ޔުނައިޓެޑް ވިކްޓަރީ ބަލިކޮށް ސަސްގެ ވަރުގަދަ ފެށުން ކުރިއަށް

May 13, 2023, 12:56 PM
ގޯލު ޖެހުމަށް ފަހު ސަސްގެ ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ގޯލު ޖެހުމަށް ފަހު ސަސްގެ ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

އެމްޑަބްލިއުއެސްސީ ދިވެހި ޕްރިމިއާ ލީގު 2023 ގައި މިއަދު ހަވީރު ކުޅުނު މެޗުން ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) 3-0 އިން ބަލިކޮށް، ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އިން މި ފަަހަރު ލީގުގައި އެ ޓީމުގެ ވަރުގަދަ ފެށުން ދަމަހައްޓައިފި އެވެ.

ޕްރެޒިޑެންޓްސް ކަޕް ސެމީ ފައިނަލުގައި ކުޅުނު ސަސް އިން ވަނީ ލީގުގައި ކުޅުނު ފުރަތަމަ މެޗުން ކްލަބް ގްރީން ސްޓްރީޓްސް އަތުން 5-1 އިން މޮޅުވެފަ އެވެ. ދެ ވަނަ، މެޗުން، މިއަދު ޔުނައިޓެޑް ވިކްޓަރީ އަތުން މޮޅުވުމުން، މި ވަގުތު ލީގު ތާވަލަށް ބަލާނަމަ ކުރީގައި އޮތީ އިސްމާއިލް މަހްފޫޒް (އިންމަ)ގެ ކޯޗުކަމުގައި ކުޅެމުން އަންނަ ސަސް އެވެ. ސަސް އިން ދެ މެޗުން މޮޅުވިއިރު، އަށް ގޯލު ވަނީ ޖަހައިފަ އެވެ. ބައިކޮޅަށް ވަނީ އެންމެ ގޯލެކެވެ.

ގަލޮޅު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗު ފަށައިގެން ތިން ވަނަ މިނިޓްގައި ޔުނައިޓެޑް ވިކްޓަރީގެ އޭރިއާތެރެއިން ސަސްގެ އަލީ ނަސޫހު ރަޝީދު (ޕިލާ) ޖެހި ބޯޅަ ޔުނައިޓެޑް ވިކްޓަރީގެ ކީޕަރު އަލީ ނާޖިހު ވަނީ މަަތަކޮށްފަ އެވެ. އެކަމަކު، އޭގެ ހަތް މިނިޓް ފަހުން، މެޗުގެ 10 ވަނަ މިނިޓްގައި، ޔުނައިޓެޑް ވިކްޓަރީގެ ޑިފެންޑަރުން ޖެހި އޮފްސައިޑް މަޅިން ސަލާމަތްވެ، ޕިލާ ބޯޅަ ހިފައިގެން ވަދެ، ވަނީ ގޯލުގެ ކައިރީ ކަނަށް ބޯޅަ ފޮނުވާލައިފަ އެވެ. މިއީ ސަސްގެ ފުލްބެކް، އައިހަމް އަހުމަދު (އައިހު) ދިން ބޯޅައަކަށް އަރައި، ޕިލާ ޖެހި ގޯލެކެވެ.

އޭގެ ފަހުން ސަސް އިން ލީޑުފުޅާކުރަން ކުރި މަސައްކަތުގެ ހުރަހަަކަށްވީ ޔުނައިޓެޑް ވިކްޓަރީގެ ޑިފެންޑަރު، މުހައްމަދު ސަމްހާން އެެވެ. އޭނާ ވަނީ ސަސްގެ ޕިލާ އާއި އަހުމަދު އައިހަމް ޖެހި ބޯޅަތައް ސަމްހާން ވަނީ ބްލޮކްކޮށްފަ އެވެ. ނަތީޖާ ހަމަހަމަކުރަން ޔުނައިޓެޑް ވިކްޓަރީގެ ޝަނާން ރަޝާދު ފޮނުވާލި އެއް ބޯޅަ ސަސްގެ ކީޕަރު އަބްދުﷲ ޒިމާމް ވަނީ އަތަށް ނަގައިފަ އެވެ.

ސަސް އިން ލީޑުފުޅާކުރީ 43 ވަަނަ މިނިޓްގައި އައިހު ޖެހި ހިލޭޖެހުމުންނެވެ. އޭރިއާބޭރުން އައިހު ފޮނުވާލި މި ހިލޭ ޖެހުން ގޯލަށް ވަނީ ކީޕަރު ނާޖިހު އަތްކައިރިން ގޮހެވެ.

ދެ ވަނަ ހާފްގައި ކުޅުން ފަށައިގެން ޔުނައިޓެޑް ވިކްޓަރީން ވަނީ ކުރިއަށް ޖެހިގެން ކުޅެ، މި ހާފުގެ ފުރަތަމަ 15 މިނިޓް ތެރޭގައި ލަނޑު ޖަހާނެ ދެ ފުރުސަތެއް ހޯދައިފަ އެވެ. އެ ގޮތުން އޭރިއާތެރެއިން ޔުނައިޓެޑް ވިކްޓަރީގެ އަހުމަދު ބައްސާމް މުހައްމަދު ނައީމް (ބައްކު) އަށް ރަނގަޅަށް ބޯޅަ ކޮންޓްރޯލް ނުކުރެވިގެން، ފުރުސަތު ގެއްލުނުއިރު، ޔުނައިޓެޑް ވިކްޓަރީގެ އަރީން އަބްދުﷲ އިބްރާހިމް އަށް މުޅިން ހުސްކޮށް ލިބުނު ފުރުސަތުން ކީޕަރު ޒިމާމް ކައިރިން ނައްޓާފައި ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ.

ސަސް އިން ދެ ވަނަ ހާފުގައި އުފެއްދި ފުރަތަމަ ނުރައްކާތެރި ހަމަލާގައި ތިން ވަނަ ގޯލު ޖެހި އެވެ. މެޗުގެ 64 ވަނަ މިނިޓްްގައި ޕިލާ އަށް ލިބުނު ފުރުސަތުން ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ކަނަށެވެ. އޭގެ ފަސް މިނިޓް ފަހުން، ޔުނައިޓެޑް ވިކްޓަރީ އަށް ގޯލެއް ޖަހަން ރަނުގެ ފުރުސަތެއް ލިބުނެވެ. ޝަނާން ހުސްކޮށްލާފައި ބައްކު އަށް ދިން ބޯޅަ އޭރިއާތެރެއިން ފޮނުވާލި ނަމަވެސް ކީޕަރު ޒިމާމް ވަނީ ފައިން މަތަކޮށްފަ އެވެ.

މެޗުގެ ބޮޑުބައި ވިއްސާރައިގެ ތެރޭގައި ކުޅުނުއިރު، ޔުނައިޓެޑް ވިކްޓަރީން 84 ވަނަ މިނިޓްގައި ވެސް ލަނޑެއް ޖެހޭތޯ ބެލި އެވެ. ބައްކު ހުރަސްކޮށްލި ބޯޅައަކަށް އެރި މުހައްމަދު ހުސެއިން ޖެހި ޝޮޓް އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.

ލީގުގައި މިރޭ ކުޅޭ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބައްދަލުކުރާނީ ކްލަބް ގްރީން ސްޓްރީޓްސްއާ އެވެ. މެޗު ފަށާނީ 9 ޖަހާއިރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox