ހުލާސާކޮށް އިއްޔެ: ޔާމީނާއި އަދީބުގެ އަތުން ފައިސާ ހޯދަން ކޯޓަށް

May 15, 2023, 2:27 AM
ކުރީގެ ރައީސް ޔާމީން އާއި އެ މަނިކުފާނުގެ ނައިބު ރައީސް އަދީބު (ކ)

ކުރީގެ ރައީސް ޔާމީން އާއި އެ މަނިކުފާނުގެ ނައިބު ރައީސް އަދީބު (ކ)

ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަތުން ފައިސާ ހޯދަން ކޯޓަށް ހުށަހަޅައިފި އެވެ.

ޕްރޮސިކިއުޓަ ޖެނެރަލް ހައި ކޯޓަށް ހުށަހެޅީ ވ. އާރަށް ކުއްޔަށް ދޫކުރުމުގެ ތެރެއިން ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލާގައި, އެ ހިޔާނާތުން ޔާމީން ހޯދި މަންފާ ކަމަށް ބުނެ 52 މިލިއަން ރުފިޔާ ހޯދުމުގެ މައްސަލަ އެވެ.

އެ މައްސަލައިގައި ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމަކާއި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާގެ ހުކުމެއް ކްރިމިނަލް ކޯޓުން އިއްވީ ޑިސެމްބަރު 25، 2022 ގަ އެވެ. ނަމަވެސް، 53 މިލިއަން ހަ މަސް ތެރޭ ދެއްކުމުގެ އަމުރު ނެރުނީ ފެބްރުއަރީ 26، ގަ އެވެ.

މައުޟޫއީ މައްސަލައިގެ ހުކުމުގެ ބޭރުން ނެރުނު އެ އަމުރު ޔާމީންގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން، ހައި ކޯޓުން ވަނީ އެ އަމުރު ބާތިލުކޮށްފަ އެވެ. އޭގައި ވަނީ، ދަށު ކޯޓުގެ ހުކުމުގައި އުނިކަމެއް އޮތް ކަމަށް ދެކޭނަމަ، ގާނޫނީ އިޖުރާއަތަކީ މަތީ މަރުހަލާގެ ކޯޓެއްގައި އިސްތިއުނާފް ކުރުން ކަމަށެވެ.

އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލާގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ކުރި ދެ މިލިއަން ރުފިޔާގެ ޖޫރިމަނާއިން އެއް މިލިއަން ރުފިޔާ އަދިވެސް ނުދައްކާ އޮތް މައްސަލަ އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން ސިވިލް ކޯޓަށް މިހާރު ވަނީ ހުށަހަޅައިފަ އެވެ.

އެމްއެމްޕީއާރުސީ ހިޔާނާތާއި ގުޅިގެން އުފުލުނު ދެ ދައުވާއަކަށް ކޮންމެ ދައުވާއަކަށް އެއް މިލިއަން ރުފިޔާއިން އަދީބު ޖޫރިމަނާކުރި އެވެ. މި ދެ މިލިއަން ރުފިޔާގެ ޖޫރިމަނާ ދައްކާ ހަލާސްކުރުމަށް ދިނީ އެއް މަސް ދުވަހުގެ މުއްދަތެކެވެ.

މި މައްސަލަ އޭޖީއިން މިހާރު ސިވިލް ކޯޓަށް ހުށަހަޅާާފައިވާއިރު، މައްސަލައިގެ ފުރަތަމަ އަޑުއެހުން ބޭއްވީ މިދިޔަ މަހުގެ ދެވަނަ ދުވަހު އެވެ. އެ އަޑުއެހުމުގައި ޕްރޮޕޯސަލް ހުށަހަޅަން އަަދީބުގެ ފަރާތުން އެދިފައި އޮތުުމުން އެ ފުރުސަތު ދިނެެވެ.

އަދީބުގެ ފަރާާތުން އެދިފައި ވަނީ ކޮމިޓްމެންޓުގެ ގޮތުގައި ފުރަތަމަ އެއްލައްކަ ރުފިޔާ ހުށަހެޅުމަށް ފަހު، ކޮންމެ މަހަކު 20،000ރ. ގެ މަގުން އެ ޖޫރިމަނާ ދައްކާ ހަލާސްކުރުމަށެވެ.

މުހިންމު ބައެއް ހަބަރު

ދުވަހުގެ ކޯޓޭޝަން

ފޯޅަވަހި ކޯލިޝަންގައި ހިމެނޭ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އާއި "ފިކުރެއްގެ ދިރުން" އަށް ނިސްބަތްވާ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމްގެ ވާހަކައިގައި ތަފާތުތައް ހުއްޓެވެ. އިންޑިއާއަށް ކަނޑު ވިއްކާލި ކަމަށް އުމަރު ވިދާޅުވިއިރު އާޒިމު ވިދާޅުވީ،

އަޅުގަނޑުމެން މިތަނުގައި މިތބީ ތަފާތު ހިޔާލުގެ ތަފާތު ބޭފުޅުން. ހިޔާލު ތަފާތުވުން އޮތް ނަމަވެސް ވަރަށް މުހިންމު ވަރަށް މާތް މަގްސަދެއްގައި.... އުމަރު ނަސީރު ދެއްކެވި ވާހަކައިގަ ވަކި ގައުމެއްގެ [އިންޑިއާ] ވާހަކަ މިސާލަކަށް. އަޅުގަނޑު ހަމަ ޔަގީނުން ވެސް ގަބޫލެއް ނުކުރާނަން ވަކި ގައުމަކުން އެއްޗެއް ގަތް ކަމަކަށް. ގަންނަން އުޅޭނެ ކަމަކަށް ވެސް,"

ދުވަހުގެ ފޮޓޯ

ދިވެހި ޕްރިމިއާ ލީގުގައި ރޭ އީގަލްސް އާއި ވެލެންސިއާ ކުޅުނު މެޗްގެ ތެރެއިން. -- ފޮޓޯ: އަބްދުﷲ އިޔާން
ދިވެހި ޕްރިމިއާ ލީގުގައި ރޭ އީގަލްސް އާއި ވެލެންސިއާ ކުޅުނު މެޗްގެ ތެރެއިން. -- ފޮޓޯ: އަބްދުﷲ އިޔާން

ދިވެހި ޕްރިމިއާ ލީގުގައި ރޭ އީގަލްސް އާއި ވެލެންސިއާ ކުޅުނު މެޗްގެ ތެރެއިން. -- ފޮޓޯ: އަބްދުﷲ އިޔާން

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox