ޓްރަމްޕް އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް މަދަނީ މިންގަނޑުން ސާބިތުވެއްޖެ

ޓްރަމްޕްއާ ދެކޮޅަށް ދައުވާ އުފުލީ ކުރީގެ ކޮލަމިސްޓު އީ ޖީން ކެރޯލް. -- ފޮޓޯ: ގެޓީ އިމޭޖާޒް

ޓްރަމްޕްއާ ދެކޮޅަށް ދައުވާ އުފުލީ ކުރީގެ ކޮލަމިސްޓު އީ ޖީން ކެރޯލް. -- ފޮޓޯ: ގެޓީ އިމޭޖާޒް

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް މަދަނީ މިންގަނޑުން ސާބިތުވެއްޖެ އެވެ.

ކުރީގެ ކޮލަމިސްޓު އީ ޖީން ކެރޯލް ތުހުމަތު ކުރާ ގޮތުގައި ޓްރަމްޕް އޭނާ ރޭޕްކުރީ 1990 ގެ އަހަރުތަކުގެ ތެރޭގަ އެވެ. މިހާރު ކެރޯލްގެ އުމުރުން 79 އަހަރެވެ.

އޭނާ ތުހުމަތު ކުރާ ގޮތުގައި ޓްރަމްޕް އޭނާއަށް ޖިންސީ އަނިޔާ ކުރީ ނިއު ޔޯކްގެ ފިހާރައެއްގެ ތެރޭގަ އެވެ. އަހަރުތަކެއް ފަހުން އެ ވާހަކަ އާއްމުކޮށް ފަޅާއެރުވުމުން، ޓްރަމްޕް އޭނާގެ އަބުރު ކަތިލި ކަމަށް ވެސް ކެރޯލް ތުހުމަތު ކުރެ އެވެ.

Advertisement

ގިނަ ގާނޫނީ މައްސަލަތަކާ ކުރިމަތިވެފައިވާ ޓްރަމްޕް އެ ތުހުމަތު ދޮގުކުރައްވަ އެވެ.

ކެރޯލް ނިއު ޔޯކްގެ ކޯޓަށް ހުށަހެޅި މަދަނީ މައްސަލަ ބެލި ޖޫރީއިން ނިންމީ ރޭޕް ސާބިތުނުވި ނަމަވެސް، ޖިންސީ ގޯނާ ސާބިތުވާ ކަމަށެވެ.

އޭގެ އިތުރުން ކެރޯލްގެ ތުހުމަތުތަކަކީ ދޮގެއް ކަމަށް ޓްރަމްޕް ވިދާޅުވުމުން، ކެރޯލްގެ އަބުރަށް އުނިކަން ލިބުނު ކަމަށް ވސް ޖޫރީއިން ނިންމި އެވެ.

މިއީ ޖިންސީ ގޯނާގެ މައްސަލައެއް ޓްރަމްޕްއާ ދެކޮޅަށް ނިންމި ފުރަތަމަ ފަހަރެވެ. ޖޫރީއިން ޓްރަމްޕްއަށް އެންގީ ބަދަލެއްގެ ގޮތުގައި ކެރޯލްއަށް ފަސް މިލިއަން ޑޮލަރު ދިނުމަށެވެ.

ޓްރަމްޕްގެ ވަކީލުން ވިދާޅުވީ ޖޫރީގެ ނިންމުން އިސްތިއުނާފު ކުރާނެ ކަމަށެވެ.

ލަގްޒަރީ ފިހާރައެއްގެ ފިޓިން ރޫމް ތެރޭގައި ޓްރަމްޕް، ކެރޯލް ރޭޕްކުރި ކަމަށް އެންމެ ފުރަތަމަ ބުނީ ނިއު ޔޯކް މެގެޒިންއިން 2019 ވަނަ އަހަރު ޝާއިއުކުރި ކެރޯލްގެ ފޮތެއްގަ އެވެ.

ޓްރަމްޕް އެކަން ދޮގުކުރެއްވުމުން ކެރޯލް 2019 ވަނަ އަހަރު ކޯޓަށް މައްސަލަ ވެއްދީ އަބުރަށް ގެއްލުންދީފައިވާ ކަމަށް ބުނެ އެވެ. އެކަމަކު ގާނޫނީ ހުރަސްތަކާ ހެދި މައްސަލަ ކުރިއަށް ނުދިޔަ އެވެ.

އެހެން ނަމަވެސް މިދިޔަ ނޮވެމްބަރު މަހު ނިއު ޔޯކްގައި އަމަލުކުރަން ފެށި އާ ގާނޫނެއްގެ ދަށުން، އެތައް އަހަރެއް ކުރިން ޖިންސީ އަނިޔާ ލިބިފައިވާ މީހުންނަށް، ކޯޓަށް މައްސަލަ ވެއްދުމަށް އެއް އަހަރުގެ މުއްދަތެއް ލިބެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޑިމޮކްރެޓް އޮފިޝަލަކު ރިޕަބްލިކަން ކެންޑިޑޭޓަށް ތާއީދުކޮށްފި

މިޝިގަންގެ ސެނެޓް އިންތިޚާބަށް ދެ ދުވަހަށް ވެފައި ވަނިކޮށް، ޑިމޮކްރެޓިކް ޕާޓީގެ އިސް މެންބަރު ހޭލީ ސްޓީވަންސް ވަނީ އަމިއްލަ ޕާޓީގެ ކެންޑިޑޭޓާ އުފެދުނު ޚިޔާލުތަފާތުވުންތަކާ ހުރެ ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއަށް ތާއީދުކުރަން ނިންމާފައެވެ. ސްޓީވަންސްގެ މި ކުއްލި ނިންމުމާ ގުޅިގެން ޑިމޮކްރެޓިކް ޕާޓީގެ ތެރޭގައި ބޮޑު ސިހުމެއް އުފެދިފައިވާއިރު، ބައެއް މެންބަރުން މިކަން ސިފަކުރަނީ ޕާޓީއަށް ވީ ބޮޑު ޚިޔާނާތެއްގެ ގޮތުގައެވެ.

އިންތިހާބު ވަގަށް ނެގީ ގަތަރުން ރާވައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބަށް ބޭރުގެ ނުފޫޒު ފޯރުވި ކަމަށް ބުނެ ނަތަންޔާހޫގެ ޕާޓީން ކުރާ ތުހުމަތުތަކުން އިންތިޚާބުގެ ނަތީޖާއަށް ބަދަލެއް ނާންނާނެ ކަމަށް އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. ނަތަންޔާހޫގެ ޕާޓީން ގަތަރާއި އަރަބި ޕާޓީތަކަށް ވޯޓު އޮޅުވާލުމުގެ ތުހުމަތު ކުރާއިރު، ގަތަރާއި އަރަބި ލީޑަރުން ވަނީ އެ ވާހަކަތައް ދޮގުކޮށް އެއީ ސިޔާސީ ނުފޫޒު ފޯރުވުމެއް ކަމަށް ބުނެފައެވެ.

ވޯލް ސްޓްރީޓް ޖާނަލްއާ ދެކޮޅަށް ހުށަހެޅި ދައުވާ ބޭރުކޮށްފި

ޖެފްރީ އެޕްސްޓީންއާ ގުޅުވައި ވޯލް ސްޓްރީޓް ޖާނަލްއިން ޝާއިއުކުރި ރިޕޯޓަކާ ގުޅިގެން ޓްރަމްޕް ހުށަހެޅުއްވި 10 ބިލިއަން ޑޮލަރުގެ އަބުރުގެ ދައުވާ އެމެރިކާގެ ކޯޓަކުން ބޭރުކޮށްލައިފިއެވެ. ފަނޑިޔާރު މި މައްސަލަ ބޭރުކޮށްލެއްވީ ނޫސްވެރިކަމުގެ މިނިވަންކަމާ ފުށުއަރާ ކަމަށް ނިންމަވައި، ދެން ދުވަހަކުވެސް މި މައްސަލަ ހުށަނޭޅޭނެ ގޮތަށެވެ.

ޕަލެސްޓައިން އެކްޝަންއަށް ތާއީދުކޮށް އެއްވި 300 މީހުން ހައްޔަރު

ލަންޑަނުގައި ހުންނަ އެމެރިކާ އެމްބަސީ ކައިރީގައި، މަނާކޮށްފައިވާ "ޕަލެސްޓައިން އެކްޝަން" ގްރޫޕަށް ތާއީދުކޮށް މުޒާހަރާކުރި 300 އަށްވުރެ ގިނަ މީހުން ޓެރަރިޒަމްގެ ގާނޫނުގެ ދަށުން އިނގިރޭސި ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި ޖަމާއަތް މަނާކުރި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުގެ ފުރުސަތު ލިބިފައިވާއިރު، އެމްނެސްޓީ އިންޓަނޭޝަނަލް އިން ވަނީ މި ހައްޔަރުކުރުންތަކަށް ފާޑުކިޔައި އެ ގްރޫޕް މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ގޮވާލާފައެވެ.

ގަލްފު ސަރަހައްދުގައި ގަތަރުގެ ތެޔޮ ބޯޓަކަށް ހަމަލާ ދީފި

ގަލްފު ސަރަހައްދުން ދަތުރުކުރި ގަތަރުގެ "އަލް މައިދާ" ނަމަކަށް ކިޔާ ގޭސް ބޯޓަކަށް ހަމަލާއެއް ދީފި އެވެ. މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ އިރު، ބޯޓުގެ އޮޕަރޭޝަންތައް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް ގަތަރު ގޭސް ޓްރާންސްޕޯޓް ކޮމްޕެނީން ބުނެއެވެ. މިއީ އީރާނާއި އެމެރިކާ އަދި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ވިޔަފާރި އުޅަނދުތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގެ ތެރެއިން ހިނގި ހާދިސާއެކެވެ.

އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް"ގެ ކަންބޮޑުވުން

އިތުބާރު ހުރި ސަޕްލައި ޗެއިންތަކެއް ބިނާކުރުމަށާއި، މާކެޓް އުސޫލުތަކާ ޚިލާފަށް ކުރިމަތިވާ އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް" އިއްތިހާދުގެ ގައުމުތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. މި ބައްދަލުވުމުގައި މިނިވަން އިންޑޯ-ޕެސިފިކް ސަރަހައްދަކަށް ތާއީދުކޮށް، އެ ސަރަހައްދުގެ އޭއައި ޓެކްނޮލޮޖީ ކުރިއެރުވުމަށް 85 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވަނީ އެއްބަސްވެފައެވެ.

ކޮޕް17 ގައި އެއްބަސްވުމަކާ ހަމައަށް، ފައިސާގެ މައްސަލަ ބޮޑު

އަރްމީނިއާގައި ބޭއްވި ކޮޕް17 ކޮންފަރެންސްގައި ދުނިޔޭގެ ދިރުންތަކުގެ ނަސްލު ހިމާޔަތްކުރުމުގެ މަސައްކަތް ވަރުގަދަކުރުމަށް "ޔެރެވަން ޕާތުވޭ" ގެ ނަމުގައި އެއްބަސްވުމެއް އެކުލަވާލައިފިއެވެ. ނަމަވެސް، މި މަސައްކަތްތަކަށް ބޭނުންވާ ފައިސާ ހޯދާނެ ގޮތަކާ މެދު ގައުމުތަކުގެ މެދުގައި އަދިވެސް ވަނީ ގޮތެއް ނުނިންމި ހިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

Newsletter

Get the latest news delivered straight to your inbox