އޮފީސް/ކޮމްޕެނީ ވޮލީބޯޅަ މުބާރާތް: ޕޮލިސް ބަލިކޮށް އާބަންކޯ އަށް ސައްތަ އިން ސައްތަ ރެކޯޑެއް

May 10, 2023, 4:57 AM
ޕޮލިހުގެ ދެ ކުުޅުންތެރިން ކައިރިން އާބަންކޯގެ ކުޑަކާއްޓެ (ކ) ބޯޅަ ފޮނުވާލަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ޕޮލިހުގެ ދެ ކުުޅުންތެރިން ކައިރިން އާބަންކޯގެ ކުޑަކާއްޓެ (ކ) ބޯޅަ ފޮނުވާލަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

މިހާރު ކުރިއަށްދާ އޮފީސް/ކޮމްޕެނީ ވޮލީބޯޅަ މުބާރާތުގައި ރޭ ކުޅުނު މެޗުން މޯލްޑިވްސް ޕޮލިސް ސާވިސް ބަލިކޮށް އާބަންކޯ އިން ސައްތަ އިން ސައްތަ ރެކޯޑަކާ އެކު ގްރޫޕް ސްޓޭޖު ނިންމާލައިފި އެވެ.

ގްރޫޕް އޭގެ ފަހު މެޗުގައި ރޭ އާބަންކޯ އިން ޕޮލިސް ބަލިކުރީ 3-1 ސެޓުންނެވެ.

ހުޅުމާލޭ ޕާކް ވޮލީ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި 25-14، 25-21 އިން ފުރަތަމަ ދެ ސެޓު އާބަންކޯ އިން ގެންދިއުމުން ސީދާ ތިން ސެޓުން މި މެޗު ދާނެ ކަމަށް ބެލެވުނެވެ. ފުރަތަމަ ދެ ސެޓުގައި އާބަންކޯގެ ކެޕްޓަން، އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) އާއި ބްލޮކަރު އާދަމް ފައިރޫޒްގެ ރަނގަޅު ކުޅުމެއް ފެނިގެންދިޔަ އެވެ.

ފުރަތަމަ ދެ ސެޓު ދިއުމުން ޕޮލިހުން ހިތްވަރުކޮށްގެން ނުކުމެ ތިން ވަނަ ސެޓު، 21-25 އިން ގެންގޮސް އުންމީދެއް ހޯދި އެވެ. އެކަމަކު، ޖެހިގެން އައި ސެޓުގައި އާބަންކޯ އިން ކުރިން ސެޓުގައި ހެދުނު ގޯސްތައް ރަނގަޅުކުރި އެވެ. ނަތީޖާ އަކަށްވީ އާބަންކޯ އިން 25-18 އިން ހަތަރު ވަނަ ސެޓު ގެންގޮސް މެޗުން މޮޅުވުމެވެ.

ރޭގެ މެޗުގެ ތެރެއިން އާބަންކޯގެ ފައިރޫޒް ޕޮއިންޓެއް ހޯދުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ނުވަ ޓީމު ވާދަކުރި މުބާރާތުގެ ސެމީ ފައިނަލްގެ ޖާގަތައް ހޯދީ ގްރޫޕް އޭ އިން އާބަންކޯ އާއި ޕޮލިސް އެވެ. ގްރޫޕް ބީން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެލް/ސިފައިން) އާއި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އެވެ.

ތިން ސެމީ ފައިނަލް ކުޅޭ ގޮތަށް ހަމަޖެހިފައިވާއިރު، ބުރާސްފަތި ދުވަހު ހަވީރު ކުޅޭނީ ދެ ގްރޫޕްގެ ވެސް ދެ ވަނަ އެވެ. އެއީ ވެމްކޯ އާއި ޕޮލިސް އެވެ. އެރޭ ކުޅޭ ސެމީ މެޗުން ސިފައިންނާއި އާބަންކޯ ކުޅެގެން މޮޅުވާ ޓީމަކަށް ފައިނަލުގެ ސީދާ ޖާގައެއް ލިބޭނެ އެވެ. މި މެޗުން ބަލިވާ ޓީމެއް ޖެހޭނީ ވެމްކޯ އާއި ޕޮލިސް ކުޅޭ މެޗުން މޮޅުވާ ޓީމަކާ ތިން ވަނަ ސެމީގައި ކުޅޭށެވެ. ފައިނަލުގެ ފަހު ޖާގަ ލިބޭނީ ތިން ވަނަ ސެމީން މޮޅުވާ ޓީމަކަށެެވެ.

ފައިނަލް މެޗު އޮތީ އަންނަ އާދިއްތަ ދުވަހުގެރޭގަ އެވެ.

ގްރޫޕް ސްޓޭޖުގެ މެޗުތަކަށް ފަހު ޕޮއިންޓްގެ ތާވަލު.-- ގްރެފިކްސް: ވޮލީބޯލް އެސޯސިއޭޝަން

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox