ބޭންކުން ހެކި ހޯދި ގޮތަށް އިއުތިރާޒުކޮށް ޔާމީން ވިދާޅުވީ މުޅި އިގުތިސޯދަށް ގެއްލުން ދައްކާނެ ކަމަށް

ރައީސް އަބްދުﷲ ޔާމީން "އަދަދު" ނޫހަށް މީގެ ކުރިން ދެއްވި އިންޓަވިއުއެއް؛ ބޭންކުން ހެކި ހޯދި ގޮތަށް އިއުތިރާޒުކުރައްވަމުން ޔާމީން ވިދާޅުވަނީ މުޅި އިގުތިސޯދަށް މީގެ ގެއްލުން ލިބޭނެ ކަމަށް - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ރައީސް އަބްދުﷲ ޔާމީން "އަދަދު" ނޫހަށް މީގެ ކުރިން ދެއްވި އިންޓަވިއުއެއް؛ ބޭންކުން ހެކި ހޯދި ގޮތަށް އިއުތިރާޒުކުރައްވަމުން ޔާމީން ވިދާޅުވަނީ މުޅި އިގުތިސޯދަށް މީގެ ގެއްލުން ލިބޭނެ ކަމަށް - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތަހުގީގަށް ހެކީގެ ގޮތުގައި ބޭންކުން އެކައުންޓު ސްޓޭޓުމަންޓްތަކާއި ޓްރާންސެކްޝަންތައް ފުލުހުން ހޯދި ގޮތަށް އިއުތިރާޒުކޮށް، ފުލުހުން އަމަލުކުރި ގޮތުން މުޅި އިގުތިސޯދަށް އޭގެ ގެއްލުން ލިބޭ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވި އެވެ.

ޔާމީންގެ ވެރިކަމުގައި ހިންގި އެ ހިޔާނާތުގެ ތެރެއިން ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގައި ހިޔާނާތް ހިންގި ކަމަށް ބުނާ މައްސަލާގައި އެމަނިކުފާނުގެ އިތުރުން، މއ. ކުރިކީލަހިޔާ އަހުމަދު ކްރިކް ރިޒާ އާއި، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން، އަދި ސަން އިންވެސްޓްމަންޓުގެ މައްޗަށް ދައުވާކޮށްފައިވެ އެވެ.

ޔާމީންގެ މައްޗަށް އުފުލާފައިވަނީ މަނީ ލޯންޑަރިންގެ ދައުވާ އަދި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ އެވެ. ރިޒާގެ މައްޗަށް ކުރަނީ މަނީ ލޯންޑަރިންގެ ދައުވާ އަދި ރިޝްވަތު ހިފުމުގައި މެދުވެރިއަކަށް ވުމުގެ ދައުވާ އެވެ. ސަންގެ ދެ ކުންފުނީގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ އުފުލާފައިވެ އެވެ.

Advertisement

ކްރިމިނަލް ކޯޓުގައި ހިނގަމުންދާ ޝަރީއަތުގައި މިއަދު އޮތީ ދައުލަތުން ހުށަހަޅާފައިވާ ބައެއް ހެކިތައް ބަލައިގަތުމަށް އިއުތިރާޒުކޮށް ޔާމީން އަދި ކްރިކް ރިޒާގެ ފަރާތުން ހުށަހަޅާފައިވާ ހުށަހެޅުންތަކާ ގުޅޭ ގޮތުން ވާހަކަ ދެއްކުމެވެ.

ޔާމީން އަދި ކްރިކް ރިޒާގެ ފަރާތުން ހުށަހެޅި އެއް ހުށަހެޅުމަކީ ބޭންކް ސްޓޭޓްމަންޓްތައް ކޯޓު އަމުރެއް ނެތި ހޯދީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައި ދިނުމެވެ.

އެއާ ގުޅޭގޮތުން ވާހަކަ ދައްކަން ޔާމީނަށް ސީދާ ދިން ފުރުސަތުގައި އެމަނިކުފާނު ވިދާޅުވީ ބޭންކުން ހޯދާފައިވާ ސްޓޭޓްމަންޓުގެ ތެރޭގައި 2010 އިން ފެށިގެން ހިމެނޭ މުއާމަލާތްތައް ވެސް ހިމެނޭ ކަމަށެވެ. އެ ތަކެތި ހޯދީ ކޯޓު އަމުރެއް ނެތި ކަމަށް އޭނާ ވިދާޅުވި އެވެ.

ބޭންކިން މައުލޫމާތުގެ ސިއްރު ހިފެހެއްޓުމަކީ ކޮންމެ މީހަކަށް ވެސް ލިބިދޭ ހައްގަކަށްވާއިރު، އެ މައުލޫމާތު ހޯދުން އޮންނަނީ ވަކި ހާލަތްތަކެއްގައި ކޯޓު އަމުރެއް ހޯދައިގެން ކަމަށް ޔާމީން ގަބޫލުކުރައްވަ އެވެ. އެ މުއާމަލާތްތައް އާންމުކޮށް ޔާމީން ފަލީހަތް ކުރަން މަސައްކަތްކޮށްފައިވާ ކަމަށް ތުހުމަތުކުރެއްވި އެވެ.

ބޭންކްތަކުގެ ކަސްޓަމަރުންގެ މައުލޫމާތު ލިޔުމުން އެދިގެން ތަހުގީގީ އިދާރާތަކާއި ޕްރޮސެކިއުޓާ ޖެނެރަލަށް ހޯދޭނެ ކަމަށް ގާނޫނުގައި ބުނާ ބުނުން މާނަކުރި ގޮތް އެ ގޮތަށް ދޫކޮށްލައިފިނަމަ އޭގެ ނަތީޖާ ވަރަށް ގޯސްވާނެ ކަމަށް ޔާމީން ވިދާޅުވި އެވެ.

"އަޅުގަނޑުމެން ސިޔާސީ މީހުންގެ މައްސަލަތަކުގައި ޣައިރު ޒިންމާދާރުކޮށް މިހެން އަމަލުކޮށްގެން ނުކުންނަ ނަތީޖާއަކީ ކޮބައިތޯ؟ އޭގެ ނަތީޖާއަކީ ބޭންކްތަކަށް ކަސްޓަމަރުންނާއި އިންވެސްޓަރުންގެ އިތުބާރު ގެއްލޭނީ، މުޅި ބޭންކިން ނިޒާމަށް، މުޅި އިގުތިސޯދަށް އޭގެ ގެއްލުން ދައްކާނެ،" ޔާމީން ވިދާޅުވި އެވެ.

ބޭންކިން ގާނޫނަށް ހަވާލާދީ، ދައުލަތުގެ ވަކީލު ވިދާޅުވީ ބޭންކުން ހެކި ހޯދުމަށް ތިން ހާލަތެއް ލިޔެފައިވާ ކަމަށެވެ. އޭގައި ބަޔާންކުރަނީ ކޯޓު އަމުރެއް ހޯދައިގެން ނޫނީ ޕްރޮސެކިއުޓާ ޖެނެރަލް ލިޔުމުން އެދިގެން ނޫނީ ތަހުގީގީ އިދާރާއަކުން ލިޔުމުން އެދިގެން މެނުވީ ބޭންކު އެކައުންޓްތަކުގެ މައުލޫމާތު ނުދެވޭނެ ކަމަށެވެ.

ދައުލަތުން ހޯދި ހެކިތަކަށް އިއުތިރާޒުކޮށް ޔާމީން އަދި ކްރިކްގެ ފަރާތުން އެކި ހުށަހެޅުންތައް ހުށަހަޅާފައިވެ އެވެ. އަދި ޝަރީއަތުގައި އިއްވީ ހިޔާނާތް ތަހުގީގުކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވި އެސެޓް ރެކަވަރީގެ ރިޔާސީ ކޮމިޝަން ފިޔަވައި އެހެން ތަހުގީގު އިދާރާތަކުން ހޯދި ހެކިތަކާއި، ބޭންކުން ހޯދި ހެކިތައް ބަލައިނުގަތުމުގެ ހުށަހެޅުމެވެ.

މައްސަލައިގެ ފަސްފަހަތް؛

ދައުލަތުން ތުހުމަތުކުރާ ގޮތުގައި ނުފޫޒު ބޭނުންކުރައްވައިގެން ޔާމީން، މއ. ކުރިކީލަހިޔާ އަހުމަދު ކްރިކް ރިޒާ މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި 1،117،000 ޑޮލަރު ހޯދައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އާއި ސަން އިންވެސްޓްމެންޓް ބޭނުންކޮށްގެން އެ ފައިސާ ލޯންޑާކުރުމަށްޓަކައި ބޭނުން ކޮށްފައިވެ އެވެ.

އެމްއެމްޕީއާރްސީގެ ތެރެއިން ފުއްގިރި ކުއްޔަށް ދޫކުރީ ބިޑަކާ ނުލާ ދުބާއީ ކުންފުންޏެއް ކަމަށްވާ ކްލެސިކް ސިޓީ އައިލެންޑް ހޯލްޑިންގްސްއާ އެވެ. އެ ކުންފުންޏަށް ފުއްދިރި ދިނީ 1.55 މިލިއަން ޑޮލަރަށެވެ. ފުއްގިރި ކުއްޔަށް ދިނުމުގައި ރިޝްވަތުގެ ކަންތައްގަނޑެއް ހިންގާފައިވާއިރު, ޕެންޑޯރާ ޕޭޕާސްގައި ހާމަވި ގޮތުގައި އޭގެ ފަހަތުގައި ތިބީ އިންޑިއާގެ ނުޒޫފުގަދަ ވިޔަފާރިވެރިންތަކެވެ.

އެ ގޮތުން, ލީކްކޮށްލާފައިވާ ޕެންޑޯރާ ޕޭޕާސްއަށް ލިބިފައިވާ ލިޔުންތަކުން ދައްކާ ގޮތުގައި ކްލެސިކް ސިޓީ އައިލެންޑް ހޯލްޑިންގްސް ކުންފުންޏަކީ އިންޑިއާގެ ޕްރޮޕަޓީ ޑިވެލޮޕަރެއް ކަމަށްވާ އަވިނާޝް ބޮސާލޭގެ މަސްލަހަތު އޮންނަ ވިޔަފާރިއަކާއި ލޮޖިސްޓިކް ވިޔަފާރީގައި ނުފޫޒުގަދަ އިންޑިއާ މީހެއް ކަމަށްވާ އަމިތު ކުމާރު ގާންދީގެ ޕާޓްނަޝިޕް ކުންފުންޏެކެވެ.

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓުކަން އަރުވާފައިވާ ޔާމީން މިހާރު ވެސް ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އެއީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ވ. އާރަށް ކުއްޔަށް ދޫކުރުމުގައި 1.1 މިލިއަން ޑޮލަރު ރިޝްވަތުގެ ގޮތުގައި ނަންގަވައި އެ ފައިސާ ލޯންޑަކުރެއްވި ކަމަށް ކްރިމިނަލް ކޯޓުގައި ސާބިތުވެއްޖެ ކަމަށް ކަނޑައެޅުމަށް ފަހުގަ އެވެ. އެ ހުކުމް ހައި ކޯޓުގައި މިހާރު ވަނީ އިސްތިއުނާފުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox