓާ އާއި ޗެމްޕެއިން ފުޅިތަކާއި ގަހަނާ ލިބިފަ އެވެ.

Advertisement

އެއީ އެކި ފަރާތްތަކަށް ކަންކަން ކޮށްދޭ މަތިން ދިން ހަދިޔާ ކަމަށް ތުހުމަތު ކުރެވެ އެވެ. ނަތަންޔާހޫ އެ ތުހުމަތުތައް ދޮގުކުރައްވަ އެވެ.

ހަދިޔާ ލިބުނީ އެކުވެރިންގެ ފަރާތުން ކަމަށާއި އެއީ އޭނާ އެދިގެން ދިން ހަދިޔާތަކެއް ނޫން ކަމަށް ވެސް ނަތަންޔާހޫ ވިދާޅުވެ އެވެ.

އިޒްރޭލުގައި އެންމެ ދިގު މުއްދަތެއް ވަންދެން ބޮޑު ވަޒީރުކަން ކުރަމުންދާ ނަތަންޔާހޫ މަސައްކަތް ކުރެއްވީ މިލްޗަންއަށް އެތައް މިލިއަން ޑޮލަރުގެ ފައިދާވާ ގޮތަށް ޓެކްސް މަޝްރޫއެއް ކުރިއަރުވަން ކަމަށް ބެލެވެ އެވެ.

ފިނޭންސް މިނިސްޓްރީން ފަހުން ވަނީ އެ މަޝްރޫއު ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމައިފަ އެވެ. އެކަމާ ގުޅޭ ބަހުސްތައް ކުރި އިރު، ފިނޭންސް މިނިސްޓަރަކީ މިހާރުގެ އިދިކޮޅު ލީޑަރު ލަޕީދް އެވެ.

މި ނޫނަސް ގިނަ ކޮރަޕްޝަން މައްސަލަތަކެއް ނަތަންޔާހޫއާ ދެކޮޅަށް އެބަ ހުއްޓެވެ. މިއީ އިޒްރޭލުގެ ބޮޑު ވަޒީރެއްގެ މަގާމުގައި ހުންނަވަނިކޮށް ޝަރީއަަތެއް ކުރެވޭ ފުރަތަމަ ފަހަރެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓްރަމްޕްގެ ތާއީދާއެކު ޖެންސަން ހުއަންގް އަލުން ސީއީއޯގެ މަގާމަށް

ހުއަންގް މަގާމުން އިސްތިއުފާ ދެއްވީ މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން، އޭނާގެ އަމިއްލަ ދިރިއުޅުމާ ގުޅޭ ސީރިއަސް ތުހުމަތުތަކެއް ފެންމަތިވުމާ ގުޅިގެންނެވެ. އޭގެ ތެރޭގައި ޗައިނާގެ ޖާސޫސީ އިދާރާއަކާ ގުޅުން އޮތް ކަމަށް އެމެރިކާގެ އިންޓެލިޖެންސުން ތުހުމަތުކުރާ އަންހެނަކާ އެކު ބޭއްވި ގުޅުމެއް ހިމެނެއެވެ.

ދެކުނު ކޮރެއާގެ އެޑިއުކޭޝަން މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ދެކުނު ކޮރެއާގެ ޔުނިވާސިޓީތަކަށް ވަނުމަށް ބާއްވާ އިމްތިހާނުގައި އޭއައި ބޭނުންކޮށްގެން މަކަރުހެދި މައްސަލައެއް ފެންމަތިވުމާ ގުޅިގެން، އެ ގައުމުގެ އެޑިއުކޭޝަން މިނިސްޓަރު މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. މި ހާދިސާއާ ގުޅިގެން މަކަރުހެދުން ހުއްޓުވުމަށް ސަރުކާރުން ވަނީ ކާރިސާތަކުގައި ބޭނުންކުރާ އެލާޓް ނިޒާމު މެދުވެރިކޮށް ކުއްލި ފިޔަވަޅުތަކެއް އަޅާފައެވެ. މިނިސްޓަރު އިސްތިއުފާ ދެއްވީ އިމްތިހާނުގެ ކަންކަން ރޭވުމުގައި ފެއިލްވެފައިވާ ކަމަށް އަމާޒުވި ފާޑުކިޔުންތަކުގެ ޒިންމާ ނެންގެވުމުގެ ގޮތުންނެވެ.

ރަޝިއާގެ މަނަވަރަކަށް ޑްރޯން ހަމަލާއެއް ދީ ފައްތާލައިފި

ލީބިޔާގެ ބެންގާޒީ ބަނދަރުގައި އޮތް ރަޝިއާގެ އަސްކަރީ މަނަވަރަކަށް ޑްރޯން ހަމަލާއެއްދީ ފައްތާލުމާ ގުޅިގެން، އެ ގައުމުގެ އިރުމަތީ ސަރުކާރުން އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ. މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވި ނަމަވެސް، މިއީ ލީބިޔާގެ އިސްތިގުލާލަށް އަރައިގަތުން ކަމަށް އެ ސަރުކާރުން ވަނީ ސިފަކޮށްފައެވެ.

ކޮޕް31 ނާކާމިޔާބުވެ، މޫސުމީ ރައްކާތެރިކަމުގެ އުންމީދު ފަނޑުވެއްޖެ

ތުރުކީވިލާތުގައި ބޭއްވި ކޮޕް31 ބައްދަލުވުން، ތެލާއި ގޭސް ބޭނުންކުރުމާ މެދު އުފެދުނު ހިޔާލުތަފާތުވުންތަކާއި މާލީ އެހީގެ މައްސަލައިގައި އެއްބަސްވުމަކަށް ނާދެވި ނާކާމިޔާބުވެއްޖެއެވެ. މިއީ 2009 ވަނަ އަހަރަށްފަހު މިފަދަ ސިޔާސީ އެއްބަސްވުމެއް ފޭލްވި ފުރަތަމަ ފަހަރު ކަމަށްވާއިރު، މީގެ ސަބަބުން މޫސުމީ ރައްކާތެރިކަމަށް ކުރާ އުންމީދުތަކަށް ވަނީ ބޮޑު ހުރަހެއް އެޅިފައެވެ.

އެއްބަސްވުމަކަށް ނާދެވި ކޮޕް31 ގެ މަޝްވަރާތައް ހުއްޓުމަކަށް

ތުރުކީވިލާތުގައި ކުރިއަށްދާ ކޮޕް31 ސަމިޓުގައި ފޮސިލް ފިއުލް ބޭނުންކުރުން މަދުކުރުމާއި މޫސުމީ އެހީގެ ފައިސާއާ މެދު ގައުމުތަކުގެ މެދުގައި އުފެދުނު ހިޔާލުތަފާތުވުންތަކާ ހުރެ، އެއްބަސްވުމަކަށް ނާދެވި މަޝްވަރާތައް ވަނީ ހުއްޓުމަކަށް އައިސްފައެވެ. ކަނޑައެޅިފައިވާ ވަގުތަށް ވުރެ އިތުރަށް މަޝްވަރާތައް ދިގުލައިގެން ގޮސްފައިވާއިރު، ހުރިހާ ގައުމަކުން އިއްތިފާގުވާ އެއްބަސްވުމަކަށް ނާދެވިއްޖެނަމަ އެއްވެސް ނަތީޖާއެއް ނުނެރެ ސަމިޓް ނިންމާލަން ޖެހިދާނެއެވެ.

އެފްބީއައިގެ މައި ޑޭޓާބޭސްއެއް ހެކްކޮށްފި

އެމެރިކާގެ ތަހުގީގީ އިދާރާ އެފްބީއައިގެ ކުށްވެރިންގެ މައުލޫމާތު ރައްކާކުރާ މައި ޑޭޓާބޭސްއަށް ހެކަރުން ވަދެފައިވާ ކަމަށް ބެލެވޭ މައްސަލައެއް އެ އިދާރާއިން ތަހުގީގު ކުރަން ފަށައިފިއެވެ. މި ހާދިސާއާ ގުޅިގެން ވައިޓް ހައުސްގެ ނޭޝަނަލް ސައިބާ ޑައިރެކްޓަރު މަގާމުން ވަކިކޮށްފައިވާއިރު، މިއީ އެފްބީއައިގެ ނިޒާމުތަކަށް ހެކަރުންގެ ހަމަލާއެއް އަމާޒުވި ފުރަތަމަ ފަހަރެއް ނޫނެވެ.

ވޮޝިންގްޓަންގެ އިސްތަށިކޮޅެއް 4،000 ޑޮލަރަށް ވިއްކާލައިފި

އެމެރިކާގެ ފުރަތަމަ ރައީސް ޖޯޖް ވޮޝިންގްޓަންގެ އިސްތަށިކޮޅެއް ނީލަމެއްގައި 4،000 ޑޮލަރަށް ވިއްކާލައިފިއެވެ. މި އިސްތަށިކޮޅަކީ 1799 ވަނަ އަހަރު އޭނާ އަވަހާރަވުމުގެ ކުޑަދުވަސްކޮޅެއް ކުރިން އެކުވެރިއަކަށް ދެއްވި ތާރީޚީ އާސާރީ އެއްޗެކެވެ. މީގެ ކުރިންވެސް ވޮޝިންގްޓަންގެ އިސްތަށިކޮޅުތަކާއި އޭނާއާ ގުޅުންހުރި ތަކެތި ނީލަމުގައި ބޮޑު އަގުގައި ވިއްކާފައިވެއެވެ.

Newsletter

Get the latest news delivered straight to your inbox