އިޒްރޭލުގެ ވައިގެ ހަމަލާތަކުގައި ފަލަސްތީނުން ގިނަ ބަޔަކު މަރުވެއްޖެ

އިޒްރޭލުގެ ހަމަލާތަކަށް ރައްދުގައި ގާޒާއިން ފޮނުވި ރޮކެޓުތަކެއް. -- ފޮޓޯ: އޭއެފްޕީ

އިޒްރޭލުގެ ހަމަލާތަކަށް ރައްދުގައި ގާޒާއިން ފޮނުވި ރޮކެޓުތަކެއް. -- ފޮޓޯ: އޭއެފްޕީ

ބުދަ ދުވަހު އިޒްރޭލުން ދިން ވައިގެ ހަމަލާތަކުގައި ފަލަސްތީނުގެ 21 މީހުން މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

ރައްދުގައި ގާޒާއިން ރޮކެޓު ހަމަލާތައް ފޮނުވަމުންދާ އިރު، މިސްރުގެ ދައުލަތުގެ ޓީވީއިން ބުނީ އެ ގައުމު މެދުވެރިވެގެން ދެއްކި ވާހަކަތަކަށް ފަަހު ހަމަލާތައް މެދުކަނޑާލަން އެއްބަސްވެފައިވާ ކަމަށެވެ.

އެހެން ނަމަވެސް، ރިޕޯޓުތައް ބުނާ ގޮތުން ހަމަލާތައް އަދިވެސް ދަނީ ކުރިއަށެވެ. އިޒްރޭލުން ގާޒާއަށް ބޮން އަޅަމުން ދާތީ ރައްދުގައި ގާޒާއިން ވެސް ދަނީ ރޮކެޓުތައް ފޮނުވަމުންނެވެ.

Advertisement

އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ޓީވީ މެދުވެރިކޮށް ދެއްކި ބަޔާނެއްގައި ވިދާޅުވީ "ޓެރަރިސްޓުންނަށް" ބޮޑު ދެރައެއް ލިބިފައިވާ ކަމަށެވެ.

"މި ބުރު އަދި ނުނިމޭ" ކަމަށް ވިދާޅުވެ، ނަތަންޔާހޫ އިންޒާރު ދެއްވި އެވެ. އެހެންކަމުން، ހަމަލާތައް މެދުކެނޑޭނެ އިރެއް ޔަގީން ނުވާ ކަމަށް އެނެލިސްޓުން ބުނެ އެވެ.

ގާޒާއިން ފޮނުވި ރޮކެޓުތައް ހުއްޓުވަން އިޒްރޭލުގެ އެއާ ޑިފެންސް ސިސްޓަމުން މަސައްކަތް ކުރަމުންދާ އިރު، އެއާ-ރެއިޑް ސައިރެންގެ އަޑު ބައެއް ހިސާބުތަކުން އިވެމުންދެ އެވެ.

އިޒްރޭލުން އަންގާރަ ދުވަހު ވައިގެ ހަމަލާތައް ފެށުމާ އެކު، އިޒްރޭލުގެ ރައްޔިތުން ވަނީ ރައްދުގައި ގާޒާއިން ރޮކެޓު ފޮނުވާނެ ކަމަށް ބަލައި ތައްޔާރުވެފަ އެވެ.

ބައެއް އެނެލިސްޓުން ބުނާ ގޮތުގައި ގިނަ ދުވަސްތަކަކަށް ފަހު މިހާ ބޮޑަށް ހަމަލާ ބަދަލުކުރަމުން ދިޔުމަކީ ހަނގުރާމައެއް ފެށުމުގެ ނިޝާނަކަށް ވެދާނެ އެވެ.

ރިޕޯޓުތައް ބުނާ ގޮތުން އިޒްރޭލުން ޓާގެޓް ކުރަނީ ގާޒާގައި ވެރިކަން ކުރާ ހަމާސްގެ ބަދަަލުގައި އިސްލާމިކް ޖިހާދުގެ މެމްބަރުންނަށެވެ. އަދި ރައްދުގައި ރޮކެޓު ފޮނުވަނީ ވެސް ހަމާސްއިން ނޫން ކަމަށް ބެލެވެ އެވެ.

އިޒްރޭލާއި ހަމާސްއާ ދެމެދު 2007 އިން ފެށިގެން އެތައް ފަހަރަކު ހަމަލާ ބަދަލުކޮށްފައިވެ އެވެ. މި ފަހަރު ހަމަލާދެމުންދާ އިސްލާމިކް ޖިހާދު ގްރޫޕުން މިހާތަނަށް ވަކި އެއްޗެއް ނުބުނެ އެވެ.

އިޒްރޭލުގެ ނޫސްތަަކުން ބުނީ 300 ރޮކެޓު ފޮނުވި އިރު، 200 ރޮކެޓު ބޯޑަރު ހުރަސްކޮށް އިޒްރޭލުގެ ސަރަހައްދަށް ވެއްޓުނު ކަމަށެވެ. ތިން މީހުންނަށް އަނިޔާވެފައިވާ އިރު، ދެ ގެޔަކަށް ގެއްލުން ލިބިފައިވެ އެވެ.

ފަލަސްތީނުގެ ގާޒާއިން މަރުވި މީހުންގެ ތެރޭގައި އިސްލާމިކް ޖިހާދްގެ އިސް ކޮމާންޑަރުން ހިމެނެ އެވެ. އޭގެ އިތުރުން ފަލަސްތީނުން 10 އަހަރުގެ ކުއްޖަކު ވެސް މަރުވެފައިވެ އެވެ.

އިޒްރޭލުން ބުނީ އިސްލާމިކް ޖިހާދަށް ހަމަލާ ދޭން ފެށީ، މިދިޔަ ހަފުތާގައި އެ ގްރޫޕުން އިޒްރޭލަށް ރޮކެޓު ހަމަލާ ފޮނުވުމުން ކަމަށެވެ.

އެ ގްރޫޕުން އޭރު ހަމަލާ ދިނީ ގްރޫޕްގެ މެމްބަރަކު ގާނޫނާ ހިލާފަށް އިޒްރޭލުގެ ޖަލެއްގައި ބަންދުކޮށްފައި ހުރުމާ ދެކޮޅަަށް ކުރި ބަނޑުހައި ހޫނުކަމުގެ ހަޅުތާލުގެ ތެރެއިން ހާލު ގޯސްވެ، މަރުވުމުންނެވެ.

އެހެން ނަމަވެސް، އުމުރުން 45 އަހަރުގައި މަރުވި ހާދިރް އަދްނާންގެ އާއިލާގެ އެދުމުގެ މަތިން، އިސްލާމިކް ޖިހާދުން ހަމަލާދިނުން ހުއްޓާލި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޑިމޮކްރެޓް އޮފިޝަލަކު ރިޕަބްލިކަން ކެންޑިޑޭޓަށް ތާއީދުކޮށްފި

މިޝިގަންގެ ސެނެޓް އިންތިޚާބަށް ދެ ދުވަހަށް ވެފައި ވަނިކޮށް، ޑިމޮކްރެޓިކް ޕާޓީގެ އިސް މެންބަރު ހޭލީ ސްޓީވަންސް ވަނީ އަމިއްލަ ޕާޓީގެ ކެންޑިޑޭޓާ އުފެދުނު ޚިޔާލުތަފާތުވުންތަކާ ހުރެ ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއަށް ތާއީދުކުރަން ނިންމާފައެވެ. ސްޓީވަންސްގެ މި ކުއްލި ނިންމުމާ ގުޅިގެން ޑިމޮކްރެޓިކް ޕާޓީގެ ތެރޭގައި ބޮޑު ސިހުމެއް އުފެދިފައިވާއިރު، ބައެއް މެންބަރުން މިކަން ސިފަކުރަނީ ޕާޓީއަށް ވީ ބޮޑު ޚިޔާނާތެއްގެ ގޮތުގައެވެ.

އިންތިހާބު ވަގަށް ނެގީ ގަތަރުން ރާވައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބަށް ބޭރުގެ ނުފޫޒު ފޯރުވި ކަމަށް ބުނެ ނަތަންޔާހޫގެ ޕާޓީން ކުރާ ތުހުމަތުތަކުން އިންތިޚާބުގެ ނަތީޖާއަށް ބަދަލެއް ނާންނާނެ ކަމަށް އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. ނަތަންޔާހޫގެ ޕާޓީން ގަތަރާއި އަރަބި ޕާޓީތަކަށް ވޯޓު އޮޅުވާލުމުގެ ތުހުމަތު ކުރާއިރު، ގަތަރާއި އަރަބި ލީޑަރުން ވަނީ އެ ވާހަކަތައް ދޮގުކޮށް އެއީ ސިޔާސީ ނުފޫޒު ފޯރުވުމެއް ކަމަށް ބުނެފައެވެ.

ވޯލް ސްޓްރީޓް ޖާނަލްއާ ދެކޮޅަށް ހުށަހެޅި ދައުވާ ބޭރުކޮށްފި

ޖެފްރީ އެޕްސްޓީންއާ ގުޅުވައި ވޯލް ސްޓްރީޓް ޖާނަލްއިން ޝާއިއުކުރި ރިޕޯޓަކާ ގުޅިގެން ޓްރަމްޕް ހުށަހެޅުއްވި 10 ބިލިއަން ޑޮލަރުގެ އަބުރުގެ ދައުވާ އެމެރިކާގެ ކޯޓަކުން ބޭރުކޮށްލައިފިއެވެ. ފަނޑިޔާރު މި މައްސަލަ ބޭރުކޮށްލެއްވީ ނޫސްވެރިކަމުގެ މިނިވަންކަމާ ފުށުއަރާ ކަމަށް ނިންމަވައި، ދެން ދުވަހަކުވެސް މި މައްސަލަ ހުށަނޭޅޭނެ ގޮތަށެވެ.

ޕަލެސްޓައިން އެކްޝަންއަށް ތާއީދުކޮށް އެއްވި 300 މީހުން ހައްޔަރު

ލަންޑަނުގައި ހުންނަ އެމެރިކާ އެމްބަސީ ކައިރީގައި، މަނާކޮށްފައިވާ "ޕަލެސްޓައިން އެކްޝަން" ގްރޫޕަށް ތާއީދުކޮށް މުޒާހަރާކުރި 300 އަށްވުރެ ގިނަ މީހުން ޓެރަރިޒަމްގެ ގާނޫނުގެ ދަށުން އިނގިރޭސި ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި ޖަމާއަތް މަނާކުރި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުގެ ފުރުސަތު ލިބިފައިވާއިރު، އެމްނެސްޓީ އިންޓަނޭޝަނަލް އިން ވަނީ މި ހައްޔަރުކުރުންތަކަށް ފާޑުކިޔައި އެ ގްރޫޕް މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ގޮވާލާފައެވެ.

ގަލްފު ސަރަހައްދުގައި ގަތަރުގެ ތެޔޮ ބޯޓަކަށް ހަމަލާ ދީފި

ގަލްފު ސަރަހައްދުން ދަތުރުކުރި ގަތަރުގެ "އަލް މައިދާ" ނަމަކަށް ކިޔާ ގޭސް ބޯޓަކަށް ހަމަލާއެއް ދީފި އެވެ. މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ އިރު، ބޯޓުގެ އޮޕަރޭޝަންތައް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް ގަތަރު ގޭސް ޓްރާންސްޕޯޓް ކޮމްޕެނީން ބުނެއެވެ. މިއީ އީރާނާއި އެމެރިކާ އަދި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ވިޔަފާރި އުޅަނދުތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގެ ތެރެއިން ހިނގި ހާދިސާއެކެވެ.

އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް"ގެ ކަންބޮޑުވުން

އިތުބާރު ހުރި ސަޕްލައި ޗެއިންތަކެއް ބިނާކުރުމަށާއި، މާކެޓް އުސޫލުތަކާ ޚިލާފަށް ކުރިމަތިވާ އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް" އިއްތިހާދުގެ ގައުމުތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. މި ބައްދަލުވުމުގައި މިނިވަން އިންޑޯ-ޕެސިފިކް ސަރަހައްދަކަށް ތާއީދުކޮށް، އެ ސަރަހައްދުގެ އޭއައި ޓެކްނޮލޮޖީ ކުރިއެރުވުމަށް 85 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވަނީ އެއްބަސްވެފައެވެ.

ކޮޕް17 ގައި އެއްބަސްވުމަކާ ހަމައަށް، ފައިސާގެ މައްސަލަ ބޮޑު

އަރްމީނިއާގައި ބޭއްވި ކޮޕް17 ކޮންފަރެންސްގައި ދުނިޔޭގެ ދިރުންތަކުގެ ނަސްލު ހިމާޔަތްކުރުމުގެ މަސައްކަތް ވަރުގަދަކުރުމަށް "ޔެރެވަން ޕާތުވޭ" ގެ ނަމުގައި އެއްބަސްވުމެއް އެކުލަވާލައިފިއެވެ. ނަމަވެސް، މި މަސައްކަތްތަކަށް ބޭނުންވާ ފައިސާ ހޯދާނެ ގޮތަކާ މެދު ގައުމުތަކުގެ މެދުގައި އަދިވެސް ވަނީ ގޮތެއް ނުނިންމި ހިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

Newsletter

Get the latest news delivered straight to your inbox