ޕަޕަރާޒީންނާ ހެދި ހެރީ އާއި މޭގަން އެކްސިޑެންޓު ނުވީ ކިރިޔާ ކަމަށް ބުނެފި

އިނގިރޭސިވިލާތުގެ އަމީރު ހެރީ އަދި އަނބިކަނބަލުން މޭގަން. -- ފޮޓޯ: ގެޓީ އިމޭޖާޒް

އިނގިރޭސިވިލާތުގެ އަމީރު ހެރީ އަދި އަނބިކަނބަލުން މޭގަން. -- ފޮޓޯ: ގެޓީ އިމޭޖާޒް

ޕަޕަރާޒީންނާ ހެދި އިނގިރޭސި އަމީރު ހެރީ އާއި އަނބިކަނބަލުން މޭގަން އަދި މޭގަންގެ މަންމަ ދަތުރު ކުރަމުން ދިޔަ ކާރެއް "ނުރައްކާތެރި" އެކްސިޑެންޓެއް ނުވީ ކިރިޔާ ކަމަށް ބުނެފި އެވެ.

ހެރީ އާއި މޭގަންގެ ތަރުޖަމާނަކު ބުނީ އެ މީހުންގެ ކާރު ފަހައި ޕަޕަރާޒީން ދުއްވީ ނިއު ޔޯކްގައި އަންގާރަ ދުވަހު އޮތް އެވޯޑު ހަަފުލާއެއްގެ ފަހުން ކަމަށެވެ.

ތަރުޖަމާނު ނެރުނު ބަޔާނުގައި ބުނީ ޕަޕަރާޒީންގެ ކާރުތައް ހެރީ އާއި މޭގަންގެ ކާރު ފަހަތުން އެތައް ގަޑިއިރެއް ވަންދެން ދުއްވި ކަމަށެވެ. އޭގެ ސަބަބުން އެކްސިޑެންޓު ނުވީ ކިރިޔާ ކަމަށް ބުންޏެވެ.

"އާއްމު ޝަހުސިއްޔަތަކަށް ވުމުން މީހުންގެ ޝައުގުވެރިކަން ހުރި ނަމަވެސް، އެކަމުގައި އެއްވެސް މީހަކަށް ނުރައްކަލެއް ކުރިމަތިވެދާނެ ފަދަ ގޮތަކަށް އަމަލުކޮށްގެން ނުވާނެ،" ތަރުޖަމާނު ބުންޏެވެ.

ނިއު ޔޯކްގެ ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ ގިނަ އަދަދެއްގެ ފޮޓޯގްރާފަރުންނާ ހެދި ހެރީ އާއި މޭގަން ދަތުރު ކުރުމަށް ހުރަސް އެޅި، ހާދިސާއެއް ހިނގި ކަމަށެވެ.

އެހެން ނަމަވެސް އެއްވެސް މީހަކަށް އަނިޔާ ނުވާ ކަމަށާއި އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށް ރިޕޯޓުތައް ބުނެ އެވެ. އިނގިރޭސި ޝާހީ ގަނޑުވަރުން މިހާތަނަށް އެކަމާ ގުޅިގެން އެއްޗެއް ނުބުނެ އެވެ.

އަންގާރަ ދުވަހު އޮތް މިސް ފައުންޑޭޝަން ވިމެން އޮފް ވިޝަން އެވޯޑްސްއަކީ އިނގިރޭސި ރަސްގެފާނު ތަހުތަށް ވެޑުވުމުގެ ހަފުލާއަށް ފަހު ހެރީ އާއި މޭގަން އެކުގައި އާއްމު ތަނަކުން ފެނުނު ފުރަތަމަ ފަހަރެވެ.

އެ ހަފުލާގައި މޭގަންއަށް އެވޯޑެއް އެރުވި އެވެ. ހެރީ އާއި މޭގަންއާ އެކު މޭގަންގެ މަންމަ ޑޯރިއާ ރެގްލޭންޑް ވެސް އެ ހަފުލާއަށް ދިޔަ އެވެ.

ހެރީގެ މަންމާފުޅު ޑަޔާނާ އަވަހާރަވީ 1997 ވަނަ އަހަރު ޕެރިހުގައި ޕަޕަރާޒީން އެކަމަނާ އިންނެވި ކާރު ފަހަތުން ދުއްވަމުން ދަނިކޮށް ހިނގި އެކްސިޑެންޓެއްގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޑިމޮކްރެޓް އޮފިޝަލަކު ރިޕަބްލިކަން ކެންޑިޑޭޓަށް ތާއީދުކޮށްފި

މިޝިގަންގެ ސެނެޓް އިންތިޚާބަށް ދެ ދުވަހަށް ވެފައި ވަނިކޮށް، ޑިމޮކްރެޓިކް ޕާޓީގެ އިސް މެންބަރު ހޭލީ ސްޓީވަންސް ވަނީ އަމިއްލަ ޕާޓީގެ ކެންޑިޑޭޓާ އުފެދުނު ޚިޔާލުތަފާތުވުންތަކާ ހުރެ ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއަށް ތާއީދުކުރަން ނިންމާފައެވެ. ސްޓީވަންސްގެ މި ކުއްލި ނިންމުމާ ގުޅިގެން ޑިމޮކްރެޓިކް ޕާޓީގެ ތެރޭގައި ބޮޑު ސިހުމެއް އުފެދިފައިވާއިރު، ބައެއް މެންބަރުން މިކަން ސިފަކުރަނީ ޕާޓީއަށް ވީ ބޮޑު ޚިޔާނާތެއްގެ ގޮތުގައެވެ.

އިންތިހާބު ވަގަށް ނެގީ ގަތަރުން ރާވައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބަށް ބޭރުގެ ނުފޫޒު ފޯރުވި ކަމަށް ބުނެ ނަތަންޔާހޫގެ ޕާޓީން ކުރާ ތުހުމަތުތަކުން އިންތިޚާބުގެ ނަތީޖާއަށް ބަދަލެއް ނާންނާނެ ކަމަށް އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. ނަތަންޔާހޫގެ ޕާޓީން ގަތަރާއި އަރަބި ޕާޓީތަކަށް ވޯޓު އޮޅުވާލުމުގެ ތުހުމަތު ކުރާއިރު، ގަތަރާއި އަރަބި ލީޑަރުން ވަނީ އެ ވާހަކަތައް ދޮގުކޮށް އެއީ ސިޔާސީ ނުފޫޒު ފޯރުވުމެއް ކަމަށް ބުނެފައެވެ.

ވޯލް ސްޓްރީޓް ޖާނަލްއާ ދެކޮޅަށް ހުށަހެޅި ދައުވާ ބޭރުކޮށްފި

ޖެފްރީ އެޕްސްޓީންއާ ގުޅުވައި ވޯލް ސްޓްރީޓް ޖާނަލްއިން ޝާއިއުކުރި ރިޕޯޓަކާ ގުޅިގެން ޓްރަމްޕް ހުށަހެޅުއްވި 10 ބިލިއަން ޑޮލަރުގެ އަބުރުގެ ދައުވާ އެމެރިކާގެ ކޯޓަކުން ބޭރުކޮށްލައިފިއެވެ. ފަނޑިޔާރު މި މައްސަލަ ބޭރުކޮށްލެއްވީ ނޫސްވެރިކަމުގެ މިނިވަންކަމާ ފުށުއަރާ ކަމަށް ނިންމަވައި، ދެން ދުވަހަކުވެސް މި މައްސަލަ ހުށަނޭޅޭނެ ގޮތަށެވެ.

ޕަލެސްޓައިން އެކްޝަންއަށް ތާއީދުކޮށް އެއްވި 300 މީހުން ހައްޔަރު

ލަންޑަނުގައި ހުންނަ އެމެރިކާ އެމްބަސީ ކައިރީގައި، މަނާކޮށްފައިވާ "ޕަލެސްޓައިން އެކްޝަން" ގްރޫޕަށް ތާއީދުކޮށް މުޒާހަރާކުރި 300 އަށްވުރެ ގިނަ މީހުން ޓެރަރިޒަމްގެ ގާނޫނުގެ ދަށުން އިނގިރޭސި ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި ޖަމާއަތް މަނާކުރި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުގެ ފުރުސަތު ލިބިފައިވާއިރު، އެމްނެސްޓީ އިންޓަނޭޝަނަލް އިން ވަނީ މި ހައްޔަރުކުރުންތަކަށް ފާޑުކިޔައި އެ ގްރޫޕް މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ގޮވާލާފައެވެ.

ގަލްފު ސަރަހައްދުގައި ގަތަރުގެ ތެޔޮ ބޯޓަކަށް ހަމަލާ ދީފި

ގަލްފު ސަރަހައްދުން ދަތުރުކުރި ގަތަރުގެ "އަލް މައިދާ" ނަމަކަށް ކިޔާ ގޭސް ބޯޓަކަށް ހަމަލާއެއް ދީފި އެވެ. މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ އިރު، ބޯޓުގެ އޮޕަރޭޝަންތައް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް ގަތަރު ގޭސް ޓްރާންސްޕޯޓް ކޮމްޕެނީން ބުނެއެވެ. މިއީ އީރާނާއި އެމެރިކާ އަދި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ވިޔަފާރި އުޅަނދުތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގެ ތެރެއިން ހިނގި ހާދިސާއެކެވެ.

އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް"ގެ ކަންބޮޑުވުން

އިތުބާރު ހުރި ސަޕްލައި ޗެއިންތަކެއް ބިނާކުރުމަށާއި، މާކެޓް އުސޫލުތަކާ ޚިލާފަށް ކުރިމަތިވާ އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް" އިއްތިހާދުގެ ގައުމުތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. މި ބައްދަލުވުމުގައި މިނިވަން އިންޑޯ-ޕެސިފިކް ސަރަހައްދަކަށް ތާއީދުކޮށް، އެ ސަރަހައްދުގެ އޭއައި ޓެކްނޮލޮޖީ ކުރިއެރުވުމަށް 85 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވަނީ އެއްބަސްވެފައެވެ.

ކޮޕް17 ގައި އެއްބަސްވުމަކާ ހަމައަށް، ފައިސާގެ މައްސަލަ ބޮޑު

އަރްމީނިއާގައި ބޭއްވި ކޮޕް17 ކޮންފަރެންސްގައި ދުނިޔޭގެ ދިރުންތަކުގެ ނަސްލު ހިމާޔަތްކުރުމުގެ މަސައްކަތް ވަރުގަދަކުރުމަށް "ޔެރެވަން ޕާތުވޭ" ގެ ނަމުގައި އެއްބަސްވުމެއް އެކުލަވާލައިފިއެވެ. ނަމަވެސް، މި މަސައްކަތްތަކަށް ބޭނުންވާ ފައިސާ ހޯދާނެ ގޮތަކާ މެދު ގައުމުތަކުގެ މެދުގައި އަދިވެސް ވަނީ ގޮތެއް ނުނިންމި ހިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

Newsletter

Get the latest news delivered straight to your inbox