އޮފީސް/ކޮމްޕެނީ ވޮލީބޯޅަ މުބާރާތް: އެފްއެސްއެމް ބަލިކޮށް ވެމްކޯ ސެމީ އަށް

May 8, 2023, 3:21 PM
މިއަދުގެ މެޗުގެ ތެރެއިން ވެމްކޯ ޓީމުގެ ޝިމާއު ޕޮއިންޓެއް ހޯދުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

މިއަދުގެ މެޗުގެ ތެރެއިން ވެމްކޯ ޓީމުގެ ޝިމާއު ޕޮއިންޓެއް ހޯދުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

އޮފީސް/ކުންފުނިތަކުގެ ވޮލީބޯޅަ މުބާރާތުގައި މިއަދު ހަވީރު ކުޅުނު މެޗުން ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އަތުން ތިން ސެޓުން މޮޅުވެ، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ސެމީ ފައިނަލުގެ ޖާގަ ހޯދައިފި އެވެ.

ސެމީގެ ޖާގަތަށް ހޯދާފައި މި ވަނީ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑިއެފް/ސިފައިން)، އާބަންކޯ، އަދި ވެމްކޯ އަށެވެ. މިރޭ 20:30 ކުޅޭ މެޗުގައި ޕޮލިހުން ބައްދަލުކުރާނީ މޯލްޑިވްސް ޕޯޓްސް ލިިމިޓެޑް (އެމްޕީއެލް)އާ އެވެ. މި މެޗުން މޮޅުވެގެން، ޕޮލިހަށް ސެމީ ފައިނަލް ކަށަވަރުކުރެވޭނެ އެވެ.

ހުޅުމާލޭ ޕާކް ވޮލީކޯޓުގައި މިއަދު ހަވީރު ކުޅުނު މެޗަށް ނުކުތްއިރު، ވެމްކޯ ޓީމުގެ ސެޓަރު، އަހުމަދު ޝިމާއު ޓީމުގައި ހިމެނެ އެވެ. އެކަމަކު، އަނިޔާގެ ސަބަބުން ކުރިން މެޗުގައި ނުފެނުނު ޖަވާމް އަލީ މި މެޗުގައި ވެސް ނުކުޅެ އެވެ. ވެމްކޯ ޓީމަށް ކުޅޭ ގައުމީ ޓީމުގެ ކެޕްޓަން، އަލީ ހުޒާމް (ހުޒަންޓެ) އާއި އިންޑިއާ ކުޅުންތެރިޔާ، ވިނީތު ކުމާރުގެ ރަނގަޅު ހަމަލާތަކެއް މި މެޗުގައި ފެނިގެންދިޔަ އެވެ.

އިބްރާހިމް ނިޒާރު (ބޮޑޭ)ގެ ކޯޗުކަމުގައި ކުޅޭ ވެމްކޯ ޓީމުން މި މެޗުގެ ސެޓުތައް ގެންދިޔައީ 25-22، 25-22 އަދި 25-20 އިންނެވެ.

އެފްްއެސްއެމް އަށް ވެސް މި މެޗުން މޮޅުވެގެން، ސެމީ ފައިނަލަށް ދިއުުމުގެ ފުރުސަތު އޮތެވެ. އެ ޓީމަށް ކުޅޭ ހަސަން ނިލާމް (ޕާޓޭ) އާއި ހުސެއިން ވިޝާމް (ބުޅިކެ)ގެ ފަރާތުން މި މެޗުގައި ރަނގަޅު ކުޅުމެއް ފެނުނު ނަމަވެސް ވެމްކޯގެ ރޫހު ރަނގަޅުވެ، ސެޓު ނިންމަން ލިބުނު ފުރުސަތުތަކުގެ ބޭނުން އެ ޓީމުން ރަނގަޅަށް ހިފީ އެވެ.

ހަތަރު ޓީމު ކުޅުނު ގްރޫޕް ބީގެ އެއް ވަނަ ހޯދީ ސައްތަ އިން ސައްތަ ރެކޯޑަކާ އެކު ނުވަ ޕޮއިންޓް ހޯދި ސިފައިންނެވެ. ދެ ވަަނައިގައި ނިންމި ވެމްކޯ އިން ހަ ޕޮއިންޓް ހޯދިއިރު، އެފްއެސްއެމް އަށް ލިބުނީ ތިން ޕޮއިންޓެވެ. ފުލުގައި ނިންމާލަން ޖެހުނު މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އަށް ޕޮއިންޓެއް ނުލިބެ އެވެ.

ނުވަ ޓީމު ވާދަކުރާ އޮފީސް ވޮލީ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި މިރޭ ކުޅޭ މެޗުގެ ފަހުން ދެން އޮތީ މާދަމާރޭ ކުޅޭ މެޗެވެ. އެއީ ވިއްސާރައިގެ ސަބަބުން ރީޝެޑިއުލް ކުރަން ޖެހުނު މެޗެކެވެ. އެ މެޗުގައި، ބައްދަލުކުރަނީ އާބަންކޯ އާއި ޕޮލިހެވެ.

ސެމީ ފައިނަލް ދެ މެޗު ޝެޑިއުލްކޮށްފައި އޮތީ އަންނަ ބުރާސްފަތި ދުވަހު ހަވީރާއި ރޭގަނޑުގަ އެވެ. ފައިނަލް މެޗު ކުޅެން ރާވާފައި އޮތީ މި މަހު 14 ވަނަ ދުވަހުގެރޭގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox