ޒުވާން އަންހެން ދެ ޓީމުން ހޭންޑްބޯޅައިގެ ފުރަތަމަ ބައިނަލްއަގްވާމީ މެޑަލް ހޯދައިފި

May 16, 2023, 4:07 PM
ގައުމީ އަންހެން 17 އަހަރުން ދަށުގެ ޓީމާއި 19 އަހަރުން ދަށުގެ ޓީމްގެ ކުޅުންތެރިންނާއި އޮފިޝަލުން މެޑަލް ހޯދުމަށްފަހު ފޮޓޯއަކަށް ހުއްޓިގެން

ގައުމީ އަންހެން 17 އަހަރުން ދަށުގެ ޓީމާއި 19 އަހަރުން ދަށުގެ ޓީމްގެ ކުޅުންތެރިންނާއި އޮފިޝަލުން މެޑަލް ހޯދުމަށްފަހު ފޮޓޯއަކަށް ހުއްޓިގެން

އައިއެޗްއެފް ޓްރޮފީގެ ދެކުނު/ސެންޓްރަލް އޭޝިއާ ޒޯނުގައި ވާދަކޮށް ރާއްޖޭގެ އަންހެން 17 އަހަރުން ދަށުގެ ޓީމާއި 19 އަހަރުން ދަށުގެ ޓީމުން ބްރޮންޒް (ލޯ) މެޑަލް ހޯދައި ތާރީހީ ކާމިޔާބެއް ހޯދައިފި އެވެ.

ބަންގްލަދޭޝްގެ ޑާކާގައި ކުރިއަށްދިޔަ މުބާރާތުގެ ތިން ވަނަ ހޮވި މެޗުގައި ޒުވާން ދެ ޓީމު ވެސް ކުޅެފައިވަނީ ނޭޕާލާ ދެކޮޅަށެވެ. މި މެޗަށް ނުކުތުމުގެ ކުރިން ލީގު ބުރުގައި ވެސް ރާއްޖެ އިން ވަނީ ނޭޕާލް ބަލިކޮށްފަ އެވެ.

މިއަދު 17 އަހަރުން ދަށުގެ ޔޫތު ޓީމުން ނޭޕާލް ބަލިކުރީ 41-10 ގެ ބޮޑު ތަފާތަކުންނެވެ. މެޗު ފަށައިގެން އިތުބާރާ އެކު ގިނަ ގޯލުތަކެއް ޖަހައި ރާއްޖެ އިން މި މެޗު ކާމިޔާބުކުރިއިރު، ރާއްޖޭގެ އެންމެ ގިނަ ގޯލު ޖަހައިދިނީ 15 ގޯލު ޖެހި އައިޝަތު އީޝަލް އަލީ އެވެ. ފާތިމަތު އަޝާ ރަޝިދު މި މެޗުގައި ނުވަ ގޯލު ޖެހިއިރު، އައިޝަތު ޔަފް އާ އަހުމަދު އާއި ފާތިމަތު އަމާނީ ވަނީ ކޮންމެ ކުޅުންތެރިއަކު ހަތަރު ގޯލު ޖަހާފަ އެވެ. ތީބާ އަބްދުﷲ ތިން ގޯލު ޖެހިއިރު، ފާތިމަތު ލީމް ރިޝާދު އާއި އައިޝަތު ޒިއާނާ ރިޔާޒު މި މެޗުގައި ދެ ގޯލު ޖެހި އެވެ. މީގެ އިތުރުން އައިޝަތު އައިނީ ހެސެއިން އާއި މީފާ ބިންތި މަޖީދު ވެސް މި މެޗުގައި ގޯލެއް ޖެހި އެވެ.

