ރާއްޖޭގައި ބާނާ މަސް ލަންކާގައި ބަންދު ކުރަން މަޝްވަރާކޮށްފި

މަަސްވެރިއަކު މާރުކޭޓަށް މަސްތަކެއް ގެންދަނީ: ރާއްޖޭގައި ބާނާ ކަނޑުމަސް ޗައިނާގައި މިހާރު ވެސްް ބަންދު ކުރޭ -- ފޮޓޯ: އަދަދު ފައިލް

މަަސްވެރިއަކު މާރުކޭޓަށް މަސްތަކެއް ގެންދަނީ: ރާއްޖޭގައި ބާނާ ކަނޑުމަސް ޗައިނާގައި މިހާރު ވެސްް ބަންދު ކުރޭ -- ފޮޓޯ: އަދަދު ފައިލް

ރާއްޖޭގައި ބާނާ ކަނޑުމަސް ސްރީ ލަންކާއަށް ގެންގޮސް އެ ގައުމުގައި ބަންދު ކުރެވޭނެ ގޮތެއް ހޯދަން ދިވެހި ސަރުކާރުން މަޝްވަރާކޮށްފި އެވެ. 

ސްރީ ލަންކާގެ ނިއުސް ފަސްޓުގައި ބުނެފައި ވަނީ ރާއްޖެއިން ބާނާ މަސް ލަންކާގައި ބަންދު ކުރުމާ ގުޅޭ މަޝްވަރާތައް ކުރިއަށްގެންދިޔައީ ދިވެހި ސަފީރު މަސްއޫދު އިމާދާއި ލަންކާގެ ފިޝަރީޒް މިނިސްޓަރު ރަމަލިންގަމް ޗަންދަރާސެކާރު ކަމަށެވެ. 

ލަންކާގެ މަޖިލިސް ކުރާ ގޭގައި ބޭއްވި އެ ބައްދަލުވުމުގައި، ވެލިއު އެޑަޑް މަހުގެ ޕްރޮޑަކްޓުތައް މާކެޓަށް ނެރެން މަޝްވަރާ ކުރި އެވެ. ވެލި އެޑް ކުރުމަކީ ރޯ ކަނޑުމަސް ބޭރު ކުރުމުގެ ބަދަލުގައި ބަންދުކޮށްގެން ނުވަތަ އެނޫން ވެސް ގޮތަކަށް ބާޒާރަށް ނެރުމެވެ. 

މަހުގެ ވިޔަފާރި ކުރާ ދައުލަތުގެ ކުންފުނި މިފްކޯ އާއި އެ މަސައްކަތް ކުރާ ޕްރައިވެޓް ކުންފުނިތަކުގެ ވަސީލަތްތައް ބޭނުންކޮށްގެން ދުވާލަކު 155 ޓަނުގެ މަސް ރާއްޖޭގައި ޕްރޮސެސް ކުރެވިދާނެ އެވެ. ލަންކާގައި ދުވާލަކު ބަންދު ކުރެވެނީ ގާތްގަނޑަކަށް 40،000 މަސްދަޅެވެ. 

ރާއްޖެއިން ރޯމަސް ބޭރުކޮށްގެން ޗައިނާގައި ބަންދު ކުރަން މިފަހުން ވަނީ ފަށައިފަ އެވެ. މަސްވެރިކަމާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް އެކަން ސިފަ ކުރެއްވީ ކާމިޔާބެއްގެ ގޮތުގަ އެވެ. 

"ރާއްޖޭގައި ބޭނި މަހުން މަސް ދަޅުގެ ފުރަތަމަ ބެޗު ކާމިޔާބުކަމާއެކު ތައްޔާރު ކުރުމުން ވެއިހާއި ކިއުޒީ ބްލޫސީ ފުޑްސް އަދި ޖިންގްވައިޑޫ ބްރޭންޑަށް ވަރަށް ބޮޑަށް މަރުހަބާ،" ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox