އިންޓަ ސްކޫލް އެތުލެޓިކްސް މުބާރާތް: ފުރަތަމަ ދުވަހު ވެސް އަހުނާ މުގުރާލީ ގައުމީ ރެކޯޑެއް

May 14, 2023, 5:52 PM
ޖަލާލުއްދީން ސްކޫލުގެ އަހުނާ ނިޒާރު އިންޓަ ސްކޫލް އެތުލެޓިކްސް މުބާރާތުގައި ދުވަނީ، މި މުބާރާތުގައި މިއަދު އަހުނާ ވަނީ ޓްރިޕަލް ޖަމްޕްގެ ގައުމީ ރެކޯޑު މުގުރާލާފައި - ފޮޓޯ: މުހައްމަދު ޝާބިން /އަދަދު

ޖަލާލުއްދީން ސްކޫލުގެ އަހުނާ ނިޒާރު އިންޓަ ސްކޫލް އެތުލެޓިކްސް މުބާރާތުގައި ދުވަނީ، މި މުބާރާތުގައި މިއަދު އަހުނާ ވަނީ ޓްރިޕަލް ޖަމްޕްގެ ގައުމީ ރެކޯޑު މުގުރާލާފައި - ފޮޓޯ: މުހައްމަދު ޝާބިން /އަދަދު

މިއަދު ފެށި އިންޓަ ސްކޫލް އެތުލެޓިކްސް މުބާރާތުގެ ޓްރިޕަލް ޖަމްޕުގައި ވާދަކޮށް ރާއްޖޭގެ ގައުމީ ރެކޯޑު ޖަލާލުއްދީން ސްކޫލްގެ އަހުނާ ނިޒާރު މުގުރާލައިފި އެވެ.

ހުޅުމާލޭގެ ސިންތެޓިކް ޓްރެކްގައި މިއަދު އިންޓަ ސްކޫލް އެތުލެޓިކްސް މުބާރާތް ފެށީ 47 ސްކޫލުން 1500 އަށްވުރެ ގިނަ ބައިވެރިންނާއިއެކުގަ އެވެ. މުބާރާތުގެ ހުޅުވުމުގެ ރަސްމިއްޔާތު މިއަދު ހަވީރު ވަނީ ބާއްވައިފަ އެވެ.

މުބާރާތުގައި މިއަދު ހެނދުނު ގިނަ އިވެންޓުތަކެއް ކުރިއަށްދިޔައިރު އެންމެ ބޮޑަށް ފާހަގަކޮށްލެވުނީ 17 އަހަރުން ދަށުގެ އަންހެން ބައިގެ ޓްރިޕަލް ޖަމްޕް އިވެންޓެވެ.

މިއަދު ހަވީރު .ބޭއްވި އިންޓަ ސްކޫލް އެތުލެޓިކްސް މުބާރާތުގެ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ސަތާރަ އަހަރުން ދަށުގެ އަންހެން ބައިގެ ޓްރިޕަލް ޖަމްޕްގައި ވާދަކޮށް ޖަލާލުއްދީން ސްކޫލުގެ އަހުނާ ގައުމީ ރެކޯޑު ހެދީ 10.63 މީޓަރަށް ފުންމައިގެންނެވެ. އަހުނާ މުގުރާލި ގައުމީ ރެކޯޑު އެންމެ ފަހުން ހަދާފައިވަނީ މިއަހަރުގެ މާޗު މަހު އޮތް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގައި ނޫރާ އަބްދުލްހަމީދު އެވެ. އެ މުބާރާތުގައި ނޫރާ ވަނީ 10.47 މީޓަރު ދުރަށް ފުންމާފަ އެވެ.

އަހުނާގެ ފަހަތުން ޓްރިޕަލް ޖަމްޕްގެ ދެ ވަނަ ހޯދީ ރެހެންދި ސްކޫލްގެ ހަނާން އަހުމަދު ޒާހިރު އެވެ. ހަނާން 8.71 މީޓަރަށް ފުންމިއިރު، ތިން ވަނަ ހޯދީ ކަނޑުހުޅުދޫ ސްކޫލްގެ މަރިޔަމް ނޫޔާން ނިޔާޒް ވަނީ 8.68 މީޓަރަށް ފުންމާފަ އެވެ.

މިއަދު ކުރިއަށްދިޔަ އެހެން އިވެންޓްތަކަށް ބަލާއިރު، 15 އަހަރުން ދަށުގެ ފިރިހެން ކުދިންގެ ޑިސްކަސް އުކުމުން އެއްވަނަ ހޯދީ ޔޫސުފް ނިހާލް އަހުމަދު އެވެ. ދެވަނަ ރެހެންދި ސްކޫލްގެ އަބްދުﷲ ޔައިޝް އަހުމަދު ހޯދިއިރު، ތިންވަނަ ހޯދީ އިސްކަންދަރު ސްކޫލްގެ މުހައްމަދު ޝިބާން އެވެ.

އިންޓަ ސްކޫލް އެތުލެޓިކްސް މުބާރާތުގެ އިވެންޓެއްގެ ތެރެއިން.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ފަނަރަ އަހަރުން ދަށުގެ އަންހެން ކުދިންގެ ލޯންގް ޖަމްޕްގެ އެއްވަނަ ހޯދީ ދާންދޫ ސްކޫލްގެ ލުޔޫނާ ހަސަން އަހުމަދު އެވެ. އިމާދުއްދީން ސްކޫލްގެ އީލާފް އަބްދުއްލަތީފް ދެވަނަ ހޯދިއިރު، ތިންވަނަ ހޯދީ ލާމު އަތޮޅު މަދަރުސާގެ އާމިނަތު ލަޔާ އިބްރާހިމް އެވެ.

ސަތާރަ އަހަރުން ދަށުގެ ފިރިހެން ކުދިންގެ ޝޮޓްޕުޓް އެއްވަނަ ލާމު އަތޮޅު މަދަރުސާގެ މުހައްމަދު ޝިޒާން ފާރޫގު ހޯދިއިރު ދެވަނަ ހޯދީ ރެހެންދި ސްކޫލްގެ މީސަމް މުހައްމަދު އަބްދުއްރައްޒާގު އެވެ. ތިންވަނަ ހޯދީ ލާމު އަތޮޅު މަދަރުސާގެ މުހައްމަދު އަނޫފް އަފީފް އެވެ.

ވިހި އަހަރުން ދަށުގެ އަންހެން ކުދިންގެ ޑިސްކަސް އުކުމުން އެއްވަނަ އައްޑޫ ހައި ސްކޫލްގެ ކައުސަރު އާދަމް ހޯދިއިރު، ދެވަނަ ހޯދީ އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ މަލްހާ މުހައްމަދު މާދީ އެވެ. ތިންވަނަ ހޯދީ ސީއެޗްއެސްއީގެ ޝާވިން ނިޝާ އެވެ.

ތޭރަ އަހަރުން ދަށުގެ ފިރިހެން ކުދިންގެ ދިގު ފުންމުމުގެ އެއްވަނަ ހޯދީ މިލަންދޫ ސްކޫލްގެ އާދަމް ޒާން ޔަޒްމީން އެވެ. ދެވަނަ ޣީޔާސުއްދީން އިންޓަނޭޝަނަލް ސްކޫލްގެ ޔުއާން އަޚްތަރު ޒާހިރު ހޯދިއިރު، ތިންވަނަ ހޯދީ އަލީ ޝައިލް އާސިމް އެވެ.

ތޭރަ އަހަރުން ދަށުގެ އަންހެންކުދިންގެ ބައިގެ ހާޑްބޯލް ތްރޯގެ އެއްވަނަ ހޯދީ މުންޑޫ ސްކޫލްގެ އައިޝަތު އިމާން އަހްމަދު ނިޒާރު އެވެ. ދެވަނަ ބިލަބޮންގ ހައި އިންޓަނޭޝަނަލް ސްކޫލްގެ މަރިޔަމް ރައުލާ ސާމިރު ހޯދިއިރު، ތިންވަނަ ހޯދީ ރެހެންދި ސްކޫލްގެ އައިޝަތު އީލިއާ ބިންތް މުހައްމަދު އެވެ.

އިންޓަ ސްކޫލް މުބާރާތުގެ އިވެންޓުތައް ކޮންމެ ދުވަހަކު ހެނދުނު 7-11 އަދި ހަވީރު 3 އިން 6 އަށް ކުރިއަށްދާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox