އޮފީސް/ކޮމްޕެނީ ވޮލީބޯޅަ މުބާރާތް: ސިފައިން، ޕޮލިސް އަދި އާބަންކޯ ސެމީ އަށް

May 8, 2023, 6:14 AM
ޕޮލިސް ޓީމުގެ ލިބަރޯ ނައިންޓެ އިއްޔެގެ މެޗުގެ ތެރެއިން އުފާފާޅުކުރަނީ.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ޕޮލިސް ޓީމުގެ ލިބަރޯ ނައިންޓެ އިއްޔެގެ މެޗުގެ ތެރެއިން އުފާފާޅުކުރަނީ.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

މިހާރު ކުރިއަށްދާ އޮފީސް/ކުންފުނިތަކުގެ ވޮލީބޯޅަ މުބާރާތުގެ ސެމީ ފައިނަލުން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް/ސިފައިން)، މޯލްޑިވްސް ޕޮލިސް ސާވިސް އަދި އާބަންކޯ އިން ޖާގަ ހޯދައިފި އެވެ.

ނުވަ ޓީމް ވާދަކުރަމުން އަންނަ ގްރޫޕް އޭގައި އާބަންކޯ ވަނީ ކުޅުނު ތިން މެޗުވެސް ކާމިޔާބުކޮށްފަ އެވެ. އެޓީމަށް ބާކީ އޮތީ ޕޮލިސް ކުލަބާ ދެކޮޅަށް ކުޅޭ މެޗެވެ. މި ގްރޫޕުގެ ދެވަނައިގައި އޮތީ ކުޅުނު ދެ މެޗު ކާމިޔާބުކޮށްފައި އޮތް ޕޮލިހެެވެ. އެ ޓީމަށް ބާކީ ދެ މެޗު އެބައޮތެވެ.

ގްރޫޕް ބީއަށް ބަލާއިރު އެއްވަނައިގައި އޮތީ ކުޅުނު ތިން މެޗުން މޮޅުވެފައިވާ އެމްއެންޑީއެފް އެވެ. ދެ ވަނަގައި އޮތީ އެފްއެސްއެމް އެވެ. ތިން ވަނައިގައި ވެމްކޯ އޮތްއިރު، ފުލުގައި އޮތީ ކަރެކްޝަންސް އެވެ. މި ގްރޫޕްގައި ބާކީ އޮތީ އެފްއެސްމް އާ ވެމްކޯ ވާދަކުރާ މެޗެވެ. މި މެޗުން މޮޅުވާ ޓީމަކަށް ސެމީގެ ޖާގަ ލިބޭއިރު ބަލިވާ ޓީމެއް ކަޓާނެ އެވެ.

މުބާރާތުގައި އެމްއެންޑީއެފް އެ ޓީމުގެ މޮޅުވުމުގެ ސިލްސިލާ ދެމެހެއްޓީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އަތުން ސީދާ ތިން ސެޓުން މޮޅުވެގެންނެވެ. މެޗުގެ ސެޓުތައް އެޓީމުން ގެންދިޔައީ 25-16، 25-19 އަދި 25-23 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެމްއެންޑީއެފްގެ އާދަމް ނަސީމް (އެޑަމް) އެވެ.

ޕޮލިހުން ކުޅުނު ދެ ވަނަ މެޗު ކާމިޔާބުކުރީ އިއްޔެ ހަވީރު މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑާ ވާދަކޮށް ސީދާ ތިން ސެޓުންނެވެ. މެޗުގެ ސެޓުތައް އެޓީމުން ގެންދިޔައީ 25-15، 25-18 އަދި 25-15 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޕޮލިހުގެ އިންޑިއާ ކުޅުންތެރިޔާ ހިމާންޝޫ ތިޔާގީ އެވެ.

ރޭ ކުޅުނު ފަހު މެޗުގައި އާބަންކޯ އިން ވަނީ ސްޓެލްކޯ ބަލިކޮށް އެ ޓީމް މުބާރާތުން ކަޓުވާލައިފަ އެވެ. މި މެޗު ވެމްކޯ އިން ކާމިޔާބުކުރީ 3-1 ސެޓުންނެވެ. މެޗުގެ ފުރަތަމަ ސެޓު ސްޓެލްކޯ އިން 18-25 އިން ހޯދި ނަމަވެސް ޖެހިގެން އައި ތިން ސެޓު އާބަންކޯ އިން ކާމިޔާބުކުރީ 25-16، 25-20 އަދި 25-13 އިންނެވެ. މި މެޗުގައި ރާއްޖޭގެ ބާރު ޖެހުންތެރިޔާ އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) އެކޭ އެއްގޮތަށް އާބަންކޯގެ ލަންކާ ކުޅުންތެރިޔާ ލަސިންދު ވެސް މޮޅު ކުޅުމެއް ދެއްކި އެވެ.

އޮފީސް/ކުންފުނިތަކުގެ މުބާރާތުގައި މިއަދު ދެ މެޗެއް ކުޅޭނެ އެވެ. މިއަދު ހަވީރު ކުޅޭ މެޗުގައި އެފްއެސްއެމްއާ ވެމްކޯ ވާދަކުރާނެ އެވެ. މިރޭ ކުޅޭ މެޗުގައި ޕޮލިސް ކުލަބު ނިކުންނާނީ އެމްޕީއެލްއާ ދެކޮޅަށެވެ.

ގްރޫޕް ސްޓޭޖުގެ ފަހު މެޗު އޮންނާނީ މާދަމާ ރޭ އެވެ. އެ މެޗުގައި ވާދަކުރާނީ ޕޮލިސް ކުލަބާއި އާބަންކޯ އެވެ.

މެއި 11 އަދި 12 ގައި ސެމީ ފައިނަލް މެޗުތައް ކުޅޭއިރު ފައިނަލް މެޗު އޮންނާނީ މެއި 14 ވަނަ ދުވަހު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox