ކޭޕާކު މައްސަލާގައި މަމްދޫހު ބުނީ އޮޅުވާލަން އުޅެނީ ޗައިނާ ޕާޓްނަރު ކަމަށް

ހަމްބޯ މޯލްޑިވްސްގެ މައިނޯރިޓީ ހިއްސާދާރު މަމްދޫހު (ވ) : އޭނާ ބުނީ އޮޅުވާލަން އުޅެނީ ކޮރެއާ ކުންފުނިން ކަމަށް - ފޮޓޯ: ކޭޕާކު ފޭސްބުކް

ހަމްބޯ މޯލްޑިވްސްގެ މައިނޯރިޓީ ހިއްސާދާރު މަމްދޫހު (ވ) : އޭނާ ބުނީ އޮޅުވާލަން އުޅެނީ ކޮރެއާ ކުންފުނިން ކަމަށް - ފޮޓޯ: ކޭޕާކު ފޭސްބުކް

ހަމްބޯ ކޮރެއާއިން ހުޅުމާލޭގައި އިމާރާތްކުރަމުން އަންނަ ކޭޕާކް ރެސިޑެންސް ވިއްކުމުގެ ތެރެއިން މަކަރު ހަދައި އޮޅުވާލީ އޭނާ ނޫން ކަމަށާއި އެކަން ކުރަނީ ކުންފުނީގެ ޗައިނާ ޕާޓްނަރު ކަމަށް ހަސަން މަމްދޫހު މިއަދު ބުނެފި އެވެ.

ކޭޕާކު ޕްރޮޖެކްޓުގެ މަސައްކަތް ކުރަނީ ކޮރެއާގެ ހަމްބޯ ކުންފުންޏާ ގުޅިގެން އުފެއްދި ހަންބޯ މޯލްޑިވްސްއިންނެވެ. އެ ކުންފުނީގެ 95 ޕަސެންޓު ހިއްސާ އޮންނަނީ ޗައިނާ ރައްޔިތެއް ކަމަށްވާ ޖިން ޝީ ހޫގެ އަތުގ އެވެ. މަމްދޫގެ އޮންނަނީ ކުންފުނީގެ ފަސް ޕަސެންޓު ހިއްސާ އެވެ.

ކޭޕާކު މައްސަލާގައި މަމްދޫހަށް ގިނަ ތުހުމަތުތަކެއްކޮށް އޭނާގެ ތަހުގީގު ފަށާފައިވަނިކޮށް މިއަދު ނެރުނު ނޫސްބަޔާނެއްގައި އޭނާ ބުނީ ހަންބޯ މޯލްޑިވްސްގެ އެމްޑީގެ މަގާމުގައި ހުރި ޗައިނާގެ ރައްޔިތެއް ކަމަށްވާ ޖިން ޝީހޫ އޭނާގެ އަބުރު ކަތިލުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

Advertisement

އެގޮތައް ކަންކުރަނީ ޖިން ޝީހޫގެ ރޭވުމުގެ މަތިން ކޭޕާކު ފުލެޓުތައް ވިއްކައިގެން ލިބުނު ފައިސާއާއެކު ރާއްޖެއިން ފިލުމަށް ކުރި މަސައްކަތް މަމްދޫހު ނާކާމިޔާބު ކޮށްލުމުން ކަމަށް ވެސް އޭނާ ބުނެ އެވެ.

އޭގެ އިތުރުން ހަންބޯ މޯލްޑިވްސް ކުންފުންޏަކީ ކޭޕާކު ފުލެޓުތަކުގެ މަސައްކަތަށް ލޯކަލް އެޖެންޓެއްގެ ގޮތުގައި ހަރަކާތްތެރިވުމަށް ހެދި ކުންފުންޏެއް ކަމަށާއި އެ މަޝްރޫއުގެ ވެރިފަރާތުގެ ހައިސިއްޔަތުން ހަންބޯ ކޮރެއާއަށް ލިބިދޭ ބައެއް ބާރުތައް ވަގުތީގޮތުން އެ ކުންފުނީގެ ބޯޑު ރިޒޮލިއުޝަނަކުން ލޯކަލް އެޖެންޓަށް ދީފައިވާ ކަމަށް ވެސް މަމްދޫހު ބުނެ އެވެ.

އެގޮތުން، ދީފައިވާ ބާރުތަކުގެ ތެރޭގައި ފުލެޓުތަކަށް ލިބޭ ފައިސާ ބަލައިގަތުން އޮތް ނަމަވެސް އެެއީ ލޯކަލް އެޖެންޓުގެ ފައިސާ ނޫން ކަމަށް ވެސް މަމްދޫހު ވަނީ ފާހަގަކޮށްފަ އެވެ.

ލޯކަލް އެޖެންޓުގެ ގޮތުން ހަންބޯ މޯލްޑިވްސް ހިންގުމުގައި އެ ކުންފުނީގެ 95 ޕަސެންޓު ހިއްސާދާރު ޖިން ޝީ ހޫގެ އެކައުންޓުން އަބަދުވެސް ހަރަކާތްތެރިވި ކަމަށާއ، އެކަމުގެ ހެކި އެބަހުރި ކަމަށް ވެސް މަމްދޫހު ބުންޏެވެ.

އޭގެ އިތުރުން ވެސް މަމްދޫހު ވަނީ ގިނަ ތުހުމަތުތަކެއް ޖިން ޝީހޫގެ މައްޗަށް ކޮށްފަ އެވެ. އެގޮތުން ހަންބޯ މޯލްޑިވްސްގެ 95 ޕަސެންޓު ހިއްސާއަށް ދައްކަން ކަމަށް އެއްބަސްވި ފައިސާ ނުދެއްކުމާއި އެ ކުންފުނީގެ ޝެއާ ސްޓްރަކްޗާއަށް ބަދަލުގެނެސް އިތުރު ހިއްސާދާރެއް އިތުރުކޮށް ކުންފުނީގެ ބޯޑުގެ ކޯރަމް ބަދަލުކޮށް މަމްދޫހު ކުންފުނިން ދުރުކުރަން މަސައްކަތް ކޮށްފައިވާ ކަމަށް ވެސް ވަނީ ތުހުމަތުކޮށްފަ އެވެ.

ކޭޕާކު ފުލެޓުތައް އެޅުމަށް ޖިން ޝީހޫގެ އަދި އޭނާގެ ކޮރެއާ ކުންފުނިން އެއްވެސް ހަރަދެއް ނުކުރާ ކަމަށާއި ފުލެޓުތައް އެޅުމަށް ބޭނުންކުރީ މީހުން އަތު ނެގި ފައިސާ ކަމަށާއި ކުންފުނީގެ އެހެން އިދާރީ ކަންކަންވެސް ކުރީ މަމްދޫހުގެ މަސައްކަތުން ކަމަށް އޭނާގެ ބަޔާނުގައިވެ އެވެ.

ހަންބޯ ކޮރެއާ އިން ނެރުނު ބަޔާނުގައި ފުލެޓުތައް ގަނެވިއްކުމުގެ އެއްބަސްވުމުގައި މަމްދޫހު ސޮއިކޮށްފައި ވަނީ، މައި ހިއްސާދާރު ޖިން ޝިހޫގެ ސޮއި ފޯޖުކޮށްގެން މަމްދޫހުގެ ވިޔަފާރި ޕާޓްނަރު ޖައިޝަން ސައީދަށް ދިން ކަމަށް ބުނާ ގަރާރެއް ބޭނުންކޮށްގެން ކަމަށް ބުނެފައިވީ ނަމަވެސް ސޮއި ފޯޖުކުރުމުގެ ތުހުމަތަށް މަމްދޫހުގެ ބަޔާނުގައި ޖަވާބުދީފައެއްނުވެ އެވެ.

މި މައްސަލާގައި ފުރިހަމަ ތަހުގީގެއް ކުރުމަށް އާބަންކޯއިން ފުލުހުންނަށް އެދިފައިވާއިރު، އިމިގްރޭޝަނުން މިހާރު ވަނީ މަމްދޫހަށް ރާއްޖެއިން ބޭރަށް ނުފުރޭނެގޮތަށް އޭނާގެ ޕާސްޕޯޓު ވެސް ހިފަހައްޓާފަ އެވެ.

އޭނާގެ ބަޔާން ނިންމާލަމުން މަމްދޫހު ބުނެފައިވަނީ އެކަމުގެ ތަހުގީގުގައި ދައުލަތުގެ ހުރިހާ އިދާރާއަކަށް ދޭންޖެހޭ ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށާއި އަސްލު ހަގީގަތުގައި އާންމުންނަށް އޮޅުވާލަމުންދަނީ ޖިން ޝީހޫ އަދި އޭނާގެ ކޮރެއާ ކުންފުނިން ކަމަށެވެ.

titledesc

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox