އެމްއާރްއެމް އުވާލުން މަޑުޖައްސާލުމުގެ އަމުރު ކޮމިޝަނުން އިސްތިއުނާފު ކުރަނީ

އިލެކްޝަންސް ކޮމިޝަނުގެ މެންބަރުން : އެމްއާރުއެމް އުވާލުން ފަސްކުރުމަށް ނެރުނު އަމުރު މުރާޖައާކުރުމަށް އީސީއިން ވަނީ ކޯޓަށް ދިއުމަށް ނިންމާފަ - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

އިލެކްޝަންސް ކޮމިޝަނުގެ މެންބަރުން : އެމްއާރުއެމް އުވާލުން ފަސްކުރުމަށް ނެރުނު އަމުރު މުރާޖައާކުރުމަށް އީސީއިން ވަނީ ކޯޓަށް ދިއުމަށް ނިންމާފަ - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ މޯލްޑިވްސް ރިފޯމް މޫވްމަންޓު (އެމްއާރުއެމް) އުވާލުމަށް ނިންމި ނިންމުމަށް އަމަލުކުރުން މަޑުޖައްސާލުމަށް އިއްޔެ ނެރުނު އަމުރު އިސްތިއުނާފު ކުރަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.

އެ ކޮމިޝަނުން މައްސަލާގައި ކޯޓަށް ދާން ނިންމިކަން ބުނީ މިއަދު ކުރި ޓުވީޓެއްގަ އެވެ. ގާނޫނުން ސިޔާސީ ޕާޓީތަކުގައި ތިބެންޖެހޭ ކަމަށް ބުނާ މެމްބަރުންގެ އަދަދު ހަމަނުވާތީ އެމްއާރުއެމް އުވާލީ މި ހިނގާ މެއި 24، ގަ އެވެ.

އެމްއާރުއެމް އުވާލި މައްސަލާގައި މައުމޫނާއި އެމަނިކުފާނުގެ ދަރިކަލުން އަދި ޕާޓީގެ ރައީސް އަހްމަދު ފާރިސް މައުމޫން ވަނީ މިއީ އީސީގެ ނިންމުމަކީ ގާނޫނާ ހިލާފު ނިންމުމެއް ކަމަށް ބުނެ ފާޑުވިދާޅުވެފަ އެވެ. އެމްއާރުއެމުން ބުނާ ގޮތުގައި އީސީއިން 3،000 މެމްބަރުން ހަމަކުރުމަށް ދިން މުއްދަތުގައި އެ އަދަދަށް އެ ޕާޓީން ވަނީ ފޯމު ހުށަހަޅައިފަ އެވެ.

ކޯޓުން އިއްޔެ އަމުރުކުރީ އެމްއާރުއެމް އުވާލާ އެ ޕާޓީން ސިޔާސީ އެއްވެސް ހަރަކާތެއް ނުހިންގޭނެ ކަމަށް އީސީއިން އަންގާފައިވީ ނަމަވެސް، ޕާޓީއާ ދެކޮޅަށް އެއްވެސް ފިޔަވަޅެއް މިވަގުތަށް ނޭޅުމަށެވެ. އެ އަމުރުގެ މުއްދަތަކަށް ޖަހާފައިވަނީ 30 ދުވަހެވެ.

އެއީ އެމްއާރުއެމް އިން އީސީގެ ނިންމުން ބާތިލުކުރުމަށް އެދި ކުރިއަށް އޮތް 30 ދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް މައްސަލައެއް ހުށަހެޅުމަށް މަސައްކަތް ކުރަމުންދާތީ ކަމަށް ކޯޓުން ވަނީ ބުނެފަ އެވެ.

އެމްއާރުއެމް އަކީ މި ސަރުކާރު ހިންގާ ކޯލިޝަނުގައި ވެސް ހިމެނޭ ޕާޓީއެކެވެ. އެ ޕާޓީން މި އަހަރުގެ ރިޔާސީ އިންތިހާބާމެދު އަދި ގޮތެއް ނިންމާފައި ނުވާއިރު ޕާޓީގެ ރައީސް، ފާރިސް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަމުގެ އަޑުތައް ދަނީ ގަދަވަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު އަލީ ނިޔާވެއްޖެ

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު ޑރ. މުހައްމަދު އަލީ، އައިޖީއެމްއެޗްގައި ފަރުވާ ހޯއްދަވަމުން ދަނިކޮށް މިއަދު ވަނީ ނިޔާވެފައެވެ. އުމުރުން 67 އަހަރުގައި ނިޔާވި މުހައްމަދު އަލީއަކީ އިމިގްރޭޝަން ކޮންޓްރޯލަރުގެ އިތުރުން ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމުވެސް ފުރުއްވާފައިވާ ބޭފުޅެކެވެ.

ޓޫރިޒަމް ހީނަރުވުމުން އިގުތިސޯދީ ހަރަކާތް މަޑުޖެހޭނެ: ފައްޔާޒު

ސަރުކާރުން ޓެކްސް ގާނޫނުތަކަށާއި ބޭރު ފައިސާ މާރުކުރުމުގެ ގަވާއިދަށް ގެނައި ކުއްލި ބަދަލުތަކުގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތަށް ބޮޑު ހީނަރުކަމެއް އަތުވެދާނެ ކަމަށް ކުރީގެ މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ. މި ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް އޮތް އިންވެސްޓަރުންގެ އިތުބާރު ގެއްލި، ވިޔަފާރިތައް ހުއްޓި މުޅި ގައުމުގެ އިގުތިސޯދު މަޑުޖެހުމުގެ ބިރު އޮތްކަން އޭނާ ފާހަގަކުރެއްވިއެވެ.

ޕްލާސްޓިކް ހޮޅި ހުއްދަކުރީ ކަރުދާސް ހޮޅި ބޭނުންކުރަން ދަތިވުމުން

ކަރުދާސް ހޮޅި ބޭނުންކުރުމުގައި ހުރި ދަތިތަކާއި ސިއްހީ ކަންބޮޑުވުންތަކާ ގުޅިގެން، ރާއްޖެއަށް ޕްލާސްޓިކް ހޮޅި އެތެރެކުރުން މަނާކުރާ ތާރީހު 2031 ވަނަ އަހަރަށް ސަރުކާރުން ފަސްކޮށްފިއެވެ. އެންވާރަމަންޓް މިނިސްޓްރީން ބުނީ މި ބަދަލު ގެނައީ ކަރުދާސް ހޮޅި ފޫދުމުގެ މައްސަލައާއި އޭގެ ސަބަބުން މައިކްރޯ ޕްލާސްޓިކް އުފެދުމުގެ ފުރުސަތު އޮތުމުން ކަމަށެވެ. މީގެ ކުރިން 2023 ގެ ނިޔަލަށް ޕްލާސްޓިކް ހޮޅި މަނާކުރަން ނިންމާފައި އޮތް ނަމަވެސް، މި ނިންމުމާއެކު އެ ތާރީހު ވަނީ ވަރަށް ބޮޑަށް ފަސްވެފައެވެ.

ހިރިމަރަދޫއަށް ދެ ޕޮލިޓިކަލް ޑިރެކްޓަރުން އައްޔަނުކޮށްފި

ފަޅުރަށެއްގެ ގޮތުގައި ކަނޑައަޅައި ކައުންސިލް އުވާލާފައިވާ ހދ. ހިރިމަރަދޫގައި ވަޒީފާ އަދާކުރާ ގޮތަށް، ޔޫތު މިނިސްޓްރީގެ ދެ ޕޮލިޓިކަލް ޑިރެކްޓަރުން ސަރުކާރުން އައްޔަނުކޮށްފިއެވެ. މަހަކު 20،000 ރުފިޔާގެ މުސާރަ ލިބޭ މި މަގާމުތަކަށް އައްޔަނުކުރި ޕީއެންސީގެ ދެ އެކްޓިވިސްޓުންގެ އިތުރުން، އެ ރަށުގެ ތިންވަނަ މީހަކަށްވެސް ސިޔާސީ މަގާމެއް ދީފައިވާކަން ވަނީ އެނގިފައެވެ.

ދަބަހުގައި ބޮމެއް އޮތް ކަމަށް ބުނި މީހަކު ހައްޔަރުކޮށްފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުރެ ދަބަހެއްގައި ބޮމެއް އޮތް ކަމަށް ބުނެ ސަމާސާކުރި މިސްރުގެ ރައްޔިތަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް ކޯޓުން ފަސް ދުވަސް ޖަހައިފިއެވެ. އޭނާ އެއީ ސަމާސާއަކަށް ދެއްކި ވާހަކައެއް ކަމަށް ބުނެ މައާފަށް އެދުނު ނަމަވެސް، މުޖުތަމައުގެ ސަލާމަތަށްޓަކައި އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ނުގަވައިދުން ބިމެއް ދިނުމުން ކޮރަޕްޝަންގެ ދައުވާކުރަނީ

ގަވާއިދާ ހިލާފަށް އަމިއްލަ ކުންފުންޏަކަށް ބީލަމަކަށް ނުލައި ބިންތަކެއް ދޫކުރި މައްސަލައިގައި، ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީ އާއި ތިން ކައުންސިލަރެއްގެ މައްޗަށް ދައުވާކުރަން އޭސީސީން ޕީޖީއަށް ފޮނުވައިފިއެވެ. މި ބޭފުޅުންގެ މައްޗަށް ދައުވާކުރަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދިން ކަމަށް ތުހުމަތުކުރެވޭތީއެވެ.

ރައީސް އޮފީހުގެ ކުރީގެ މުވައްޒަފަކަށް މިނިސްޓަރެއްގެ އިންޒާރު

"އައިޝާ" ޑޮކިއުމެންޓްރީ ނެރުމުގެ ކުރިން، އެއްވެސް މައުލޫމާތެއް ލީކުނުކުރުމަށް ބުނެ މިހާރުގެ ކެބިނެޓް މިނިސްޓަރަކު އިންޒާރުދިން ކަމަށް ރައީސް އޮފީހުގެ ކުރީގެ މުވައްޒަފަކު ތުހުމަތުކޮށްފިއެވެ. މީގެ އިތުރުން، ޖިނާއީ ތަހުގީގަކަށް އޭނާގެ ޕާސްޕޯޓު ވެސް މިހާރު ވަނީ ހިފަހައްޓާފައެވެ.

Newsletter

Get the latest news delivered straight to your inbox