މަޖިލީހުގެ ތަޅުމުގައި ލަވަ ޖަހައި، މެމްބަރުންނަށް އުނދަގޫކުރާތީ ޝަކުވާ ބޮޑުވެއްޖެ

May 31, 2023, 9:15 AM
ރައޔިތުންގެ މަޖިލީހުގެ މެމްބަރުން ޖަލްސާއެއްގައި ބައިވެރިވެވަޑައިގަންނަވަނީ. ބައެއް މެމްބަރުން މިއަދު ތަޅުމުގައި ބައެއް މެމްބަރުން މިއަދު ލަވަޖެއްސެވުމުން ޝަކުވާ ބޮޑުވި

ރައޔިތުންގެ މަޖިލީހުގެ މެމްބަރުން ޖަލްސާއެއްގައި ބައިވެރިވެވަޑައިގަންނަވަނީ. ބައެއް މެމްބަރުން މިއަދު ތަޅުމުގައި ބައެއް މެމްބަރުން މިއަދު ލަވަޖެއްސެވުމުން ޝަކުވާ ބޮޑުވި

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރުން ބަހުސްކުރައްވަމުން ގެންދަވަނިކޮށް މެމްބަރަކު އަޑުގަދަކޮށް ލަވަ ޖައްސަވަން ފެއްޓެވުމުން ޝަކުވާ ބޮޑުވެއްޖެ އެވެ.

ތަޅުމުގައި އަޑުގަދަކޮށް ޖެހި ލަވަޔަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް މަލާމާތް ރައްދުވާ ގޮތަށް ހަދާފައިވާ ލަވައެކެވެ. ޓީވީ ޗެނަލަކުން އެ ލަވަ ދައްކާތީ، އެ ލަވަ ނުދައްކަން ބްރޯޑްކާސްޓިން ކޮމިޝަނުން އެ ޗެނަލަށް އެންގުމުން އެކަން ކުށްވެރިކޮށް އިދިކޮޅުން މަޖިލީހަށް ކުއްލި މައްސަލައެއް ވެސް ހުށަހެޅި އެވެ.

މަޖިލީހުގައި އެ ލަވަ ޖެއްސެވީ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ކަމަށް ބައެއް މެމްބަރުން ތުހުމަތު ކުރެއްވި އިރު، އޭނާ އަކީ ލަވަ ނުދައްކަން އެންގި އެންގުން ކުށްވެރިކޮށް ކުއްލި މައްސަަލަ ހުށަހެޅުއްވި މެމްބަރު ވެސް މެ އެވެ.

ލަވަ ޖަހާތީ ރިޔާސަތަށް އެކަން ފުރަތަމަ ފާހަގަކޮށްދެއްވީ އައްޑޫ މީދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ރޮޒައިނާ އާދަމެވެ. އޭނާ ރިޔާސަތާ ސުވާލުކުރެއްވީ މަޖިލީހުގެ ތަޅުމުގައި "މިހާރު ލަވަ ވެސް ޖެހޭތޯ" އެވެ.

"އިއްޒަތްތެރި މެމްބަރުންނަށް ދަންނަވައިލަން، މިތާނގައި ލަވަޖެހުން އެެއީ ހުއްދަކަމެއް ނޫން،" ރޮޒައިނާ އަށް ޖަވާބު ދެއްވަމުން ރިޔާސަތުން، ވިލުފުށި ދާއިރާގެ މެމްބަރު ހަަސަން އަފީފު ވިދާޅުވި އެވެ.

އޭގެ ފަހުން ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން ވާހަކަ ދައްކަވަނިކޮށް އަނެއްކާ ވެސް ލަވަޖަހަން ފެށުމުން ރިޔާސަތުން އަފީފު އިރުޝާދު ދެއްވީ މަޖިލީހުގެ ސެކިއުރިޓީ ބަލަހައްޓަވާ ބޭފުޅުން އެކަން ބެެއްލެވުމަށެވެ.

މަޖިލީހުގެ ތަޅުމަށް ސްޕީކަރެއް ވައްދަވައިގެން ލަވަ ޖައްސަވަނީ ނައިފަރު ދާއިރާގެ މެމްބަރު ޝިޔާމް ކަމަށް އިކްރާމް ތުހުމަކުރެއްވި އެވެ. އެހެން ނަމަވެސް އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ތުހުމަތުކުރެއްވި ގޮތުގައި ސްޕީކަރު ތަޅުމަށް ވެއްދެވީ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފެވެ.

"އިއްޒަތްތެރި ރައީސް އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވާ ނިޒާމީ ނުކުތާއަކީ [ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު] ހުސެން ލަވަޖަހާ ސްޕީކަރު ފްލޯއަށް ވައްދައިގެން ހަމަ ކޮންމެ މެމްބަރަކު ވެސް ވާހަކަދައްކަން ފަށާއިރަށް އުނދަގޫ ކުރަނީ. ގަވާއިދު ތަނެއް ނުދޭ. އެހެންވީމާ ފުރަތަމަ ކަމަކަށް އެ ސްޕީކަރު ފްލޯއިން ބޭރުކޮށްލަދޭން އެދޭ ވާހަކަ އަަޅުގަނޑު ވަރަށް އަދަބުވެރިކަމާ އެކު ދަންނަވަން،" ޝިފާއު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގައި ކޮންމެ ދުވަހަކުހެން، ރައީސާއި ނައިބު ރައީސް ވަޑައިގެން ނޫޅޫއްވާތީ އެންމެ ދުވަސްވީ މެމްބަރުގެ ހައިސިއްޔަތުން ރިޔާސަތު ބަލަހައްޓަން ވިލުފުށި ދާއިރާގެ މެމްބަރު އަފީފަށް ޖެހިވަޑައިގަންނަވަ އެވެ. އޭނާ ރިޔާސަތު ބަލަހައްޓަވާ ވަގުތުގައި މަޖިލީހުގެ ނިޒާމު ވަރަށް ބޮޑަށް ގެއްލެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox