އައިއެޗްއެފް ޓްރޮފީ: ނޭޕާލް ބަލިކޮށް ރާއްޖޭގެ ޒުވާން ދެ ޓީމުންވެސް މެޑަލް ހޯދުމުގެ އުއްމީދު އާކޮށްފި

May 15, 2023, 10:19 AM
އައިއެޗްއެފް ޓްރޮފީ: ނޭޕާލް ބަލިކޮށް ރާއްޖޭގެ ޒުވާން ދެ ޓީމުންވެސް މެޑަލް ހޯދުމުގެ އުއްމީދު އާކޮށްފި

ބަންގްލަދޭޝްގެ ވެރިރަށް ޑާކާ ގައި މިހާރު ކުރިއަށްދާ އައިއެޗް ޓްރޮފީގައި ރާއްޖޭގެ ޒުވާން އަންހެން ދެ ޓީމުން ނޭޕާލް ބަލިކޮށް މުބާރާތުން މެޑަލް ހޯދުމުގެ އުއްމީދު ދަމަހައްޓައިފި އެވެ.

އައިއެޗްއެފް ޓްރޮފީގައި ވާދަކުރާ ހަތަރު ގައުމުން ލީގު ބުރެއް ކުޅުމަށްފަހު ފައިނަލުން ފުރުސަތު ލިބެނީ ލީގު ބުރުގެ ގަދަ ދެ ޓީމަށެވެ. މިއަދު ނޭޕާލް އަތުން ރާއްޖެ މޮޅުވުމުން ލީގު ބުރުގެ ތިންވަނަ ޓީމްގެ ގޮތުގައި ރާއްޖެ ވާދަކުރާނީ ބްރޮންޒް މެޑަލް މެޗުގަ އެވެ. މާދަމާ ކުޅޭ މި މެޗުގައިވެސް ދިވެހިރާއްޖެ ނިކުންނާނީ ނޭޕާލްއާ ދެކޮޅަށެވެ.

މިއަދު މެންދުރު ފުރަތަމަ ރާއްޖޭގެ 17 އަހަރުން ދަށުގެ ޔޫތު ޓީމުން ނޭޕާލް ބަލިކުރީ 42-11 އިންނެވެ. މިއީ ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ޒުވާން އަންހެން ޓީމެއް ކާމިޔާބުކުރި ފުރަތަމަ މެޗެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނުއިރުވެސް ރާއްޖެ އޮތީ 15 ގޯލުގެ ލީޑަކާއިއެކުގަ އެވެ.

މި މެޗުގައި ނޭޕާލް ކޮޅަށް ރާއްޖެއިން ޖެހި 42 ގޯލުގެ ތެރެއިން 10 ގޯލު ޖަހައިދިނީ ފާތިމަތު އަމާނީ އަހުމަދު ޝިޔާމް އެވެ. ހައްވާ މިލްހާނާ މުހައްމަދު މާހިރު މި މެޗުގައި އަށް ގޯލު ޖެހިއިރު، ފާތިމަތު އަޝާ ރަޝީދު ފަސް ގޯލު ޖެހި އެވެ. އައިޝަތު އީޝަލް އަލީ އާއި އައިޝަތު ޔަފް އާ އަހުމަދު ކޮންމެ ކުޅުންތެރިއަކު ހަތަރު ގޯލު ޖެހިއިރު، މީފާ ބިންތި މަޖީދު ތިން ގޯލު ޖެހި އެވެ. އައިޝަތު ޒިއާނާ ރިޔާޒު، ފާތިމަތު ލީމް ރިޝާދު އަދި އައިޝަތު އައިނީ ހުސެއިން ކޮންމެ ކުޅުންތެރިއަކު ދެ ގޯލު ޖެހި އެވެ. މަރިޔަމް މާހާ ސުހައިލް އާއި ތީބާ އަބްދުﷲވެސް މި މެޗުގައި ގޯލެއް ޖެހި އެވެ.

ރާއްޖޭގެ 19 އަހަރުން ދަށުގެ ޓީމުން ނޭޕާލްގެ ޖޫނިއާ ޓީމް ބަލިކުރީ 25-10 އިންނެވެ. މި މެޗުގައި ރާއްޖެއިން ޖެހި ގޯލުތަކުގެ ތެރެއިން އައިޝަތު އިބާ އަހުމަދު ފަސް ގޯލު ޖެހިއިރު، ފާތިމަތު ޝާޔާ މުހައްމަދު ހަތަރު ގޯލު ޖެހި އެވެ. އައިޝަތު އީޝާ، އީނާ އަހުމަދު އަދި ފާތިމަތު ތުހުފާ ވަނީ ކޮންމެ ކުޅުންތެރިއަކު ތިން ގޯލު ޖަހާފަ އެވެ. ޒުހާ ރަޝީދު އާއި ނޫރާ އަބްދުލް ހަމީދު ކޮންމެ ކުޅުންތެރިއަކު ދެ ގޯލު ޖެހި އެވެ. އައިޝަތު ރަނާ ނަސީރު އާއި މަރިޔަމް ޔާނާ ނާސިހުވެސް މި މެޗުގައި ގޯލެއް ޖެހި އެވެ.

ތިންވަނަ ހޮވާ މެޗުގައި ރާއްޖޭގެ ޒުވާން ދެ ޓީމް ކުޅޭ މެޗު އޮންނާނީ މާދަމާ ހަވީރު އެވެ.

މިދިޔަ މާޗު މަހު ނިމުނު އިންޓަ ސްކޫލް މުބާރާތަށްފަހު ގައުމީ ޖޫނިއާ އަންހެން ދެ ޓީމުން ފަރިތަކުރުންތައް ފެށީ އައިއެޗްއެފް މުބާރާތުގައި ރަނގަޅު ކާމިޔާބެއް ހޯދުމަށެވެ. މި މުބާރާތަށް ފުރުމުގެ ކުރިންވެސް ދެ ޓީމްގެ ކޯޗުންވަނީ ރާއްޖޭގެ ޖޫނިއާ ޓީމްތަކަކީ ސަރަހައްދީ ލެވެލްގައި މެޑަލް ހޯދޭ ފެންވަރު ހުރި ޓީމްތައްކަން ފާހަގަކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox