އޮފީސް/ކޮމްޕެނީ ވޮލީބޯޅަ މުބާރާތް: އެމްޕީއެލް ބަލިކޮށް ޕޮލިހުން މޮޅުވުމުގެ ރެކޯޑާ އެކު ކުރިއަށް

May 9, 2023, 4:03 AM
އެމްޕީއެލްއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން ޕޮލިސް ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އެމްޕީއެލްއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން ޕޮލިސް ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މިހާރު ކުރިއަށްދާ އޮފީސް/ކޮމްޕެނީ ވޮލީބޯޅަ މުބާރާތުގައި ރޭ ކުޅުނު މެޗުން ސީދާ ތިން ސެޓުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ބަލިކޮށް މޯލްޑިވްސް ޕޮލިސް ސާވިސް އިން މޮޅުވުމުގެ ރެކޯޑް ދަމަހައްޓައިފި އެވެ.

އިއްޔެގެ ދެ މެޗަށް ފަހު ސެމީ ފައިނަލްގެ ޖާގަތައް ވަނީ ކަށަވަރުވެފަ އެވެ. އެ ގޮތުން ފަސް ޓީމު ވާދަކުރި ގްރޫޕް އޭގައި ބާކީ އެއް މެޗު އޮއްވައި، ސެމީން ޖާގަ ޔަގީންކުރީ ޕޮލިހާއި އާބަންކޯ އެވެ. މި ދެ ޓީމުގެ މެދުގައި ގްރޫޕްގެ އެއް ވަނަ ކަނޑައަޅަން ކުޅޭ މެޗު މިރޭ އޮންނާނެ އެވެ.

ގްރޫޕް ބީގެ ހުރިހާ މެޗެއް ނިމިފައިވާއިރު، ސެމީން ޖާގަ ހޯދީ ކުޅުނު ތިން މެޗުން ވެސް މޮޅުވި، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް/ސިފައިން) އެވެ. އަނެއް ޖާގަ ލިބުނީ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އަށެވެ.

ޕޮލިސް ޓީމުގެ ހިމާންޝޫ (ކ) އެމްޕީއެލްގެ ދެ ކުޅުންތެރިން ކައިިރިން ޝޮޓެއް ފޮނުވާލަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ހުޅުމާލޭ ޕާކް ވޮލީ ކޯޓުގައި ކުރިއަށްދާ މުބާރާތުގައި ރޭގެ މެޗުގެ ފުރަތަމަ ސެޓުގައި އެމްޕީއެލް އިން ކޮންމެ ވެސް ވަރެއްގެ ޗެލެންޖެއް ދިނެވެ. އެ ގޮތުން މި ސެޓު، ޕޮލިހުންނަށް ލިބުނީ ފަހު ވަގުތު ރަނގަޅު ހިތްވަރަކާ އެކު ކުޅެ، 28-26 އިންނެވެ. އިންޑިއާ ކުޅުންތެރިޔާ، ހިމާންޝޫ ތިޔާގީ މި މެޗުގައި ވެސް ޕޮލިހަށް ތަފާތު ދައްކައިދިންއިރު، ފަހު ދެ ސެޓު، އެ ޓީމުން ގެންދިޔައީ، 25-21 އާއި 25-10 އިންނެވެ.

ފަތުހުﷲ ވަހީދު (ފައްލޯ)ގެ ކޯޗުކަމުގައި ކުޅޭ ޕޮލިސް ޓީމަކީ މި ފަހަރުގެ މުބާރާތުގެ ކޮންމެ މެޗެއްގައި ވެސް އެއް ފެންވަރެއްގައި ރަނގަޅު ކުޅުމެއް ދައްކާ ޓީމެކެވެ. ގައުމީ ވޮލީ ޓީމުގެ ކުޅުންތެރިން ވެސް ހިމެނޭ ޕޮލިހުން މިރޭ އާބަންކޯއާ ދެކޮޅަށް ކުޅޭ މެޗަކީ ފޯރިގަދަވާނެ ކަމަށް ބެލެވޭ މެޗެކެވެ. މި މެޗު ކުރިން ޝެޑިއުލް ކުރެވުނު ދުވަހު ނުކުޅެވުނީ ވިއްސާރައިގެ ސަބަބުންނެވެ.

އާބަންކޯ މި ވަގުތު އޮތީ ގްރޫޕްގެ އެއް ވަނައިގަ އެވެ. އެ ޓީމުގައި ވެސް ގައުމީ ވޮލީ ޓީމުގެ ކުޅުންތެރިން ހިމެނޭއިރު، ޓީމަށް އިރުޝާދު ދެނީ ގިނަ ފަހަރުތަކެއް މަތިން ގައުމީ ވޮލީ ޓީމުގެ ހެޑް ކޯޗުކަން ކުރި މުހައްމަދު ސާޖިދު (ކާއްޓޭ) އެވެ.

ހަތަރު އަހަރުގެ މެދުކެނޑުމަކަށް ފަހު ބާއްވާ އޮފީސް ވޮލީބޯޅަ މުބާރާތުގެ މި ފަހަރުގެ ސެމީ ފައިނަލް ދެ މެޗު ޝެޑިއުލްކޮށްފައި އޮތީ އަންނަ ބުރާސްފަތި ދުވަހު ހަވީރާއި ރޭގަނޑު ކުޅޭ ގޮތަށެވެ. ފައިނަލް މެޗު ކުޅެން ރާވާފައި އޮތީ މި މަހު 14 ވަނަ ދުވަހުގެރޭގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox