އައިއެޗްއެފް ޓްރޮފީގައި ވާދަކުރަން ހޭންޑްބޯޅަ ޓީމުތައް ބަންގްލަދޭޝަށް

May 12, 2023, 9:17 AM
17 އަަހަރާއި 19 އަހަރުން ދަށުގެ ގައުމީ ހޭންޑްބޯޅަ ޓީމުތައް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ފޮޓޯ އަކަށް ހުއްޓިލައިގެން.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

17 އަަހަރާއި 19 އަހަރުން ދަށުގެ ގައުމީ ހޭންޑްބޯޅަ ޓީމުތައް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ފޮޓޯ އަކަށް ހުއްޓިލައިގެން.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ބަންގްލަދޭޝްގައި މި މަހު 13-17 އަށް ކުރިއަށްދާ އައިއެޗްއެފް ޓްރޮފީ މުބާރާތުގައި ވާދަކުރުމަށް ރާއްޖޭގެ 17 އަހަރާއި 19 އަހަރުން ދަށުގެ ގައުމީ ހޭންޑްބޯޅަ ޓީމު މިއަދު ހެނދުނު ޑާކާ އަށް ފުރައިފި އެވެ.

މާދަމާ ފަށާ މުބާރާތުގައި ވާދަކުރަން މިދިޔަ މާޗް މަހުން ފެށިގެން ޓްރެއިނިން ފަށާފައިވާއިރު، މި މުބާރާތަށް ފަހު، ވެސް ގައުމީ ހޭންޑްބޯޅަ ޓީމުތަކުގެ ޕޫލް އިތުރަށް ފުޅާކޮށް އަންހެން އަދި ފިރިހެން ޖޫނިއާ ޓީމުތަކުގެ ޓްރެއިނިން ފަށަން ހޭންޑްބޯޅަ އެސޯސިއޭޝަން އިން ވަނީ ނިންމައިފަ އެވެ.

މުބާރާތުގައި ރާއްޖެ ހިމެނޭ ގޮތަށް އަށް ގައުމަކުން ވާދަކުރާނެ އެވެ. އެއީ ނޭޕާލް، ސްރީ ލަންކާ، އިންޑިއާ، ބޫޓާން، ބަންގްލަދޭޝް، އަފްގާނިސްތާން އަދި ޔަމަން އެވެ.

ހޭންޑްބޯޅަ ޓީމުތަކުގެ ކުޅުންތެރިންނާއި އޮފިޝަލުންގެ އިތުރުން ހޭންޑްބޯލް މޯލްޑިވްސްގެ އިސް ފަރާތްތައް ފޮޓޯއަކަށް ހުއްޓިލައިގެން.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ހޭންޑްބޯލް އެސޯސިއޭޝަންގެ ރައީސް އަހުމަދު މުޖުތަބާ (މުޖޭ) މި ވަގުތު ހުންނެވީ ބަންގްލަދޭޝްގަ އެވެ. އެއީ މިއަދު އޮތް ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަތުމުގެ ގޮތުންނެވެ. މި ފަހަރުގެ އައިއެޗްއެފް ޓްރޮފީ މުބާރާތުގައި ވާދަކުރާ ކުުޅުންތެރިންނާ މިދިޔަ އަންގާރަ ދުވަހު ޓީމުގެ ޖޯޒީ ހަވާލުކުރި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މުޖޭ ވިދާޅުވީ މި ފަހަރުގެ މުބާރާތުގައި މެޑަލެއް ހޯދޭނެ ހިތްވަރު ކުޅުންތެރިންގެ އެބަހުރި ކަމަށެވެ. އަދި އެ އަށް މަސައްކަތް ކުރަން އަޒުމު ކަނޑައަޅަން ވެސް މުޖޭ އިލްތިމާސް ކުރެއްވި އެވެ.

އައިއެޗްްއެފް ޓްރޮފީގައި ވާދަކުރާ 17 އަހަރުން ދަށުގެ ޓީމުގެ ކޯޗަކީ ހަސަން ފަހީމް އެވެ. އެސިސްޓަންޓް ކޯޗަކަށް އަހުމަދު ޒާއިން މުހައްމަދު ހުރިއިރު، މެޑިކަލް އޮފިޝަލަކަށް ފާތިމަތު ސައުޝަން ހަމަޖައްސާފައިވާއިރު، ހެޑް އޮފް ޑެލިގޭޓަކީ ނަޝްފާ އާމިރާ އެވެ. އަދި 19 އަހަރުން ދަށުގެ ޓީމުގެ ކޯޗަކަށް އިސްމާއިލް ޒައިދު ހުރިއިރު، އެސިސްޓަންޓް ކޯޗަކީ މުހައްމަދު ހަސަން އެެވެ. ހެޑް އޮފް ޑެލިގޭޓް އަކީ ހުސެއިން އަޒްހަމް އެވެ. އަދި މެޑިކަލް އޮފިސަރަކީ އައިޝަތު ސުދާ އެވެ.

ގައުމީ 17 އަހަރުން ދަށުގެ އަންހެން ހޭންޑް ބޯޅަ ޓީމު

އައިޝަތު އައިނީ ހުސެއިން، ފާތިމަތު އަމާނީ އަހުމަދު ޝިޔާމް، ފާތިމަތު އަޝާ ރަޝީދު، އައިޝަތު އީޝަލް އަލީ، އައިމިނަތު ލަ އާލީ ހަލީލް، ފާތިމަތު ލީމް ރިޝާދު، މަރިޔަމް މާހާ ސުހައިލް، މީފާ ބިންތި މަޖީދު، ހައްވާ މިލްހާނާ މުހައްމަދު މާހިރު، އައިޝަތު ޔަފް އާ އަހުމަދު، އައިޝަތު ޒިއާނާ ރިޔާޒު، ތީބާ އަބްދުﷲ، ފާތިމަތު ރަޔާ ރަމީޒް، އައިނާ ލަތީފް

ގައުމީ 19 އަހަރުން ދަށުގެ އަންހެން ހޭންޑް ބޯޅަ ޓީމު

އައިޝަތު އިބާ އަހުމަދު، އައިޝަތު އީޝާ، އައިމިނަތު އިބާ އިބްރާހިމް، ފާތިމަތު ޝާޔާ މުހައްމަދު، އައިޝަތު ރަނާ ނަސީރު، ފާތިމަތު ލީމް ބިންތި ޔާސިރު، މަރިޔަމް ޔާނާ ނާސިހު، އީނާ އަހުމަދު، ޒުހާ ރަޝީދު، ފާތިމަތު ތުހުފާ، ނޫރާ އަބްދުލް ހަމީދު، މަނާލް އިސްމާއިލް ރަޝީދު، އަރީން އަހުމަދު އަބްދުﷲ، މަރިޔަމް ލީން އަހުމަދު

އައިއެޗްއެފް ޓްރޮފީގައި ބައިވެރިވާ ރާއްޖޭގެ 17 އަހަރާއި 19 އަހަރުން ދަށުގެ ޓީމު މިއަދު ފުރިއިރު، އެ ޓީމަށް ހިތްވަރު ދިނުމަށް ޓީމުގެ ކުޅުންތެރިންގެ އާއިލާ އާއި ރަށްޓެހިންގެ އިތުރުން ހޭންޑްބޯލް މޯލްޑިވްސްގެ އިިސް ފަރާތްތަކާއި، ސީނިއާ ގައުމީ ޓީމުގައި ހިމެނޭ ގިނަ ކުޅުންތެރިން ވަނީ އެއާޕޯޓަށް ގޮސް، ކުޅުންތެރިންނާ އެކު ވަގުތުތަކެއް ހޭދަކޮށްފަ އެވެ.

ގައުމީ 17 އަހަރާއި 19 އަހަރުން ދަށުގެ ހޭންްޑްބޯޅަ ޓީމު މިއަދު ޑާކާ އަށް ފުރުމުގެ ކުރިން ނަގާފައިވާ ފޮޓޯއެއް.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox