އެމްއާރްއެމުން އެދެނީ ޕާޓީ އުވާލަން އީސީން ނިންމި ނިންމުން މުރާޖައާކުރަން

އެމްއާރްއެމް އުވައިލަން ނިންމުމުން އެޕާޓީގެ ލީޑަޝިޕް މީޑިއާއާ ބައްދަލުކުރައްވަނީ: ވިދާޅުވީ ކޯޓަށް މައްސަލަ ވައްދާނެ ކަމަށް -- ފޮޓޯ:މުހައްމަދު ޝާބިން/އަދަދު

އެމްއާރްއެމް އުވައިލަން ނިންމުމުން އެޕާޓީގެ ލީޑަޝިޕް މީޑިއާއާ ބައްދަލުކުރައްވަނީ: ވިދާޅުވީ ކޯޓަށް މައްސަލަ ވައްދާނެ ކަމަށް -- ފޮޓޯ:މުހައްމަދު ޝާބިން/އަދަދު

ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމު އިސްކޮށް ހުންނަވައިގެން އުފެއްދެވި މޯލްޑިވްސް ރިފޯމް މޫމެންޓް (އެމްއާރްމްއެެމް) ގައި ގާނޫނީ ގޮތުން ހަމަވާންޖެހޭ މެމްބަރުންގެ އަދަދު ހަމަނުވާތީ އެ ޕާޓީ އުވައިލަން އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން މުރާޖައާކޮށްދޭން އެދޭ ކަަމަށް އެޕާޓީގެ ލީޑަޝިޕުން މިއަދު ބުނެފި އެވެ.

އެމްއާރްއެމް އުވާލުމުން އެ ޕާޓީގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޕާޓީގެ ރައީސް ފާރިސް މައުމޫނު ވިދާޅުވީ ސިޔާސީ ޕާޓީއެއްގައި ގާނޫނީ ގޮތުން ހަމަވާން ޖެހޭ އަދަދަށް ވުރެ މާ އިތުރަށް ވެސް އެމްއާރްއެމުން އީސީއަށް މެމްބަޝިޕް ފޯމް ހުށަހަޅާފައި ވާނެ ކަމަށެވެ. އެހެން ނަމަވެސް "ގޮތް ނޭނގޭ ގޮތް ތަކަކުން" އެ މެމްބަރުން ޕާޓީން ވަކިކޮށްފައިވާ ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.

"އަޅުގަނޑުމެން މި ދަންނަވާ ގޮތް މިއީ ހަގީގަތްކަން އިރާދަކުރެއްވިއްޔާ ރައްޔިތުންނަށް ވެސް. [ޕާޓީގެ] މެމްބަރުންނަށް ވެސް ސާބިތުކޮށްދޭނަން،" ފާރިޝް ވިދާޅުވި އެވެ.

އެމްއާރްއެމްގެ އުވައިލަން އީސީން ނިންމި އިރު ކަންހިނގާފައިވާ ގޮތ އެކޮމިޝަނުގެ ރައީސް ފުއާދު ތައުފީފު ބައްލަވައިދެއްވަން އެދިވަޑައިގަންނަވާ ކަމަށް ވެސް ފާރިޝް ވިދާޅުވި އެވެ. އެގޮތަށް އެދިވަޑައިގަންނަވަނީ އޭނާ ވިދާޅުވި ގޮތުގައި އީސީގެ ނިންމުމުގައި ގަބޫލުނުކުރެވޭ ކަންތައްތަކެއް ހުރީމަ އެވެ.

"އެހެންވީމާ [އިލެކްޝަސް ކޮމިޝަންގެ] ރައީސަށް އަޅުގަނޑުމެން ދަންނަވައިލަން، މިކަން ހިނގައި ދިޔަ ގޮތް ބައްލަވައިލަދެއްވައި މި ނިންމެވުން މުރާޖައާކޮށްދެއްވަން،" ފާރިޝް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެމްއާރްއެމް އުވައިލަން ނިންމި މައްސަލަ ކޯޓަށް ވައްދައި ވަގުތީ އަމުރަކަށް އެދުމަކީ ވެސް އޮތް ފުރުސަތެއް ކަމަށާއި އެހެން ނަމަވެސް މިހާރު އެދެނީ އީސީން އެކަން އަލުން ބަލައިދޭން ކަމަށެވެ.

އެ ބައްދަލުވުމުގައި އިތުރަށް ވާހަކަ ދައްކަވަމުން ފާރިސް ވިދާޅުވީ އާންމު ރައްޔިތުން ސިޔާސީ ޕާޓީތަކަށް ސޮއި ކުރަން ބޭނުންނުވާ ކަމަށެވެ.

"މިއަދުގެ ހަގީގަތަކީ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ބޭނުމެއް ނުވޭ ސިޔާސީ ޕާޓީތަކަށް ސޮއި ކުރާކަށް. ޕާޓީގެ މެމްބަރުކަމެއް ވެސް ބޭނުމެއް ނުވޭ ހަގީގަތުގައި،" ފާރިސް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox