ފަލަސްތީނުގެ ފަތަހް ޕާޓީގެ މަގްބޫލުކަން ދަށްވަނީ

ފަތަހް ޕާޓީގެ އިސްވެރިއެއް ކަމުގައިވާ މަހްމޫދް އަލް އަލޫލް. -- ފޮޓޯ: ފްލޭޝް 90

ފަތަހް ޕާޓީގެ އިސްވެރިއެއް ކަމުގައިވާ މަހްމޫދް އަލް އަލޫލް. -- ފޮޓޯ: ފްލޭޝް 90

ރާމަﷲ، ފަލަސްތީން (ޖޫން 7) - އިޒްރޭލުން ވެރިވެގަނެގެން އުޅޭ ހުޅަނގު އައްސޭރީގައި ސިޔާސީ ބާރު ހިންގާ ފަތަހް ޕާޓީއިން ވައުދުތައް ނުފުއްދާތީ މަގްބޫލުކަން ދަށްވަމުންދާ ކަމަށް އެ ޕާޓީގެ ވެރިޔަކު ވިދާޅުވެއްޖެ އެވެ.

ފަލަސްތީންގެ ރައީސް މަހްމޫދު އައްބާސްގެ ފަތަހް ޕާޓީގެ ޑެޕިއުޓީ ޗެއާމަން މަހްމޫދް އަލް އަލޫލް ވިދާޅުވީ ރައްޔިތުންގެ މެދުގައި ޕާޓީގެ މަގްބޫލުކަން ދަށްވަމުންދާ ކަމަށާއި އޭގެ އެންމެ ބޮޑު ސަބަބަކީ ވައުދުތައް ނުފުއްދުން ކަމަށެވެ.

"ފަތަހް ގްރޫޕުން ނިންމީ ސުލްހަވެރި ގޮތްތަކުން ކުރިއަށް ދާން. އެގޮތުގެ މަތިން ކަންކަން ހާސިލްކުރަން ރައްޔިތުންނަށް ވައުދުވި. އެ ވައުދުތައް ނުފުއްދުނު،" އޭނާ ވިދާޅުވި އެވެ.

އުމުރުން 72 އަހަރުގެ އަލް އަލޫލްއަކީ މިހާރު ރައީސްކަމުގައި ހުންނެވި އުމުރުން 87 އަހަރުގެ މަހްމޫދް އައްބާސްއަށް ފަހު އެ މަގާމަށް ވަޑައިގަންނަވާނެ ބޭފުޅެއްގެ ގޮތުގައި އޮތީ ބެލެވިފަ އެވެ.

އެކަމަކު އަލޫލް ވިދާޅުވީ އެ މަގާމަށް އަންނަން ބޭނުން ނުވާ ކަމަށާއި ޕާޓީއިން ބަލަން ވާނީ ޒުވާން ޖީލުގެ ތެރެއިން ލީޑަރުންތަކެއް ނެރެން ކަމަށެވެ.

ފަތަހް ގްރޫޕްގެ ހަރަކާތުގެ ތެރެއިން އަލޫލް ކުރިއެރީ ލުބްނާންގައި 1970 ގެ އަހަރުތަކުގަ އެވެ. އޭނާ އެނބުރި ހުޅަނގު އައްސޭރިއަށް ވަޑައިގެންނެވީ 1995 ގަ އެވެ.

އިޒްރޭލާއި ފަލަސްތީނާ މެދު އޮސްލޯ ސުލްހައިގެ އެއްބަސްވުމުގައި ސޮއިކުރީ 1993 ގަ އެވެ. އޭގެ ފަހުން ހުޅަނގު އައްސޭރީގައި ސިޔާސީ ގޮތުން ބާރު ހިންގަނީ ފަތަހް ގްރޫޕުންނެވެ.

ހުޅަނގު އައްސޭރިއާ ވަކިން އޮންނަ ގާޒާގައި ބާރު ހިންގަނީ ފަތަހް ގްރޫޕާ ވާދަވެރި ހަމާސްއިންނެވެ. އެނެލިސްޓުން ބުނާ ގޮތުގައި މިހާރު ފަތަހް ގްރޫޕަށް ވުރެ ހަމާސްގެ މަގްބޫލްކަން ބޮޑެވެ.

ހިޔާލު ހޯދުމުގެ ވޯޓުތަކުން ދައްކާ ގޮތުގައި ފަތަހް ގްރޫޕަށް ވޯޓު ދޭނީ އެންމެ 33 ޕަސެންޓު މީހުންނެވެ. އެއާ ހިލާފަށް ކުރީގެ ރައީސް ޔާސިރް އަރަފާތު ހުންނެވި އިރު، 89 ޕަސެންޓު މީހުންގެ ވޯޓު ލިބުނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގަލްފު ސަރަހައްދުގައި ގަތަރުގެ ތެޔޮ ބޯޓަކަށް ހަމަލާ ދީފި

ގަލްފު ސަރަހައްދުން ދަތުރުކުރި ގަތަރުގެ "އަލް މައިދާ" ނަމަކަށް ކިޔާ ގޭސް ބޯޓަކަށް ހަމަލާއެއް ދީފި އެވެ. މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ އިރު، ބޯޓުގެ އޮޕަރޭޝަންތައް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް ގަތަރު ގޭސް ޓްރާންސްޕޯޓް ކޮމްޕެނީން ބުނެއެވެ. މިއީ އީރާނާއި އެމެރިކާ އަދި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ވިޔަފާރި އުޅަނދުތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގެ ތެރެއިން ހިނގި ހާދިސާއެކެވެ.

އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް"ގެ ކަންބޮޑުވުން

އިތުބާރު ހުރި ސަޕްލައި ޗެއިންތަކެއް ބިނާކުރުމަށާއި، މާކެޓް އުސޫލުތަކާ ޚިލާފަށް ކުރިމަތިވާ އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް" އިއްތިހާދުގެ ގައުމުތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. މި ބައްދަލުވުމުގައި މިނިވަން އިންޑޯ-ޕެސިފިކް ސަރަހައްދަކަށް ތާއީދުކޮށް، އެ ސަރަހައްދުގެ އޭއައި ޓެކްނޮލޮޖީ ކުރިއެރުވުމަށް 85 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވަނީ އެއްބަސްވެފައެވެ.

ކޮޕް17 ގައި އެއްބަސްވުމަކާ ހަމައަށް، ފައިސާގެ މައްސަލަ ބޮޑު

އަރްމީނިއާގައި ބޭއްވި ކޮޕް17 ކޮންފަރެންސްގައި ދުނިޔޭގެ ދިރުންތަކުގެ ނަސްލު ހިމާޔަތްކުރުމުގެ މަސައްކަތް ވަރުގަދަކުރުމަށް "ޔެރެވަން ޕާތުވޭ" ގެ ނަމުގައި އެއްބަސްވުމެއް އެކުލަވާލައިފިއެވެ. ނަމަވެސް، މި މަސައްކަތްތަކަށް ބޭނުންވާ ފައިސާ ހޯދާނެ ގޮތަކާ މެދު ގައުމުތަކުގެ މެދުގައި އަދިވެސް ވަނީ ގޮތެއް ނުނިންމި ހިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

ސަލާމަތީ ބާރުތަކުން ދިއްލީގރ މުޒާހަރާ ކުރާ ސަރަހައްދު ވަށާލައިފި

އިންޑިއާގެ ޗީފް އިލެކްޝަން ކޮމިޝަނަރުގެ އިސްތިއުފާއަށް ގޮވާލައި އިދިކޮޅު ފަރާތްތަކުން ނިއުދިއްލީގައި ބާއްވާ ބޮޑު މުޒާހަރާއާ ގުޅިގެން، ސަލާމަތީ ބާރުތަކުން އެ ސަރަހައްދު ވަނީ ވަށާލާފައެވެ. ވޯޓުލާ މީހުންގެ ލިސްޓަށް ގެނައި ބަދަލުތަކާ މެދު ހިތްހަމަނުޖެހުން ފާޅުކުރާ މި މުޒާހަރާއަކީ ބޮޑުވަޒީރު މޯދީގެ ސަރުކާރަށް ކުރިމަތިވާނެ ވަރުގަދަ ގޮންޖެހުމެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

ޖަރުމަނުގެ ޖެންޒީ މުޒާހަރާ ހޫނުވެ ފިހާރަތައް ލޫޓުވައިފި

ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވުމާއި ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅަށް ޖަރުމަނުގެ ޒުވާނުން ފެށި މުޒާހަރާތައް ހޫނުވެ، ފްރެންކްފާޓާއި އެހެން ސިޓީތަކުގައި ފުލުހުންނާ ކުރިމަތިލައި ފިހާރަތައް ލޫޓުވައިފިއެވެ. މި ހަމަނުޖެހުންތަކުގައި މުޒާހަރާގެ ބައިވެރިން ފުލުހުންނަށް އަމާޒުކޮށް ހަމަލާދީފައިވާއިރު، ފުލުހުން ވަނީ ބާރުގެ ބޭނުންކޮށް ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކޮށްފައެވެ.

އިތިއޯޕިއާގެ ބޮޑުވަޒީރާއި ކެބިނެޓް ވަޒީރުން އަސްކަރީ ތަމްރީނުގައި

އިތިއޯޕިއާގެ ބޮޑުވަޒީރު އަބީ އަހުމަދާއި ކެބިނެޓް ވަޒީރުން ހިމެނޭހެން ސަރުކާރުގެ އިސް އޮފިޝަލުންނަށް އަސްކަރީ ތަމްރީނުތަކެއް ދޭން ފަށައިފިއެވެ. މި ތަމްރީނުތަކުގެ ބޭނުމަކީ ސިފައިންގެ އަދަބު އަޚުލާގުގެ އެހީގައި ވަރުގަދަ ލީޑަރުން ބިނާކޮށް ގައުމުގެ ތަރައްގީއަށް މަސައްކަތްކުރުން ކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ. މި ތަމްރީނުތައް ކުރިއަށްދަނީ އެ ގައުމުގެ ސަލާމަތީ މަޝްރަހު ގޯސްވެ، އަވަށްޓެރި އެރިތުރިއާއާ އެކު އޮތް ގުޅުން ހީނަރުވެފައިވާ ދަނޑިވަޅެއްގައެވެ.

ކޮންގޯގައި އެބޯލާ ޖެހިގެން 5000 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ

ޑީއާރު ކޮންގޯގައި ފެތުރެމުންދާ އެބޯލާ ބަލީގައި 5،000 އަށް ވުރެ ގިނަ މީހުން މަރުވެ، ބަލި ޖެހުނު މީހުންގެ އަދަދު 10،300 އަށް ވުރެ މައްޗަށް ވަނީ އަރާފައެވެ. އެ ގައުމުގެ އަށް ޕްރޮވިންސަކަށް ބަލި ފެތުރިފައިވާއިރު، މި ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް ދާޚިލީ ހަމަނުޖެހުންތަކާއި އެކަށީގެންވާ ފަރުވާއެއް ނެތުމުގެ ސަބަބުން ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ.

Newsletter

Get the latest news delivered straight to your inbox