އައިއެޗްއެފް ޓްރޮފީ: ދެ ވަނަ މެޗުން ވެސް ޒުވާން ދެ ޓީމަށް ނާކާމިޔާބީ

May 15, 2023, 2:50 AM
ރާއްޖޭން ފުރަތަމަ މެޗުގައި ބަންގްލަދޭޝާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: ރައީސް އޮފީސް

ރާއްޖޭން ފުރަތަމަ މެޗުގައި ބަންގްލަދޭޝާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: ރައީސް އޮފީސް

އައިއެޗްއެފް ޓްރޮފީގައި އިއްޔެ ކުޅުނު މެޗުގައި އިންޑިއާ އަތުން ރާއްޖޭގެ ގައުމީ ޔޫތު އަދި ޖޫނިއާ އަންހެން ހޭންޑްބޯޅަ ޓީމު ބަލިވެއްޖެ އެވެ.

ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި ކުރިއަށްދާ އައިއެޗްއެފް އޭޝިއާ ބައްރުގެ ދެ ވަނަ ފަންތީގެ ޖޫނިއާ މުބާރާތުގައި ވާދަކުރަނީ ހަތަރު ގައުމަކުންނެވެ. އެއީ ރާއްޖެ، އިންޑިއާ، ނޭޕާލް އަދި ބަންގްލަދޭޝް އެވެ.

މުބާރާތުގައި ދިވެހި ޒުވާން އަންހެން ދެ ޓީމުން ކުޅުނު ދެ ވަނަ މެޗުގައި ނުކުތީ އިންޑިއާއާ ދެކޮޅަށެވެ. ސަތާރަ އަހަރުން ދަށުގެ ޔޫތު ޓީމު އިންޑިއާގެ ޔޫތު ޓީމު އަތުން ބަލިވީ 14-42 އިންނެވެ. ސާކް ސަރަހައްދުގެ ވަރުގަދަ ޓީމެއްގެ ގޮތުގައި ފާހަގަވެފައި އޮތް އިންޑިއާ ގެ ޖޫނިއާ ޓީމު ރާއްޖޭގެ 19 އަހަރުން ދަށުގެ ޖޫނިއާ ޓީމް އަތުން މޮޅުވީ 09-52 އިންނެވެ.

މުބާރާތުގައި ރާއްޖޭގެ ޒުވާން ދެ ޓީމް ކުޅުނު ފުރަތަމަ މެޗުން ވެސް ވަނީ ބަލިވެފަ އެވެ. ފުރަތަމަ މެޗުގައި ބަންގްލަދޭޝްގެ ޔޫތު ޓީމު އަތުން ރާއްޖޭގެ ޔޫތު ޓީމު ބަލިވީ 10-48 އިންނެވެ. އަދި 19 އަހަރުން ދަށުގެ ޓީމް ބަލިވީ 21-38 އިންނެވެ.

ލީގު ބުރުގެ ފަހު މެޗުގައި ރާއްޖޭން މިއަދު ނޭޕާލްއާ ދެކޮޅަށް ނުކުންނާނެ އެވެ. މި މެޗުން ކޮންމެ ނަތީޖާއެއް ނިކުތް ކަމުގައިވިޔަސް މުބާރާތުގެ ތިން ވަނަ ހޮވާ މެޗުގައި ރާއްޖެ ކުޅެން ޖެހޭނެ އެވެ.

އަންނަ ބުދަ ދުވަހާ ހަމައަށް ކުރިއަށްދާ އައިއެޗްއެފް ޓްރޮފީއަކީ ރާއްޖޭގެ ޒުވާން އަންހެން ގައުމީ ޓީމު ބައިނަލްއަގްވާމީ ލެވެލްގައި ވާދަކުރާ ފުރަތަމަ މުބާރާތެވެ.

މީގެ ކުރިން ޕާކިސްތާންގައި އޮތް އައިއެޗްއެފް ޓްރޮފީ މުބާރާތެއްގައި ރާއްޖޭގެ ފިރިހެން ޓީމެއް ވާދަކުރި އެވެ. އެ ފަހަރު އެ ޓީމުން ރަނގަޅު ކާމިޔާބެއް ހޯދި އެވެ. އެ ޓީމުގައި ހިމެނުނު ގިނަ ކުޅުންތެރިންނަކީ މިހާރު ގައުމީ ސީނިއާ ޓީމުގެ ކުޅުންތެރިންނެވެ.

ހޭންޑްބޯލް މޯލްޑިވްސްގެ އަމާޒަކީ ގައުމީ އަންހެން ޔޫތު އަދި ޖޫނިއާ ޓީމްގެ ޕްރެކްޓިސްތައް ވެސް ހުއްޓާނުލައި ކުރިއަށް ގެންގޮސް ދިގު ރާސްތާ ޕްލޭނަކާ އެކު ގައުމީ ސީނިއާ އަންހެން ޓީމަށް ރަނގަޅު ކުޅުންތެރިންތަކެއް ސަޕްލައިކޮށްދިނުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox