ގާޒާއަށް ހަމަލާދޭތާ ހަތަރު ދުވަސް؛ 33 މީހުން މަރުވެއްޖެ

ގާޒާއަށް ވައިގެ ހަމަލާއެއް ދިން ވަގުތު ކައިރީގައި ފިރިހެން ކުދިންތަކެއް މަޑުކޮށްގެން. -- ފޮޓޯ: މިޑްލް އީސްޓް އައި

ގާޒާއަށް ވައިގެ ހަމަލާއެއް ދިން ވަގުތު ކައިރީގައި ފިރިހެން ކުދިންތަކެއް މަޑުކޮށްގެން. -- ފޮޓޯ: މިޑްލް އީސްޓް އައި

މިދިޔަ އަންގާރަ ދުވަހުން ފެށިގެން އިޒްރޭލުން ގާޒާއަށް ދެމުންދާ ވައިގެ ހަމަލާތަކުގައި ހަ ކުޑަކުދިން ހިމެނޭ ގޮތަށް 33 މީހުން މަރުވެއްޖެ އެވެ.

ރައްދުގައި ގާޒާއިން ވެސް ރޮކެޓު ހަމަލާތައް ފޮނުވަމުންދާ އިރު، ފުރަތަމަ ފަހަރަށް ރޮކެޓު ހަމަލާއެއް ވަނީ ގުދުސްއާ ހަމައަަށް ފޯރައިފަ އެވެ. މިހާތަނަށް އިޒްރޭލުން މަރުވީ އެންމެ މީހެކެވެ.

ރިޕޯޓުތައް ބުނާ ގޮތުން އިޒްރޭލުގެ ހަމަލާތައް އަމާޒު ކުރަނީ ގާޒާގައި މީހުން ދިރިއުޅޭ ހިސާބުތަކަށެވެ. އެހެންވެ، މަރު ނުވި ނަމަވެސް ގިނަ ބަޔަކަށް އަނިޔާވަމުންދެ އެވެ.

އެކަމަކު އިޒްރޭލުން ބުނަނީ ޓާގެޓް ކުރަނީ އިސްލާމިކް ޖިހާދް ގްރޫޕާ ގުޅުން ހުރި ތަންތަނަށް ކަމަށެވެ. އެއީ މީހުން އުޅޭ އިމާރާތްތަކުގައި ހުރި އެ ގްރޫޕްގެ ކޮމާންޑް ސެންޓަރުތައް ކަމަށް އިޒްރޭލުން ބުނެ އެވެ.

މޭ ނުވަ ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ގާޒާއަށް ވަދެވެން ހުރި މަގުތައް ބަންދުކޮށްފައި ވާތީ، ބޭނުންވާ ޒަރޫރީ ތަކެތި ވެސް ފަލަސްތީނުގެ ރައްޔިތުންނަކަށް ނުލިބެ އެވެ.

ގާޒާގެ އިލެކްޓްރިސިޓީ އޮތޯރިޓީން ބުނީ އެ ތަނުގައި ހިންގާ ހަމައެކަނި ޕްލާންޓަށް ބޭނުންވާ ތެޔޮ ހުސްވުމުން ކުރިއަށް އޮތް 72 ގަޑިއިރުގެ ތެރޭގައި ކަރަންޓު ކެނޑޭނެ ކަމަށެވެ.

އިޒްރޭލުން ގާޒާ ވަށައި ބަންދުކޮށްގެން އުޅޭތާ މިހާރު 16 އަހަރުވެއްޖެ އެވެ. ގާޒާއަށް ވަދެވެން އޮންނަ ހުރިހާ މަގެއް ވެސް ކޮންޓްރޯލް ކުރަނީ އިޒްރޭލުންނެވެ. އަދި ބޭނުންވާ ކޮންމެ އިރަކު އެ މަގުތައް ވެސް އެއްކޮށް ބަންދުކޮށްލަ އެވެ.

އިސްލާމިކް ޖިހާދް ގްރޫޕްގެ ތަރުޖަމާނު ދާވޫދް ޝިހާބް މިޑްލް އީސްޓް އައި ނޫހަށް ވިދާޅުވީ ހަމަލާ މެދުކަނޑާލުމުގެ އެއްބަސްވުމަކަށް އަންނަން އިޒްރޭލުން ދެކޮޅު ހަދާ ކަމަށެވެ.

ހަމަލާ މެދުކަނޑާލަން ފަލަސްތީނުގެ ގްރޫޕްތަކުން މާ ގިނަ ކަންކަމަށް ޑިމާންޑް ނުކުރާ ކަމަށާއި ހަމައެކަނި އެދުމަކީ އާއްމުންނަށް ޓާގެޓުކޮށް، މެރުން ހުއްޓާލުން ކަމަށް އޭނާ ވިދާޅުވި އެވެ.

ހަމަލާތަކާ ގުޅިގެން ގިނަ އާއިލާތަކެއް ވަނީ މަގުމަތިވެފައި. -- ފޮޓޯ: މިޑްލް އީސްޓް އައި
ހަމަލާތަކާ ގުޅިގެން ގިނަ އާއިލާތަކެއް ވަނީ މަގުމަތިވެފައި. -- ފޮޓޯ: މިޑްލް އީސްޓް އައި

ހަމަލާތަކާ ގުޅިގެން ގިނަ އާއިލާތަކެއް ވަނީ މަގުމަތިވެފައި. -- ފޮޓޯ: މިޑްލް އީސްޓް އައި

ހުކުރު ދުވަހު ގުދުސްއަށް ފޮނުވި ރޮކެޓު ހަމަލާއަކީ އިޒްރޭލަށް ދިން މެސެޖެއް ކަމަށާއި އެއީ ހަރުކަށި ޔަހޫދީ ގްރޫޕްތަކުން ބާއްވަން އުޅޭ "ދިދައިގެ ހިނގާލުމުގެ" ކުރިން ދިން އިންޒާރެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އިޒްރޭލުން ބުނީ އިސްލާމިކް ޖިހާދަށް ހަމަލާ ދޭން ފެށީ، މިދިޔަ ހަފުތާގައި އެ ގްރޫޕުން އިޒްރޭލަށް ރޮކެޓު ހަމަލާ ފޮނުވުމުން ކަމަށެވެ.

އެ ގްރޫޕުން އޭރު ހަމަލާ ދިނީ ގްރޫޕްގެ މެމްބަރަކު ގާނޫނާ ހިލާފަށް އިޒްރޭލުގެ ޖަލެއްގައި ބަންދުކޮށްފައި ހުރުމާ ދެކޮޅަަށް ކުރި ބަނޑުހައި ހޫނުކަމުގެ ހަޅުތާލުގެ ތެރެއިން ހާލު ގޯސްވެ، މަރުވުމުންނެވެ.

އެހެން ނަމަވެސް، އުމުރުން 45 އަހަރުގައި މަރުވި ހާދިރް އަދްނާންގެ އާއިލާގެ އެދުމުގެ މަތިން، އިސްލާމިކް ޖިހާދުން ހަމަލާދިނުން ހުއްޓާލި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޑިމޮކްރެޓް އޮފިޝަލަކު ރިޕަބްލިކަން ކެންޑިޑޭޓަށް ތާއީދުކޮށްފި

މިޝިގަންގެ ސެނެޓް އިންތިޚާބަށް ދެ ދުވަހަށް ވެފައި ވަނިކޮށް، ޑިމޮކްރެޓިކް ޕާޓީގެ އިސް މެންބަރު ހޭލީ ސްޓީވަންސް ވަނީ އަމިއްލަ ޕާޓީގެ ކެންޑިޑޭޓާ އުފެދުނު ޚިޔާލުތަފާތުވުންތަކާ ހުރެ ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއަށް ތާއީދުކުރަން ނިންމާފައެވެ. ސްޓީވަންސްގެ މި ކުއްލި ނިންމުމާ ގުޅިގެން ޑިމޮކްރެޓިކް ޕާޓީގެ ތެރޭގައި ބޮޑު ސިހުމެއް އުފެދިފައިވާއިރު، ބައެއް މެންބަރުން މިކަން ސިފަކުރަނީ ޕާޓީއަށް ވީ ބޮޑު ޚިޔާނާތެއްގެ ގޮތުގައެވެ.

އިންތިހާބު ވަގަށް ނެގީ ގަތަރުން ރާވައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބަށް ބޭރުގެ ނުފޫޒު ފޯރުވި ކަމަށް ބުނެ ނަތަންޔާހޫގެ ޕާޓީން ކުރާ ތުހުމަތުތަކުން އިންތިޚާބުގެ ނަތީޖާއަށް ބަދަލެއް ނާންނާނެ ކަމަށް އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. ނަތަންޔާހޫގެ ޕާޓީން ގަތަރާއި އަރަބި ޕާޓީތަކަށް ވޯޓު އޮޅުވާލުމުގެ ތުހުމަތު ކުރާއިރު، ގަތަރާއި އަރަބި ލީޑަރުން ވަނީ އެ ވާހަކަތައް ދޮގުކޮށް އެއީ ސިޔާސީ ނުފޫޒު ފޯރުވުމެއް ކަމަށް ބުނެފައެވެ.

ވޯލް ސްޓްރީޓް ޖާނަލްއާ ދެކޮޅަށް ހުށަހެޅި ދައުވާ ބޭރުކޮށްފި

ޖެފްރީ އެޕްސްޓީންއާ ގުޅުވައި ވޯލް ސްޓްރީޓް ޖާނަލްއިން ޝާއިއުކުރި ރިޕޯޓަކާ ގުޅިގެން ޓްރަމްޕް ހުށަހެޅުއްވި 10 ބިލިއަން ޑޮލަރުގެ އަބުރުގެ ދައުވާ އެމެރިކާގެ ކޯޓަކުން ބޭރުކޮށްލައިފިއެވެ. ފަނޑިޔާރު މި މައްސަލަ ބޭރުކޮށްލެއްވީ ނޫސްވެރިކަމުގެ މިނިވަންކަމާ ފުށުއަރާ ކަމަށް ނިންމަވައި، ދެން ދުވަހަކުވެސް މި މައްސަލަ ހުށަނޭޅޭނެ ގޮތަށެވެ.

ޕަލެސްޓައިން އެކްޝަންއަށް ތާއީދުކޮށް އެއްވި 300 މީހުން ހައްޔަރު

ލަންޑަނުގައި ހުންނަ އެމެރިކާ އެމްބަސީ ކައިރީގައި، މަނާކޮށްފައިވާ "ޕަލެސްޓައިން އެކްޝަން" ގްރޫޕަށް ތާއީދުކޮށް މުޒާހަރާކުރި 300 އަށްވުރެ ގިނަ މީހުން ޓެރަރިޒަމްގެ ގާނޫނުގެ ދަށުން އިނގިރޭސި ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި ޖަމާއަތް މަނާކުރި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުގެ ފުރުސަތު ލިބިފައިވާއިރު، އެމްނެސްޓީ އިންޓަނޭޝަނަލް އިން ވަނީ މި ހައްޔަރުކުރުންތަކަށް ފާޑުކިޔައި އެ ގްރޫޕް މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ގޮވާލާފައެވެ.

ގަލްފު ސަރަހައްދުގައި ގަތަރުގެ ތެޔޮ ބޯޓަކަށް ހަމަލާ ދީފި

ގަލްފު ސަރަހައްދުން ދަތުރުކުރި ގަތަރުގެ "އަލް މައިދާ" ނަމަކަށް ކިޔާ ގޭސް ބޯޓަކަށް ހަމަލާއެއް ދީފި އެވެ. މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ އިރު، ބޯޓުގެ އޮޕަރޭޝަންތައް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް ގަތަރު ގޭސް ޓްރާންސްޕޯޓް ކޮމްޕެނީން ބުނެއެވެ. މިއީ އީރާނާއި އެމެރިކާ އަދި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ވިޔަފާރި އުޅަނދުތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގެ ތެރެއިން ހިނގި ހާދިސާއެކެވެ.

އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް"ގެ ކަންބޮޑުވުން

އިތުބާރު ހުރި ސަޕްލައި ޗެއިންތަކެއް ބިނާކުރުމަށާއި، މާކެޓް އުސޫލުތަކާ ޚިލާފަށް ކުރިމަތިވާ އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް" އިއްތިހާދުގެ ގައުމުތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. މި ބައްދަލުވުމުގައި މިނިވަން އިންޑޯ-ޕެސިފިކް ސަރަހައްދަކަށް ތާއީދުކޮށް، އެ ސަރަހައްދުގެ އޭއައި ޓެކްނޮލޮޖީ ކުރިއެރުވުމަށް 85 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވަނީ އެއްބަސްވެފައެވެ.

ކޮޕް17 ގައި އެއްބަސްވުމަކާ ހަމައަށް، ފައިސާގެ މައްސަލަ ބޮޑު

އަރްމީނިއާގައި ބޭއްވި ކޮޕް17 ކޮންފަރެންސްގައި ދުނިޔޭގެ ދިރުންތަކުގެ ނަސްލު ހިމާޔަތްކުރުމުގެ މަސައްކަތް ވަރުގަދަކުރުމަށް "ޔެރެވަން ޕާތުވޭ" ގެ ނަމުގައި އެއްބަސްވުމެއް އެކުލަވާލައިފިއެވެ. ނަމަވެސް، މި މަސައްކަތްތަކަށް ބޭނުންވާ ފައިސާ ހޯދާނެ ގޮތަކާ މެދު ގައުމުތަކުގެ މެދުގައި އަދިވެސް ވަނީ ގޮތެއް ނުނިންމި ހިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

Newsletter

Get the latest news delivered straight to your inbox