ނަވާރަ އަހަރުން ދަށުގެ ބައިގައި ރާއްޖޭގެ އަންހެން ޖޫނިއާ ޓީމުން ވަނީ 22-5 އިން ނޭޕާލް ބަލިކޮށް ބްރޮންޒް (ލޯ) މެޑަލް ހޯދައިފަ އެވެ. މި މެޗުގައި ރާއްޖޭގެ ޓީމަށް އެންމެ ގިނަ ގޯލު ޖަަހައިދިނީ ފާތިމަތު ތުހުފާ އާއި ފާތިމަތު ޝާޔާ މުހައްމަދު އެވެ. ކޮންމެ ކުޅުންތެރިއަކު ފަސް ގޯލު ޖެހި އެވެ. ކެޕްޓަން އީނާ އަހުމަދު ހަތަރު ގޯލު ޖެހިއިރު، އައިޝަތު އިބާ އަހުމަދު އާއި ފާތިމަތު ލީމް ކޮންމެ ކުޅުންތެރިއަކު ދެ ގޯލު ޖެހި އެވެ. މަރިޔަމް ޔާނާ ނާސިހު، އައިޝަތު އީޝާ، މަނާލް އިސްމާއިލް ރަޝީދު އަދި ޒުހާ ރަޝީދު ވެސް މި މެޗުގައި ގޯލެއް ޖެހި އެވެ.

މި މުބާރާތަކީ ރާއްޖޭގެ ޒުވާން އަންހެން ޓީމުން ބައިނަލްއަގުވާމީ މައިދާނުގައި ވާދަކުރި ފުރަތަމަ މުބާރާތެވެ. އެހެންކަމުން، މި މުބާރާތުން ރާއްޖެ އަށް ލިބުނު މެޑައްޔަކީ ހޭންޑްބޯޅައިގެ ޒުވާން ޖީލުގެ ކުރިމަގަށް ލިބުނު ބޮޑު ކާމިޔާބެކެވެ.

މިދިޔަ މާޗު މަހު ނިމުނު އިންޓަ ސްކޫލް މުބާރާތަށް ފަހު ގައުމީ ޖޫނިއާ އަންހެން ދެ ޓީމުން ފަރިތަކުރުންތައް ފެށީ އައިއެޗްއެފް މުބާރާތުގައި ރަނގަޅު ކާމިޔާބެއް ހޯދުމަށެވެ. މި މުބާރާތަށް ފުރުމުގެ ކުރިންވެސް ދެ ޓީމުގެ ކޯޗުން ވަނީ ރާއްޖޭގެ ޖޫނިއާ ޓީމުތަކަކީ ސަރަހައްދީ ލެވެލްގައި މެޑަލް ހޯދޭ ފެންވަރު ހުރި ޓީމުތަކެއްކަން ފާހަގަކޮށްފަ އެވެ.

މި ފަހަރު އައިއެޗްއެފް ޓްރޮފީގައި ވާދަކުރި 17 އަހަރުން ދަށުގެ ޓީމުގެ ކޯޗަކީ ހަސަން ފަހީމް އެވެ. އެސިސްޓަންޓް ކޯޗަކަށް އަހުމަދު ޒާއިން މުހައްމަދު ހުރިއިރު، މެޑިކަލް އޮފިޝަލަކަށް ފާތިމަތު ސައުޝަން ހަމަޖައްސާފައިވާއިރު، ހެޑް އޮފް ޑެލިގޭޓަކީ ނަޝްފާ އާމިރާ އެވެ. އަދި 19 އަހަރުން ދަށުގެ ޓީމުގެ ކޯޗަކަށް އިސްމާއިލް ޒައިދު ހުރިއިރު، އެސިސްޓަންޓް ކޯޗަކީ މުހައްމަދު ހަސަން އެެވެ. ހެޑް އޮފް ޑެލިގޭޓް އަކީ ހުސެއިން އަޒްހަމް އެވެ. އަދި މެޑިކަލް އޮފިސަރަކީ އައިޝަތު ސުދާ އެވެ.

ހޭންޑްބޯލް މޯލްޑިވްސްގެ އަމާޒަކީ ބިދޭސީ ކޯޗުގެ އިރުޝާދާ އެކު ޒުވާން ކުޅުންތެރިންގެ ތަމްރީންތައް ހުއްޓާނުލައި، ކުރިއަށްގެންގޮސް ސީނިއާ ޓީމްތަކަށް ރަނގަޅު ކުޅުންތެރިން ތައްޔާރުކުރުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox